އަޤީދަތުލް ވާސިތިއްޔާގެ ޝަރަޙާގައި އައްލާމާ ޝެއިޚު ޢުޘައިމީން ރަޙިމަހުﷲ
ވޮޑިގެންވާކަމަށް އިންކާރުކުރާ)
އިންޑިޔާގެ ބަޔަކު އިމާމު އަބޫ ހަނީފާ
ރަޙިމަހުﷲގެ އަރިހަށް އައެވެ. އަދި ﷲ
ސުބުޙާނަހޫ ވަތަޢާލާ
ވޮޑިގެންވާކަމާއި މެދު އެބައިމީހުން
އިމާމު އަބޫ ޙަނީފާއާއި ބަޙުސްކޮށްފިއެވެ. އިމާމު އަބޫ
ޙަނީފާއަކީ ވަރަށް ބުއްދިވެރި ޢިލްމުވެރިޔެކެވެ.
އަދި ދުވަހެއް ނުވަތަ ދެދުވަސް ފަހުން އެބައިމީހުންނާ ބައްދަލުކުރުމަށް ވަޤުތެއް
ކަނޑައެޅިއެވެ. އަދި އެބައިމީހުން އަތުވެއްޖެއެވެ.
އެބައިމީހުން ބުންޏެވެ. ކަލޭގެފާނު (ކަލަކުވޮޑިގެންވުމާއި މެދު) ބުނަނީ ކީކޭ ހެއްޔެވެ؟
އެކަލޭގެފާނު ދެންނެވިއެވެ. ތިމަންކަލޭގެފާނު މިވިސްނަނީ ބައްތެއްޔަކާއި(މުދާ އުފުލާ
ބޯޓަކާއި) މެދުގައެވެ. ފަހެ އެބޯޓުވަނީ މުދަލާއި ކާބޯތަކެތިން ބަރާވެފައެވެ. އަދި ކަނޑުގެ
ރާޅުތަކާއި ދެކޮޅަށް އެބޯޓު ދުވެފައި އައިސް ބަނދަރުކޮށްފިއެވެ. އަދި އޭގައިވާ މުދާތައް
ބާލައިފައި އެނބުރި ހިނގައްޖެއެވެ. އަދި އެބޯޓުގައި ދުއްވާނެ މީހަކު ނެތްތާނގައި މުދާ
އުފުލާނެ މީހުންނެއްވެސް ނެތެވެ.
ދެން އެބައިމީހުން ބުންޏެވެ. ކަލޭގެފާނު ތިޔަ ވިސްނަނީ ތިކަމާއި މެދުގައި ހެއްޔެވެ؟
އެކަލޭގެފާނު ވިދާޅުވިއެވެ.: އާނއެކެވެ. ދެން އެބައިމީހުން ބުނެފިއެވެ. ތިޔަހެންވިއްޔާ
އެކަލޭގެފާނު ވިދާޅުވިއެވެ.: އާނއެކެވެ. ދެން އެބައިމީހުން ބުނެފިއެވެ. ތިޔަހެންވިއްޔާ
ކަލޭގެފާނުގެ ބުއްދިފުޅު ކޮބައިހެއްޔެވެ؟ ބޯޓެއް ދުއްވާނެ މީހަކު ނެތި އައިސް އެއްޗެހި
ބާލާ އަދި އެނބުރި ދިޔުން ތިޔައީ ކިހިނަކުން ވާނެކަމެއްހެއްޔެވެ؟ ތިޔައީ ބުއްދި ހަމަޖެހޭ
ވާހަކައެއްނޫނެވެ.
ދެން އެކަލޭގެފާނު ވިދާޅުވިއެވެ. "މިވާހަކަ ބުއްދިހަމަ ނުޖެހެނީ ކޮންފަދައަކުން ހެއްޔެވެ؟
ތިޔަބައިމީހުން ތިޔަބުނަނީ މިއޮތް އުޑުތަކާއި އަދި އިރާއި ހަނދާއި ތަރިތަކާއި
ފަރުބަދަތަކާއި ގަސްތަކާއި ދިރޭ ހައިވާނުތަކާއި މީސްތަކުންވަނީ ހެއްދެވި ފަރާތެއްނެތި
ކަމަށެވެ.
ދެން އެބައިމީހުންނަށް އެކަލޭގެފާނުގެ މުރާދު ވިސްނި އެކަލޭގެފާނު އެސިފަކުރަނީ
އެމީހުންކަން ވިސްނި އެޔަށް ޖަވާބު ދޭން ނުކުޅެދިއްޖެއެވެ."
އެޔަށްފަހު ޝެއިޚު އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
އެޔަށްފަހު ޝެއިޚު އުޘައިމީން ރަޙިމަހުﷲ ވިދާޅުވިއެވެ.
"ޞަހަރާ ތެރޭގައި އުޅޭ ބަދަވީންގެ މީހަކާއި ސުވާލުވެވުނެވެ. ކަލޭގެ ވެރިރައްބު
ދެނެގަންނަނީ ކިހިނަކުން ހެއްޔެވެ؟ އޭނާ ބުންޏެވެ. ފިޔަވަޅުތަކުން ދަލީލުކޮށްދެނީ
މީހަކުގޮސްފިކަމެވެ. ޖަމަލުން ދަލީލުކޮށްދެނީ ޖަމަލުތަކެއް ވާކަމެވެ. ފަހެ ބުރުޖުތައް ވާ
އުޑާއި އަދި ފަރުބަދަތަކުގެ މެދުގައިވާ ބޮޑެތިމަގުތައްވާ ބިމާއި ބޮޑެތި ރާޅުތައްވާ ކަނޑުން
އައްސަވާ ވޮޑިގެންވާ ދެކެވޮޑިގެންވާ ﷲ ސުބުޙާނަހޫ ވަތަޢާލާ ވާކަން ދަލީލުނުކޮށްދޭ
ހެއްޔެވެ؟
ﷲ ސުބުހާނަހޫ ވަތަޢާލާ ވަހީކުރެއްވިއެވެ. (أَمْ خُلِقُوا مِنْ غَيْرِ شَيْءٍ أَمْ هُمُ
الْخَالِقُونَ ) سورة الطور 35
މާނައިގެ ތަރުޖަމާއީ: "ފަހެ އެބައިމީހުން އުފެއްދުނީ އެއްވެސް އެއްޗަކުން ނޫންހެއްޔެވެ؟
ނުވަތަ އެބައިމީހުންނަކީ އުފައްދަވާފަރާތްތައް ހެއްޔެވެ؟"
0 comments:
Post a Comment