މާލިކު
ބުނު ދީނާރު ރަޙިމަހުﷲ ގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު
އެއްދުވަހަކު ގެފުޅުގައި ޠަވާފުކުރެއްވިއިރު ފެނިވަޑައިގަތް،
ޙައްޖުވެރިންނާއި ޢުމްރާވެރިންގެ ޢަދަދު ގިނަކަމުން ހައިރާންވެ
ވަޑައިގަތެވެ. އަދި އެކަލޭގެފާނުގެ އަމިއްލަ ނަފްސަށް ވިދާޅުވިއެވެ.
މިބައިމީހުންގެތެރެއިން، އެބައެއްގެ ޢަމަލު ޤަބޫލުވެވިގެންވާ މީހުން
އެނގޭނެ ނަމައެވެ. އެއީ އެމީހުންނަށް އުފާވެރިކަމުގެ ޚަބަރު ދިނުމަށެވެ.
އަދި އެބައެއްގެ ޢަމަލު ރައްދުކުރެވިގެންވާ މީހުންވެސް އެނގޭނެ ނަމައެވެ.
އެކަލޭގެފާނު
އެރޭ ނިދިކުރައްވާފައި އޮންނަވަނިކޮށް ހުވަފެނުގައި، މީހަކު ބުނާއަޑު
އިވުނެވެ. “މާލިކު ބުނު ދީނާރު ޙައްޖުވެރިންނާއި ޢުމްރާވެރިންނާއި
ބެހޭގޮތުން ސުވާލު އެބަކުރައްވައެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާ އެބައިމީހުން
އެންމެންގެ ފާފަ ފުއްސަވައިފިއެވެ. ކުޑަކުދިންނާއި ބޮޑެތިމީހުންގެއެވެ.
އަންހެނުންނާއި ފިރިހެނުންގެއެވެ.
ކަޅުމީހުންނާއި ދޮންމީހުންގެއެވެ.
އެހެންނަމަވެސް އޭގެތެރެއިން އެކެއްގެ ފާފައެއް ނުފުއްސަވައެވެ. ﷲ
ސުބްޙާނަހޫ ވަތަޢާލާ ވަނީ އެމީހާއަށް ކޯފާވެ ވޮޑިގެންފައެވެ. އޭނާގެ ޙައްޖު
ޤަބޫލު ނުކުރައްވާ، ﷲ ސުބްޙާނަހޫ ވަތަޢާލާ އޭނާއަށް އެޙައްޖު ރައްދު
ކުރައްވައިފިއެވެ.”
މިހިސާބަށް ދިޔަތަނާ މާލިކު ބުނު ދީނާރު ރަޙިމަހުﷲ އަށް ހޭލެވިއްޖެއެވެ. އަދި އެމީހަކީ އެކަލޭގެފާނުކަމަށް ހީކޮށް، އެފިކުރެއްގައި އޮއްވާ އަނެއްކާވެސް ނިދިއްޖެއެވެ.
ދެވަނައަށް ވީރޭވެސް ނިދުނުތަނާ އެހުވަފެން އެގޮތަށް ފެނިއްޖެއެވެ. އެހެން ނަމަވެސް ކުރީރޭގެ ވާހަކަތަކުގެ އިތުރަށް އެމީހަކު ބުންޏެވެ. “އެމީހަކީ ކަލޭގެފާނެއްނޫނެވެ. އެއީ ޚުރާސާނުގެ ބަލްޚު ކިޔާ ރަށުގެ މީހެކެވެ. އޭނަގެ ނަމަކީ މުޙައްމަދު ބުނު ހާރޫން އަލްބަލްޚީއެވެ”
ހެނދުނުވީމާ މާލިކު ބުނު ދީނާރު، ޚުރާސާންގެ ޤަބީލާތަކުގެ ކައިރިއަށް ދިޔައެވެ. އަދި އެމީހުންނާއި، މުޙައްމަދު ބުނު ހާރޫނާ ބެހޭގޮތުން ސުވާލުކުރެއްވިއެވެ. އެހިނދު އެބައިމީހުން ދެންނެވިއެވެ. މުޅި ޚުރާސާންގައިވެސް އެއަށްވުރެ އަޅުވެރި، އެއަށްވުރެ ޒުހުދުވެރި މީހަކު ނުހުންނާނެއެވެ. ފެނިވަޑައިގަތް ހުވަފެނާއި، މިމީހުން މިކީ ޘަނާތަކުން މާލިކު ބުނު ދީނާރު ހައިރާންވެ ވަޑައިގަތެވެ. އެހިނދު އެމީހާ އުޅޭ ތަނަކާއި ބެހޭގޮތުން އެމީހުންނާއި ސުވާލުކުރުމުން، އެމީހުން އެތަން ބުނެދިނެވެ.
އެހިސާބާއި ކައިރިއަށް ދެވުނުހިނދު މާލިކު ބުނު ދީނާރަށް ފެނިވަޑައިގަތީ ފާރެއްގެ ކައިރީގައި ހުއްޓިހުރި މީހެކެވެ. އަދި މީހަކު ހުރިކަން އެމީހާއަށް އިހުސާސްވުމުން، އެނބުރި ބަލާލިއެވެ. އަދި ސަލާމް ގޮވުމަށްފަހު ބުންޏެވެ. “ކާކުހެއްޔެވެ؟ ކާކުހެއްޔެވެ؟” އެހިނދު މާލިކު ބުނު ދީނާރު، ނަން ބުނެލެއްވިއެވެ. އެމީހާ ބުންޏެވެ. “މިތަނަށް އަންނަން ޖެހުނީ ކޮންކަމަކާ ހެއްޔެވެ؟

ހުވަފެނެއް
ފެނިގެންކަމަށް ވަނީނަމަ ކިޔައިދޭށެވެ.” އެހިނދު މާލިކު ބުނު ދީނާރުގެ
ހައިރާންކަން އިތުރު ވިއެވެ. އަދި ދެންނެވިއެވެ. “އެހުވަފެން ކިޔައިދޭން
ލަދުވެތި ވަމެވެ.” އެހެންނަމަވެސް އެމީހާ އިތުރަށް ބުނަންފެށީމަ
ކިޔައިދެއްވިއެވެ. އެއަށްފަހު ވަރަށް ގިނައިރު ވަންދެން ރޯންހުރުމަށްފަހު
އެމީހާ ކިޔައިދޭން ފެށިއެވެ.
ތިމަންނައަކީ ކުރީގައި ވަރަށް ގިނައިން ރާބޮއެ އުޅުނުމީހަކީމެވެ. އެއްދުވަހަކު ރައްޓެއްސަކާއި ދެމީހުންތިބެ، ބުއްދި ފިލައްޖައުމަށް ދާންދެން ރާބުއީމެވެ. އަދި އެހާލުގައިހުރެ ގެއަށް އައި އިރު ތަންނޫރެއް ރޯކުރަން މަންމަ ހުއްޓެވެ. އަދި އަހަރެން ހުރިހާލުފެނިފައި މަންމަ ބުންޏެވެ. މިއީ ޝަޢުބާންމަހުގެ އެންމެ ފަހުރެއެވެ. އަދި ރަމަޟާންމަހުގެ ފުރަތަމަ ދުވަހެވެ. ރޯދަހިފަން މީހުން ތައްޔާރުވަނީއެވެ. އެކަމަކު ދަރިފުޅު ތިހިރީ މަސްތުވެގެންނެވެ. ﷲ ސުބްޙާނަހޫ ވަތަޢާލާއަށް ބިރުވެތިވާށެވެ.

އެހިނދު ތިމަންނަ މަންމަ ގައިގައި
ވަރަށް ބާރަށް ޖެހީމެވެ. އަދި މަންމަ، ހަލާކުހުއްޓޭ ކިޔާފައި ތިމަންނަގެ
މައްޗަށް ދުޢާކުރިއެވެ. ދެން ތިމަންނަ މަސްތުވެގެންވާ ޙާލުގައިހުރެ ވަރަށް
ރުޅިގަދަވެއްޖެއެވެ. އަދި އެރުޅީގައިހުރެ މަންމަ ނަގައިގެންގޮސް ތަންނޫރުގެ
ތެރެއަށް އެއްލާލީމެވެ.
އަދި ތިމަންނަގެ އަނބިމީހާއަށް އެމަންޒަރު ފެނުމުން، އަތުގައި ހިފައިގެން ދަމާފަ ގެންގޮސް ކޮޓަރިއަކަށް ވައްދާ ދޮރުލައްޕާ ތަޅުލިއެވެ. އަދި އެކޮޓަރިގައި އޮވެ ތިމަންނަށް ނިދުނެވެ. ހެނދުނު ހޭލެވުނުއިރު އަހަރެންގެ މަސްތުވަނީ ފިލާފައެވެ. ދެން ތެދުވެގެންގޮސް ނިކުންނަން ބެލިއިރު ކޮޓަރީގެ ދޮރުވަނީ ބޭރުން ތަޅުލާފައެވެ. އެހެންކަމުން ތިމަންނަ އަނބިމީހާއަށް ގޮވީމެވެ.

އަދި އޭނާގެ
ޖަވާބު އައީ ވަރަށް ހަރުކަށި ކޮށެވެ. އެކަމާއި ބެހޭގޮތުން ސުވާލުކުރުމުން
ބުންޏެވެ. ތިބާއަށް ރަޙުމް ކުރާކަށް ނެތީމެވެ. ކީއްވެހޭ ސުވާލުކުރުމުން
ޖަވާބުގައި ބުންޏެވެ. ތިބާ ތިހިރީ ތިބާގެ މަންމަ މަރާލާފައެވެ. ރޭގައި
ގެއަށް އައިސް މަންމަ ތަންނޫރުގެ ތެރެއަށްލުމުން މަންމަ އަނދައިފިއެވެ.
އެހިނދު ތިމަންނަ އަވަސް އަވަހަށް ނިކުމެގެންގޮސް ތަންނޫރުގެ ތެރެއަށް
ބެލިއިރު މަންމަ ވަނީ އަނދާ އަޅިއަށް ވެފައެވެ.
އެކަމާ ހިތާމަކުރާ ހާލުގައިހުރެގެން ތިމަންނަ ނިކުތީމެވެ. އަދި ތިމަންނަގެ ހުރިހާ މުދަލުން ޞަދަޤާތް ކުރީމެވެ. އަދި ގެންގުޅުނު އަޅުމީހާވެސް މިނިވަން ކުރީމެވެ. އެއަށްފަހު މިހާރު ސާޅީސް އަހަރުވެއްޖެއެވެ. އެދުވަހުންފެށިގެން ކޮންމެދުވަހަކު ތިމަންނަ ހުންނަނީ ރޯދައަށެވެ. އަދި ރޭގަނޑު ހޭދަކުރަނީ އަޅުކަމުގައެވެ. އަދި ކޮންމެ އަހަރަކު ޙައްޖުވެސް ވަމެވެ. އެހެން ނަމަވެސް ކޮންމެ އަހަރަކުވެސް ތިކަހަލަ އަޅުވެރިޔަކު އައިސް ހަމަ ތިހުވަފެން ކިޔައިދެއެވެ. އެއަށްފަހު އެމީހާ ދެއަތް މައްޗައް ނަގާ ދުޢާކުރަން ފެށުމުން މާލިކު ބުނު ދީނާރު އެނބުރި ހިނގައްޖެއެވެ.
އެރޭ ނިދާފައި އޮއްވާ މާލިކު ބުން ދީނާރަށް ހުވަފެނުގައި، މީހަކުބުނާ އަޑުއިވުނެވެ. “އޭ މާލިކެވެ. ﷲ ސުބުޙާނަހޫ ވަތަޢާލާގެ ރަޙުމަތުން މީސްތަކުން އުއްމީދު ކަނޑުވާ ނުލާށެވެ. މުޙައްމަދު ބުނު ހާރޫންގެ ކައިރިއަށް ދާށެވެ. އަދި އޭނާގެ ދުޢާ އިޖާބަ ކުރައްވާ، ﷲ އޭނާގެ ފާފަ ފުއްސަވައި ދެއްވި ވާހަކަ ދަންނަވާށެވެ.”
އަނެއްކާވެސް މާލިކު ބުނު ދީނާރު، މުޙައްމަދު ބުނު ހާރޫންގެ ކައިރިއަށް ދިޔައެވެ. އޭރުވެސް އޭނާހުރީ ރުއިމުގައި ހަމަ އެހާލުގައެވެ. އަދި މާލިކު ބުނު ދީނާރު، އެފެނުނު ހުވަފެން ކިޔައިދިނެވެ. އެހެން ނަމަވެސް ހަމަ އެރުއިމުގައި، އެކި ފަރާތްފަރާތަށް އެނބުރި އެނބުރި ހުއްޓާ، ހަށިގަނޑާއި ފުރާނަ ވަކިވެގެން ހިނގައްޖެއެވެ.

0 comments:
Post a Comment