ހަމަކަށަވަރުން
ޢިލްމުލްޢަޤީދާ އަކީ އެންމެ ޝަރަފުވެރި ޢިލްމެވެ. އަދި ޢިލްމުތަކުގެ
ތެރެއިން އެންމެ ޤަދަރު އުފުލިގެންވާ ޢިލްމެވެ. އަދި އެންމެހާ ޢިލްމުތަކުގެ
ތެރެއިން އެންމެ މުހިންމު ޢިލްމެވެ.
އަދި މިޢިލްމުގައި ހިމެނިފައިވާ ބާބުތަކުގެ ތެރެއިންވެސް އެންމެ ޝަރަފުވެރި އެންމެ މަތިވެރި އަދި އެންމެ މުހިންމު ބާބަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ ވާހަކަތައް އެކުލެވިގެންވާ ބާބެވެ.
އެހެނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ އުޞޫލުތަކުގެ އަޞްލެވެ. އަދި އެއީ އީމާންކަމުގެ ހަ ރުކުނުގެ ތެރެއިން އެންމެ ފުރަތަމަ ރުކުނެވެ.

ﷲ ސުބްޙާނަހޫ ވަތަޢާލާ ވަޙީކުރައްވާފައިވެއެވެ.
لَيْسَ الْبِرَّ أَن تُوَلُّواْ وُجُوهَكُمْ قِبَلَ الْمَشْرِقِ
وَالْمَغْرِبِ وَلَكِنَّ الْبِرَّ مَنْ آمَنَ بِاللّهِ وَالْيَوْمِ الآخِرِ
وَالْمَلآئِكَةِ وَالْكِتَابِ وَالنَّبِيِّينَ ( البقرة 177)
މާނައީ: " ހެޔޮކަމަކީ (ހަމައެކަނި) އިރުމަތި ފަރާތަށް ނުވަތަ ހުޅަނގު
ފަރާތަށް ތިޔަބައިމީހުންގެ މޫނުތައް ކުރިމަތި ކުރުމެއް ނޫނެވެ.
އެހެނެއްކަމަކު، ހެޔޮކަންކުރާ މީހާއީ، ﷲ ސުބްޙާނަހޫ ވަތަޢާލާއަށާއި
އާޚިރަތް ދުވަހަށާއި މަލާއިކަތުންނަށާއި ފޮތަށާއި ނަބިއްޔުންނަށް އީމާވި
މީހާއެވެ."
އަދި އީމާންކަމަކީ ކޮބައިތޯ ޖިބްރީލް ޢަލައިހިއްސަލާމް ސުވާލު ކުރެއްވުމުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. " الإِيمْاَنُ أَنْ تُؤْمِنُ باِللهِ وَمَلاَئِكَتِهِ وَكُتُبِهِ وَرُسِلِهِ وَالْيَوْمِ الْآخِرِ وَتُؤْمِنُ باِلْقَدْرِ خَيْرِهِ وَشَرِّهِ " "އެއީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމާއި، އެކަލާނގެ މަލާއިކަތުންނަށް އީމާންވުމާއި އެކަލާނގެ ބާވައިލެއްވެވި ފޮތްތަކަށް އީމާންވުމާއި، އެކަލާނގެ ފޮނުއްވެވި ރަސޫލުންނަށް އީމާންވުމާއި، އާޚިރަތްދުވަހަށް އީމާންވުމާއި، ހެޔޮ މިންވަރާއި ނުބައިމިންވަރަށް އީމާންވުމެވެ."
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ ހުރިހާ ކާމިޔާބީއެއްގެ އަޞްލު އަސާސެވެ. އެހެނީ ފޮތްތައް ބާވައިލެއްވި، ރަސޫލުން ފޮނުއްވުނީ އެކަމަށްޓަކައެވެ. އެބޭކަލުން ފޮނުއްވުނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވެ އެއީމާންކަން ނަފްސުތަކުގައި ހަރުލެއްވުމުގެ ވަޒީފާއާއިގެންނެވެ.
މިލިޔުމުގައި އަލިއަޅުވާލައިފައިވާނީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގައި އެކުލެވޭ ބައެއް މުހިންމު ކަންތައްތަކުގެ މައްޗަށެވެ. އޭތެރެއިން ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިމާންވުމުގެ މާނައާއި، އެކަމުގައި އެކުލެވޭ ބައިތަކާއި، އެއްކައުވަންތަކަމުގެ މައްޗަށް ހުރި ދަލީލުތަކާއި، އެކަލާނގެ އަށް އީމާންވުމުގެ ފައިދާތަކެވެ. ޙަޤީޤަތުގައި ޝިރުކުގެ ބައިތަކާއި، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އިމާންވުމުގެ އިދިކޮޅު ސިފަތަކާއި، ތައުޙީދު ނަފީކުރާ ކަންތައްތައް ވެސް ގުޅިފައިވަނީ މި މައުޟޫޢު އާއެވެ. ނަމަވެސް ވަގުތުގެ ދަތިކަމުން އެވާހަކަތަކުގެ ތަފްޞީލަށް ދިޔުމަށް މިދަނޑިވަޅުގައި ޢުޛުރުވެރިވަމެވެ.
މާތްﷲ އަށް އީމާންވުމުގެ މާނައަކީ ކޮބައިތޯއެވެ ؟
ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގެ މާނައާމެދު ތަފާތު ޢިބާރާތްތަކާއި ތަޢްރީފުތައް ޢިލްމުވެރިން ބަޔާންކުރައްވާފައި އެބަހުއްޓެވެ. އެ ހުރިހާ ތަޢްރީފެއްގެވެސް ލަފުޒުތައް ތަފާތުވިއެއްކަމަކު އެ ޢިބާރާތްތަކުގެ މާނައަކީ އެކައްޗެކެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމަކީ އެއީ:
1) هُوَ إِفْرَادُ اللهِ بِمَا يَسْتَحِقُّ - ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ޙައްޤުވެގެންވާ ގޮތުގައި އެކަލާނގެ އެއްކައުވަންތަ ކުރުމެވެ.
2) إِفْرَادُ اللهِ بِحُقُوْقِهِ - ﷲ ސުބްޙާނަހޫ ވަތަޢާލާގެ ޙައްޤުތަކުގައި އެއްކައުވަންތަ ކުރުމެވެ.
3) ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގެންވާކަން ތިމާގެ ހިތުގެ އަޑިން އެއްވެސް ޝައްކެއްނެތި ޤަބޫލު ކުރުމާއި، އެކަލާނގެއީ الأول ކަމާއި، އެކަލާނގެއަށް ވުރެ އިސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާއި، އެކަލާނގެއީ الآخر ކަމާއި، އެކަލާނގެއަށްވުރެ ފަސްވެވޮޑިގެންވާ އެއްވެސް ފަރާތެއް ނުވާކަމާ، އެކަލާނގެއީ الظاهر އެކަލާނގެއަށްވުރެ މަތިވެރިވެ ވޮޑިގެންވާ އެއްވެސް އެއްޗެއްނުވާކަމާއި، އެކަލާނގެއީ الحيٌّ القيوم ދިރި ދެމިވޮޑިގެންވާ އިލާހުކަމާއި،

އެކަލާނގެއަށް އެއްވެސް އެއްޗެއް ބޭނުން ވެވޮޑިގެން ނުވާ
الأحد الصمد ކަމާއި، އެންމެހައި މަޚުލޫޤުންނެއް އެކަލާނގެ ޙަޟުރަތައް
ބޭނުންޖެހިފައިވާ ކަމެވެ. لَمْ يَلِدْ وَلَمْ يُولَدْ - وَلَمْ يَكُن لَّهُ كُفُوًا أَحَدٌ (الإخلاص:3-4) މާނައީ:
"އެކަލާނގެއަކަށް އެއްވެސް އެއްޗެއް އުފަންވެގެންނެއް ނުވެއެވެ. އަދި
އެއްވެސް އެއްޗަކަށް އެކަލާނގެ އުފަންވެވޮޑިގެންނެއްވެސް ނުމެވޭމެއެވެ."
އެކަލާނގެއީ އެކަލާނގެ ރުބޫބިއްޔަތާއި އެކަލާނގެ އުލޫހިއްޔަތާއި އަސްމާއުވައްސިފާތުގައި މި ހުރިހާކަމެއްގައި އެއްކައުވަންތަ އިލާހުކަން ހިތުގެ އަޑިން ތެދުކޮށް ޤަބޫލު ކުރާކުރުމެވެ.
4) ﷲ ސުބްޙާނަހޫ ވަތަޢާލާއީ ހުރިހާ ތަކެއްޗެއްގެ ވެރި ރަސްކަލާނގެކަމާއި، އެކަލާނގެއީ އެންމެހައި ތަކެއްޗެއް ޚަލްޤު ކުރެއްވުމުގައި އެއްވެސް ފަރާތެއް ބައިވެރިވުމެއްނުވާ އެއްކައުވަންތަ އިލާހުކަމާއި، އެންމެހައި ކާއިނާތުގެ ހުރިހާ ކަމެއް ރާއްވަވައި ހިންގަވަނީ ހަމައެކަނި އެކަލާނގެ ކަމާއި، އެކަލާނގެ ފިޔަވައި އެހެންއެއްވެސް ފަރާތަކަށް އަޅުކަން ޙައްޤުވެގެން ނުވާކަމާއި،

އެކަލާނގެ ފިޔަވައި އަޅުކަންކުރެވޭ އެންމެހައި ފަރާތްތައް
ބާޠިލުކަމާއި، އެފަރާތްތަކަށް ކުރެވޭ އަޅުކަންވެސް ބާޠިލުވެގެންވާކަން
ހިތުގައި އެއްވެސް ޝައްކެއްނެތި ޤަބޫލުކުރާ ޤަބޫލުކުރުމެވެ. އެކަލާނގެ
ވަޙީކުރައްވާފައިވެއެވެ. ذَلِكَ
بِأَنَّ اللَّهَ هُوَ الْحَقُّ وَأَنَّ مَا يَدْعُونَ مِن دُونِهِ هُوَ
الْبَاطِلُ وَأَنَّ اللَّهَ هُوَ الْعَلِيُّ الْكَبِيرُ (الحج: 62) މާނައީ:
"އެހެނީ ހަމަކަށަވަރުން ﷲ އީ، ހައްޤުވަންތަ ރަސްކަލާނގެއެވެ. އަދި
ހަމަށަވަރުން އެކަލާނގެ ފިޔަވައި އެއުރެން އަޅުކަންކުރާ އެންމެހައި
ތަކެއްޗަކީ އެއީ ބާޠިލު ތަކެއްޗެވެ. އަދި ހަމަކަށަވަރުން ﷲ އީ އެންމެ
މަތިވެރިވެގެންވާ އެންމެ ޢަޡަމަތްތެރިވެގެންވާ އިލާހެވެ."
އަދި އެކަލާނގެއީ އެންމެހައި މަތިވެރިވެގެންވާ އަދި ފުރިހަމަ ސިފަފުޅުތަކުން ސިފަލިބިވޮޑިގެންވާ ހުރިހައި ޢައިބަކުން ހުސްޠާހިރުވެ ވޮޑިގެންވާ އިލާހުކަން ޤަބޫލުކުރުމެވެ.
އިސްވެދިޔަ ކަންތައްތަކާމެދު ވިސްނައިލުމުން، ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އީމާންވުމުގައި ހަތަރު ބައެއް އެކުލެވިގެންވާކަން ހާމަވެއްޖެއެވެ. އެއީ:
1) الإيمان بوجود الله - ﷲ ސުބްޙާނަހޫ ވަތަޢާލާގެ ވޮޑިގެންވުމަށް އީމާންވުމާއި،
2) الإيمان بربوبيته - އެކަލާނގެ ރުބޫބިއްޔަތައް އީމާންވުމާއި،
3) الإيمان بألوهيته - އެކަލާނގެ އުލޫހިއްޔަތައް އީމާންވުމާއި،
4) الإيمان بأسمائه وصفاته - ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެންމެހައި އިސްމުފުޅުތަކަކީ ރިވެތިވެގެންވާ އަދި މަތިވެރިވެގެންވާ ފުރިހަމަ އިސްމުފުޅުތަކެއް ކަމާއި، އެކަލާނގެ އެންމެހައި ޞިފަފުޅުތަކަކީ ރިވެތިވެގެންވާ އަދި ފުރިހަމަ ވެގެންވާ ޞިފަފުޅުތަކެއްކަމަށް އީމާންވުން
ﷲ ސުބްޙާނަހޫ ވަތަޢާލާގެ އެއްކައުވަންތަކަމުގެ ދަލީލުތައް ވަރަށްވެސް ގިނައެވެ. އެކަލަނާގެ އަމިއްލަ ޒާތުފުޅުގެ މައްޗަށް ހެކިވެވޮޑިގެން އެކަލާނގެ ވަޙީކުރައްވާފައިވެއެވެ. شَهِدَ اللّهُ أَنَّهُ لاَ إِلَهَ إِلاَّ هُوَ وَالْمَلاَئِكَةُ وَأُوْلُواْ الْعِلْمِ قَآئِمَاً بِالْقِسْطِ لاَ إِلَهَ إِلاَّ هُوَ الْعَزِيزُ الْحَكِيمُ (آل عمران: 18) މާނައީ: "ހަމަކަށަވަރުން ﷲ ސުބްޙާނަހޫ ވަތަޢާލާ، އެކަލާނގެ މެނުވީ އަޅުކަންކުރުން ޙައްޤުވެގެންވާ އެހެން އިލާހަކު ނުވާކަމަށް ހެކިވެވޮޑިގެންފިއެވެ. އަދި މަލާއިކަތުންނާއި، ޢިލްމުގެ އަހުލުވެރިންވެސް، އެކަމަށް ހެކިވެވަޑައިގެންފިއެވެ. (އެކަލާނގެ ހެއްދެވި ތަކެތި ތަދުބީރު ކުރެއްވުމުގައި) ޢަދުލުވެރިކަމާއިގެން އެކަލާނގެ ޤާއިމުވެވޮޑިގެންވެއެވެ.

އެކަލާނގެ މެނުވީ ޙައްޤު ގޮތުގައި އަޅުކަންވެވޭ
އިލާހަކުނުވެއެވެ. (އެކަލާނގެއީ) ޢަޒީޒުވަންތަ ޙަކީމުވަންތަ
ރަސްކަލާނގެއެވެ."
0 comments:
Post a Comment