އައްޑޫ ސިޓީގައި ޕާކިސްތާނު ތަމްސިލުކުރުމަށް ބަހައްޓާފައިހުރި ބުދުތަކަކީ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެދަށުން ރާއްޖެއަށް އެތެރެކުރެވިގެންވާނެ ބުދުތަކެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރ ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ ވިދާޅުވެއްޖެއެވެ.
މިއަދުނޫހަށް މައުލޫމާތު ދެއްވަމުން ޑރ. ޢަބްދުލްމަޖިދު ވިދާޅުވީ އެތަކެތީގެ މައުލޫމާތު ލިބިވަޑައިގަތުމުން އެތަން ބައްލަވަން ވަޑައިގެންނެވި އިރު އެތަކެތި ވަނީ ނަގާފައި ކަމަށެވެ. އަދި އަލުން ބެހެއްޓި ކަމުގެ މައުލޫމާތު ލިބިވަޑައިގަތުމުން ވަޑައިގެން ބެއްލެވި އިރު އެތަކެއްޗަކީ ރައްޔިތުންގެ ދީނީ އެއްބައިވަންތަކަން ހިމާޔަތްކުރުމުގެ ޤާނޫނުގެ ދަށުން ރާއްޖެއަށް އެތެރެ ކުރެވިދާނެ ތަކެތި ކަމަށް ޤަބޫލުނުކުރައްވާތީ ދައުލަތުގެ އިސްފަރާތްތަކަށާއި ޕާކިސްތާނުގެ ސަފީރަށް އެކަން އަންގަވައި މަޝްވަރާ ކުރައްވާފައިވާނެ ކަމަށެވެ.
ސަފީރު ވިދާޅުވީ "އެތަކެތި ބެހެއްޓީ ފޮރިން އެފެއަރޒް އާއި ވެސް މަޝްވަރާކޮށްފައިކަމުންނާއި މިހާރު ސަމިޓް ފެށިފައިވާތީ އިތުރު ބަދަލެއް ވަގުތުން ވަގުތަށް ގެންނަވަން ދަތި ކަމަށާ ނަމަވެސް ސަމިޓަށްފަހު، މައްސަލައެއް އޮތްނަމަ އެތަކެތި ނަގާނެ ކަމަށް" ކަމުގައިވެސް ޑރ. ޢަބްދުލްމަޖީދު ވިދާޅުވިއެވެ.
ޢަބްދުލްމަޖީދު ވިދާޅުވީ މިވަގުތު ސާރކް ސަމިޓަށް ވަޑައިގެންނެވި އިއްޒަތްތެރިން އައްޑޫ ސިޓީގައި ތިއްބެވުމާއެކު، ރައްޔިތުން ޞުލްހަވެރިކަމާއެކު ކެތްތެރިވުމަށް އެދިވަޑައިގަންނަވާ ކަމަށާ މިކަމާ ގުޅިގެން އެޅުއްވެން ހުރި ފިޔަވަޅުތައް އެޅުއްވުމަށް މަސައްކަތްކުރައްވަމުން ގެންދަވާ ކަމަށެވެ.
ޢަބްދުލްމަޖީދު ވިދާޅުވީ ކަންކަން ކުރިމަތިވުމުން ކެތްތެރިވުމަށާ ކަންކަން ޞުލްޙަވެރިކަމާއެކު ހައްލުކުރަން މަސައްކަތްކުރުމުން ކުރާނެ ފައިދާ ބޮޑުވާނެކަމަށެވެ. އަދި މިފަދަ ކަމެއް ހިނގީތީ ހިތާމަކުރައްވާ ކަމަށްވެސް ޑރ. ޢަބްދުލްމަޖީދު ވަނީ ވިދާޅުވެފައެވެ.

ސާކްސަމިޓާއި ދިމާކޮށް ދިވެހިރާއްޖޭގެ މުސްލިމުންގެ ބިމުގައި ޝިރުކުގެ ބިނާއެއް ސަރުކާރުން ހުއްދަދީގެން ބެހެއްޓުން ވެގެންދިއައީ ޤަޥުމުގައިތިބި ޣީރަތްތެރި އަޚުންނާއިއުޚްތުންގެ އިޙްސާސްތަކާއި ކުޅެލިކަމަށެވެ. އޭގެ އެއްދުވަސްކުރީންވަނީ ޢީސާ ޢަލައިހިއްސަލާމްގެ ޞޫރަކަމުގައި ކްރިސްޓިއަނުން ދެކޭ ﷲ ފޮނުއްވި މާތްވެގެންވާ ނަބިއްޔެއްގެ ޙުރުމަތާއި ކަރާމާތަށް ދިވެހިބިމުގައި އަދި އިސްލާމުންގެތެރޭގައި އިހާނެތިކޮށްހިތޭނޭހެން ޞޫރަކުރަހައި؛ ރަސްމީކޮށް ބެނަރ އުފައްދައި ދަމާފައެވެ. ކޮންމެއަކަސް މިކަންކަމާހުރެ ޢިލްމުވެރީންނާއި ދީނަށްލޯބިކުރާ ޒުވާނުން ތަފާތު ގޮތްގޮތަށް އިންކާރުކޮށް، އިދިކޮޅުހެދުމަށް ނިކުތުމުގެ ތެރޭގައި އެއްބަޔަކު ހައްޔަރުކޮށް ތަފާތު ޙާދިޘާތައް މިވަނީ ހިނގާފައެވެ. މާތްވެގެންވާ އިސްލާމްދީން ޙިމާޔަތްކުރުމަށް މާތް ﷲ ގަންދީ ހުވައި ކުރައްވައިގެން ތިއްބެވި ފުލުހުންވެސް ﷲފިޔަވައި އަޅުކަންވެވޭ އެހެންއިލާހުންތަކުގެ ރަމްޒުތައް ދިވެހިބިމުން ފުހެލާން މަސައްކަތްކުރުމުގެ ބަދަލުގައި؛ މިފަހަރު ފެނިގެން މިދިޔައީ މީސްތަކުން އަތުންހަދާފައި ހުރި ބާޠިލްކަލާނގެތަކުގެ ރަމްޒުތަކުގެ ޙިމާޔަތުގައި ފޯރިމަރާތަނެވެ. އަދި ދިވެހިދީބުގައި ތަޥުޙީދު ޙިމާޔަތްކޮށް، ޝިރުކު ނައްތާލައި، ރާއްޖޭގެ ޤާނޫނު އަސާސީގެ އިސްތިޤްލާލްކަން ދަމަހައްޓަން މަސައްކަތްކުރި ދިވެހި ދަރީންތަކަކާއި ކުރިމަތިލުމަށް ޖެހިލުމެއްނެތި ފުލުހުން ނިކުތްތަނެވެ. އެހިނދު ޞިފަވެގެން ދިޔައީ މާތް ﷲ ޔާސީން ސޫރަތުގައި ތަޞްޥީރުކޮށްދެއްވާފައިވާ މަންޒަރެވެ. އެކަލާނގެ ޥަޙީ ކުރައްވާފައިވެއެވެ. " وَاتَّخَذُوا مِنْ دُونِ اللَّهِ آلِهَةً لَعَلَّهُمْ يُنْصَرُونَ لَا يَسْتَطِيعُونَ نَصْرَهُمْ وَهُمْ لَهُمْ جُنْدٌ مُحْضَرُونَ" މާނައީ" އެމީހުންނަށް ވާގިލިބޭނޭކަމަށް ﷲ ފިޔަވައި އިލާހުންތަކެއް، އެމީހުން އެތިބީ ހަމަޖައްސައިގެންނެވެ. އެމީހުންނަށް ނަޞްރުދިނުމުގެ ޤާބިލުކަމެއް އެތަކެތީގައި ނުވެއެވެ. އެތަކެތިވަށައިގެން ފާރަވެރިވެތިބެ ޙިމާޔަތްދޭ ލަޝްކަރެއްގެގޮތުގައި އެވަނީ ޚުދު އެބައިމީހުންނެވެ."
ޝިރުކުޙިމާޔަތްކުރުމުގެތެރޭގައި މަރުވެއްޖެނަމަ އެމީހަކު ޤިޔާމަތްދުވަހު ކާމިޔާބު ނުވާނެކަން ޔަޤީނެވެ. ބުދުތަކުގެ ފާރަވެރިކަމުގައިހުރެ މަރުވެއްޖެމީހާ މަރުވާނީ ކުފުރުމަރަކުންނެވެ. އެމީހަކަށް ލިބޭނީ ޖާހިލިއްޔަތުގެ މެޑެއްޔެވެ.ޝަހީދުވުމުގެ މެޑެއްޔެއްނޫނެވެ. ކޮންމެ ކަމަކީވެސް އެކަމަކުން ރެކޭންވެއްޖެ ނަމަ ތަފާތު ބަހަނާތަކާއި ހަމަދެއްކޭނޭ ކަންކަމެވެ. ﷲ ފިޔަވައި އަޅުކަންކުރެވޭ ބުދުތަކަކީ ރާއްޖޭގައި ޤާނޫނީގޮތުންވެސް މަނާ ތަކެއްޗަށްވާއިރު އެ ޙިމާޔަތްކުރުމަށް "މަތީން" އޯޑަރު އަޔަސް، ވެރިމީހާ އެންގިއަސް، ތިމާމެންނަށް ދީނީގޮތުންނާއި ޤާނޫނީގޮތުންވެސް އެފަދަ އަމުރުތަކަށް ބޯނުލެނބުމުގެ ބާރުވަނީ ލިބިދީފައިކަން އެންމެހާ ރައްޔިތުންނަށް އެނގެންޖެހިއްޖެއެވެ.ވެރީންނަށް ކިޔަމަންވާން ޖެހެނީވެސް މާތް ﷲ އަންގަވައިގެންނެވެ. ﷲ އަށް ޙަރާންކޯރުވާގޮތަށް ވެރީންނަށް ކިޔަމަންވުމަކަށް އިސްލާމްދީނުގައި އަންގަވާފައެއް ނުވެއެވެ. އަދި އިސްލާމީ އުއްމަތުގެ އެއްވެސް ދަންނަ ބޭކަލަކުވެސް އެގޮތަށް ވިދާޅުވެފައެއް ނުމެނެތްމެއެވެ. ﷲ އާއި ޢަދާޥާތްތެރިކަން ފާޅުކުރެވޭ އެއްވެސް އަމުރަކަށް ބޯލެނބުމީ ތިމާގެ އަޅުވެތިކަން ﷲ ފިޔަވައި އެހެންފަރާތަކަށް ލަނބައިލުންކަން މުސްލިމުން ދަންނަން ޖެހޭނެއެވެ. އެއީ ބޮޑު ޝިރުކެވެ. ދުނިޔޭގެ މަފާދަށްޓަކައި އެކަންއެގޮތަށް ކުރާންބޭނުންމީހަކުނަމަ އެނގިހުރެ ﷲ ގެ ކޯފާޔަށް ހުށައޮޅިގަންނަނީއެވެ. އަދި މި އުޞޫލު ދަސްނުވާމީހަކު އިސްލާމީ ލަޝްކަރުގެ ތެރެއިންވުމަކީ ލަދުވެތިވާންޖެހޭ ކަމެކެވެ. ޔުނީފޯމްގައި ހިމެނޭ ބެރޭ އާއި ބެގީ އަދި ފަޓްލޫނު ވަކިގޮތަކަށް، ވަކިމިނަކަށް ބެހެއްޓުމަށް ގެންގުޅޭ ހަރުކަށިކަމަށްވުރެ؛ ﷲ ގެ ދީނުގައި ހިފަހައްޓައި، އެކަލާނގެ އެއްކައުވަންތަކަން ނަފީކުރާ ކަންކަމުން އެއްކިބާވުމަށް ގެންގުޅެންޖެހޭ ހަރުކަށިކަން އާޚިރަތުގައި މާ ފައިދާ ބޮޑުވެފައި ރަނގަޅުވާނެއެވެ. މާ ޢިއްޒަތްތެރިވާނެމެއެވެ. މާ ބާއްޖަވެރިވެސް ވާނެއެވެ. "بَلْ تُؤْثِرُونَ الْحَيَاةَ الدُّنْيَا (16) وَالْآخِرَةُ خَيْرٌ وَأَبْقَى" އަދިކިއެއްތަ، ތިޔަބައިމީހުން އިސްކަން ތިޔަދެނީ ކައިރީގައިވާ ދުނިޔޭގެ ދިރިއުޅުމަށެވެ. އެހެނެއްކަމަކު ހެޔޮވެފައި ދެމިހުންނަ ހުށީ އާޚިރަތުގެ ގޮވައްޗެވެ.
އޭ އެންމެހާ އަޚުންނާއި އުޚްތުންނޭވެ! މާތް ﷲ ދީން ޙިމާޔަތް ކުރުމަށްވުރެ އިސްކަމެއް މުސްލިމަކު އެހެންކަމަކަށް ދޭންނުޖެހޭނެކަން ހަނދުމަކޮށް، އެކަލާނގެ އަށް ބިރުވެތިވުން ޙައްޤުގޮތުގައި ބިރުވެތިވާށެވެ. ތިޔަބައިމީހުންނީ ﷲ އަށް އަބަދުމެ ބޭނުންޖެހިފައިވާ އެކަލާނގެ އަޅުންނެވެ. އެހެން ފަރާތެއްގެ އަޅުންނެއް ނޫނީމުއެވެ. فاطر ސޫރަތުގައި މާތް ﷲ ޥަޙީކުރައްވާފައިވެއެވެ. " يَا أَيُّهَا النَّاسُ أَنْتُمُ الْفُقَرَاءُ إِلَى اللَّهِ وَاللَّهُ هُوَ الْغَنِيُّ الْحَمِيدُ (15) إِنْ يَشَأْ يُذْهِبْكُمْ وَيَأْتِ بِخَلْقٍ جَدِيدٍ (16) وَمَا ذَلِكَ عَلَى اللَّهِ بِعَزِيزٍ" އޭ އެންމެހާ މީސްތަކުންނޭވެ! ﷲ އަށް ބޭނުންޖެހިފައިވާ ބަޔަކީ ހަމަ ތިޔަބައި މީހުންނެވެ. ﷲ އީ ހަމަ ފުދިވޮޑިގެންވާ، ޙަމްދުލިބިވޮޑިގަންނަވާ ރަސްކަލާނގެމެއެވެ. އެކަލާނގެ ބޭނުންވެވޮޑިގަންނަވައިފިނަމަ ތިޔަބައިމީހުން ގެންގޮސް ނެތިކުރައްވައި، މުޅީން އާ ބަޔެއް ގެނެސްފާހުއްޓެވެ. އަދި އެކަން އެގޮތަށްކުރެއްވުމަކީ ﷲ އަކަށް އެއްވެސް ވަރެއްގެ އުނދަކޫކަމަކަށް ނުވެއެވެ."

ހިތަދޫގައި ބަހައްޓާފައި ހުރި ޕާކިސްތާނުގެ މޮނިއުމެންޓުގައި ގާތްގަޑަކަށް 40އަކަށް ބުދުހުރެގެން އެކަމާ ހިތްހަމަ ނުޖެހިގެން ރައްޔިތުން ނިކުމެ ނުރުހުމުގެ ޝުޢޫރު ފާޅުކޮށް އެންމެ ފަހުން އެ މޮނިއުމެންޓު ވައްޓާލިއެވެ. ދެންފެނުނީ އައްޑޫސިޓީގައި ޙަރަކާތްތެރިވާ ގާތްގަޑަކަށް ހުރިހާފުލުހުން ކަހަލަގޮތަކަށްއައިސް އެސަރަޙައްދު ވަށާލައި އެބުދުގެ ޙިމާޔަތުގައި މަސައްކަތްކުރަން ފެށިތަނެވެ. ވަގުތުން އެ މޮނިއުމެންޓުކޮޅަށްޖަހައި އޭގައި ސަތަރިއަޅައި އެޙިމާޔަތްކުރިއެވެ. މިފެނިގެންދަނީ ކޮންކަމެއްތޯއެވެ؟ އާދެ! މިފެނިގެންދަނީ ޤައުމުގެ ފުލުހުން ބުދުގެ ޙިމާޔަތުގައި ރައްޔިތުންނާއިދެކޮޅަށް ނިކުމެފައިވާތަނެވެ. ކޮންމެގޮތެއް ހަދާފައިވެސް އެބުދު ޙިމާޔަތްކުރެވޭތޯ މަސައްކަތްކުރާތަނެވެ. މިފެންނަނީ އަޅުގަނޑުގެކުރީގެ ލިޔުމުގައި ޢިޝާރާތްކުރިފަދައިން އިޙްތިރާމްކުރާތަން ނޫންތޯއެވެ؟
ޤައުމުގެ ފުލުހުންނޭވެ! ތިބައިމީހުންގެމައްޗަށް ބަޔަކު އަމުރުކުރިޔަސް ތީގެޙިމާޔަތުގައި ނުނިކުންނާށެވެ! ރައްޔިތުންނާއެކުގައިވާށެވެ! އިސްލާމްދީނުގެ ޙިމާޔަތުގައިތިބޭށެވެ! ބަލަ ފުލުހުންނޭވެ! ތިޔައިސްކުރެވެނީ އިސްލާމުގެމައްޗަށް ކުފުރެވެ. ޝިރުކެވެ. ހެޔޮކަންތައްތަކުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިވާށެވެ! ނުބައިކަންތައްތަކުގައި ފާފަކުރުމުގައި އެއްބަޔަކު އަނެއްބަޔަކަށް އެހީތެރިވެ ވާގިވެރިނުވާށެވެ! ﷲ އާއި އެއިލާހުގެ ރަސޫލާއަށް އުރެދޭކަމެއްގައި އެއްވެސްމަޚުލޫޤަކަށް ކިޔަމަންނުވާށެވެ!
ޤައުމުގެ ފުލުހުންނޭވެ! ހަނދުމަކުރާށެވެ! އިސްލާމްދީންނޫން އެހެންދީނެއް ﷲ ޤަބޫލެއް ނުކުރައްވާނެއެވެ. ވީއިރު އެހެންދީންތަކުގެ ކަލާނގެތައް މިސައްތައިންސައްތަ ދީބުގައި ބަހައްޓަން ތިހާ ބާރުތިއަޅަނީ ކިއްވެގެންތޯއެވެ؟ އިސްލާމްދީނަށްވުރެ ބާޠިލުދީންތައް ރަނގަޅީތޯއެވެ؟ ދަންނާށެވެ! އިސްލާމްނޫންގޮތެއް ފިޔަވައި އެހެންގޮތެއް ޚިޔާރުކޮށްފިމީހެއްގެ ކިބައިން ﷲ އެކަން ޤަބޫލެއް ނުކުރައްވައެވެ. އަދި އާޚިރަތްދުވަހުން އެމީހާވަނީ ގެއްލުން ލިބިގެންވާ މީހުންގެ ތެރެއިންނެވެ. މިއީ ތިޔަބޭފުޅުންގެވެސް ޤައުމެވެ. 800އަހަރުވަންދެން މިޤައުމުގައި މިއޮތް އިސްލާމްދީން ދަމަހައްޓަން ތިޔަބޭފުޅުންގެ ޖާނާއި މާލުން ޤުރުބާން ވެލައްވާށެވެ! ތިޔަބޭފުޅުންގެ ޘާބިތުކަން އެދީނާ ދެކޮޅުމީހުންނަށް ދައްކާށެވެ! ކަހުފުބާގައިގެ ޒުވާނުންގެ ކިބައިން ޢިބުރަތް ލިބިގަންނާށެވެ! އަނިޔާވެރި ރަސްގެފާނު ހަމަ ބުދަށް ސަޖިދަޖަހަން އެންގުމުން އެކަމާއިންކާރުކުރުމުން އެމީހުންމަރަން ރަސްގެފާނު ނިންމިއެވެ. ރަސްގެފާނުގެ އަނިޔާވެރިކަމުން ސަލާމަތްވާންވެގެން އެމީހުންވަނީ ފަރުބަދައެއްގެ ހޮހޮޅައަކަށެވެ. އެމީހުންގެ އީމާންތެރިކަން އިތުރުކޮށްދެއްވައި ޘާބިތުކަންދެއްވުން އެދި ﷲއަށް ދުޢާކުރެއްވިއެވެ. ﷲ ނޫން އެހެންފަރާތަކަށް އަޅުކަންކުރުމަކީ ތިމަންމެންނަށް އަމިއްލަނަފްސަށްވެވޭ އަނިޔާއެއްކަމުގައި އެމީހުން ދުށްޓެވެ. ނަތީޖާއަކީ ﷲ އެމީހުން 309 އަހަރުވަންދެން ނިދީގައި ބޭތިއްބެވިއެވެ. ﷲ އެމީހުން އެއަނިޔާވެރިޔާގެ ކިބައިން ސަލާމާތްކުރެއްވިއެވެ.
ޤައުމުގެ ފުލުހުންނޭވެ! ތިޔަބައިމީހުން ﷲގެ ނޫރު ނިއްވާލަން އަދި ކީއްކުރަން މުޅިދުނިޔޭގެ އެންމެވެގެން އެނޫރު ނިއްވާލަންއުޅުނަސް އެއީ ވާނެކަމެއްނޫނެވެ. ހަލާކުވެ ނެތިގެންދާނީ ﷲގެ ނޫރު ނިއްވާލަން އުޅޭމީހުންނެވެ. މިދިވެހިން މިގޮތަށް އިޙްތިޖާޖުކުރަމުންދާނަމަ ﷲ އެމީހުންނަށް ނަޞްރުދެއްވާނެކަމީ އެއްވެސް ޝައްކެތްހުރިކަމެއްނޫނެވެ. އަޑުއުފުލާމީހުންގެ ޢަދަދު ކިތައްމެމަދުކަމުގައިވިޔަސްމެއެވެ. ﷲ އީ ގިނަމީހުންގެ މައްޗަށް މަދުމީހުންނަށް ނަޞްރުދެއްވާ އިލާހެވެ! ﷲއަކީ އެކަހުފުބާގައިގެ 7 ޒުވާނުންގެ މައްޗަށް ނަޞްރުދެއްވި އިލާހެވެ. ﷲ އީ ބަދުރުގެ މައިދާނުގައި 1000 މީހުންގެ މައްޗަށް 313މީހުންނަށް ހަތިޔާރާނުލައި ނަޞްރުދެއްވި އިލާހެވެ. އޭރުވެސް ﷲ ކުޅަދުންވަންތައެވެ. މިހާރުވެސް ﷲ ކުޅަދުންވަންތައެވެ. ތިޔަބައިމީހުންގެ ފޯސް ކިތައްމެ ވަރުގަދަވިޔަސް ﷲގެ ލަޝްކަރުގެ ކުރިމަތީގައި ހެދޭނެ އެއްވެސްއެއްޗެއް ނޯންނާނެއެވެ؟ ކޮބައިތޯ ޢާދުބާގައިގެ ލަޝްކަރު؟ ކޮބައިތޯ ޘަމޫދުބާގައިގެ ލަޝްކަރު؟ ކޮބައިތޯ ފިރުޢައުނުގެ ލަޝްކަރު؟
ވީމާ ވިސްނަވާށެވެ! ﷲގެ ޢަޛާބަށް ބިރުވެތިވާށެވެ! ހެޔޮކަންތައްތަކުގައި އެހީތެރިވެ ވާގިވެރިވާށެވެ! ނުބައިކަންތައްތަކާއި ފާފަތައް ކުރުމުގައި އެކަކުއަނެކަކަށް އެހީތެރިވެ ވާގިވެރިނުވާށެވެ!

މާތް ﷲ ފޮނުއްވާފައިވާ އެއްވެސް ނަބިއްޔެއްގެ ޤަދަރުކުޑަވާފަދަ ކަމެއްކުރުމަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާނެ ކަމެއްކަމަށް ޖަމިއްޔަތުއްސަލަފުން ހާމަކޮށްފިއެވެ. ޖަމްޢިއްޔަތުއްސަލަފުން މިހެންހާމަކޮށްފައިވަނީ އެޖަމްޢިއްޔާއިން ރޭގައި ނެރުނު ކުއްލި ނޫސްބަޔާނެއްގައެވެ.
ތިރީގައި އެވަނީ ސަލަފް ޖަމްޢިއްޔާއިން ނެރުނު ނޫސް ބާޔާނެވެ.
ކުއްލި ނޫސްބަޔާން:
**************
މާތް ﷲ ފޮނުއްވާފައިވާ އެއްވެސް ނަބިއްޔެއްގެ ޤަދަރުކުޑަވާފަދަ ކަމެއްކުރުމަކީ އިސްލާމްދީނުން ބޭރުވެ، މުރުތައްދުވާނެ ކަމެއް:

اَللهُ أَكْبَرُ ، الله أَكْبَرُ ، الله أَكْبَرُ ، لَاإِلَهَ إِلاَّ اللهُ ، اللهُ أَكْبَرُ وَاللهُ أَكْبَرُ وَلِلَّهِ الحْـَمْدُ ! وَالصَّلاَةُ وَالسَّلامُ عَلى المَبْعُوثِ رَحْمَة لِلعَالمِينَ وَعَلى آلِهِ وَأصْحَابهِ الذينَ جَاهَدُوا في سَبِيلِ اللهِ لِنشْرالْإسْلامِ وَدِفاعًا عَنِ الْمُسْلِمِينَ وَالتابعين لهَمْ بإحْسَانٍ إلى يَوْمِ الدِّينِ.أمَّا بَعْدُ!
މާތް ﷲ ފޮނުއްވާފައިވާ އެންމެހާ ނަބިއްޔުންނާއި ރަސޫލުންނަކީ އިންސާނުންގެ ތެރޭގައި ތިއްބެވި އެންމެ މާތް، އެންމެ ޤަދަރުވެރި، ކަރާމާތްތެރި އިންސާނުން ކަމަށްވުމުން؛ އެއިންބޭކަލެއްގެ ޤަދަރާއި ކަރާމާތަށް ބުރޫއަރަނިވި އެއްވެސްކަމެއް އެއްވެސް މިންވަރަކަށް ޤަޞްދުގައިކުރުން محمّد صلى الله عليه وسلم އަށް މާތްﷲ ބާވައިލައްވާފައިވާ އިސްލާމްދީނުގައިވަނީ ކަނޑައެޅިގެން މަނާވެގެންނެވެ. އަދި އެއްވެސް ނަބިއްޔަކާމެދު ކުޑައިމީސްކޮށް ބަހެއްބުނެ، ކަމެއްކުރުމީ ހުރިހާ ނަބިއްޔުންނާއި ރަސޫލުންގެ ކަރާމާތް ނަގާލައިފި މީހެއްކަމުގައްޔާއި، ރަސޫލުންނަށް ފުރައްސާރަކުރާމީހާ މުރުތައްދުވުމުގެ ސަބަބަބުން ޤަތުލުކުރަންޖެހޭ ކަމުގައިވެސް މުސްލިމް އުއްމަތުގެ އެންމެހާ ދަންނަބޭކަލުންވަނީ އިއްތިފާޤުން ކަނޑައަޅުއްވާފައެވެ.
ދެންފަހެ، އަންހެންތަކުންކުރެ އެންމެ ފުރިހަމަ، ޠާހިރުކަމަނާ ކަމުގައި ﷲ އުފައްދަވާފައިވާ މަރްޔަމްގެފާނުގެ ދަރިކަލުން عيسى عليه السّلام އަކީ އިސްރާއީލު ދަރިކޮޅަށް ފޮނުއްވުނު ޙައްޤު ނަބިއްޔެއްކަމާއި، ޔަހޫދީން އެކަލޭގެފާނު ޤަތުލުކޮށްލުމަށް އުޅެގަތްހިނދު އެކަލޭގެފާނުވަނީ މާތްﷲ އުޑަށް އުފުއްލަވާފައިކަމާއި، އަދި މިއުއްމަތުގެ ޢަދުލުވެރި ޙާކިމެއްގެގޮތުގައި ފަހުން ފައިބައިވަޑައިގެން ޞޮލީބުތައް މުގުރައްވަވައި، އޫރުތައް ކަތިލައްވައި، އެންމެހާ ‘ޓެކްސް’ އެއް ނައްތަވާލައްވައި، ދައްޖާލު ޤަތުލުކުރައްވައި، ބިންމަތީގައި އިންޞާފު ޤާއިމުވެގެންދިއުމުގެ ސަބަބުން ދުނިޔެ ތިޔާގިވެ، މުދާ ޤަބޫލުކުރާނޭ މީހަކު ނުހުންނާނެވަރަށް ތަނަވަސްކަމާއި ފާގަތިކަން ޢާއްމުވެގެންދާނޭކަމުގައްޔާއި، މިއެންމެހާ ކަމެއް ޤަބޫލުކުރުމީ އިސްލާމްދީނުގެ ޢަޤީދާގެ ތެރެއިން މުސްލިމުން އީމާންވުމަށް މާތްނަބިއްޔާ އަދި ސަލާމްލެއްވި ޢީސާގެފާނުގެ އަޚް محمّد صلى الله عليه وسلم މިއުއްމަތަށް އަންގަވާދެއްވާފައިވާ ޚަބަރުތަކުގެތެރެއިންވާ ކަންކަން އެންމެހާ މުސްލިމުންނަށް މިއަދު ހަނދާންކޮށްދެމެވެ. މިއީ އީމާންކަމުގެ ރުކުންތަކުގެ ތެރޭގައި ހިމެނޭ ރަސޫލުބޭކަލުންނަށް އީމާންވުމުގެ ތަފްޞީލުގެ ތެރޭގައި ހިމެނޭކަމެކެވެ. އަދި ސަލާމްލެއްވި ޢީސާގެފާނީ މަތިވެރިކުރައްވާފައިވާ އުލުލްޢަޒްމުގެ ނަބިއްޔުންކުރެ ބޭކަލެއްކަމާއި، އެކަލޭގެފާނު ފަހުޒަމާނުގައި ދުނިޔޭގެ ބިމަށް އަލުން ފައިބާ ވަޑައިގަންނަވާނީ މިއުއްމަތުގެ ނަބިއްޔާ އަދި އެންމެފަހުގެ ރަސޫލާ محمّد صلى الله عليه وسلم އަށް އީމާންވެ ހުންނަވައި، އެކަލޭގެފާނުގެ ރިސާލަތު ތެދުކުރައްވައި، މީސްތަކުންނަށް ސުންނަތް އުނގަންނަވައި ދެއްވުމަށްޓަކައި ކަންވެސް އެންމެހާ މުސްލިމުން ދަންނަންޖެހެއެވެ. އެހެންކަމުން عيسى عليه السّلام ގެ ކަރާމާތަށް ހުތުރުވާފަދަ އެއްވެސް ރަމްޒެއްވިއަސް، އެފަދަ ނިޝާނެއްވިއަސް އަދި ކުރެހުމެއްވިއަސް، ބޭނުންކުރުމާއި، ގެންގުޅުމާއި، އުފެއްދުމާއި އަދި އެކަންކަން ލޮލަށް ހާނުވާލައިގެން ތިބުމީވެސް އެއްވެސް ޙާލެއްގައި މުސްލިމުންގެތެރޭގައި ހުއްދަކުރެވޭނޭ ކަންކަމެއް ނޫނެވެ.
ދަންނައެ، ނަބިއްޔުންގެ ޞޫރަ ކުރެހުމީ އެއްވެސް ޙާލެއްގައި ހުއްދަކަމެއްނޫނެވެ. އަދި އެފަދަކަމެއް މިމުސްލިމް ދިވެހިރާއްޖޭގެ ފަސްގަނޑުގައި ކުރުމަކަށް ތަންދެވިގެންވެސް ނުވާނެއެވެ. ނަބިއްޔުންގެ ކަރާމާތް ނަގާލައި، އިސްލާމްދީނުގެ ޢަޤީދާ ފުނޑުފުނޑުކޮށް އިސްލާމްދީނަށް ގޮންޖަހާލާން މަސައްކަތްކުރާ އަނިޔާވެރި، މަކަރުވެރި ބައެއްގެ ޢަމަލުތަކުގެ ސަބަބުން މިދިވެހި އުއްމަތުގައި ތިބި ޣީރަތްތެރި މުސްލިމުންގެ ލޭ ހޫނުވެ، ކެތްތެރިކަންކޮޅުންލައި، އިސްލާމްދީނާއި، ނަބިއްޔުންގެ ކަރާމާތުގެ ދިފާޢުގައި ޖިހާދުކުރުމަށް ނުތެދުވަނީސް ނޭއްގާނީ އެންމެހާކަމެއް ހުއްޓުވައި، އެފަދަ ޢަމަލުތަކުން ދިވެހިޖައްވު ޠާހިރުކޮށްދީފައި ބޭއްވުމަށް ޖަމްޢިއްޔަތުއްސަލަފުން މިއަދުގެ ސަރުކާރަށް ގޮވާލާކަން؛ ދިވެހިރާއްޖޭގެ ރައްޔިތުންނަށް އިޢުލާންކުރަމެވެ. އަދި ކެބިނެޓުތެރެއިން މިފަދަ ރަމްޒެއް ފާސްވެގެން އަންނަނަމަ އެކަމަކީ ދިވެހިޤައުމު އިސްލާމީ އިސްތިޤްލާލްކަންމަތީގައި އޮވެދާނެކަމާއިމެދު ރާއްޖޭގެ އެންމެހާ ރައްޔިތުން ކަންބޮޑުވާންޖެހޭނޭ ކަމެކެވެ.
ދެންފަހެ، ދިވެހިރާއްޖެއަކީ އިސްލާމް ޤަޥުމެއްގެ ގޮތުގައިވީ ހިނދު؛ އަދި ދިވެހިރާއްޖޭގައި ރުހެވިފައިވާ ދީނަކީ އިންސާނުން އުޅުމަށް މާތް ﷲ ރުއްސަވާފައިވާ އިސްލާމްދީންކަމަށް ވެފައިވުމުން، މި ބިމުގައި އިސްލާމްދީން ނޫންދީނެއްގެެ ޝިޢާރެއްފާޅުކުރުމީ އެއްވެސް ޙާލެއްގައި ދިވެހިމުސްލިމް ރައްޔިތުން ބަލައިގަންނާނޭ ކަމެއްނޫންކަން ޖަމްޢިއްޔަތުއްސަލަފުން ހަނދާންކޮށް މިދެނީ ހަނދާންނެތިފައިތިބި ބަޔަކަށާއި، ޤަޞްދުގައި މިބިމުން އިސްލާމްދީން ފުހެލަން މަސައްކުރާންތިބި އެންމެހާ މީސްތަކުންނަށްވެސް ހަނދާންކޮށްދީ ބަޔާންކޮށްދިނުމުގެ ގޮތުންނެވެ. އަދި ކިއެއްތަ އިސްލާމްދީނާއި އިދިކޮޅަށްއުފުލޭ އެންމެހާ އަޑުތަކަށް އިންކާރުކޮށް، އެކަންކަން އިޞްލާޙްކޮށް، އިސްލާމްދީނާއި، محمّد صلى الله عليه وسلم ގެ ދިފާޢުގައި ނިކުމެވޭނޭ ދަނޑިވަޅަކަށް ބަލަބަލައި މުސްލިމް ރައްޔިތުން ތައްޔާރަށް ތިބިކަމުގައިވެސް މިފުރުޞަތުގައި ހަދާންކުރަނީ މާތް ﷲ އަށް ޙަމްދުކުރާ ޙާލުގައެވެ. ﷲ ގެ މަގުގައި ޖާނާއިމާލުން ހޭދަކުރާންކެރޭ، ހިތްވަރުގަދަ، ފަންވަރާއި ބުންވަރުހުރި، ދުނިޔޭގެ ބޮޑެތިބާރުތައް ފިތްކަނޑުވާލާފަދަ ޖެހިލުންކުޑަަ ފަހުލަވާނުން އަބަދުވެސް އިސްލާމުންގެ ތެރެއިންފާޅުވާކަމީ ދުނިޔޭގެ އެންމެހާ ޣައިރުމުސްލިމުންވެސްް އިޢުތިރާފްވެ، އެކަމާ ބިރުގަންނަމުންދާ ކަމެއްކަން ދުނިޔެ މިދަނީ އަބަދުވެސް ހާމަކޮށް ދައްކަމުންނެވެ.
ދަންނައެ، އެހެންދީންތަކުގެ ޝިޢާރުތައް މިއިސްލާމީ މުޖްތަމަޢުގައި ފާޅުކޮށް އާލާކުރާން މަސައްކަތް ކުރާބަޔަކާއި، އެކަމަށް އެހީތެރިވަމުންދާ މީހުންނާއި، އެކަން އެނގިތިބެ އިންކާރު ނުކުރާމީހުންނާއި، އެކަންވުމަށް ރުހިގެންތިބި އެންމެނަށްވެސްް ހަލާކާއި ބަރުބާދީހުއްޓެވެ. އިސްލާމްދީނަކީ ދިވެހިރައްޔިތުންނާއި ޙަވާލުވެވިފައިވާ އަމާނާތެކެވެ.

وَسَيَعْلَمُ الَّذِينَ ظَلَمُوا أَيَّ مُنْقَلَبٍ يَنْقَلِبُونَ
12 ذوالحجة 1432
08 ނޮވެމްބަރ 2011
12 ذوالحجة 1432
08 ނޮވެމްބަރ 2011
وكتبه:
عبدالله بن محمد إبراهيم
(ޖަމްޢިއްޔަތުއްސަލަފްގެ ރައީސް)
(ޖަމްޢިއްޔަތުއްސަލަފްގެ ރައީސް)
0 comments:
Post a Comment