މުސްލިމު އުންމަތުގެ އެންމެ ފުރަތަމަ ޖީލު
ކަމަށްވާ ޞަޙާބީންނާއި، އޭގެ ފަހުގައި އައި ސަލަފުއް ޞާލިޙުންނަކީ
އެއްވެސް ޝައްކެއް ނެތް ގޮތުގައި މުސްލިމު އުންމަތުގެ އެންމެ ޞާލިޙް
މީހުންނެވެ. އެބޭކަލުން ދިރިއުޅުއްވުމުގެ އެންމެހާ ކަންތައްތަކަކީ
މިކަމުގެ ހެކިތަކެވެ. އަދި މިބުނި ވާހަކައަށް ސާބިތުކަމެއް ދެނީ
ނަބިއްޔާ (صلى الله عليه وسلم) ގެ މި ހަދީޘް ފުޅެވެ.
”ތިމަން ކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން އެންމެ ހެޔޮވެގެންވާ ޖީލަކީ ތިމަން ކަލޭގެފާނުގެ ޙަޔާތްޕުޅުގައި ވީ މިހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ. ދެން އެއަށް ފަހު އައި މީހުންނެވެ.“ [ރިވާކުރެއްވީ މުސްލިމް]
އެބޭކަލުންނަކީ ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތަށް އެންމެ ފުރިހަމަ ގޮތުގައި ތަބާވެ އެއާ އެއްގޮތަށް ޢަމަލު ކުރެއްވި ބޭކަލުންނެވެ. އެހެންކަމުން އަހަރުމެން ނަމޫނާއެއް ކަމުގައި ބަލަން ޖެހޭނީ އެބޭކަލުންގެ ދިރިއުޅުއްވުމެވެ. އަދި މިބެލުމުގައި އެބޭކަލުންގެ ރަމަޟާން މަހުގެ ހަޔާތްޕުޅު އިސްތިސްނާއެއް ނުވެއެވެ. ސަލަފުންނަކީ އެބޭކަލުން ރޯދަ ވީއްލަވާ ހިނދުގައި ވަރަށް ބޮޑަށް އިޤްތިޞާދު ކުރައްވާ ބައެކެވެ. ނަމަވެސް އެހެންބަޔަކަށް ނުވަތަ މެހެމާނުންތަކަކަށް ރޯދަވީއްލުމެއް ދެއްވާނަމަ ދީލަތި ބޭފުޅުން ތަކެކެވެ.
ޢަބްދު ﷲ އިބްނު ޢުމަރު ލޯބިކުރައްވަނީ އެކަލޭގެފާނު ރޯދަ ވީއްލަވާ ހިނދުގައި ފަޤިރުންނާއި އެކު ރޯދަ ވީއްލެވުމަށެވެ. އެކަލޭގެފާނު ރޯދަވީއްލަވާ ފަހަރެއްގައި އެކަލޭގެފާނުގެ އަތްޕުޅުގައި ހުރި ތަކެތިން ކައި ބަނޑު ފުރެންދެން ކޭން ނުބައްލަވައެވެ. އެއީ އެކަލޭގެފާނުގެ ގެކޮޅަށް މެހެމާނަކު އަތުވެއްޖެ ނަމަ އެމީހަކަށް ދިނުމަށްޓަކައި ބެހެއްޓެވުމަށެވެ. އެހެން ގޮތަކަށް ބުނާނަމަ އެކަލޭގެފާނު ހުއްނަވަނީ ރޭގަނޑު ވެސް ރޯދައަށް ހުންނަވާ ފަދައިން ނުކައެވެ. އެކަލޭގެފާނު ފޮނިކާތަކެތި ޞަދަޤާތުގެ ގޮތުގައި ދެއްވަވާ ހައްދަވައެވެ. އަދި ވިދާޅުވެއެވެ. ” ތިމަން ކަލޭގެފާނު ﷲ ތަޢާލާގެ ބަސްފުޅާމެދު ހުޝިޔާރުވެގެން ވަމުއެވެ.
’ތިޔަބައިމީހުން ލޯބިވާ އެއްޗަކުން ތިޔަބައިމީހުން ހޭދަކޮށްފުމަށް ދާންދެން، ތިޔަބައިމީހުންނަކަށް ހެވެއް ނުލިބޭނެތެވެ. ... ‘[އާލް އިމްރާން: 92] އަދި ތިމަން ކަލޭގެފާނު ފޮނިކާތަކެއްޗަށް ލޯބިކުރައްވާކަން ﷲ ތަޢާލާ މޮޅަށް ދެނެވޮޑިގެން ވެއެވެ.“
އެއްފަހަރެއްގައި އިމާމް އަޙްމަދު ރޯދަވީއްލެވުމަށްޓަކައި ރޮށި ތައްޔާރު ކުރެއްވި ތަނާ ސަލާން ޖަހާ މީހަކު އައިސް، ކާއެއްޗެއް ދިނުމަށް އެކަލޭގެފާނުގެ ކިބައިން އެދުނެވެ. އެކަލޭގެފާނު އެއްވެސް ފަސްޖެހިމެއް މަޑުޖެހުމެއް ނެތި އެކަލޭގެފާނު ތައްޔާރު ކުރައްވާފައިވާ ހުރިހާ ރޮއްޓެއް ދެއްވިއެވެ. އަދި ބަނޑުހައި ހޫނު ކަމުގައި އިންނެވިއެވެ.
އިބްނުލް މުބާރަކު އެކަލޭގެފާނުގެ އަޚުންނަށް ފޮނިކާތަކެތި ތައްޔާރު ކޮށްދެއްވައެވެ. އެކަލޭގެފާނު ރޯދައަށް ހުންނަވައިގެން ކަމުގައިވިޔަސް މެއެވެ.
އިމާމް އައްޝާފިއީ އެއްފަހަރެއްގައި ވިދާޅުވިއެވެ. ”މީހަކު ރަމަޟާން މަހުގައި، އޭނާގެ ދީލަތިކަށް އިތުރުކުރާތަން ތިމަން ކަލޭގެފާނަށް ފެނިވަޑައިގަތުމަކީ ތިމަންކަލޭގެފާނު ވަރަށް ލޯބިފުޅު ކުރައްވާ ކަމެކެވެ. އަދި ނަބިއްޔާ (صلى الله عليه وسلم) ގެ ސުންނަތަށް ޢަމަލު ކުރުން ވެސް މެއެވެ.
އެއީ އޭނާގެ އަމިއްލަ ފައިދާއަށްޓަކައެވެ. މީސްތަކުން ރަމަޟާން މަހުގައި ރޯދައަށް ހުރުމާއި ނަމާދު ކުރުމުގައި އަވަދިނެތި ވެއެވެ. އަދި އެމަހުގައިވާ އެހެނިހެން ފައިދާތަކުގެ މަތިން ހަނދާން ނެތިކޮށްލައެވެ.“ (އެބަހީ: އެހެން މީހުންނަށް ދީލަތިވުމުގެ އަޖުރާއި ފައިދާގެ މަތިން ހަދާން ނައްތާލާ ވާހަކައެވެ.) [ލަތާއިފުލް މަޢާރިފު]
ނަބިއްޔާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. ”އެންމެ ހެޔޮ ޢަމަލަކީ ތިބާގެ، އީމާންވެގެންވާ އަޚާ އުފަލުގައި ބަހައްޓައި ދިނުމެވެ. ނުވަތަ އެނާގެ ދަރަނި އަދާކޮށްދިނުމެވެ. ނުވަތަ އޭނާއަށް ކާންދިނުމެވެ.“ [އައްދައިލަމީ 1/1/123، އައްސިލްސިލާ އައްޞަޙީޙަ/ އަލް އަލްބާނީ، 1494]
ﷲ ތަޢާލައަށް އެންމެ ލޮބުވެތި މީހުންނަކީ އެބައެއްގެ ކިބައިން އެހެން މީހުންނަށް މަންފާ ކުރާ މީހުންނެވެ. ޢަމަލުތަކުގެ ތެރެއިން ﷲ ތަޢާލާއަށް އެންމެ ލޯބިވެތި ޢަމަލަކީ އަނެއް މުސްލިމު މީހާ އުފާ ކޮށްދިނުމެވެ. އޭނާއަށް ޖެހޭ އުނދަގުލަކުން ސަލާމަތް ކޮށްދިނުމެވެ. ނުވަތަ އޭނާގެ ދަރަންޏެއް އަދާކޮށްދިނުމެވެ. ނުވަތަ އޭނާ ބަނޑުހައިވެފައިވަނިކޮށް އޭނާއަށް ކާންދިނުމެވެ. މުސްލިމު އަޚާއާއި އެކު ގޮސް އޭނާގެ ބޭނުން ފުއްދާދިނުން، ހަމަކަށަވަރުން ތިމަންކަލޭގެފާނަށް، މިސްކިތުގައި، މަސްދުވަސް ވަންދެން އިއުތިކާފުގައި އިނުމަށްވުރެ ލޮބުވެތިކަން ބޮޑެވެ. [އައްތަބަރާނީ/ އަލްކަބީރު، 3/209/2، އައްސިލަސިލާ އައްޞަޙީޙަ1 906]
”އެންމެ ހެޔޮ މީހުންނަކީ އެބައެއްގެ ކިބައިން އެހެން މީހުންނަށް ފައިދާ ކުރާ މީހުންނެވެ.“ [އައްސިލްސިލާ އައްޞަޙީޙަ، 426]
ހުވަފަތް އަންހެނަކަށް އަދި ދިރިއުޅުމުގެ އަސާސީ ބޭނުންތައް ފުއްދުމުގެ ފޯރުންތެރިކަން ނުވަތަ ކުޅަދާނަކަން ނެތް މީހަކަށް ޚިދުމަތެއް ކޮށްދޭ މީހާ ﷲ ގެ މަގުގައި ޖިހާދުކުރާ މުޖާހިދެއް ފަދައެވެ. ނުވަތަ ރޭގަނޑު އަޅުކަމުގައި ހޭދަކޮށް ދުވާލު ރޯދައަށް ހުންނަ މީހާއާއި އެއްފަދައެވެ. [އަލްމިޝްކާތު، 4951]
ޢަބްދު ﷲ އިބްނު ޢަމްރު އިބްނު ޢާސް ރިވާކުރެއްވިއެވެ. މީހަކު ނަބިއްޔާ (صلى الله عليه وسلم) ގެ ކިބައިން ސުވާލު ކުރިއެވެ. ”އިސްލާމްދީނުގައި އެންމެ ރަނގަޅު ޢަމަލީ ކޮބައިތޯއެވެ؟“ އެކަލޭފާނު (صلى الله عليه وسلم) ޖަވާބުގައި ހަދީޘް ކުރެއްވިއެވެ. ”އެހެންމީހުނަށް ކާންދިނުމާއި، ތިމާދަންނަ މީހުންނަށާއި ނުދަންނަ މީހުންނާއި ސަލާމްކޮށް އުޅުމެވެ.“ [އައްތަރްޤީބް–ޞަޙީޙް]
ނަބިއްޔާ (صلى الله عليه وسلم) ޙަދީޘް ކުރައްވާފައިވެއެވެ. ”އެއްފަހަރެއްގައި ކުއްތާއެއް ފެންބޮވައިގަނެގެން ދެކޮޅަށް ދުވާތަނަކުން، ހަށިވިއްކާ އަންހެނަކަށް ދެވުނެވެ. (ކުއްތާގެ ޙާލަތު ފެނުމުން) އެއަންހެން މީހާ އޭނާގެ ޚުއްފު ނަގާ އެ ބޭނުންކޮށްގެން ވަޅުން ފެންނަގައިގެން ކުއްތާއަށް ފެން ބޯންދިނެވެ. އަދި އެއަންހެން މިހާއަށް އޭނާގެ ފާފަތައް ފުއްސަވާ ދެއްވުނެވެ.“ (އެބަހީ: އޭނާ ތައުބާވުމުން، އޭނާ ހަށިވިއްކާމީހަކު ކަމުގައި ވީހިނދުގެ ފާފަތައް ފުއްސަވާ ދެއްވި ވާހަކަކެވެ.) [އަލްބުޚާރީ އަދި މުސްލިމް]
މިމަތިވެރި އަޖުރުދެވުނީ، ކުއްތާއަކާމެދު ހެޔޮކޮށް ހިތި ހަށިވިއްކާ، ބޮޑުފާފައެއްގެ މަތީގައިވީ އަންހެނަކަށް ކަމުގައި ވީހިނދު، ރަމަޟާން މަހު ރޯދައަށް ހުންނަ ކިޔަމަންތެރި މުސްލިމެއްގެ މިފަދަ ޢަމަލަކަށް ﷲ ތަޢާލާ ކިހާވަރެއްގެ މަތިވެރި އަޖުރެއް ދެއްވާނެ ތޯއެވެ؟
ނަބިއްޔާ ﷲ ޙަދީޘް ކުރައްވާފައިވާ ގޮތުގައި ﷲ ތަޢާލާ މީސްތަކުންގެ ތެރެއިން ބަޔަކު އިޚްތިޔާރު ކުރައްވާ ގިނަގުނަ މުދާތައް ދެއްވިއެވެ. އެއީ އޭގެން ބޭނުން ޖެހިފައިވާ އެހެން މީހުންނަށް ފައިދާ ލިބިދިނުމަށްޓަކައެވެ. އަދި އޭނާއަށް އެމުދާ ލިބިލިބި ހުންނާނެ ފަދައިން އެއިލާހު މެދުވެރި ކުރެއްވިއެވެ. އެހެނަސް އެއީ އެމީހުން އެމީހުންގެ މުދަލުން އެހެން މީހުންނަށް ފައިދާ ދިނުން މަތިން ދެމިތިބޭނެހާ ދުވަހަކަށެވެ. އަދި އެބައިމީހުން އެކަން ހުއްޓާލައިފިނަމަ ﷲ ތަޢާލާ އެމީހުންގެ ކިބައިން އެމުދާތައް ނަންގަވާ ހުއްޓެވެ. އަދި އެހެންބަޔަކަށް ދެއްވާހުއްޓެވެ. [އައްތަބަރާނީ/އަލްއައުސަތު، 5259، އައްސިލްސިލާ އައްޞަޙީޙަ، 1692]
ބޭނުންޖެހިފައިވާ މީހުންނަށް ހޭދަކުރުމުގައި އެންމެ އިސް ސަފުގައިވާ ބަޔަކު ކަމުގައި އަހަރުމެން ވާން ޖެހެއެވެ. މިރަމަޟާން މަހުގައި، ޢުބައިދު އިބްނު ޢުމަރު (رحمه الله) ގެ ބަސް ފުޅު ހަދާން ކުރަމާހިނގާށެވެ. ”ޤިޔާމަތް ދުވަހުގައި މީސްތަކުން އެއްކުރެވޭ ހިނދު އެބައިމީހުން ވާނީ ދުވަހަކު ވެސް ބަޑުހައިނުވާހާ ބަނޑުހައި ކަމެއްގައެވެ. އަދި ދުވަހަކުވެސް ކަރުހިއްކައި ނުގަންނަ ވަރަށް ކަރުހިއްކައިގެންފައެވެ.
އަދި އެބައިމީހުން ދުވަހަކު ވެސް ނުވާފަދައިން އޮރިޔާން ޙާލުގައެވެ. ﷲ އަށްޓަކައި މީސްތަކުންނަށް ކާންދީ ހެދި މީހާއަށް، ﷲ ތަޢާލާ އެމީހެއްގެ ބަނޑު ފުރެންދެއް ކާންދެއްވާނެއެވެ. އަދި ﷲ އަށްޓަކައި އެހެން މީހުންނަށް ފެން ދިން މީހާއަށް، ﷲ ތަޢާލާ އެމީހަކަށް ފެން ދެއްވާނެއެވެ. އަދި ﷲ އަށްޓަކައި އެހެންމީހުނަށް ފޭރާން ދިން މީހާއަށް، ﷲ ތަޢާލާ އެމީހަކަށް ފޭރާން ދެއްވާނެއެވެ.“
އެއްފަހަރެއްގައި އައްޝަޢްބީ ވިދާޅުވިއެވެ. ”މީހަކު، އޭނާއަކީ ޞަދަޤާތް ދިނުމުން ލިބޭ އަޖުރަށް ބޭނުންޖެހިގެންވާ މީހަކު ކަމުގައި ނުދެކޭނަމަ، އެދޭ ޞަދާޤާތުގެ އަސާސީ ޝަރުތުތަކަށް ބަލާނަމަ، އޭނާގެ އެޞަދަޤާތް ބޭކާރުވާނެއެވެ. އަދި (ޤިޔާމަތް ދުވަހުގައި އެޞަދަޤާތް) އޭނާގެ މޫނުމައްޗައް އެއްލާލެވޭނެއެވެ.“
ލޮބުވެތި އަޚުންނާއި އުޚްތުންނޭވެ. އެންމެ ކުދިކުދި ހެޔޮކަންތައްތައް ކުރުމުގައިވެސް ފަސްޖެހި ލަދުވެތިވާ ބަޔަކު ކަމުގައި އަހަރުމެން ވެގެން ނުވާނެއެވެ. އެހެނީ ﷲ ތަޢާލާގެ ޙަޟްރަތުން (އެކަމަށް) ވާ އަޖުރަކީ އުހުދު ފަރުބަދަޔަށް ވުރެ ވެސް ބޮޑު އަޖުރެއް ކަމުގައި ވެދާނެއެވެ. އަހަރުމެން ހަނދާން ނައްތާ ނުލަމާހެއްޔެވެ. ”ﷲ ގެ ރަސޫލާ (صلى الله عليه وسلم) ވީ މީސްތަކުންގެ ތެރެއިން އެންމެ ދީލަތި ކަލޭގެފާނު ކަމުގައެވެ. އަދި އެކަލޭގެފާނަކީ ރަމަޟާންމަހުގައި އެންމެ ދީލަތި ކަލޭގެފާނު ކަމުގައި ވިއެވެ.“ (އަލްބުޚާރީ އަދި މުސްލިމް)
މީގެފަހުން އަހަރުމެންގެ ގާތަށް މުސްލިމަކު އައިސް އެހީއަކަށް އެދިއްޖެނަމަ އުފަލާ އަވަސްވެގަތުމާއެކު އިޖާބަ ދެމާހެއްޔެވެ. އެހެނީ މިޢަމަލަކީ އެޢަމަލެއްގެ ސަބަބުން އަހަރުމެންގެ ފާފުއްސަވާ ދެއްވާ އެއިލާހުގެ ޙަޟްރަތުންވާ، އަބަދަށް ދެމިގެންވާ ރަޙުމަތުގެ ސުވަރުގެ ލިބެނިވި ޢަމަލެއް ކަމުގައި ވެދާނެއެވެ.

0 comments:
Post a Comment