މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެބޭކަލެއްގެ އަމުރުފުޅުތަކަށް އިޤުތިދާވެ އެބޭކަލެއްގެ ސުންނަތުގައި ހިފަހައްޓާނެ ޙަވާރިންނާއި އަދި އަޞްޙާބުން އެބޭކަލަކަށް ނުވާ، ނަބީ ބޭކަލަކު މެނުވީ ތިމަން ކަލޭގެފާނުގެ ކުރިން އުއްމަތެއްގެ ތެރެއިން މާތްﷲ ނުފޮނުއްވައެވެ.
ދެން އެބައިމީހުންގެ ފަހުން އަންނަ ބަޔަކު، އެބައިމީހުން ނުކުރާކަންތައް ބުނެ، އަދި އަމުރު ނުކުރާ ކަންތައް ކޮށް އުޅޭނެއެވެ. ފަހެ އެމީހެއްގެ އަތުން އެބައިމީހުންނާ ހަނގުރާމަކޮށްފި މީހާއީ މުއުމިނެކެވެ. އަދި އެމީހެއްގެ ދުލުން އެބައިމީހުންނާ ހަނގުރާމަކޮށްފި މީހާއީ މުއުމިނެކެވެ. އަދި އެމީހެއްގެ ހިތުން އެބައިމީހުންނާ ހަނގުރާމަކޮށްފި މީހާއީ މުއުމިނެކެވެ. އަދި އޭގެ ފަހުގައި އީމާންކަމުގެ ރެވިފުކެއްހައި މިންވަރުވެސް ނުވެއެވެ."
މާތްﷲ ރުއްސުންލެއްވި އަބޫ ހުރައިރަތުގެފާބުގެ އަރިހުން ރިވާވެގެންވެއެވެ. "ހަމަކަށަވަރުން ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނާގައި ވެއެވެ. "ހެޔޮކަމަކަށް ގޮވައިލައިފި މީހާ (ދަންނާށެވެ.) އޭނާ އެގޮވާލި މީހަކު، އެގޮވާލި ކަމެއް ކޮށްފުމުން އޭނާއަށް ޘަވާބު ލިބޭ ވަރަށް، އެއިން އެއްވެސް މިންވަރެއް މަދުނުވެ އެގޮވާލިމީހާއަށް ވެސް ޘަވާބު ލިބޭހުއްޓެވެ.
އަދި ނުބައި ކަމަކަށް ގޮވާލާފި މީހާ (ދަންނާށެވެ.) އޭނާ އެގޮވާލި މީހަކު ގޮވާލި ކަމެއް ކޮށްފުމުން، އޭނާއަށް ފާފަ ލިބޭ ވަރަށް، އެއިން އެއްވެސް މިންވަރެއް މަދުނުވެ އެ ގޮވާލިމީހާއަށް ވެސް ފާފަ ލިބޭ ހުއްޓެވެ."" (އިމާމް ބުޚާރީ)
މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު ޢުމަރުގެ ކިބައި ރިވާވެގެންވެއެވެ. "ސަލާމާއި ޞަލަވާތްލެއްވި އިތުރު އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ. "ތިމަންކަލޭގެފާނުގެ އަރިހުން އެންމެ އާޔަތެއް ނަމަވެސް މީސްތަކުންނަށް ފޯރި ކޮށްދޭށެވެ." (ބުޚާރީ)
އެއީ ވާރޭފެނެއްގެ މިސާލުގައެވެ. އެފެނުން ފެންލިބިގެންފެޅި ގަސްތަކެއް، ދަނޑުވެރިން ޢަޖާއިބުކޮށްފައިވެއެވެ. ދެން، އެގަސްތައް ހިކިދެއެވެ. ދެން އެގަހުގެ ފަތްތައްރީނދޫވެފައިވަނިކޮށް ތިބާއަށްފެންނާނެތެވެ. ދެން އެ ހިކި ހުއިތަކަކަށް ވެދެއެވެ. އަދި އާޚިރަތުގައިވަނީ، ގަދަފަދަވެގެންވާ ޢަޛާބެކެވެ. އަދި ﷲ ގެ ޙަޟުރަތުން ލިބޭ ފާފަފުއްސެވުމަކާއި، ރުއްސެވުމެކެވެ. ކެހިވެރިކަމުގެ ވަގުތީ އުފަލެއްދޭ އެއްޗެއް ކަމުގައި މެނުވީ ދުނިޔޭގެ ދިރިއުޅުން ނުވެއެވެ."
ޚައިބަރުގެ ދުވަހުގައި، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲ ގެފާނު، ޢަލީގެފާނަށް ޙަދީޘްކުރެއްވިއެވެ. "މާތް ﷲ ގަންދެއްވައި ޙަދީޘްކުރައްވަމެވެ. ތިބާގެ ކިބައިން އެންމެ މީހަކަށް ވެސް ހިދާޔަތު ލިބުމަކީ، ރަތްކުލައިގެ ޖަމަލަކަށް ވުރެ ވެސް ތިބާއަށް މާހެޔޮކަން ބޮޑު ކަމެކެވެ.""
0 comments:
Post a Comment