ހަސަނުލް ބަޞަރީ ރަޙިމަޙުﷲ އުފަންވެ ވަޑައިގަތީ ހިޖުރީ
ސަނަތުން 21 ވަނަ އަހަރު އުމަރު ބުނުލް ޚައްތާބުގެ ހިލާފަތުގެ ފަހުކޮޅު
މަދީނާގައެވެ. އެކަލޭގެފާނުގެ މަންމާ ފުޅަކީ މުއުމިނުތަކުންގެ
މައިކަނބަލެއްކަމަށްވާ އުއްމު ސަލްމާ ރަޟިޔަﷲ އަންހާގެ ޙިދުމަތުގައި
އުޅުއްވި ބޭކަނބަލެކެވެ.
ބައެއްފަހަރު އެކަލޭގެފާނު ކުޑައިރު ކީރިތި ކުރައްވަން ފެއްޓެވުމުން އުއްމު ސަލްމާ ރަޟިޔަﷲ އަންހާ އެކަލޭގެފާނު އުރުވަޑުވައި މަސަލަސް ކުރައްވަން މަސައްކަތްކުރައްވައެވެ. މިކަލޭގެފާނުގެ ތުއްޕުޅު އިރުގެ ތަރުބިއްޔަތުގެ ބިންގާ އެޅުނީ ނަބިއްޔާ ޞައްލަﷲ އަލައިހި ވަސައްލަމަގެ ގެކޮޅުގެ ތެރޭންނެވެ.

ޢުމަރު ބިން ޚައްތާބު ހަސަނުލްބަޞަރީއަށް
ދުޢާކުރެއްވިއެވެ. ” އޭ ހައްދަވާ ބޮޑުކުރެވި ރަސްކަލޭކޯއެވެ. މިކުއްޖާއަށް
ދީން އުގައްނައިދެއްވައި މީސްތަކުންގެ ލޯބި ލިބޭ މީހެއްކަމުގައި
ލައްވާށިއެވެ”
އުމުރުފުޅުން ދިހަ އަހަރުގައި ޤުރުއާން ހިތުދަސްކުރެއްވިއެވެ. އެކަލޭގެފާނު މަދީނާގައި އުޅުއްވީ ވާދިލްޤުރާ އޭ ކިޔުނުތަނެއްގައެވެ. އެކަލޭގެފާނު ހުކުރުނަމާދަށް ވަޑައިގަންނަވަނީ އުޘްމާން ރަޟިޔަﷲ އަންހުއާއި އެކުއެވެ. އުޘްމާނުގެފާނު ޝަހީދުކޮށްލެވުނު އިރު އެކަލޭގެފާނު އުމުރުފުޅަކީ 14 އަހަރެވެ
އަދި ފަހުން ޢަލީ ރަޟިޔަﷲ އަންހުގެ ހިލާފަތު އިރާޤަށް ބަދަލުވުމުން އެކަލޭގެފާނުވެސް އިރާޤަށް ހިޖުރަކުރެއްވިއެވެ. އަދި އެޔަށްފަހު އެކަލޭގެފާނުގެ ދިރިއުޅުއްވާފައިވަނީ ބަޞަރާގައެވެ.
އެކަލޭގެފާނަކީ ދީންވެރި، ވާހަކަދައްކަވާ އިރު ފަޞާހާތްތެރި، މަޑުމައިތިރި ދިރިއުޅުމެއް އުޅުއްވި އަޅުވެރި ބޭކަލެކެވެ. އަދި ބަޞަރާގައި އެކަލޭގެފާނު ކިޔަވާދެއްވާފައިވެއެވެ.
އެކަލޭގެފާނު އަވަހާރަވި ހިޖުރީ ސަނަތުން 110 ވަނައަހަރު 1ވީ ރަޖަބުމަހުއެވެ. އޭރު އުމުރުފުޅުން 88 އަހަރެވެ. މާތްﷲ އެކަލޭގެފާނަށް ހެޔޮރަޙުމަތްލައްވައި ހެޔޮޖަޒާދެއްވާށިއެވެ.
އެއީ ބަޞަރާގެ އަހުލުވެރިންގެ ތެރޭގައި އެންމެ މަޝްހޫރު ތާބިއީ އެއްބޭކަލެވެ. ތާބިޢީ ބޭކަލުންނަކީ ރަސޫލާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމަގެ އަރިހުގައި ނުވަތަ އެކަލޭގެފާނާއި ބައްދަލުވެ ވަޑައިގެންނެވި ޞަޙާބީ ބޭކަލުންނާއި ބައްދަލުވެވަޑައިގެންފައިވާ ބޭކަލުންނެވެ. އަދި އެގޮތުގައި އީމާންކަމުގައި އަވަހާރަވެ ވަޑައިގެންފައިވާ ބޭކަލުންނެވެ.
އެކަލޭގެފާނުގެ ނަޞީޙަތްކޮޅު
އެކަލޭގެފާނުގެ ބައެއް ދަރިވަރުންނަށް ކިބުރުވެރިކަމާއި ފަހުރުވެރިވުމާއި ބެހޭގޮތުން އިންޒާރު ދެއްވަމުން ދެންނެވިއެވެ.
1. ތިބާ ރަނގަޅުތަނެއް ނުވަތަ ރަނގަޅުބަޔެއްގެ ތެރޭގައި ވުމުން އެކަމާއި މާބޮޑަށް ފަހުރުވެރި ކިބުރުވެރިނުވާށެވެ. އެހެނީ ސުވަރުގެ އަށްވުރެ ވަކިމަތިވެރި މޮޅުތަނެއް ނުވެއެވެ. އެކަން އެންމެ ރަނގަޅަށް ތަޖުރިބާ ކުރި ފަރާތަކީ އަހަރެމެންގެ އެންމެންގެ ބަފައިކަލުން އާދަމް ޢަލައިހިއްސަލާމެވެ.
2. ތިބާއަށް ގިނައިން އަޅުކަން ކުރެވުމުން އެކަމާއި ފަހުރުވެރިވެ ބޮޑާނުވާށެވެ. އެހެނީ އިބިލީހަށް (ޝާއިތާނާއަށް) ވީގޮތާއި މެދު ތިޔަބައިމީހުން ވިސްނާށެވެ. އެހެނީ އޭނާއަށް އެކަން މެދުވެރިވީ އޭނާ އެތައް ޒަމާނަކު އަޅުކަން ކުރުމަށްފަހުގައެވެ.
3. ޞާލިޙު ހެޔޮލަފާ މީހަކާއި ނުވަތަ ބަޔަކާއި ބައްދަލުވެގެން ތިބާ އެކަމާއި ފަހުރުވެރި ނުވާށެވެ. އެހެނީ އެންމެ ހެޔޮ އެންމެ މަތިވެރި އިންސާނަކީ އަހަރެމެން މާތް ނަބިއްޔާ މުޙައްމަދު ޞައްލަﷲ އަލައިހި ވަސައްލަމައެވެ. ނަމަވެސް މުނާފިޤުންނާއި އަދި ކާފަރުންނަށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމައާއި ބައްދަލުވެގެން އެއްވެސް ފައިދާއެއްނުކުރިއެވެ. ( ޙަސަނުލް ބަޞަރީގެ ބަސްކޮޅު ނިމުނީ)

0 comments:
Post a Comment