Thursday, November 24, 2011

ބަދަލު


މިސްކިތުން ދިމާވި ހަރު އުމުރުގެ މީހަކާއި ވާހަކަ ދައްކަމުން އަހަރެން ދީނަށް ލޯބިޖެހުނު ގޮތުގެ ވާހަކަޔާއި، އަހަރެންގެ ދިރިއުޅުމުގެ ވާހަކަ ކިޔައިދިނީމެވެ. އޭނާވެސް އޭނާގެ ވާހަކަ ބޭނުންވި  އަހަރެންވެސް އޭނާގެ ވާހަކަށް އަޑު އެހުމަށް ޝަޢުޤުވެރިވާކަން ހާމަކުރީމެވެ. އޭނާ އޭނާގެ ވާހަކަ ކިޔައިދޭންފެށިއެވެ.


އެއީ އަހަރެންގެ އެންމެ ޒުވާން ލަނދޮޅު ދުވަސްވަރެވެ. އަހަރެންނަކީ ދިރިއުޅުމުގައި، ވަރަށް އެހެން ކަހަލަ ހާދިޘާއެއްދިމާވެފައިވާމީހެއް، އަހަރެންނަކީ ދިރިއުޅުމުގައި ވަރަށް ގަދަ ފަދަ މީހަކީމެވެ. އަހަރެންނަކީ މުޅި ރަށުގެ އެންމެންވެސް ޖެހިލުންވާމީހަކީމެވެ. އެއީ އަހަރެންގެ ޒުވާންދުވަސްވަރެވެ. އަހަރެންނަކީ ގުރޫޕް ހަދާފައި ރޭގަނޑު ދަންވަރު ރަށުތެރޭގައި އެގޮތް މިގޮތައް އުޅެމުން އަންނަ މީހެއް، މީހުންނަށް އުދަނގޫ ކުރަމުން އަންނަ މީހެއް ޚާއްޞަކޮށް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް އުޅެމުން އަންނަ ޒުވާނުން ނަށް އުދަނގޫކޮށް ޖެއްސުންކުރަމުން އަންނަމީހެއް، އެމީހުންނަށް މަލާމާތްކުރަމުން އަންނަމީހަކީމެވެ.

 އޮގޮތުން އަހަރެންގެ ފަޓްލޫނުގެ އެއްފައިކުރި ދެތަނބިކައްޓާ ހަމަޔަށް ބުރިކޮށް އެނެއްފައިކުރި ބިމުގައި ކޭތޭވަރަށް ދޫކޮށްލާފައި ބަހައްޓަމެވެ. އަދި ތުނބުޅި ދިގުކޮށް  ފަހުން އެފަރާތް ބާލާފައި ބަހައްޓަމެވެ. މިގޮތަށް ކަންތައްތައް ކުރުމުން ރަށުގެ ދެންތިބި މީހުންގެ ފަރާތުން އަހަންނަށް ވަރަށް ސަޕޯޓްލީބޭ އަދި އެމީހުންގެ ފަރާތުން އަންނަށް މިކަންކުރުމަށް ހިއްވަރުލިބެވެ.

މިގޮތަށް މިހެން ވަމުންއައިސް، އެއްދުވަހަކު އަހަރެންގެ ގުރޫޕްގެ ކުއްޖަކު، އަހަރެންގާތުގައި ބުނިގޮތުގައި ރަސޫލު ﷲ ޞައްލަﷲ އަލައައިހި ވަސައްލަމަގެ ސުންނަތައް އުޅޭމީހުންގެ ތެރެއިން ކުއްޖަކު، އޭނާއަށް ނަޞޭހަތްތެރިވެ، އޮގޮތައް ނޫޅުމަށް ބުނިކަމަށް ވެއެވެ. އެހެންވެ ގުރޫޕްގެ އެކުވެރިޔާ ބޭނުންވީ އެނާގާތުގައި އެހެން ބުނިމީހާގެ ކިބައިން ބަދަލުހިފުމަށެވެ.

 އޭނާ އަހަރެންގާތުގައި އެކަމަށް އެދުނެވެ.  އަހަރެންނަކީ ރައްޓެހިން ބުނާ އެފަދަ ކަންތައްތައް ކޮންމެގޮތަކުންނަމަވެސް ކުރެވޭތޯ ބަލާމީހެއް، މިފަހަރުވެސް އަހަރެން އެކަމަށް އިސްނެގިން، މިއެކުވެރިޔާ އަހަންނަށް އެމީހަކު ފާހަނގަކޮށްދިން، އެމީހަކީ ރަޞޫލުﷲ ޞައްލަﷲ އަލައިހިވަސައްލަމަގެ ސުންނަތައް ލޯބިކުރާ ޒުވާނެކެވެ އޭގެ އަނެއްދުވަހުގެރޭ އިޝާނަމާދުން އެންމެން ފެބިވަގުތު އަހަރެން މިސްކިތްކައިރިއަށްދިޔައިން، މިބުނާ ޒުވާނާ މިސްކިތުން ފޭބީ ވަރަށް ލަހުން އޭރުމިސްކިތުގައި ތިބީވަރަށް މަދުމީހެއްކަން މިސްކިތުގެ ބޭރުގައި އިންނައިރުވެސް އަހަންނަށް އެނގޭ އެއްކަލަ ޒުވާނާ މިސްކިތުން ފެބުމަށް އެބައާދޭ އަހަރެންހުރީ މިސްކިތުބޭރު ދޮރުކައިރީ ގައި އެނާއަށް އަހަރެން ފެނުމުން އައްސަލާމުއަލައިކުމް ވަރަހުމަތުﷲ ވަބަރަކާތު… އޭނާ މިހެބުނަމުން އަހަރެންނާއި އަރާ ހަމަވެއްޖެ އަހަރެން އޭނާގެ މޫނަށް ކުޅުޖެހިން އެވަގުތު އެޒުވާނާހަމައެކަނި ބުނެލީމިހެން، ﷲ ތިބާއަށް ތެދުމަގު ދައްކަވާށި އަހަންނަށް ކުރެވުނު މޮޅުކަންތައް ރައްޓެހިންނަށް ކިޔައިދިނިން އަދި އެންމެންވެގެ އެކަމާ ހީހެދިން،

ގަޑިން ރޭގަނޑު 12 ޖަހަނީ އަހަންނަށް ވަރުބަލިކަން އިޙުސާސް ކުރެވެން ފަށައިފި، މީގެކުރިން އަހަރެންނަކީ ރޭގަނޑު އެއްގޮތަކަށް ވެސް ނިދާ މިހެއްނޫން ނަމަވެސް އަރާމުކުރުމަށް އަހަރެންގެ ހަށިގަނޑު ބޭނުންވާކަން އަހަރެންނަށް އެނގުނެވެ. އަހަރެން ގެޔަށް ދިޔައީމެވެ. އަހަރެން ކޮޓަރިއަށްވަދެ ފެންވަރައިލައިގެން އެނދުގައި އޮށޯވެލިން އަހަންނަށް ކޮންމެސްކަހަލަ އުދަނގޫތަކެއްވާހެން ހީވާންފަށައިފި، އިރުކޮޅެއްފަހުން މުޅިމީހާ ދާހިއްލަންފަށައިފި، އެކަމަކު އަހަރެން ފެންވަރައިލައިގެން ނިކުތީދެންމެ، ފަންކާވެސް އޭގެ އެންމެ ބާރުމިނުގައި އެނބުރެމުންދެއެވެ. ނަމަވެސް ފަންކަލުން ޖެހެވަޔަކުން މިކަމަށް ހައްލެއް ނައެވެ.

 ދާހިލުން ވީއިތުރެވެ. އެހެންމެފަހުން ފަންކާވެސް ނިވާލައިފިން، އިރުގަނޑެއްފަހުން އަހަރެންގެ މޫނުމަތިން ހިރުވަންފަށައިފި މުޅިމޫނު މަތީގައި ފިއްގަނޑުތަކެއް ކަހަލަ އެއްޗެއް ނަގަންފަށައިފއެވެ. އަހަންނަށް ކެއްނުކުރެވޭވަރަށް މުޅި ގައިންނާއި މޫނުމަތިން ދިލަ ނަގަންފަށައިފި، އަނގައިން ދަވަތަކާއި، އޮލަދިޔަ ފާޑުގެ އެއްޗެއް ފައިބަންފަށައިފި އަހަރެންގެ ހޭވެރިކަމެއްނެތް، އަހަންނަށް ކުޑަވެސް އެނގުމެއްވީ އަހަރެން ހޮސްޕިޓަލުގައި އެޑްމިޓް ކޮށްފައިވަނިކޮށް އަހަރެންގެ އާއިލާ އަހަރެންނާއި އެންމެކައިރީގައި ތިބި، އޭރުވެސް ޑޮކުޓަރުން އަހަރެންނަށް ފަރުވާކުރަމުންދޭ އަހަރެންގެ ނޭފަތުން ލޭފައިބަމުން ދިޔައިރު ނަރުސްކުއްޖާ ލެތައް ސާފުކުރަމުން ދޭ، ނަމަވެސް ލޭފޭބުމަށް ހުއްޓުމެއް ނާދޭ، އަހަރެން ބަރާބަރު 6 ދުވަހު ހޮސްޕިޓަލުގައި އެޑުމިޓް ކޮށްފައި ބޭއްވި  އަހަރެންނަށް މިވީ ކީއްބާ؟ މިކަންތައްތަކަކީ ދުވަހަކުވެސް އަހަންނަށް ދިމާވިކަމެއްނޫން މިކަމާއިވިސްނަން އަހަންނަށް މަޖުބޫރުވިއެވެ.

އަހަންނަށް މިކަމެއް ދިމާވީ ރަޞޫލުﷲޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތައް އުޅޭޒުވާނާގެ މޫނަށް އަހަރެން ކުޅުޖެހި ރޭގަކަން އަހަންނަށް އެނގުނެވެ. ހޮސްޕިޓަލުން ދޫކޮށްލިނަމަވެސް އަހަންނަށް މިކަމުގެ އުންދަނގޫ އިހްސާސް ކުރަންޖެހުނެވެ، މިކަމަށް ހައްލެއް ނުލިބުނު، ރޭގަނޑު ނިދުމުން މަހުރޫމުވާންޖެހުނެވެ. ހަށިގަނޑަށް ބަދަލު އަންނަންފެށިއެވެ. ހަށިގަނޑުން ވަރުދޫވެފައި ކަހަލަ، އަހަރެން ގެއަށް ބަދަލުކުރިތާ 2 ވަނަ ދުވަހުގެރޭ، ގަޑިން ރޭގަނޑު މެންދަމުން އަބުރައި 3 ޖަހަނީ އިރުގަޑެއް ފަހުން އިވެންފެށީ ފަތިސްނަމާދުގެ ބަންގީއަޑު އަހަންނަށް އެކަލިމަތަކާއިމެދު ވިސްނަޏް ޖެހުނު،

 އެބަންގިއަށް ސަމާލުކަން ދިނުމަށް އަހަންނަށް މަޖުބޫރުވި، ނިދުމަށްވުރެ ނަމާދުގެ މުހިއްމުކަން މިއަދު އަހަރެންނަށް ވިސްނުނު، ކުރިން ރޭގަނޑު ނުނިދާ އުޅުނުނަމަވެސް މިއީ އަހަރެންގެ ހަޔާތުގައި ފަތިސްނަމާދުގެ ބަންގީގެ ކަލިމަތަކަށް ސަމާލުކަންދެވުނު ފުރަތަމަ ފަހަރު އެނދުގައި ނޯވެވުނު، މިސްކިތް ހުންނަނީ އަހަރެންގެގެޔާއި މާދުރުނޫން ހިސާބެއްގައި، އަހަރެން ހިއްވަރުކޮށްފައި ހިނގާފައިގޮސް މިސްކިތައްއެރިން، ފަތިސްނަމާދުގެ ޖަމާއަތުގައި ނަމާދުކުރިން، މިއީ އަހަރެން ހަނދާންވާފެށީސުރެވެސް އަހަރެން އެއިލާހަށް ސަޖިދައަށް ބޯތިރިކޮށްލި ފުރަތަމަ ފަހަރު ނަމާދުކޮށް ނިމިއްޖެ ނަމާދުކޮށް ނިމިގެން އެންމެން މިސްކިތުން ފައިބަންފެށިއެވެ. އަހަރެންވެސް މިސްކިތުން ފައިބަން ވެގެން ކޮޅަށްތެދުވިން، ހަށިގަނޑަށް ކޮންމެސްވަރެއްގެ ލުއިކަމެއް ލިބުނުހެން ހީވި، އަހަރެން މިސްކިތުން ފައިބަންވެގެން ދިޔައިރު، އަހަރެން އެމީހެއްގެ މޫނަށް ކުޅުޖެހި ޒުވާނާ މިސްކިތުގެ ދޮރުކައިރީގައި ހުރި، އެޒުވާނާ އަހަންނާއި އަރާހަމަވުމުން އޭނާ ބުނި “އައްސަލާމުއަލައިކުމް ވަރަހުމަތުﷲ ވަބަރަކާތު..”

. މިހެންބުނަމުން، އޭނާ އަހަރެންނާއި ސަލާމްކޮށްލަން އަތްދިއްކުރި ޖެހިލުންވެފައި ހުރެ އަހަރެން އެޒުވާނާއާއި ސަލާމްކުރީމެވެ. ” އަހާ ވަރަށް ބޮޑަށް ބަލިވެ އުޅުނު ޚަބަރުލިބުނު، މިހާރު ކިހިނެއްތަ؟” އަހަރެން ހައިރާންވި، އަހަރެން އެމީހެއްގެ މޫނަށް ކުޅުޖެހި ޒުވާނާ އަހަރެންނާއި ސަލާމްކުރުމަށްފަހު، އަހަރެންގެ ހާލާއިމެދު ސުވާލުކުރިއެވެ. އަހަރެންނަކަށް ވާހަކައެއްނުދެއްކުނު، އެޒުވާނާބުނެލި، “ޖެހިލުންނުވޭ އަހަރެންމިއުޅެނީ ތިބާގެ ކިބައިން ބަދަލުހިފާކަށް ނޫން” އަހަރެން ވަރަށް ބޮޑަށް ލަދުވެސްގަތެވެ.    ” އެކުވެރިޔާ ތިބާއަށް ދިމާވި ކަންތައްތަކުގެ ވާހަކަ އަހަންނަށް ކިޔައިދޭންވީނު” އެޒުވާނާ ބުނެލިއެވެ. އަހަރެމެންދެމީހުން މިސްކިތުގެ ސިޑިމަތީގައި އިށީނީމެވެ. އަހަރެން އެޒުވާނާއަށް މިދިމާވި ހުރިހާ ވާހަކަތަކެއްކިޔައިދިނީމެވެ.

އެޒުވާނާ މިވާހަކަތައް އަހާފައި ބުނި، “އެކުވެރިޔާ ތިހުރިހާކަމަކާއި ކުރިމަތިލާންޖެހުނު ސަބަބަކީ ރަޞޫލުﷲ ޞައްލަﷲ އަލައައިހިވަސައްލަމަގެ ސުންނަތަށް މަލާމާތްކުރުން، އަދި އެރަޞޫލާގެ ސުންނަތައް އުޅެމުންދާ މީހުންނަށް ތަފާތު ގޯނާކުރުމެވެ. އެކުވެރިޔާ ﷲ އަށް ބިރުވެތިވޭ! ތިބާގެ އުމުރު ބޭކާރުކޮށްނުލާ! ނަމާދުތަކަށް ރައްކާތެރިވޭ” އެޒުވާނާގެ ވާހަކައިގައި ރަޞޫލުﷲ ޞައްލަﷲ އަލައައިހިވަސައްލަމަގެ ސުންނަތަށް މަލާމާތް ކުރާމީހުންނަށް ހުރިގެއްލުމުގެ ވާހަކަޔާއި ނަމާދު ތައް ދޫކޮށްލާފައި، ދިރިއުޅުންވޭތުކުރާމީހުންނަށް ހުރި ގެއްލުމުގެ ވާހަކަ ވަރަށް ތަފުޞީލުކޮށް ބަޔާންކޮށްދިން، އޭނާގެ ވާހަކަ ނިމުނުއިރު އަހަންނަށް ގިސްލެވެންފެށުނެވެ. އަހަރެން ހިތުގައި އަޒުމުކަނޑައެޅިން އަހަރެން ދެންދުވަހަކުވެސް އެއިލާހަކަށް ނުއުރެދޭނަން، ދުވަހަކުވެސް ނަމާދު ދުލެއް ނުކުރާނަން އަހަރެން އަޒުމު ކަނޑައެޅީމެވެ.

އަހަރެން އެއަޒުމުގައި މިހާތަނަށް ސާބިތުވިން، މިހާރު އޭގެފަހުން 15 އަހަރު ފާއިތުވެ ހިގައްޖެއެވެ. މި 15 އަހަރު ތެރޭގައި އަހަރެން އައީ ހުރިހާނަމާދު ތަކެއްވެސް އޭގެ ވަގުތުގައި އަދާ ކުރަމުންނެވެ. އަދި އަހަންނަށް ވީވަރަކުން ސުންނަތް ރޯދަވެސް ހިފަމުންނެވެ. މިއީ އަހަރެންގެ ވާހަކަ، އަހަރެން ރަޞޫލުޞައްލަﷲ އަލައިހި ވަސައްލަމަގެ ސުންނަތަށް މަލާމާތް ކުރަމުން އަންނަ މީހުންނަށް މިވަޞީޔަތް ކުރަނީ އެކަން ހުއްޓާލުމަށް، އަދި ދީން ހޯދައި ދެނަގަތުމަށް، އަހަރެންގެ ޙަޔާތުގައި ދިމާވި ކަންތައްތަކަކީ އަހަރެން އެއިލާހުގެ ދީނަށް ލޯބިޖެހުނު ސަބަބު، މިސަބަބުތަކުން އަހަރެން އިބުރަތް ލިބިގަންނަން، ތިޔައިން ކޮންމެ އަހަކުވެސް އަދި އުޚުތަކުވެސް  މިކަމަށް ވިސްނާ މިސަބަތަކުން އިބުރަތްލިބިގަތުމަށް ނަޞޭހަތްތެރިވަމެވެ.

އެނާ އޭނާގެ ވާހަކަ ކިޔައިދީ ނިމުނުއިރު އަހަރެންވެސް ހިތުގައި ޖެހުނެވެ. އަހަރެން ހިތައް އެރިއެވެ. މިދުނިޔޭގައި މިކަހަލަ ކިތައް މީހުން އުޅޭނެ ހެއްޔެވެ. އަދި އެމީހުންވެސް އޭނާގެ ސބަބުތަކުން ޢިބުރަތް ލިބޭނެނަމަ ކިހާރަނގަޅުވިސް ހެއްޔެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons