އިޒްރޭލާއެކު ދިވެހި ސަރުކާރުން އެއްވެސް ގުޅުމެއް ނުބޭއްވުމަށް މަޖިލީހުން ޤަރާރެއް ފާސްލޮށްދެއްވުމަށް އިސްލާމިކް މިނިސްޓަރ ޑޮކްޓަރ އަބްދުލްމަޖީދު އަބްދުލްބާރީ އެދިވަޑައިގެންފިއެވެ.
ޑރ. ޢަބްދުލްމަޖީދު ޢަބްދުލްބާރީ މިކަމަށް އެދިވަޑައިގަތީ މަޖިލީހުގެ ޤައުމީ ސަލާމަތާބެހޭ ކޮމިޓީއަށް އިއްޔެ ހާޒިރުކޮށް އިޒްރޭލުގެ ފްލައިޓް ރާއްޖެއަށް ޖައްސަންފެށުމާ ދެކޮޅަށް އަދާލަތު ޕާޓީގެ ނައިބް ރައީސް ޑރ. މަޢްރޫފް ހުށަހަޅުއްވާފައިވާ މައްސަލައިގައި ކޮމިޓީން ކުރި ސުވާލުތަކަށް ޖަވާބު ދެއްވަމުންނެވެ.
ޑރ. ޢަބްދުލްމަޖީދު ކޮމިޓީގައި ދަނަނަވާފައިވަނީ އިޒްރޭލާއެކު ރާއްޖެއިން އެއްވެސް ގުޅުމެއް ބޭއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށް ކަމުގައިވެސް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
ޑރ. ޢަބްދުލްމަޖީދު ކޮމިޓީގައި ދަނަނަވާފައިވަނީ އިޒްރޭލާއެކު ރާއްޖެއިން އެއްވެސް ގުޅުމެއް ބޭއްވުމަށް ތާއީދު ނުކުރައްވާނެ ކަމަށް ކަމުގައިވެސް މިއަދުނޫހަށް ވަނީ މައުލޫމާތު ލިބިފައެވެ.
އިއްޔެގެ ބައްދަލުވުމަށް މިނިސްޓަރ އޮފް ޑިފެންސް އެންޑް ނޭޝަނަލް ސެކިއުރިޓީ ތަލްޙަތު އިބްރާހިމް ކަލޭފާން ވެސް ޙާޒިރުކުރައްވައި މައުލޫމާތު ސާފުކުރެއްވިއެވެ.
މިނިސްޓަރ ވިދާޅުވެފައިވަނީ އިޒްރޭލުގެ ފްލައިޓް ރާއްޖެއަށް ޖައްސާ ދުވަހު ދިވެހި ސިފައިން ސަލާމަތީގޮތުން ޚާއްޞަ އޮޕަރޭޝަންތަކެއް ހިންގުމަށް މަޝްވަރާ ކުރެވިފައި ނެތް ކަމަށެވެ.
0 comments:
Post a Comment