
1. ވާޖިބުވެގެންވާ ކަމާއި އެންމެ ވާޖިބުވެގެންވާ ކަމަކީ ކޮބައިތޯ އެވެ؟
2. ގާތުގައިވާ ކަމާއި، އެންމެ ގާތުގައިވާ ކަމަކީ ކޮބައިތޯ އެވެ؟
3. އަޖާއިބުކުރުވާ ކަމާއި، އެންމެ އަޖާއިބުކުރުވާ ކަމަކީ ކޮބައިތޯ އެވެ؟
4. އުނދަގޫ ކަމާއި، އެންމެ އުނދަގޫ ކަމަކީ ކޮބައިތޯ އެވެ؟
ޢަލީގެފާނު ވިދާޅުވި އެވެ.
ވާޖިބުވެގެންވާ ކަމަކީ، މާތް ﷲ އަށް ކިޔަމަންގަތުމެވެ.
އެންމެ ވާޖިބުވެގެންވާ ކަމަކީ، ކުށްފާފަތައް ކުރުން ދޫކޮށްލުމެވެ.
ގާތުގައިވާ ކަމަކީ، ޤިޔާމަތްދުވަސް އައުމެވެ.
އެންމެ ގާތުގައިވާ ކަމަކީ، މަރުވުމެވެ.
އަޖާއިބުކުރުވާ ކަމަކީ، ދުންޔަވީ ކަންކަމެވެ.
އެންމެ އަޖާއިބުކުރުވާ ކަމަކީ، ދުނިޔެދެކެ ލޯބިވުމެވެ.
އުނދަގޫ ކަމަކީ، ކަށްވަޅުގައި އޮތުމެވެ.
އެންމެ އުނދަގޫ ކަމަކީ، ހުސްދެއަތާ ކަށްވަޅަށް ދާން ޖެހުމެވެ.
0 comments:
Post a Comment