އެއްވެސް ފާފައެއް ވޭތޯ އެފާފައަކަށް އަރައިގަތުމުން 40 ދުވަސް ވަންދެން ނަމާދު ޤަބޫލު ނުކުރެވޭ؟
ޖަވާބު:
الحمد لله والصلاة والسلام على رسول لله وعلى آله وصحبه أجمعين ، وبعد:
ބައެއް
ފާފަތަކަށް އަރައިގަތުމުގެ ނުބައިކަން ބޮޑުކަމީ، އެފަދަ ފާފައެއް ކުރާ
މީހާގެ ނަމާދު ސާޅީސް ދުވަސްވަންދެން މާތް ﷲ ގެ ޙަޟުރަތުގައި
ޤަބޫލުވެވިގެން ނުވުމުވެ. މިކަމުގެ މައްޗަށް ކީރިތި ރަސޫލާ ޞަލައް ﷲ
ޢަލައިހި ވަސައްމަގެ ޙަދީޘްފުޅުތަކުން ދަލީލު ލިބެއެވެ.
އިމާމު މުސްލިމު ރަޙިމަހު ﷲ ރިވާކުރައްވާފައިވެއެވެ.
عَنِ
النَّبِىِّ -صلى الله عليه وسلم- قَالَ « مَنْ أَتَى عَرَّافًا فَسَأَلَهُ
عَنْ شَىْءٍ لَمْ تُقْبَلْ لَهُ صَلاَةٌ أَرْبَعِينَ لَيْلَةً ».
މާނައީ:
"ފާލުބަލާ މީހެއްގެ ގާތަށްގޮސް އޭނާގެ ކައިރީގައި އެއްޗެއް އަހައިފި
މީހާގެ ނަމާދު ސާޅީސް ރޭވަންދެއް ޤަބޫލު ނުކުރެއްވޭނެއެވެ."
އިބްނު މާޖާ ރަޙިމަހު ﷲ އެކަލޭގެފާނުގެ ސުނަނުގައި ރިވާކުރައްވައި އަލްއަލްބާނީ ރަޙިމަހު ﷲ ޞައްޙަކަމުގައި ވިދާޅުވެފައިވެއެވެ.
ޢަބްދު ﷲ ބުނު ޢަމްރު ވިދާޅުވިއެވެ. ރަސޫލު ﷲ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
"مَنْ
شَرِبَ الْخَمْرَ وَسَكِرَ لَمْ تُقْبَلْ لَهُ صَلاةٌ أَرْبَعِينَ
صَبَاحًا وَإِنْ مَاتَ دَخَلَ النَّارَ ، فَإِنْ تَابَ تَابَ اللَّهُ
عَلَيْهِ، وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ صَلاةٌ
أَرْبَعِينَ صَبَاحًا ، فَإِنْ مَاتَ دَخَلَ النَّارَ ، فَإِنْ تَابَ تَابَ
اللَّهُ عَلَيْهِ، وَإِنْ عَادَ فَشَرِبَ فَسَكِرَ لَمْ تُقْبَلْ لَهُ
صَلاةٌ أَرْبَعِينَ صَبَاحًا ، فَإِنْ مَاتَ دَخَلَ النَّارَ ، فَإِنْ
تَابَ تَابَ اللَّهُ عَلَيْهِ ، وَإِنْ عَادَ كَانَ حَقًّا عَلَى اللَّهِ
أَنْ يَسْقِيَهُ مِنْ رَدَغَةِ الْخَبَالِ يَوْمَ الْقِيَامَةِ . قَالُوا :
يَا رَسُولَ اللَّهِ ، وَمَا رَدَغَةُ الْخَبَالِ ؟ قَالَ : عُصَارَةُ
أَهْلِ النَّار"
"ބަނގުރާ ބޮއެގެން މަސްތުވާމީހާގެ ނަމާދު ސާޅީސް
ދުވަސްވަންދެން ޤަބޫލު ނުރައްވާނެއެވެ. އަދި އޭނާ މަރުވެއްޖެނަމަ ވައްނާނީ
ނަރަކައަށެވެ. އޭނާ މަރުވުމުގެ ކުރިން ތައުބާވެއްޖެނަމަ މާތް ﷲ އޭނާގެ
މައްޗަށް ތައުބާ ލައްވާނެއެވެ. އަލުން އޭނާ އެނބުރި އެކަމުގެ ތެރެއަށްގޮސް
ރާބޮއެ މަސްތުވެއްޖެނަމަ އޭނާގެ ނަމާދު ސާޅީސް ދުވަސްވަންދެން ޤަބޫލު
ނުކުރައްވާނެއެވެ. އޭނާ މަރުވެއްޖެނަމަ ވަންނާނީ ނަރަކައަށެވެ. އޭނާ
މަރުވުމުގެ ކުރިން ތައުބާވެއްޖެނަމަ މާތް ﷲ އޭނާގެ މައްޗަށް ތައުބާ
ލައްވައެވެ. ދެން އަލުން އޭނާ އެނބުރި އެކަމުގެ ތެރެއަށްގޮސް ރާބޮއެ
މަސްތުވެއްޖެނަމަ އޭނާގެ ނަމާދު ސާޅީސް ދުވަސްވަންދެން ޤަބޫލު
ނުކުރައްވާނެއެވެ. އޭނާ މަރުވެއްޖެނަމަ ވަންނާނީ ނަރަކައަށެވެ. އޭނާ
މަރުވުމުގެ ކުރިން ތައުބާވެއްޖެނަމަ މާތް ﷲ އޭނާގެ މައްޗަށް ތައުބާ
ލައްވައެވެ. ދެން އަލުން އޭނާ އެކުމުގެ ތެރެއަށް އެނބުރި ގޮސްފިނަމަ،
ރަދުޣަތުލް ޚަބާލޭ ކިޔުނު ބުއިމެއް މަތް ﷲ އޭނާށް ބޯންދެއްވާނެތެވެ.
ޞަޙާބީން ދެންނެވިއެވެ. ރަދުޣަތުލް ޚާބާލް އަކީ ކޮންއެންޗެއް ތޯއެވެ؟
ޙަދީޘްކުރެއްވިއެވެ. ނަރަކައިގެ އަހުލުވެރިންގެ ދޮހެވެ."
ދަންނައެވެ!
މިފަދަ ބޮޑެތި ފާފަތަކަށް އަރައިގަނެވިފައިވާ މީހުންގެ މައްޗަށް އޮތީ ވީހާ
އަވަހަކަށް ތައުބާވެ ނަމާދު ކުރުމެވެ. ސާޅީސް ދުވަސްވަންދެން ނަމާދު
ޤަބޫލު ނުކުރައްވާނެއޭ އޮތުމުން ސާޅީސް ދުވަސްވަންދެން ނަމާދު ނުކޮށް
ހުރުން ހުއްދަވެގެން ނުވެއެވެ.
އަލްއިމާމުއް ނަވަވީ ރަޙިމަހު ﷲ ވިދާޅުވެފައިވެއެވެ.
"އޭނާގެ
ނަމާދު ޤަބޫލު ނުކުރެއްވުމޭ ބުނެވޭ ބަހުގެ މުރާދަކީ، އެނަމާދުގެ ޘަވާބު
އޭނާއަށް ނުލިބޭނެ ވާހަކައެވެ. ނަމަވެސް އޭނާގެ ކިބައިން ނަމާދު ޤަބޫލު
ކުރެއްވޭނެތެވެ. އެއީ އޭނާގެ ކިބައިން ފަރުޟު ކެނޑިގެން ދިޔުމެވެ. (އެބަހީ:
ފަރުޟު އަޅުކަން އަދާކުރިކަން އެކަންޏެވެ.) އެނަމާދު އަދާކޮށްފިނަމަ
ދެވަނަ ފަހަރަށް އިޢާދަކުރާކަށް (އަލުން ކުރާކަށް ނުވަތަ ޤަޟާކުރާކަށްވެސް)
ނުޖެހޭނެއެވެ."
އައްޝައިޚް ޙަސަން މޫސާ ފިކުރީ
والله أعلم
Friday, January 20, 2012
ތިބާގެ 40 ނަމާދު އެކަމެއްގެ ސަބަބުން ގަބޫލުވެވިގެން ނުވާ ކަންތައްތައް
12:00 AM
No comments
ސުވާލު:
އެފަދަ ފާފަތަކުގެ ތެރޭގައި؛
0 comments:
Post a Comment