Thursday, December 8, 2011

ނޫޙު ސޫރަތުގައިވާ ޢަދަދުގެ ބައެއް އިޢުޖާޒު




ނޫޙު ސޫރަތަކީ، ކީރިތި ޤުރުއާނުގެ 71 ވަނަ ސޫރަތެވެ. އެ ސޫރަތުގައިވަނީ، 28 އާޔަތެވެ.
71 އިން 28 ކެނޑީމާ ލިބޭ ނަތީޖާއަކީ، 43 އެވެ. މިއީ، ނޫޙު ސޫރަތަށްފަހު ކީރިތި ޤުރުއާނުގައި ވާ ސޫރަތްތަކުގެ ޢަދަދެވެ. އެހެނީ، ކީރިތި ޤުރުއާނުގެ ސޫރަތްތަކުގެ ޖުމުލަ ކަމަށްވާ 114 އިން 71 ކެނޑީމާ ލިބެނީ 43 އެވެ.

43 = 28 – 71
43 = 71 – 114

ނޫޙު ސޫރަތަށްފަހު ކީރިތި ޤުރުއާނުގައިވަނީ 43 ސޫރަތެވެ.


ނޫޙު ސޫރަތުގައިވާ އަކުރުތަކުގެ ޢަދަދަކީ، 953 އެވެ. މި ޢަދަދު، އެސޫރަތުގެ އާޔަތްތަކުގެ ޢަދަދު ކަމަށްވާ 28 އިން ގެއްލީމާ ލިބޭ ނަތީޖާއަކީ 34 އެވެ. (މިއީ، ބައިކުޅަބައި ނުލަ އެވެ.... ބައިކުޅަ ބަޔަކީ، ވަރަށް ކުޑަ މިންވަރެކެވެ. އެއީ، އަށާވީސް ބައިކުޅަ އެއްބަޔެވެ.... ޑެސިމަލް ޕޮއިންޓްގެ ފަހަތަށް އަންނަނީ ސުމެކެވެ.)

34.036 = 28 / 953

ނޫޙުގެފާނުގެ ނަންފުޅު، ކީރިތި ޤުރުއާނުގައި ނަންގަނެވިފައިވަނީ 34 ފަހަރު އެވެ.


ނޫޙު ސޫރަތުގައި ނޫޙުގެފާނުގެ ނަންފުޅު ނަންގަނެވިފައިވަނީ ތިންފަހަރު އެވެ. އެ ސޫރަތުގައި އެންމެ ތިންފަހަރު ތަކުރާރުވެފައިވާ އަކުރަކީ، (ح) އެވެ. އެއީ، ނޫޙުގެފާނުގެ ނަންފުޅުގައިވާ (ح) އެވެ. އެ ސޫރަތުގައިވާ އަކުރުތަކުގެ ޖުމުލަ ޢަދަދު ކަމަށްވާ، 953 އިން، މިއަކުރު ތަކުރާރުވި ޢަދަދު ކަމަށްވާ، 3 ކެނޑީމާ ލިބޭ ނަތީޖާއަކީ، 950 އެވެ.

950 = 3 – 953

ނޫޙުގެފާނު ދުނިޔޭގައި އުޅުއްވި މުއްދަތަކީ 950 އަހަރެވެ.




              މުޞަންނިފު:
އަލްއުސްތާޛު ޢަބްދުލްމުޢީދު ޙަސަން

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons