Thursday, July 4, 2013

ހަށިގަނޑާއި އަހުލުންނަށް ޙައްޤުތަކެއް ވެއެެވެ.


ކީރިތި ރަސޫލާ އެއްދުވަހަކު ޢުޘްމާނު ބުނު މަޡްޢޫންގެ އަނބިކަނބަލުން ވަރަށް އާދައިގެ ހެދުންކޮޅެއްގައި ވަރަށް ހިތާމަކުރައްވައި ޙާލުގައި އިންނަވަނިކޮށް ފެނިވަޑައިގެން އެއީ ކީއްވެތޯ އޮޅުންފިލުއްވިއެވެ.


 ދެންފަހެ، ރަސޫލާއަށް ދެންނެވުނީ އެއީ ޢުޘްމާނު ބުނު މަޡްޢޫނުގެ އަނބިކަނބަލުން ކަމުގައެވެ. އެކަމަނާ ހިތާމަކުރައްނީ އެކަމަނާގެ ފިރިކަލުން އަބަދުވެސް އަޅުކަމުގައި އުޅުއްވައި، އެކަމަނާއަށް އެއްވެސް ވަގުތުކޮޅެއް ހުސް ނުކުރައްވާތީ އެވެ.

 ރޭގަނޑު ރޭއަޅުކަމުގައި އަދި ދުވާލު ރޯދައަށް ހުންނަވާތީއެވެ. ދެންފަހެ ރަސޫލާ ޢުޘްމާނު ބުނު މަޡްޢޫނުއާއި ބައްދަލުކުރެއްވުމަށް ވަޑައިގެން އެކަލޭގެފާނަށް ޙަދީޘްކުރެއްވިއެވެ. "ކަލޭގެފާނަށް ތިމަންކަލޭގެފާނުގެ ކިބައިގައި ނަމޫނާއެއް ނުވޭ ހެއްޔެވެ؟" ދެން އުޘްމާނު ވިދާޅުވިއެވެ. "ކޮން ކަމެއްތޯއެވެ؟" އެކަލެގެފާނި ޙަދީޘްކުރެއްވިއެވެ.

"ކަލޭގެފާނު ކޮންމެދުވަހަކު ރޯދައަށް ހުންނަވަނީއެވެ. އަދި ކޮންމެ ދުވަހަކު ރޭއަޅުކަން ކުރައްވަނީއެވެ." އިބްނު މަޡްޢޫނު ވިދާޅުވިއެވެ. "ހަމަކަށަވަރުން ތިމަންކަލޭގެފާނު އެގޮތަށް އެކަން ކުަރްއްވާނަމެވެ." އެކަލޭގެފާނު ޙަދީޘްކުރެއްވިއެވެ.

 "އެފަދައިން ޢަމަލު ނުކުރަށްވާށެވެ! ހަމަކަށަވަރުން ކަލޭގެﷲަނުގެ ހަށިކޮޅަށްވެސް ޙައްޤެއް ވެއެވެ. އަދި ކަލޭގެފާނުގެ އަނބިކަނބަލުންނަށް ވެސް ޙައްޤެއް ވެއެވެ."


   އެއަށްފަހު، އިބްނު މަޡްޢޫނު ރަސޫލާ އެންގެވި ގޮތަށް ޢަމަލުކުރެއްވިއެވެ. ނަތީޖާއެއްގެ ގޮތުން އިބްނު މަޡްޢޫނުގެ އަނބިކަނބަލުން އޭގެފަހުގައި ކީރިތި ރަސޫލާގެ ގަނޑުވަރުކޮޅަށް ވަޑައިގަންނަވާއިރު، ހުންނަވަނީ އުފާވެރިކަމާއި ހިނިތުންވެލެއްވުމުގައި ނަލަހައްދަވައިގެންނެވެ. 


އެހެންކަމުން ޞަޙާބިއްޔަ ބޭކަނބަލުން ޙައިރާންވެ ވަޑައިގެން އޭގެ ސަބަބަކީ ކޮބައިތޯ ސުވާލުކުރެއްވިއެވެ. އެކަމަނާ ހިނިތުންވަމުން ވިދާޅުވިއެވެ. "ތިމަން ކަމަނައަށް ވެސް އެހެންމީހުންނާއި ދިމާވާ ފަދަ ނުރަނގަޅު ކަންތަކާއި ދިމާވީއެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެވެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons