Saturday, July 7, 2012

އަޑުއަހަން ބޭނުންނުވާ ވާހަކަ.......

 މިއަދުގެ ޙާލަތަށް ބަލައިލިނަމަވެސް މާތް ﷲ އަށް އުރެދިފައިވާ މީހުންގެ ޢަމަލުތައް ހުރިގޮތް ހާމަވެގެން ދާނެއެވެ.


މާތްނަހީކުރެއްވި ކަންތައްތަކީ ހިތްއުފާ ކުރުމަށް ކުރާ ކަންތައްތައް ކަމުގައިވަނީ ހަދާފައެވެ. މާތް ﷲ ޙަރާމް ކުރައްވާފައިވާ ކަންތައްތައް އެއީ ތަރައްޤީއެވެ. މާތް ﷲ އެކަމަކުން އެއްކިބާވުމަށް އަމުރުކުރައްވާފައިވާ ޒިނޭ އާއި ރަލާއި ފާހިޝް ޢަމަލުތަކާއި، ރިބާގެ މުޢާމަލާތްތަކާއި، ހެދުން އެޅުމުގައި އަޢުރަ ފާޅުކޮށް އަންހެނުންނާއި ފިރިހެނުން މަސްހުނިވުމަކީ އެއީ ތަރައްޤީގެ ނަމުގައި ދަޢުވާކުރާ ހުރިހާ ތަނަކުން ފެނަމުންދާ މަންޒަރެވެ.


 މާތްވެގެންވާ އިސްލާމްދީނުގެ މަތިވެރި އުސޫލްތައް އޮޅުވާލާސިރުކާ ބިދުއައާންމުކޮށް، އެބަޔަކާ ހުރިހާކަމެއްގަ ހިލާފުވުމަށް މާތް ނަބިއްޔާ އުންމަތަށް އިރުސާދުދެއްވާފައިވާ މީހުންނާގުޅި އެމީހުންނަށްލޯބިކޮށް އެމީހުންގެ ގޮތްތައްކޮޕީކޮށް އެ ޔަހޫދީން ނާއި ނަސޯރާއިންގެ ގޮތްތަކަށް ތަބާވާތަނެވެ.

    
އަންހެންނުގެ ޢިއްފަތްތެރިކަމަކީ އެއީ އެކަނބަލުން ގޭންބޭރުކޮށް ތަފާތުއިސްތިހާރުތަކާ ފިލްމުތަކާ ކޮންމެ ހިދުމަތްދޭ ތަނެއްގެ ފުރަންޓްގައި އޮރިޔާން ހެދުމުގައި ބޭތިއްބުންކަމުގައި ހަދާ، ދީނީ އިމަކީ އެކަނބަލުންގެ ޙައްޤުތައް ނަގާލުންކަމުގައި ހަދައި ބާޠިލުގޮތް އެއީ ޙައްޤުކަމުގައިވަނީ ހަދާފައެވެ.

  
ތިމާ ހިތުހުރި ދީނަކަށް އުޅެ، މާތް ﷲ އަށް ޝަރީކުކުރުން އެއީ ފުރިހަމަ އިންސާނީ ޙައްޤުތައްކަމުގައި ދަޢުވާކޮށް،  އެއްޖިންސުން ކައިވެނިކުރުމާއި، އިންސާނުންނާއި ކުއްތާފަދަ ނަޖިސް ޙައިވާނުންނާއި ކައިވެނިކުރުން އެއީ ތަރައްޤިވެފައިވާ  ތަރައްޤީގެ އުސްމިންކަމުގައި މިއަދު  ދެކެމުންދާއިރު، މިކަމަށް ވަގުތާ ފައިސާހޯދުމުގެ މަޖަލާ އަމަލުގައި ބިޒީވެގެން  މިކަންތައްގަޑުގައި ހޯބޯނާރާވަނިކޮށް އިންސާނާއަށް ނޭގި ނުވަތަ އެންގިގެންނަމަވެސް އެންމެން އެއްޗަކާ ދިމާލަށް ދަމާފަމިގެންދާ އެއެއްޗަކާގާތްވަމުންމިދާ އެއްޗަކީ ކޯޗެއްތޯއެވެ. ހަމަ އެހެންމެ ދުނިޔޭގެ ބުރުނޭގޭހާ ބާރުމިނުގައި މިދުނިޔެ ދަމާފަ މިގެންދަނީ ކޮންދިމާއަކަށްތޯއެވެ؟

        
   މިދުނިޔޭގެ ޙަޔާތް ވޭތުކުރަމުންދަނީ ވަރަށް އަވަހަށް ބާރު ސްޕީޑެއްގައިކަން އެންމެންވެސް ޤަބޫލްކުރެއެވެ. އެހެންނަމަވެސް އިންސާނުން ދުނިޔެމަތީގައި އުޅެމުންދަނީ އެބައި މީހުންނަކީ މިދުނިޔެ ދޫކޮށް ދާން ނުޖެހޭ ބައެއްފަދައިންނެވެ. ގިނަބަޔަކަށް ހީވާގޮތުގައި މިދުނިޔޭގައި މަރު ކިޔާ އެއްޗެއްނުވެއެވެ.

      އެމަންޒަރު ލޮލަށްފެންނަމުންދާ އިރުވެސް ތިމާއަށް އެމަރު ކުރިމަތިވާނެ ދުވަހަކާއިމެދު ވިސްނާލުމެއްނެތެވެ. މިކުށްހީއަކީ އެއްޖީލުން އަނެއްޖީލަށް ވާރުތަވަމުންދާ ހީއެކެވެ.  
     އާދެ، މަރަކީ އެޔަށް އިތުރު ތަޢާރަފަކަށް ބޭނުންނުވާ މުޅި ހުރިހާ އުންމަތެއް އޭގެ މައްޗަށް ބޯލަނބަން މަޖުބޫރު ވެފައިވާ އޭގެ ރަހަ އެކަކަށްވެސް އިޙްސާސް ނުކުރެވޭ އެއްޗެކެވެ. މަރު އަންނާނެދުވަހެއް، އަންނާނެ ވަގުތެއް އެއްވެސް މީހަކަށް އެނގިގެނެއްނުވެއެވެ. ދުނިޔޭގައިވާ ކޮންމެ މަޚްލޫޤަކީ މަރުގެ ޝިކާރައެކެވެ. 

     މަރަކީ އެއާއި އެއްވެސްމީހަކަށް ފިލޭނެއެއްޗެއްނޫނެވެ. ނަމަވެސް މިހާރަކަށް އައިސް ގިނަމީހުން މަރުގެ ވާހަކަ ދައްކަން ފަށައިފިނަމަ ވަގުތުން މަޢުލޫ ބަދަލުކޮށްލަން މަސައްކަތްކުރެއެވެ. އެމީހުން އެގޮތަށް ކަންތައްކުރަނީ މަރުވެދާނެތީ ބިރުންނެއްނޫނެވެ. މަރުގެ ވާހަކަ ދައްކަން ނުވަތަ މަރުމަތިން ހަނދާންކުރަންވެސް ބޭނުންނުވަނީއެވެ. މަރުގެ ވާހަކަ ނުދައްކާ ކިތަންމެ ދުރުން އުޅުނަސް މަރަކީ ނައިސްނުދާނެ އެއްޗެކެވެ.

     އާދެ، ދުނިޔޭގެ ކެހިވެރިކަން އެއްޖީލުން އަނެއްޖީލަށް ވާރުތަކުރަމުންދެއެވެ. މަރަކީ އެކަކު އަނެކަކާ ވަކިކުރާއެއްޗެކެވެ. ދެ ލޯބިވެރިން ވަކިކުރެއެވެ. އަނބިން ހުވަފަތް ކުރެއެވެ. ދަރިން ޔަތީމުކުރެއެވެ. މީހާ އެކަނިކޮށްލައެވެ. ޙަޔާތުގެ އުންމީދުތައް ފުނޑުފުނޑުކޮށްލައެވެ. ގެތައް ފަޅުކުރެއެވެ. އެއީހަމަ އެމީހުން ޣާފިލުވެގެންވާ މަރެވެ. 
 
          އެކުވެރީންނޭވެ! ޣާފިލް ކަމުގެ ނިދީން ނިދާފައިތިއްބައި ކުއްލިއަކަށް މަރުއައިސް ޖެހުމުން ވެގެންދާނޭގޮތް ކީރިތި ޤުރުއާނުގެ المؤمنون ސޫރަތުގައި މާތްﷲ ވަޙީ ކުރައްވާފައިވަނީ މިފަދައިންނެވެ.

حَتَّىٰ إِذَا جَاءَ أَحَدَهُمُ الْمَوْتُ قَالَ رَ‌بِّ ارْ‌جِعُونِ ﴿٩٩﴾ لَعَلِّي أَعْمَلُ صَالِحًا فِيمَا تَرَ‌كْتُ ۚ كَلَّا ۚ إِنَّهَا كَلِمَةٌ هُوَ قَائِلُهَا ۖ وَمِن وَرَ‌ائِهِم بَرْ‌زَخٌ إِلَىٰ يَوْمِ يُبْعَثُونَ ﴿١٠٠

މާނައީ: ” އެއުރެންކުރެ މީހެއްގެ ގާތަށް މަރު އަތުވެއްޖައުމަށް ދާންދެނެވެ. އެހިނދު އޭނާ ބުނެތެވެ. އަޅުގެ ވެރިރަސްކަލާކޮ! ތިމަންއަޅާ (ދުނިޔޭގެ حياة އަށް) އަލުން އަނބުރައި ފޮނުއްވާނދޭވެ! (އެއީ) ތިމަންފަހަތަށް ދޫކުޅަ ކަންތަކުގައި صالح عمل ކުރުމުގެ އެދުމުގައެވެ. ހަމަހިލާ އެހެންނަކުން ނުވާނެއެވެ. ހަމަކަށަވަރުން، އެއީ އޭނާ ބުނެލާ ބަހެކެވެ. އަދި އެއުރެންގެ ފަހަތުގައިވަނީ ފަރުދާއެކެވެ. އެއުރެން އަލުން ދިރުމަކަށް ފޮނުއްވާ ދުވަހަށްދާނދެނެވެ. 

     މަރަކީ ނުރައްކާތެރި އެއްޗެއްކަން އެނގޭއިރު އެކަމަށް ތައްޔާރުނުވަނީ ކީއްވެހެއްޔެވެ؟ އަހަރެމެން ބިމުގެ ވެއްޔާއި މޮޑެވިގެން ދިޔުމަށްފަހު ދެން އުޅެން އޮތް ޙަޔާތާއިމެދު ކުޑަކޮށްނަމަވެސް ވިސްނުން ހިންގާލިންހެއްޔެވެ؟
     މަރުގެ ވަގުތު ޖެހުމުން އެމީހުންގެ ރުއިމާއި އާދޭހެއްގެ އަޑެއް ނާހައެވެ. އެމީހުންގެ ލޮލުން އެވަގުތު އޮހޮރޭ ކަރުނަޔަކުން މަރުގެ ކުރިމަތީގައި ހަމްދަރުދީއަކަށް ފުރުޞަތެއް ނޯވެއެވެ. އެވަގުތު ތިމާ އެދޭ އެއްވެސް އެދުމެއް ފުރިހަމައެއް ނުވާނެއެވެ. މަރު އައިސް އަހަރެމެންގެ ހަށިގަނޑާއި ފުރާނަ ވަކިކުރެއެވެ. އެއަށްފަހު އަހަރެމެންގެ ނިމުންއައީއެވެ. އެއަށްފަހު ހަމަ ކުރެވޭނެއެއްވެސް ކަމެއް ނޯވެއެވެ. 
 
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވާފައިވެއެވެ.

مَنْ مَاتَ عَلَى شَيءِ بَعَثَهُ اللهُ عَلَيْهِ” (السلسلة الصحيحة للشيخ الألباني)

މާނައީ: އެމީހަކު އެކަމެއްގެ މައްޗެއްގައި މަރުވިކަމެއްގެ މައްޗަށް އެމީހަކު ފޮނުވޭ ހުއްޓެވެ.” މިހަދީޘްގެ ޝަރަޙައެއްކަމަށް އިމާމު އަލްމަނާވީ ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. ” އެމީހަކު މަރުވާހުށީ އެމީހަކުކޮށްއުޅުނު ކަމެއްގެ މައްޗަށެވެ 
.”
     އަހަރެމެން ދުނިޔޭގައި މިހޭދަކުރާ ކުޑަ ވަގުތު ކޮޅުތެރޭގައި މާތްﷲގެ ޢަމުރުފުޅުތަކަށް ބޯލަނބަންޖެހޭކަން ދަނެ ޢަމުރުފުޅުތަކާއި ނަޙީފުޅުތަކަށް ކިޔަމަންވާންވީއެވެ. އެކަލާނގެއަށް ކިޔަމަންވުމުގައި ހީވާގިވާންވީއެވެ. އުޚުރަވީ ޙަޔާތް ބާއްޖަވެރިކުރުމަށްޓަކައެވެ. ދުނިޔޭގެ ދިރިއުޅުމަކީ ހެއްލުންތެރިކަމާއި، މުދަލާއި، އުފަލާއި އަރާމް ފިޔަވައި އެހެން އެއްޗެއްނޫނެވެ. އާޚިރަތަށްޓަކައި ތައުބާވެ ތައްޔާރުވުމަށް މަރުމަތިން ގިނަގިނައިން ހަނދާންކުރާށެވެ. މަރާއިމެދު ޣާފިލުވުމަކީ އަބާއްޖަވެރިވުމުގެ ޢަލާމާތެކެވެ.
                    މީހުން ތޮއްޖެހި ނޭވާ ނުލެވިފައިވާ މި ދުނިޔޭގައި ތިބާއަށް ބައިވެރިޔަކާއި ނުލައި ނޫޅެވޭ އިރު، ތިބާ ދެން ދާން އޮތް ގޮވަތީގެ އެކަނިވެރިކަން ހަނދުމަ ނުވަނީ ހެއްޔެވެ؟ އެތަނުގެ އަނދިރިކަން ނުވިސްނެނީ ހެއްޔެވެ؟ އެ ތަނުގެ ނާމާންކަމާއި ބިރުވެރިކަން ތަޞައްވަރު ނުކުރެވެނީ ހެއްޔެވެ؟ އެއީ ގަދަ ފަދަ މަލާއިކަތުންގެ ހަރުކަށި ސުވާލުތަކާއި ކުރިމަތިލާން ޖެހޭނެ ތަނެވެ. އެއީ ނުބައި ޢަމަލު ގިނަވުމުގެ ސަބަބުން އަރިކަށި ފުނޑުވޭ ވަރަށް ދަތި ކޮށްލެވޭނެ ޖަގަހައެވެ. އަދިވެސް ތިބާގެ ވަގުތުތަކާއި ނަފްސާއި ޖިސްމު ބޭނުންކޮށް އަވަދި ކޮށްލަންވީ ހަމަ އެކަނި މި ދުނިޔެއަށްޓަކައި ހެއްޔެވެ؟

                ކަށްވަޅުގައި ތިބާގެ އެކުވެރިއަކަށް ގެންދާނީ ކާކު ހެއްޔެވެ؟ ތިބާ ކިތަންމެ ބޭނުންވިޔަސް ތިބާ އާ އެކު ގެންދެވޭނެ އިތުރު ބައެއް ނެތެވެ. ތިބާއާއި އެކު ގެންދެވޭނީ ތިބާ ކުރާ ޢަމަލެއް އެކަންޏެވެ. ހެޔޮ ޢަމަލު ކޮށްފިނަމަ އެ ދުވަހުން ތިބާ އާއި ބައްދަލު ކުރާނީ ނުހަނު ރީތި، މީރުވަސް ދުވާ ހިތަށް ފިނިކަން ގެނެސްދޭނެ އެކުވެރިއެކެވެ. ނުބައި ޢަމަލު ކޮށްފިނަމަ ހިތާމައިގެ ކޮޅެއް ނެތެވެ. އެ އެކަނިވެރި ދުނިޔޭގައި ތިބާއަށް ލިބޭނީ ކުނި، ނުބައިވަސް ދުވާ ނުބައި އެކުވެރިއެކެވެ. ހަމަކަށަވަރުން ތިބާއަށްޓަކައި އޭނާ ވެގެން ދާނީ އިތުރު ވޭނަކަށެވެ. އިތުރު ޢަޒާބަކަށެވެ. އިތުރު މޮޅިވެރިކަމަކަށެވެ.
                                       ވިސްނާށެވެ. ތައުބާވާށެވެ. ވަޤުތެއް ނެތެވެ. ތިބާގެ ކަށްވަޅަށް ޒިޔާރަތް ކުރަން ޖެހެނީ އަދު ކަމެއް މާދަމާ ކަމެއް އެނގެނީ ކާކަށް ހެއްޔެވެ؟

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons