ރާއްޖޭގައި މަރަށް މަރު ހިފުން ތަންފީޒު ކުރަން ޖެހިފައިވާ
އަޑުތައް ގަދަވެފައި ވަނިކޮށް މަރަށް މަރު ހިފުމުގެ އަދަބު ނައްތާލުމަށް
އދ. ގެ ސެކްރެޓަރީ ޖެނެރަލް ބާންކީ މޫން ދުނިޔޭގެ ގައުމުތަކަށް
ގޮވާލައްވައިފި އެވެ.
އދ.ގެ ހަބަރުތައް ގެނެސްދޭ، ރަސްމީ އޮންލައިން ސޮފްހާގައި ބުނެފައި ވަނީ ސެކްރެޓަރީ ޖެނެރަލް ބާންކީ އެގޮތަށް ވާހަކަ ދެއްކެވީ އދ. ގެ ހައިކޮމިޝަނާ ފޯ ހިއުމަންރައިޓްސް އިން އިންތިޒާމްކޮށްގެން ބޭއްވި ޕެނަލް ޑިސްކަޝަންއެއްގެ ތެރޭގައި ވާހަކަ ދައްކަވަމުން ކަމަށެވެ.
ބާންކީ ވިދާޅުވެފައި ވަނީ ބައިނަލްއަގުވާމީ އިންސާނީ ހައްގުތައް ހިމާޔަތް ކުރުމުގެ ގާނޫނުގެ މައިގަނޑު އަސާސަކީ ވެސް ދިރިހުރުމުގެ ހައްގު ކަމަށާއި އެގޮތަށް އެކަންތައް އޮންނަ އިރު އެއްވެސް މީހަކަށް އަނެކެއްގެ ކިބައިން ދިރިހުރުމުގެ ހައްގު ނިގުޅައި ނުގަނެވޭނެ ކަމަށެވެ. އެކަމަކުގައި ގާނޫނީ ނިޒާމު ވެސް އިންތިސްނާ ނުވާ ކަމަށް ވިދާޅުވި އެވެ.
"ގާނޫނީ ނިޒާމުގެ ތެރެއިން ކަމުގައި ވިޔަސް މީހެއްގެ ފުރާނަ ދުއްވާލުމަކީ އެއް އިންސާނަކު އަނެއް އިންސާނަކަށް ކުރެވޭ ވަރުގެ ކަމެއް ނޫން. އެއީ މާ ގެއްލުން ބޮޑު އިއާދަ ނުކުރެވޭނެ ކަމެއް،" ބާންކީ ވިދާޅުވެފައިވެ އެވެ.
އޭނާ އެހެން ވިދާޅުވީ އިރު ރާއްޖޭގައި މީހުން މެރުން އާންމުވަމުން އަންނާތީ، މީހަކު މަރާކޮންމެ ފަހަރަކު ދުވަސްކޮޅެއްވަންދެން ދުލުކުރިން އާންމުކުރާ އެއްކަލަ ބަސް އިސްލާމީއެއް ހުކުމެއްކަމަށްވާ މަރަށް މަރުހިފުމަށާއި މަރަށް މަރުގެ އަދަބުދިގެން މެނުވީ އެކަން ނުހުއްޓުވޭނެ ކަމަށް ސިޔާސީ ބައެއް ފަރާތްތަކުންނާއި އާންމުން އަންނަނީ ގޮވަމުންނެވެ. އަދި ރާއްޖޭގެ އުއްތަމަ ފަޑިޔާރު ފާއިޒު ހުސެއިން ވެސް ވިދާޅުވީ މަރަށް މަރު ހިފުމުގެ އަދަބު ދިނުމަކީ ރާއްޖޭގެ ޝަރުއީ ނިޒާމު އޮތް ގޮތުން ކުރެވިދާނެ ކަމެއް ކަމަށާއި އެކަމުގައި ގާނޫނީ އެއްވެސް ހުރަހެއް ނެތް ކަމަށެވެ.
މަރަށް މަރު ހިފުމުގެ އަދަބު ވަރަށް ބޮޑަށް ކުށްވެރި ކުރައްވަމުން ބާންކީ ވިދާޅުވެފައި ވަނީ ބައެއް ގައުމުތަކުގައި ޑްރަގުގެ އެކި މައްސަލަތަކާ ކުޑަކުދިންނާ ގުޅުން ހުރި މައްސަލަތަކުގައި ވެސް މަރުގެ އަދަބުން ދެމުން އަންނަ ކަމަށާއި އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށެވެ. އަދި ވިދާޅުވީ މަރަށް މަރު ހިފުމުގެ އަދަބު އޮންނަ ގައުމުތަކުގައި ޝަރީއަތަށް ފަހު ގިނަ މީހުންގެ ހާލަތު ގޯސްވެ ވަރަށް ހިތްދަތި އަދި ބިރުވެރި ދުވަސްތަކެއް އެމީހުން ހޭދަކުރަން ޖެހިފައިވާ ކަމަށެވެ.
"އަޅުގަނޑު ވަރަށް ކަންބޮޑުވޭ އަދިވެސް ގައުމުތަކުގައި 18 އަހަރުން ދަށުގެ ކުދިންނާ މެދު ޝަރީއަތް ކުރެވި ބައެއް ކުށްތައް ސާބިތުވުމުން މަރާލުމަށް ހުކުމްކޮށް އެ ކުދިން މަރާލެވޭތީ،" ބާންކީ ވިދާޅުވި އެވެ.
މަރަށް މަރު ހިފުމުގެ އަދަބާ ދެކޮޅަށް އުފުލާ އަޑު ދުނިޔޭގެ ފެންވަރުގައި އަޑުއުފުލުމަށް އދ.ގެ ޖެނެރަލް އެސެމްބްލީން 2007 ވަނަ އަހަރު ވަނީ ފާސްކޮށްފަ އެވެ. އެއާ އެކު އުޒް ބަކިސްތާން ޓޯގޯ އަދި ބުރުންޑީ ފަދަ ގައުމުތަކުން ވަނީ މަރަށް މަރު ހިފުންމުގެ އަދަބު އުވާލައިފަ އެވެ. އދ. ގެ ރެކޯޑްތައް ދައްކާ ގޮތުން މަރަށް މަރު ހިފުމުގެ އަދަބު ކަނޑައެޅިފައި އޮތަސް 150 އަށް ވުރެ ގިނަ ގައުމުން އެ އަދަބު މިހާރު ތަންފީޒެއް ނުކުރެ އެވެ.
ވޭތުވެ ދިޔަ 10 އަހަރެއްހާ ދުވަހުގެ ތެރޭގައި ރާއްޖޭގައި ވެސް 10 މީހަކު މެރުމަށް ހުކުމް ކޮށްފައި ވިޔަސް ރާއްޖެ ވެސް ހިމެނެނީ އެ ހުކުމް ތަންފީޒު ނުކުރާ ގައުމުތަކުގެ ލިސްޓުގަ އެވެ.
ނަމަވެސް ގާނޫނީ ވަކީލު އަދި ލިޔުންތެރިޔާ އަހުމަދު ނަޖީބު އަނިޔާވެރިގޮތަކަށް އަވަހާރަކޮށްލުމާ އެކު މަރަށް މަރު ހިފުމުގެ އަދަބު ތަންފީޒު ކުރަން ޖެހޭ ކަމަށް ދޭހަވާ ގޮތަށް ޝަރުއީ ދާއިރާގެ އިސްފަރާތްތަކާއި ސަރުކާރުން ވެސް އަންނަނީ ވާހަކަ ދައްކަމުންނެވެ.
މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީއަތުގެ ސައްހަ ނަސްލުން ސާބިތުވެފައިވާ ހުކުމެކެވެ. ނަމަވެސް ރާއްޖެއަކީ އިއްޒަތްތެރި މެމްބަރުންތަކެއް ވޯޓްލާހޮވާގެން ﷲގެ މަތިވެރި ހުކުމްފުޅުތަކަށް ގޮންޖަހާ އެހުކުމްފުޅުތައް ބަދަލުކޮށް އެހުމްފުޅުތަކާދެކޮޅަށް ﷲގެ މަތިވެރި ޝަރީއަތްދޫކޮށްލާފައި ވަލުއީގާނޫނުތަކެއް ހަދާގެން އެހެދި ގާނޫނުތައް ﷲ ގެ އަޅުތަކުންގެ މައްޗަށް ތަންފީޒްކޮށް ހިންގަމުން، އިސްލާމީޝަރިޔާ ހިންގާކަމަށްގޮވަމުން ފޮތުގެއެއްބަޔަށް އީމާންވަމުން ﷲ ހަރާމްކުރެއްވި އެތައްކަމެއް ފާޅުގައި ހުއްދަކޮށް، ހިންގަމުން ރިބާ ކަމުން އޫރުމަހާއި، ރަލާވިއްކަމުން ހެއްދެވިހާ ނުބައިކަންތަކެއްވެސް ކުރަމުން ހުައްދަކުރަމުން ނަމުން 100ޕަސަންޓް މުސްލިމުން އުޅޭ ކަންތައް ގެސްޓް ގައުމެކެވެ.
ކީރިތި މާތްގުރުއާނަކީ އެންމެހާ މުސްލިމުން އެގުރުއާން ކިޔަވާ އެގުރުއާނުގެ އެންމެހާ ހުކުމްތަކެއް ތަންފީޒްކޮށް އެއަށް އަމަލުކުރުމަށް ބާވާލެއްވުނު އެފޮތަށް އެއްވެސް މީހަކަށް އުނިއިތުރެއް ނުގެނެވޭނެ ގޮތުގައި ވާ މުސްލިމުންގެ ދުސްތޫރެވެ.
ހަމަ އެހެންމެ މިފޮތަކީ ދިރިތިބީން އެއަށް ފުރިހަމައަށް އަމަލުކުރުމަށް ހަތްއުޑުގެ މަތިން އިލާހީ ހަޟްރަތުން ބާވާލެއްވުނު ފޮތެއްކަމުގައިވީ ނަމަވެސް އަދުގެ ހާލަތަކީ އެފޮތުން އަހަރެމެން ބޭނުން ބައެއް ނަގާފައި އަނެއްބައި އަމަލުކުރުން ދޫކޮށްލާ އެދޫކޮށްލި ބައި ހިތުން ގަބޫލްކޮށްލާ އެފޮތް ރީތި ހާރޑްކަވަރަށްލާ މަތާރަންފިލާގައި ބޭއްވުމެވެ.
ރީތިހާ ރާގުރާގަށް ކިޔެވުމުގެ މުބާރާތް ބޭއްވުމާއި، މީހުން މަރުވީމައި މަރުވާމީހުންގެ ކާރީ ކިޔަވާއެއްޗަކަށް ހެދުމެވެ. އެއީ މިގޮތަށް ބާއްވަން އޮތް އެއްޗެއްބާއެވެ؟ ދެދުނިޔޭގެ ބާއްޖަވެރިކަމަށްޓަކައި އެއަށް އަމަލުކުރުމަށް ބާވާލެވުނު އެއްޗެއްނޫން ބާއެވެ؟
ހެއްވާ ކަމަކީ އެބުނާ ބަޔަކު އެތާތިބެ ތަޅާފޮޅާ އައުގުރާނާގޮވަމުން ބަލާލަން ނުކެރޭ މުޑުދާރު އަމަލުތައް ހިންގަމުން، ހުދު ތިމާމެންނަކީވެސް ﷲގެ ނިކަމެތިއަޅުންނަށްވާއިރު، އެއަޅުންތިބެގެން މަތިވެރި ރައްބުލްކާއިނާތުގެ އަމުރުފުޅުތަކަށް ގޮންޖަހާ އެހުކުމްފުޅުތައް ކަމުނުގޮސްގެން ބަދަލުކޮށްގެން މިހަދަނީ ދެންތިބި ﷲ ގެއަޅުތަކުން އުޅެންވީ ގާނޫނެވެ. ދެން އެހަދާ ގާނޫނުގައި މިތާއޮންނަނީ އިސްލާމީ ސަރީއަތޭ އެވެރިން ލިޔެލުމުން އެނިމުނީއެވެ.
ދެން އެއީ މިބިންމަތީގައި ﷲ ގެ ސަރިއަތް ގާއިމުކުރާ ގައުމަކަށްވީއެވެ. ދެން ހުރިހާ ކަމެއް ބިނާވެގެންވާނީ މިމަހުފޫމް ނުގެއްލޭގޮތަށެެވެ. ދެންހަމަ މިހެންމެޕޯޑިއަމްތަކުގައި ވާހަކަދައްކަވާ ގިނަ ބޭފުޅުންނާއި ދީނީ ގިނަޝޭހުން ގެ ވިދާޅުވުންވެސް ބިނާވާނީހަމަ މިގޮތަށެވެ.
" ރާއްޖޭގެ ގާނޫނުއަސާސީގައި އޮންނާނީ އިސްލާމީޝަރީއަތެވެ، އެއާހިލާފަށް ގާނޫނެއް ނުހެދޭނެއެވެ" މިފަދަ އަޑުތައް ވިދާޅުވެ ލިޔާ އަޑު އަބަދުމެ އިވޭނެއެވެ. އެކަމަކު އަމަލުކުރަނީ އެއާދެކޮޅަށެވެ. ގާނޫނު ގަވާއިދު ހަދަނީ އެއާދެކޮޅަށް ފުށުއަރާގޮތަށެވެ. މިކަންނޭގޭނީ އެއްނޫނެވެ، ކޮންމެމީހަކަށްވެސް އެގެއެވެ.
ހަމަ އެހެންމެ ހުކުމެއްގައި ﷲގެ އަމުރުފުޅާއި ޖެހުނީމާ، ރަމަން ރަމަންފޯލި ކުޅޭގޮތަށް ދެންއޮންނާނީ ހީލަތްހެދުމެވެ. އެއްބޭފުޅަކު ވިދާޅުވާނީ ގާނުނުއަސާސީއަކު ތިވާހަކައެއް ނެތެވެ؟ ތިމަންނަހުކުމްކުރީ ގާނޫނުގަ ވާގޮތަށް ރަގަޅަށޭ،؟ ތިމަންމެން ގަލަމުތުޑުން އިސްލާމީ ހުކުމް ކޮށްލީމަ ނިމުނީއެވެ ތަންފީޒް ކުރާނީ އެހެންބޭފުޅެކެވެ، އެއީ ތިމަންމެންނާ ބެހޭކަމެއް ނޫނެވެ؟ ތިކަން އދ ގެ ޗާޓާހިލާފެވެ،؟ މަޖިލިސްގެ މެމްބަރުން ތިކަމަށްރުހޭތޯ ގަރާރެެެއް ހުށަހަޅަންވީއެވެ؟ގާނޫނުއަސާސީ އަށް އިސްލާހުހުށަހަޅާބަދަލުކުރަންވީއެވެ؟ޕެޓިސަނެއް ހަދަނީއެވެ؟
އެކަމަކު މިބައިމީހުން ހަދާފަވާ ގާނޫނުގައިވާ ކަމެއްނަމަ ވަގުތުން ހުކުމްކޮށް ހަރުއަޑުންގޮވާ ހަމަ އެއިދާރާތަކުން ގަދަކަމުންވެސް ވެސް އެތަންފީޒްކުރެއެވެ.
ހިތްތަކުގެ އެތެރެފުށާ ބޭރުފުށް ދެކެދެނެވޮޑިގެންވާ ﷲ ސުބުހާނަހޫ ވަތާލާއަށް މިގޮތަށް މަކަރުހަދާގެން ﷲގެ ކޯފާއާއި އަޒާބުން ސަލާމަތްވާނެ ބާއެވެ؟
މިހެދޭ އެއްޗެއްކުޑަކުއްޖަކުނަމަވެސް ނުވިސްނޭނެބާއެވެ؟ﷲގެ އަމުރުފުޅު ހިންގުމަށް ބައެއްގެ ހުއްދަ މިގޮތަށް ހޯދަންޖެހޭބާއެވެ؟ ﷲ ކަމަކަށް އަމުރުކުރެއްވީމާ އެމަތިވެރި އަމުރުފުޅު އެކަލާނގެ ހެއްދެވި އަޅުންގެ މައްޗަށް ހިންގޭނީ އެއަމުރުފުޅު އަދި މަޖިލީހުން ބަލާފާސްކޮށް، ނުވަތަ ބައެއް އުނިކޮށް މިވެރިން މޮޑިފައިކޮށް އެއިން ތަންފީޒްކުރަން އެއްޗެއް ހިންގުމަށް ހުއްދަދިން އެމިންވަރަކަށެވެ. ﷲގެ އަމުރުފުޅަށްވުރެ އެވެރިންގެ އަމުރުމާމަތީ ތާއެވެ.؟
އެވެރިން ހުއްދަނުދޭނަމަ އެއީ މަތިވެރި ރައްބުގެ އަމުރުފުޅެއްނަމަވެސް އެއަމުރުފުޅެއް އެރަބުގެ އަޅުތަކުންގެ މައްޗަކަށް އެވެރިންގެއެހަދާ ގާނޫނުގައި ނެތީމައި ނުހިންގޭނެއެވެ. ޒަމާން ފަސާދަވަމުންދާނަމަ ފަހަރުގައި މުސްތަގުބަލްގައި ފަޅުރަށެއް މީހުންއުޅޭ ރަށަކަށް ބަދަލުވާ ހިނދު އެރަށުގެ ވަޒަންވެރިން ﷲފަރުސުކުރެއްވި ނަމާދު އެރަށުގައިއަދާ ކުރުމަށްވެސް މިވެރިންނަށްހުށަހަޅާ އެރައްބަށް އެރަށުގައި ނަމާދުގެއަޅުކަންއަދާ ކުރެވޭނީވެސް މިވެރިންގެ އަތުން ހުއްދަނަގާ މިވެރިން ހުއްދަދީފިނަމައެވެ. އެހުއްދަ ދިން މިންވަރަކަށެވެ.
ﷲގެ ފޮތް ބަދަލުކޮށް ފޮތުން ބަޔަކަށް އީމާންވާ މީހުންވާނީ ކޮންކަހަކަ މުސްލިމުންނަކަށް ބާއެވެ؟ އާހިރަތް ދުވަސްވާކަމާއި، ދެކޮޑުގައި ތިބިދެމަލާއިކަތުން ތިމާގެ އަމަލުތައް ލިޔުއްވަމުންދާކާމާއި، އެއްވެސް އެއްޗެއް ވަންހަނާވުމެއްނެތްގޮތުގައި މީޒާނުގައި އަދުލަށް ހުކުމްކުރެވޭނެދުވަހާއި، ތިމާއާއި މެދުވެރިއަކުނެތި ސުވާލުކުރައްވާނެކަމާއި، މަރުހަދާންވާ ބަޔަކު ހުރިހާކަމެއް ދެނެވޮޑިގެންވާ މަތިވެރި ﷲ ސުބުހާނަހޫ ވަތާލާ އަށް މިފާޑުފާޑު ހީލަތްހަދާގެން އޮޅުވާލެވޭނެ ބާއެވެ؟
ތައުހީދު އެއްކައު ވަންތަ ކަލިމައަށް އީމަންވުމުގައިވާ، ދުލުން އިގްރާރުވުމާއި، ހިތުންގަބޫލުކުރުމާއި، އަމަލުންކުރުން ހިމެނޭއިރު މިތިންބައިން އަމަލުކުރުމުގެބައި މިގޮތަށްހީލަތުން މޮޑިފައިކޮށް ރާއްޖޭގެ ގާނޫނުގައި އެވެރިން އެޖަހާ "ރާއްޖޭގައި އޮންނަނީ އިސްލާމީ ޝަރިއަތް "ކަމުގައި ގަލަމުތުޑުންޖަހާލުމުން އަމަލުނުކުރިޔަސް އިސްލާމީޝަރީއަތް ހިނގާކަމަށް ވާނަމަ މިގޮތަށްދާނަމަ ލަފާކުރެވޭ ގޮތުން 2050ވަނަ އަހަރު އަންނަންވާއިރު ދެންހަދާ އޮރެންޖް ގާނޫނުއަސާސީ އެއްގައި ދިވެހިންނަކީ މަލާއިކަތުން ކަމަށް ލިޔެލުމުން، ރާއްޖޭގެ އެންމެން މަލާއިކަތުންނަށްވެ އެގޮތަށް ފަތުވާ ނެރުއްވުމަކީވެސް ދުރުކަމެއް ނޫނެވެ.
އަދި ބައިބުލް ގެ ބޭރުގަޑުގައި ޖަހާފައިވާ " ބައިބުލް" މިނަންފޮހެލާފައި އެތަނުގައި " ކީރިތި ގުރުއާން" މިހެންޖަހާލުމުން، ލިޔުމުގައި ވާތީ ބައިބުލްވެސް އެވާނީ ހަމަ ގުރުއާނަށްތާއެވެ؟

0 comments:
Post a Comment