އދ.ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމަށް އިއްޔެ ނެގި މުހިންމު ވޯޓުގައި ރާއްޖެއިން ބައިވެރިއެއް ނުވެ އެވެ.
އެ ވޯޓުގައި ރާއްޖެއިން ބައިވެރި ނުވީ ކީއްވެތޯ ދެންނެވުމުން ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހައިރު މިއަދު ވިދާޅުވީ ޔުނެސްކޯގެ ބައްދަލުވުމަށް އެޑިއުކޭޝަން މިނިސްޓަރު ޝިފާ މުހައްމަދު ވަޑައިގެންނެވި ކަމަށާއި އެހެން ނަމަވެސް، ޔުނެސްކޯގެ މެމްބަރުކަން ފަލަސްތީނަށް ދިނުމުގެ ވޯޓުގައި ބައިވެރިވެ ވަޑައިނުގެންނެވުނީ މުހިންމު ކަމެއްގައި އެނބުރި މިދިޔަ އާދީއްތަ ދުވަހު ރާއްޖެ އަށް ފުރާވަޑައިގަންނަވަން ޖެހުމުން ކަމަށެވެ. އެނގިފައިވާ ގޮތުގައި އެޑިއުކޭޝަން މިނިސްޓަރު ރާއްޖެ ވަޑައިގަތީ އިއްޔެ އެވެ.
"...ދެން އަޅުގަނޑުމެންގެ ސަފީރު [އިބްތިޝާމް އާދަމް] ހުންނަވާނެ ޖެނީވާގައި. އެކަމަކު އެ ވޯޓު ނަގާކަން ލަހުން އެނގިވަޑައިގަތުމުން ޖެނީވާ އިން ޕެރިހަށް ކުއްލި ގޮތަކަށް ސަފީރަށް ވަޑައިގަތުމަށް ދަތިވީ. އެހެންވެ އެ ވޯޓުގައި ރާއްޖެ އިން ބައިވެރި ނުވެވުނީ،" ޕްރެސް ސެކްރެޓަރީ ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ޔުނެސްކޯ އިން ފަލަސްތީނު ބަލައިގަތުމުގެ ގަރާރަށް ރާއްޖެ އިން ވޯޓު ނުދިން ނަމަވެސް ގަރާރުގެ ކޯ ސްޕޮންސަރަކީ ރާއްޖެ ކަމަށެވެ.
"އެހެންވީމަ އަޅުގަނޑުމެންގެ ބައިވެރިވުން ވަރަށް ބޮޑަށް އޮވެގެން ގަރާރު ހުށަހެޅީ. ރާއްޖެ އަކީ އެ ގަރާރަށް ތާއީދު ކުރި ދެވަނަ ގައުމު. ރާއްޖެ އަކީ ގަރާރުގެ ކޯ ސްޕޮންސަ ކަމަށްވާއިރު އެއަށް ރާއްޖޭގެ ތާއީދު އޮތްކަން ވަރަށް ރަނގަޅަށް އެބަ އިނގޭ. ދެން ވޯޓުގައި ބައިވެރިނުވެވުނީ މި ދެންނެވި ސަބަބުތަކާ ހެދި،" ޒުހައިރު ވިދާޅުވި އެވެ.
ޔުނެސްކޯ އިން ފަލަސްތީނު ބަލައިގަތުމަށް ރާއްޖެ އިން ވޯޓު ނުދޭއިރު، ވޯޓު ނުދޭ އެހެން ގައުމުތަކުގެ ތެރޭގައި އިޒްރޭލާއި އެމެރިކާ އާއި ކެނެޑާ އާއި އޮސްޓްރޭލިއާ އަދި ޖަރުމަނުވިލާތް ހިމެނެ އެވެ. އިނގިރޭސިވިލާތާއި ޖަޕާން ވޯޓުގައި ބައިވެރިއެއް ނުވެ އެވެ.
ޔުނެސްކޯގެ ދާއިމީ މެމްބަރުކަން ފަލަސްތީނަށް ދިނުމަށް ނެގި ވޯޓުގައި 107 ގައުމަކުން ފަލަސްތީނަށް ތާއީދު ކޮށްފައިވާއިރު އެ ގައުމާ ދެކޮޅަށް 14 ގައުމަކުން ވޯޓު ދިނެވެ. ވޯޓުގައި ބައިވެރި ނުވަނީ 52 ގައުމަކުންނެވެ
އެމެރިކާ އާއި އިޒްރޭލުގެ އިންޒާރުތަކަށް ބެލުމެއް ނެތި އދ. ގެ ތައުލީމާއި ސައިންސް އަދި ސަގާފަތާ ބެހޭ ޖަމިއްޔާ (ޔުނެސްކޯ) އިން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދިނުމުން އެމެރިކާގެ މިލިއަން ޑޮލަރުގެ އެހީ ކަނޑާލައިފި އެވެ.
އެގްޒެކެޓިވް ކޮމިޓީން ފާސްކުރުމަށް ފަހު ޔުނެސްކޯގެ އާންމު މަޖިލީހުގައި އިއްޔެ ފަލަސްތީނަށް އެ ޖަމިއްޔާގެ ދާއިމީ މެމްބަރުކަން ދީފައި މި ވަނީ އެގޮތަށް އަމަލުކޮށްފި ނަމަ ޔުނެސްކޯ އަށް އެމެރިކާ އިން ދޭ އެހީ އަށް ބުރޫ އަރާނެ ކަމުގެ އިންޒާރު އެމެރިކާ ސަރުކާރުން ދީފައި ވަނިކޮށެވެ. ވީޓޯ ކުރުމުގެ ބާރު ނޯންނަ ޔުނެސްކޯގެ އާންމު މަޖިލީހުގައި ނެގި ވޯޓަށް ފަހު އެމެރިކާ އިން ބުނީ ނޮވެމްބަރު މަހު ޔުނެސްކޯ އަށް 60 މިލިއަން ޑޮލަރު ދޭން ނިންމާފައި އޮތް ނަމަވެސް އެ ފައިސާ އެމެރިކާ އިން ދެން ފޯރުކޮށްނުދޭނެ ކަމަށެވެ.
"އަހަރެމެން ތިބީ ނޮވެމްބަރު މަހު ޔުނެސްކޯ އަށް 60 މިލިއަން ޑޮލަރު ދޭން ނިންމައިގެން. އެކަމަކު ދެނެއް އެ ފައިސާއެއް ފޯރުކޮށެއް ނުދެވޭނެ،" އެމެރިކާގެ ޚާރިޖިއްޔާގެ ތަރުޖަމާން ވިކްޓޯރިއާ ނޫލަންޑް ވިދާޅުވި އެވެ.
ޔުނެސްކޯގެ ދާއިމީ މެމްބަރަކަށް ފަލަސްތީނު ހެދުމަށް، ފްރާންސްގެ ވެރިރަށް ޕެރިހުގައި ހުންނަ އެ ޖަމިއްޔާގެ މައި އިދާރާގައި ނެގި ވޯޓްގައި 107 ގައުމުން ފަލަސްތީނަށް ތާއީދުކޮށްފައިވެ އެވެ. ފަލަސްތީނާ ދެކޮޅަށް 14 ގައުމަކުން ވޯޓް ދިންއިރު 52 ގައުމު މި ވޯޓްގައި ބައިވެރިއެއް ނުވެ އެވެ.
"ޔުނެސްކޯ އިން ފަލަސްތީނު ބަލައިގަތުމަކީ ހައްގުތަކަށް، އިންސާފަށް އަދި މިނިވަންކަމަށް ލިބުނު ކާމިޔާބީއެއް،" ޔުނެސްކޯގެ މެމްބަރުކަން ލިބުމުން ފަލަސްތީނުގެ ރައީސް މަހްމޫދު އައްބާސް ވިދާޅުވެފައިވެ އެވެ.
މި ވޯޓްގައި ފަލަސްތީނާ އެއްކޮޅަށް އަރަބި ލީގާއި އެފްރިކާ އަދި ލެޓިން އެމެރިކާ އާއި އޭޝިއާގެ ގައުމުތަކުން ވޯޓް ދިންއިރު ޔޫރަޕުން ފަލަސްތީނަށް ތާއީދުކުރި އެންމެ މުހިންމު އެއް ގައުމަކީ ފްރާންސެވެ. ފަލަސްތީނުގެ މިނިވަންކަމުގެ މައްސަލަ އދ. އަށް ހުށަހެޅުމާ މެދު ވަކި ގޮތެއް އިއުލާނު ނުކޮށް އޮތް ޔޫރަޕްގެ ބޮޑު ބާރަކީ ފްރާންސް އެވެ.
އިންޑިއާ އާއި ޗައިނާ އިން ވެސް ވޯޓް ދިނީ ފަލަސްތީނަށެވެ. ފަލަސްތީނާ ދެކޮޅަށް ވޯޓް ދިން ގައުމުތަކުގެ ތެރެއިން ފާހަގަކޮށްލެވެނީ އިޒްރޭލާއި އެމެރިކާ އަދި ކެނެޑާ އާއި އޮސްޓްރޭލިއާއާ އެކު ޖަރުމަން ވިލާތެވެ. އިނގިރޭސި ވިލާތާއި ޖަޕާން ވޯޓްގައި ބައިވެރިއެއް ނުވެ އެވެ.
އިޒްރޭލުން ބުނެފައި ވަނީ ޔުނެސްކޯ އަށް ފަލަސްތީނު އިތުރުކުރުމަކީ "ސައިންސް ފިކްޝަން" އަމަލެއް ކަމަށާއި މިއީ ހިޔާލީ ފޮލާ ދޫކޮށްލުމަށް ފަހު ހަގީގަތާ ކުރިމަތިލާންވީ ވަގުތު ކަމަށެވެ.
ޔުނެސްކޯގައި ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދީފައި ވާއިރު އެމީހުން ވަނީ އދ. ގެ ދާއިމީ މެމްބަރުކަމަށް ވެސް އެދިފަ އެވެ. އެ ވޯޓަށް ދާން އދ. ގެ ސަލާމަތީ މަޖިލިސް ތައްޔާރުވަމުން އަންނައިރު ޔުނެސްކޯގެ ކާމިޔާބީއާ އެކު އދ. ގެ އެހެން ޖަމިއްޔާތަކުގެ މެމްބަރުކަން ހޯދުމުގެ ފުރުސަތު ވެސް ފަލަސްތީނަށް މިހާރު އޮތީ ހުޅުވިފަ އެވެ.
ފަލަސްތީނުގެ މައްސަލާގައި އެމެރިކާ އިން އދ. އަށް ބިރު ދައްކަމުން އަންނައިރު 90ގެ އަހަރުތަކުގައި ވެސް އެމެރިކާ އިން މިފަދަ ކެމްޕޭނެއް ޖެއްސި އެވެ. އެގޮތުން ފަލަސްތީނަށް ދާއިމީ މެމްބަރުކަން ދޭ އދ. ގެ ޖަމިއްޔާތަކަށް ފައިސާ ނުދޭން އެމެރިކާ އިން ކުރިން ވެސް ނިންމި އެވެ.
އެމެރިކާ އިން ވަނީ މީގެ ކުރިން ޔުނެސްކޯ ވެސް 20 އަހަރަށް ބޮއިކޮޓްކޮށްފަ އެވެ. ޔުނެސްކޯގެ ބަޖެޓްގެ 22 ޕަސެންޓް އަންނަނީ އެމެރިކާ އިންނެވެ.
ފަލަސްތީނުން އދ. ގެ ދާއިމީ މެމްބަރުކަން ހޯދަން މަސައްކަތްކުރަމުން އަންނަ އެމެރިކާ އިން ވަނީ ސަލާމަތީ މަޖިލީހުގައި އެމީހުންނާ ދެކޮޅަށް ވީޓޯގެ ބާރު ބޭނުންކުރާނެ ކަމުގެ އިންޒާރު ދީފަ އެވެ.
މިފިޔަވަޅު ޔުނެސްކޯއިން ނަގައިފިނަމަ، ކޮންމެ އަހަރަކު 80 މިލިއަން ޑޮލަރު ޔުނެސްކޯއަށް ފަންޑުކުރަމުން އަންނަ އެމެރިކާއިން، އެ ފަންޑުކުރުން ހުއްޓާލާނެކަމުގެ އިންޒާރު ދީފައިވެއެވެ. އަދި އެކަން އިއްޔެވަނީ އެމެރިކާ ސަރުކާރުން އިޢުލާނުކޮށްފައެވެ. އަދި މި ނޮވެމްބަރުމަހު ދިނުމަށް ހަމަޖެހިފައިވާ 60 މިލިއަން ޑޮލަރު ދެން ނުލިބޭނެކަމަށް ބުނެފައިވެއެވެ. ޔުނެސްކޯގެ %22 ފަންޑު ކުރަނީ މުސްލިމު ބިންތައް ފޭރިގަތުމުންނާއި އެގޮތްގޮތުން އެމެރިކާނުން ހޯދަމުންދާ ފައިސާއިންނެވެ.
މުސްލިމުންގެ ބިން ފަލަސްޠީން މެންބަރެއްގެ ގޮތުގައި ޔުނެސްކޯއިން ޤަބޫލުކޮށްފިނަމަ އެމެރިކާއިން ދޭ ފަންޑު ހުއްޓާލާނެކަން، އެމެރިކާގެ ޤާނޫނުގައި 1990 ވަނަ އަހަރު ފާސްކޮށްފައިވެއެވެ. އިޒްރޭލަށް މަރުދޭ އެމެރިކާވަރުގެ ބައެއް އުޅޭނެތޯއެވެ؟
0 comments:
Post a Comment