ﷲ ތަޢާލާ ރުއްސުންލެއްވެވި އަބޫ ހުރައިރާ ވިދާޅުވިއެވެ. ރަސޫލުﷲ صلى اللّـه عليه وسلم ޙަދީޘްފުޅު ކުރެއްވިއެވެ. "އެންމެ ހެޔޮ ދުވަހަކަށް، އެދުވަހެއްގައި އިރު އެރި ދުވަހަކީ ހުކުރު ދުވަހެވެ.
މާތްﷲ ރުއްސުންލެއްވި ޢަބްދުﷲ އިބްނު މަސްޢޫދުގެ ކިބައިން ރިވާވެގެންވެއެވެ. ހަމަކަށަވަރުން، ސަލާމާއި ޞަލަވާތްލެއްވި ރަސޫލުﷲގެފާނު ޙަދީޘް ކުރެއްވި ބަސްފުޅެއްގެ މާނައިގައި ވެއެވެ. "އެބޭކަލެއްގެ އަމުރުފުޅުތަކަށް އިޤުތިދާވެ އެބޭކަލެއްގެ ސުންނަތުގައި ހިފަހައްޓާނެ ޙަވާރިންނާއި އަދި އަޞްޙާބުން އެބޭކަލަކަށް ނުވާ، ނަބީ ބޭކަލަކު މެނުވީ ތިމަން ކަލޭގެފާނުގެ ކުރިން އުއްމަތެއްގެ ތެރެއިން މާތްﷲ ނުފޮނުއްވައެވެ.
ހަމަ ޔަޤީނުންވެސް ކޮންމެ އިންސާނަކީ އަމާން، އޮމާން، ބާއްޖަވެރި ޙަޔާތެއް ބޭނުންވާނެ މީހެކެވެ. މުސްލިމަކަށް ވިޔަސް ކާފިރަކަށް ވިޔަސް، ފަޤީރަކަށްވިޔަސް މުއްސަންޖަކަށް ވިޔަސްމެއެވެ. އެންމެންވެސް އެބަޔަކަށް ލިބިފައިވާ އެންމެހާ ވަޞީލަތްތައް ބޭނުންކޮށްގެން މަސައްކަތްކުރަމުން ދަނީ އުފާވެރި، ހިތްހަމަޖެހޭ ޙަޔާތެއް ހޯދުމަށެވެ.
އާނއެކެވެ. ޙާލަތު ރުޖޫޢަ ވަނީއެވެ. ކުރީގެ އާދަކާދަ ދިރުވާ ބަޔަކު އުފެދުނީއެވެ. ދީނީ ކަންތައް ގޮތްމުށުގެ ތެރެއަށް ލައި ފިއްތާލަނީއެވެ. ދީނަށް ބަދަލު ގެނެސް ދީނުގައި ބިދުޢަތައް ހަދައި އެގޮތްތައް ފަތުރަނީއެވެ. ބިދުޢަތައް ސުންނަތްތަކަށް ހަދައި ސުންނަތްތައް ބިދުޢަތަކަށް ހަދަނީއެވެ. ދީނުގެ ނަމުގައި މަޞްލަޙަތުގެ ނަމުގައި ސާފުބަހުން ޝިރުކަށް ގޮވަނީއެވެ.

ހުނަރުވެރި ރާނާ މީހެކެވެ. އޭނާ ގިނަދުވަސްތަކެއް ވަންދެން ވަޒީފާގައި އުޅުމަށްފަހު ޕެންޝަނާއި ނުވަތަ ވަޒީފާ ދޫކޮށްލުމާއި ކައިރިވެއްޖެއެވެ. އޭނާ އޭނާގެ ވަޒީފާ ނިންމާލަން ބޭނުންވާ ވާހަކަ ވެރިމީހާގެ ކައިރީގައި ބުނެފިއެވެ. އަދި އޭނާގެ ޢާއިލާއާއެކު ގިނަ ވަޤުތު ހޭދަކުރުމަށްޓަކައި ވީހާ އަވަހަށް ވަޒީފާއިން ވަކިވާން ބޭނުންކަމުގައި ބުނެފިއެވެ
ނަމާދުގެ ޙަޤީޤީ ފޮނިކަމާއި ލައްޒަތު އަޅުގަނޑުމެން ނަމާދު ކުރާއިރު އިޙްޞާޞްކުރެވޭ ބާއެވެ؟ ނަމާދުގެ ސަބަބުން އަޅުގަނޑުމެންނަށް ލިބެންވީ ފައިދާތައް ޙަޤީޤަތުގައި އަޅުގަނޑުމެންނަށް އެބަ ލިބޭބާއެވެ؟ އަޅުގަނޑުމެން ގިނަ ފަހަރަށް ނަމާދުކުރަނީ މިސްކިތުގައި ނިތްތަޅާލާ އުޞޫލުންނެވެ. ނަމާދު އެ އަދާކުރަންވީ ގޮތުގައި ކުރެވޭނީ، ނަމާދަކީ ކޮން އެއްޗެއްކަން އަދި ނަމާދު ކުރަންވީ ކިހިނެއްކަން އެނގިގެންނެވެ. ނަމާދާއިމެދު ވިސްނާލަމާ ހިނގާށެވެ.
ޤުރުއާން ކިޔެވުމަކީ ޝައްކެއްވެސް ނެތް ގޮތުގައި މުސްލިމަކު އޭނާގެ ޘަވާބުގެ ތިލަފަތް ބަރު ކުރުމުގައި، ބޭނުން ކުރެވިދާނެ އެންމެ މުހިއްމު އެއް ވަސީލަތެވެ. އަދި އެންމެ މާތް އެއް އަޅުކަމެވެ. ޤުރުއާނަކީ މާތް ﷲގެ ކަލާމްފުޅެވެ. އިންސާނުންނަށް ހިދާޔަތް ދައްކައިދޭ ފޮތެވެ. އެއިން ކިޔަވާ ކޮންމެ އަކުރަކީ ލިބޭ ދިހަ ޘަވާބު ކަމުގައި ރަސޫލާ ޙަދީޘް ކުރައްވާފައިވާ ފޮތަކީވެސް ހަމަ ޤުރުއާނެވެ.