ބައެއް ސިޔާސީ ޕާޓީތަކާއި މަދަނީ ބައެއް ޖަމިއްޔާތަކުން ކުރި މުޒާހަރާގައި ސަރުކާރަށް ހުށައެޅި ފަސް ކަންތައް ފުރިހަމަ ކޮށްދޭން ބޭނުން ވަނީ އެ ދުވަހު މުޒާހަރާގައި ހުށައެޅި ގޮތަށް
ކަމަށާއި އެކަމާ ގުޅޭ ގޮތުން މިއަދު ރައީސް އޮފީހުގެ ޕްރެސް ސެކްރެޓަރީ ދެއްކެވި ވާހަކަފުޅަކީ ބަހަނާއެއް ކަމަށް މުޒާހަރާގައި އިސްކޮށް އުޅުއްވި މަދަނީ އިއްތިހާދުގެ ރައީސް އަބުދުﷲ މުހައްމަދު މިރޭ ވިދާޅުވެއްޖެ އެވެ.
"އިސްލާމްދީނުގެ ދިފާއުގައި ދިވެހިން" މިނަމުގައި ހުކުރު ދުވަހު ކުރި މުޒާހަރާ އިންތިޒާމުކުރުމުގައި އިސްކޮށް އުޅުއްވި އަބުދުﷲ ވިދާޅުވީ މިއަދު ޒުހައިރު ވިދާޅުވި ވިދާޅުވުމަކީ އެއްވެސް ގޮތަކަށް ބަލައިގަންނަ ކަމެއް ނޫން ކަމަށެވެ.
"އަޅުގަނޑުމެން ހުށައެޅި ޑިމާންޑްތައް އަޅުގަނޑުމެން ހުށައެޅި ގޮތަށް، އެކަންތައް ކޮށްދެއްވުން އަޅުގަނޑުމެން އެދެނީ. އަޅުގަނޑުމެން އޮންނާނެ ވަރަށް ސާފުކޮށް ފަސް ކަމަކަށް ޑިމާންޑް ކޮށްފައި. އެކަންތައްތައް އެބޭފުޅުން އެހެން ގޮތަކަށް ފުރޮޅާ އެކަންތައްތައް ކުރުމަކަށް އަޅުގަނޑުމެން ޖާގައެއް ނުދޭނަން. އަދިވެސް އަޅުގަނޑުމެންގެ ޑިމާންޑްތައް އަޅުގަނޑުމެން ކުރިއަށް ނެރޭނަން،" އަބުދުﷲ ވިދާޅުވި އެވެ.
އިސްލާމް ދީނުގެ ހިޔާމަތުގައި މަދަނީ އިއްތިހާދާއި ސިޔާސީ ޕާޓީތަކުން އަށް ގަޑި އިރުވަންދެން ސުނާމީ ބިނާ ސަރަހައްދުގައި ކުރިއަށް ގެންދިޔަ ބޮޑު މުޒާހަރާގައި ސަރުކާރަށް ޑިމާންޑް ކުރި ފަސް ކަމަކީ ސާކް ސަމިޓަށް އައްޑޫ ސިޓީގައި ބެހެއްޓި ބުދު ހިމެނޭ މޮނިއުމަންޓުތަކުން އައްޑޫ ސިޓީ ތާހިރު ކުރުމަށާއި އިސްލާމް ދީނުގެ ހައްދުތަކާ ދެކޮޅަށް އދ.ގެ އިންސާނީ ހައްގުތަކާ ބެހޭ ކޮމިޝަނަރު ނަވަނިތަމް ޕިއްލޭ ދެއްކެވި ވާހަކަފުޅާ ގުޅިގެން ރައީސް ނަޝީދު މައާފަށް އެދިވަޑައިގަތުމަށާއި އިޒްރޭލުގެ ގައުމީ އެއާލައިން "އެލްއަލް އިޒްރާއިލް"ގެ ފުލައިޓްތައް ރާއްޖޭގައި ޖެސުމުގެ ހުއްދަ ބާތިލް ކުރުމަށާއި މީހުން ދިރިއުޅޭ ރަށްރަށުގެ ބައެއް ހިސާބުތައް ފަޅު ރަށްތަކުގެ ގޮތަށް ނިންމެވި ނިންމުން ބާތިލް ކުރުމަށާއި ހަށި ވިއްކުމަށް ހުޅުވާފައިވާ މަސާޖު ޕާލާތައް ބަންދު ކުރުމަށެވެ.
"އިސްލާމްދީނުގެ ދިފާއުގައި ދިވެހިން" މި ނަމުގައި ކުރި މުޒާހަރާގައި ހުށައެޅި ކަންތައްތައް ފުރިހަމަ ކުރުމުގެ ގޮތުން ކުރަން ސަރުކާރުން ވިސްނާ ކަންތައްތައް ހާމަކުރައްވަމުން މިއަދު ހަވީރު ޕްރެސް ސެކްރެޓަރީ ޒުހައިރު ވިދާޅުވީ ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި ކުރުން މުޅި ރާއްޖޭގައި ވެސް މަނާ ކުރުމަށާއި މުޅި ރާއްޖޭގައިވާ ހުރިހާ ސުޕާއެއް ބަންދުކުރަން ސަރުކާރުން ވިސްނާ ކަމަށެވެ. އަދި ވިދާޅުވީ އައްޑޫ ސިޓީގައި ހުރި މޮނިއުމަންޓްތައް ނެގުމުގެ ހުރިހާ އިހުތިޔާރެއް އައްޑޫ ސިޓީގެ ސިޓީ ކައުންސިލަށް ލިބިގެންވާ ކަމަށާއި އެކައުންސިލުން މޮނިއުމަންޓްތައް ނެގުމަށް ސަރުކާރުން ހުރަސް ނާޅާނެ ކަމަށެވެ.
އަދި އިސްރާއީލުގެ ފްލައިޓް ރާއްޖެއައުން ހުއްޓުވުމުގައި އެފްލައިޓުން ރާއްޖެ އަށް ދަތުރުކުރުމަށް ރިޒަވޭޝަންތައް ކެންސަލް ކުރުމަކީ ވިޔަފާރިވެރިންނަށް ކުރެވިދާނެ ކަމެއް ކަމަށާއި ރިޒަވޭޝަންތައް ކެންސަލްކޮށްފި ނަމަ ފްލައިޓް އައުމުގެ ބޭނުމެއް ނޯންނާނެ ކަމަށް ވެސް ޒުހައިރު ވިދާޅުވި އެވެ.
ޒުހައިރު މިއަދު ވިދާޅުވި ކަންތައްތައްތަކަކީ މުޒާހަރާގައި ކުރި ޑިމާންޑްތައް ކަމަށް ނުވިޔަސް، އެކަންތައްތައް ތަންފީޒުކުރުމާ މެދު ވިދާޅުވަނީ ކީކޭތޯ ދެންނެވުމުން އަބުދުﷲ ވިދާޅުވީ އެކަމާ އެއްޗެއް ވިދާޅުވާނީ އެކަންތައް ސަރުކާރުން ތަންފީޒުކުރަމުންދާ ގޮތަކަށް ބެލުމަށް ފަހުގައި ކަމަށެވެ. އަދި މިއަދު ރައީސް އޮފީހުން ހާމަކުރި ކަންތައްތަކަކީ ރަނގަޅުކަންތައްތަކެއް ކަމަށް ދެކެވަޑައިގަންނަވަންތޯ ނުވަތަ ނޫންތޯ ދެންނެވުމުން އެކަމާ އެއްޗެއް ވިދާޅުވެވޭނީ އެކަންތައްތައް ސަރުކާރުން ކޮށްފިއްޔާ ކަމަށެވެ.
ސަރުކާރުން ކުރަން ވިސްނާ ކަމަށް މިއަދު ބުނި ކަންތައްތަކާ މެދު އަދާލަތުޕާޓީ އާއި ޖަމިއްޔަތުއް ސަލަފުގެ ބަހެއް އަދި ވަނީ ލިބޭގޮތް ނުވެފަ އެވެ.

އިސްލާމް ދީން ހިމާޔަތްކުރުމަށް ގޮވާލުމުން ސަރުކާރުން ޤައުމުގެ އިޤްތިޞާދު ހަލާކުކޮށް ނުލުމަށް ޑީއާރުޕީ އިން ގޮވާލައިފި
އިސްލާމް ދީން ޙިމާޔަތްކުރުމުގެ މަޤްޞަދުގައި މިމަހު 23 ވަނަ ދުވަހު ބޭއްވި މުޒާހަރާގައި ރާއްޖޭގައި އޮންނަންޖެހޭނީ ހަމައެކަނި އިސް ލާމް ދީން ކަމަށާއި އިސްލާމް ދީން ޙިމާޔަތް ކުރަންޖެހޭނެކަމަށް ގޮވާލުމުން ސަރުކާރުން މިހާރު އަމަލުކުރަމުން ގެންދަނީ ޖެއްސުން ކުރުމުގެ އުޞޫލުން ކަމަށާއި ޤައުމުގެ އިޤްތިޞާދު ހަލާކުކޮށް ނުލުމަށް ދިވެހިރައްޔިތުންގެ ޕާޓީ (ޑީއާރުޕީ) އިން ސަރުކާރަށް ގޮވާލައިފިއެވެ.
ރާއްޖޭގައި ބަނގުރަލާއި އޫރުމަހުގެ ވިޔަފާރި އެއްކޮށް ހުއްޓާލުމަށް ސަރުކާރުން ވިސްނަވާކަމަށް ޕްރެސް ސެކެޓްރީ ވިދާޅުވިވިދާޅުވުމަށް ރައްދު ދެއްވަމުން ޑީއާރުޕީގެ ނައިބް ލީޑަރ އިބްރާހީމް ޝަރީފް ވިދާޅުވީ ރާއްޖޭގެ އިޤްތިޞާދު އެންމެ ބޮޑަށް ބަރޯސާވެފައިވަނީ ފަތުރުވެރިކަމަށް ކަމަށާއި އެހެންކަމުން ޤައުމުގެ އިޤްތިޞާދަށް ގެއްލުން ލިބޭނެ އެއްވެސް ކަމެއް ކުރުމަކީ އެޕާޓީއަށް ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
“އަޅުގަނޑު ސަރުކާރަށް ގޮވާލަން ބޭނުންވަނީ މިހާރު ތިއުޅުއްވާ ގޮތަށްވުރެ ބޮޑަށް ޒިންމާދާރުކަމާއެކު އުޅުއްވުމަށް. ޤާނޫނާ ޤަވާއިދުގެ ތެރެއިން ކަންކަން ކުރުމަށް. ރައްޔިތުން މުޒާހަރާ ކުރާނެ. އެއީ ރައްޔިތުންނަށް ލިބިފައިވާ ހައްޤެއް. ވީމާ ރައްޔިތުން މުޒާހަރާ ކުރިނަމަވެސް ޤައުމުގެ އިޤްޠިޞާދު އިނދަޖެހޭނެ ފަދަ ކަންކަން ކުރާނެކަމުގެ އިންޒާރު ސަރުކާރުން ދިނުމަކީ އެއްގޮތަކަށްވެސް ރަނގަޅުކަމެއް ނޫން.” ކަމަށް ވެސް ޝަރީފް ވަނީ ވިދާޅުވެފައެވެ.
ޕްރެސް ސެކެޓްރީ މުޙައްމަދު ޒުހައިރު ވިދާޅުވެފައިވަނީ މައްސަލައަކީ ރާއްޖޭގައި ބަނގުރާ ވިއްކުން ކަމަށާ ބަނގުރަލުގެ ވިޔަފާރިއަކީ ނިޞްބަތުން ޖީއެސްޓީގެ ގޮތުގައި ސަރުކާރަށް ވަރަށް ބޮޑު އާމްދަނީއެއް ލިބޭ އެއްޗެއް ކަމަށާ ނަމަވެސް ރައްޔިތުންގެ ގޮވާލުންތަކަށް ސަރުކާރުން އިޖާބަދިނުމުގެ ގޮތުން ރާއްޖޭގެ އެންމެހައި ތަންތަނުގައި ބަނގުރަލުގެ ވިޔަފާރި ކުރުން ހުއްޓުވަން ސަރުކާރުން ވިސްނަމުން ގެންދާ ކަމަށެވެ.
މުޒާހަރާގެ ބައިވެރިން ބަނގުރަލުގެ ވިޔަފާރި ހުއްޓާލަން ގޮވާލާފައިވަނީ ރިޒޯޓުތައް އިސްތިސްނާވާގޮތަށް ނޫންކަމަށް ބައެއް ފަރާތްތަކުން ބުނި ނަމަވެސް މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަކުރުމާ ދެކޮޅަށް ބޭއްވި ބޮޑު މުޒާހަރާގައި ވެސް ގޮވާލާފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގައި ބަނގުރާ ވިއްކުން ހުއްދަ ނުކުރުމަށްކަން ފާހަގަކުރެވޭއިރު މިމަހު 23 ވަނަ ދުވަހު ބޭއްވި ބޮޑު މުޒާހަރާގައިވެސް ގޮވާލާފައި ވަނީ މީހުން ދިރިއުޅޭ ރަށްރަށުގެ ވަކިބައެއް އެއީ ފަޅުރަށެއްކަމުގައި ސަރުކާރުން ކަނޑައަޅަމުން ގެންދާތީ އެ ސަރަހައްދުތަކުގައި ބަނގުރާ ވިއްކާތަންތަން ހަދާފާނެކަމަށްޓަކައި މީހުން ދިރިއުޅޭ ރަށްރަށުގެ ވަކިބައެއް އެއީ ފަޅުރަށެއްކަމުގައި ކަނޑައަޅައި އެ ސަރަހައްދުތަކުގައި ބަނގުރާ ނުވިއްކުމަށް ކަން ވެސް ފާހަގަކުރެވެއެވެ.
މީގެ އިތުރުން މަސާޖް ޕާލަރތައް ބަންދުކުރުމަށް ގޮވާލި އިރުވެސް ގޮވާލާފައިވަނީ ތަފާތު ނަންނަމުގައި ހަދައިގެން ހަށިވިއްކުމުގެ ވިޔަފާރިކުރާ ތަންތަން ބަންދުކުރުމަށް ކަމަށާއި ޕްރޮފެޝަނަލް އުޞޫލުން ޤަވާއިދާއެއްގޮތަށް ހިންގާ ތަންތަން ބަންދުކުރަން ނޫން ކަންވެސް ފާހަގަކުރެވެއެވެ.
0 comments:
Post a Comment