”އަބޫ
މޫސާ އަވަހާރަ ލައްޕަވާ ހިނދުގައި މުޅި ގައި އެއްކޮށް ފޮރުވޭނެ ފަދަ
ފޭރާމެއް ބޭރުން ތުރުކުރައްވައެވެ. ސަބަބަކީ އެކެލޭގެފާނުގެ ޢައުރަ ކަޝްފު
ވެދާނެކަމުގެ ބިރު ހީވާތީ އެވެ.“ [ސިޔަރ އަޢްލަމް އަންނުބަލާ؛ 2/399]
2- ޢިބްނި ޢައްބާސް:
އެކެލޭގެފާނު ގިނިކަންޏާ ހުންނަވަނިކޮށް މެނުވީ ޤަޟާޙާޖާ ކުރެއްވުމަށް ވަޑައެއް ނުގަންނަވައެވެ. އަދި އެފަދަ ވަގުތެއްގައި ބޯ ފޮތީގެ ފޭރާމެއް ބޭރުން ތުރު ކުރައްވައެވެ. އަދި މިފަދައިން ވިދާޅުވެއެވެ. ”އަހުރެން އެއްވެސް އެއްޗެއް ނުލައި ފާޚާނާގައި ހުންނަނިކޮށް ﷲ އަށް ފެނިދާނެތީވެ އަހުރެން ލަދުވެތި ވަމެވެ. “ [ސިޔަރ އަޢްލަމް އަންނުބަލާ؛ 3/355]
3- ޢާއިޝާ:
ތިމަން ކަމަނާ ގެ ފިރިކަލުންނާއި ބައްޕަ އެތަނެއްގައި ވަޅުލެވިފައިވާ ތަނަށް ތިމަން ކަމަނާ އާދައިގެ ގޮތަކަށް ފޭރާން އަޅައިގެން (އެބަހީ މުޅިން ނިވާ ނުވެ) ވަދެ އުޅެމެވެ. އަދި މިފަދައިން ވިދާޅު ވަމެވެ. ”މިތާ ވަޅުލެވިފައި މިވަނީ ހަމައެކަނި ތިމަންކަމަނާގެ ފިރިކަލުންނާއި ބައްޕަ އެކަންޏެވެ." އެހެންނަމަވެސް ﷲ ގަންދީ ބުނަމެވެ.

ޢުމަރު އެތަނުގައި ވަޅުލެވުމުން
އެކެލޭގެފާނުދެކެ ލަދުފުޅު ގަންނަލެއް ބޮޑުކަމުން ފުރިހަމަޔަށް ޙިޖާބުވެ
ހެދުމުން މުޅި ހަށިގަނޑު ފޮރުވައިގެން މެނުވީ ތިމަންކަމަނާ އެތަނަކަށް
ވަދެވަޑައި ނުގަންނަވަމެވެ.“ [އަލް ޙާކިމްގެ 'މުސްތަދަރަކް' (4/7) އަދި
ސައްޚަ ކޮށްދެއްވަވާފައި ވަނީ ވެސް އެކެލޭގެފާނެވެ.]
4- ޙިޝާމް ބިން ޢަންމާރު:
މުޢާވިޔާ ބިން ޢައުފްގެ އަރިހުން ރިވާވެގެން ވެއެވެ.
”ތިމަންކަލޭގެފާނު ޙިޝާމް ބިން ޢަންމާރު ދެކެ ވަޑައިގަތީމެވެ. އަދި އެކެލޭގެފާނު (ޙިޝާމް) މަގެއްމަތީ ހިންގާފައި ވަޑައިގަންނަވާނަމަ އިސްދަށަށް ޖައްސަވައިގެން ވަޑައިގަންނަވައެވެ. އަދި ﷲ، ޙިކްމަތްވަންތަ ޙަކީމްވަންތަ އިލާހަށް ލަދުފުޅު ގަންނަވާލެއް ބޮޑުކަމުން އެކެލޭގެފާނު އުޑާއި ދިމާއަށް އިސް އުފުލައި ބަލައެއް ނުލައްވައެވެ.“ [ސިޔަރ އަޢްލަމް އަންނުބަލާ]؛ 11/430]
5- އަލް ޙުމެއިދީ:
އަބޫ ބަކްރު ބިން މައިމޫން އެއްފަހަރެއްގައި އަލް ޙުމައިދީގެ ގޭގެ ދޮރުގައި ޓަކި ޖެއްސެވި އެވެ. އަދި އެކެލޭގެފާނަށް އެތެރެއަށް ވަދެ ވަޑައި ގެންނެވުމުގެ ހުއްދަ ލިބިވަޑައިގެންފި ކަމަށް ހީކޮށް އެގޭގެ ތެރެއަށް ވެންނެވި އެވެ. އެ ވަގުތު އަލް ޙުމައިދީގެ ފައިގެ ފަލަ މަސްގަނޑުން ބައެއް ފާޅު ވެފައި ވަނިކޮށް ފެނިވަޑައި ގެންނެވި އެވެ.

އެހިނދު އަލް ޙުމައިދީ
ރޯން ފެށި އެވެ. އަދި ވިދާޅުވި އެވެ. ”ﷲ ގަންދީ ބުނަމެވެ. ދެންމެ ތިބާގެ ލޯ
އެ އެއްޗަކަށް ސީދާ ތިޔަ ކުރި އެއްޗަކީ ތިމަން މި ޢުމުރާ ހަމަޔަށް
އެއްވެސް އެހެން މީހަކަށް ފެނިފައި ނުވާ އެއްޗެކެވެ.“ [ސިޔަރ އަޢްލަމް
އަންނުބަލާ 19/122]
6- މުޙައްމަދް ބިން ޔަޙްޔާ އައްދުހްލީ:
އަބޫ އަލްޢައްބާސް އަލްއަޒްހަރީ ވިދާޅުވެފައި ވެއެވެ.
މުޙައްމަދް ބިން ޔަޙްޔާ އައްދުޙްލީގެ އަޅު މީހާގެ ފަރާތުން ތިމަންކަލޭގެފާނު އަޑު އެއްސެވީމެވެ. ”ތިމަން އެކެލޭގެފާނަށް ތިރީސް އަހަރު ވަންދެން ޚިދުމަތް ކުރީމެވެ. އަދި އެކެލޭގެފާނަށް ތިމަން ފެން ގެން ގޮސް ދެމެވެ. އަދި ދުވަހަކުވެސް އެންމެ ކުޑަމިނުން އެކެލޭގެފާނުގެ ފައި ކޮޅުވެސް ތިމަން ނުދެކެމެވެ. އަދި ތިމަން ވަނީ އެކެލޭގެފާނުގެ ތަރިކަ މުދަލުގެ ތެރެއިންނެވެ.“ [ސިޔަރ އަޢްލަމް އަންނުބަލާ 12/279]
7- އަލް އިމާމް އަލް ބުޚާރީ:
މުޙަންމަދް ބިން އަބީ ޙާތިމް ގެ ފަރާތުން އައިސްފައި ވެއެވެ. ތިމަންކަލޭގެފާނުގެ އަޞްޙާބުންގެ ތެރެއިން ބަޔަކު ތިމަންކަލޭގެފާނަށް ކިޔައި ދެއްވެވި އެވެ.” މުޙައްމަދު ބިން ސަލާމްގެ ގޭގައި ތިމަން މެން ވަނިކޮށް މުޙައްމަދު ބިން އިސްމާޢީލް އަލް ބުޚާރީ ޢިރާޤުން އެނބުރި ވަޑައިގެން އެގެއަށް ޒިޔާރަތް ކުރެއްވި އެވެ.

އެކެލޭގެފާނު ވަޑައިގެން ޢިރާޤުގެ މީހުންނަށް
ކުރިމަތިވެފައި ވާ ބޮޑެތި އިމްތިޙާނުތަކާއި އަޙްމަދު ބިން ހަންބަލާއި މެދު
ކަންތައްތައް ހިނގައި ދިޔަ ގޮތުގެ ވާހަކަ އެތާގައި ތިބި މީސްތަކުންނަށް
ކިޔައި ދެއްވި އެވެ.
އަދި އިމާމް ބުޚާރީ އެތަނުން ނިކުމެ ވަޑައިގަތުމުން މުޙައްމަދު ބިން ސަލާމް އެތާ ތިބި މީހުނަށް ވިދާޅުވި އެވެ. ”މިއަށްވުރެ ލަދު ރަކި ބިކުރުވެރި ފިރިހެނަކު ތިޔަބައިމީހުން ދުށިން ހެއްޔެވެ.؟“‘ [ސިޔަރ އަޢްލަމް އަންނުބަލާ] 12/418]
8- އިބްނުލް ޤައްޔިމް ގެ ފަރާތުން ބައެއް ސަލަފުން ވިދާޅުވެފައި ވާކަމަށް އައިސްފައި ވެއެވެ.
”ޢާއްމުންގެ ތެރޭގައި ކުރުމަށް ލަދުވެތިވާ ފަދަ ޢަމަލެއް މީހަކު އެކަނި ހުރެ ކޮށްފިނަމަ އޭގެން ދޭހަ ކޮށްދެނީ އޭނާޔަކީ އެއްވެސް ހައިސިއްޔަތެއް ނެތް މީހެއް ކަމެވެ.“ ['މަދާރިޖް އައްސާލިކީން': 2/353]
9- ޝަމްސުއްދީން އަލްމަޤްދިސީ:
”ތިމަންކަލޭގެފާނު އެކަނި ހުންނަވަނިކޮށް ފައިން ބައެއް ފާޅު ވެއްޖެނަމަ އަވަސް އަވަހަށް އެތަނެއް ނިވާ ކުރައްވަވާ އިސްތިޣްފާރު ކުރައްވަމެވެ.“ [އަލް މުޚްތަރް އަލް މަސޫން މިން އަޢްލާމް އަލް ޤުރުއާން: 1/540]
10- މުޙައްމަދު ބިން އަޙްމަދު އަލްޤަމަރި:
މީސްތަކުންނާއި އެކު އެއްތަނެއްގައި ނިދި ކުރެއްވުމަށް އެކެލޭގެފާނު އިންކާރު ކުރައްވާ ކަމުގައި ވެއެވެ. އަދި މި ފަދައިން ވިދާޅު ވެއެވެ. ”ނީދީގައި ވަނިކޮށް ތިމަންކަލޭގެފާނުގެ ގައި ކޮޅުން ނުބައި ވަސް އެހެން މީހަކަށް ދުވާފާނެތީވެ ބިރު ގަނެ އެވެ.“ [އަލް މުޚްތަރް އަލް މަސޫން މިން އަޢްލާމް އަލް ޤުރުއާން: 758/2]

0 comments:
Post a Comment