Sunday, July 31, 2011

ރަމަޝާން މަހުގެ މާތްކަމުގެތެރެއިން.....

ބަރަކާތްތެރި ރަމަޟާން މަސް އަހަރެމެންނާއި ބައްދަލުކުރުމުގެ ވަގުތު ކުޑަތަންވަމުން ދާއިރުގައި އެ މަހަށް ތައްޔާރުވުމަކީ އެންމެ މުހިއްމު ކަމެވެ. އެހެނީ، ރޯދަމަހަކީ އެމަހުގެ ޙަޤީޤީ މާނަ ވަރަށް ގިނަ ބަޔަކަށް އޮޅިފައިވާ މަހެކެވެ. ގިނަ ބަޔަކު ދެކޭ ގޮތުގައި ރޯދަމަހަކީ ކެއުމާއި ބުއިމާއި އުފާކުރުމާއި އަދި މުނިފޫހިފިލުވުމުގެ މައްސަރެކެވެ.

ކިތާބުއް ޞަލާހް

މި ފޮތަކީ މުސްލިމުންގެ އެންމެމުހިންމު ތަނބު ކަމުގައިވާ ނަމާދާބެހޭގޮތުން ވަރަށް ތަފްސީލްކޮށް އެއަޅުކަން ބަޔާންކޮށްދީފައިވާފޮތެކެވެ.  

"ކަޅުދިރީގައި މަރު ފިޔަވާ އެހެން ހުރިހާ ބައްޔަކަށް ޝިފާ ވެއެވެ"

  ކަޅު ދިރި ގަހަކީ އިންޑިޔާގައި ގިނަ އަދަދަކަށް ހުންނަ ގަހެކެވެ. ގަހުގެ ދިގު މިނަކީ ގާތްގަޑަކަށް ބައިމީޓަރު ވަރެވެ. މިގަހުގައި ނޫކުލައިގެ މާތަކެއް އަޅައެވެ. މިގަސް ހެދެން ފަށާފައިވަނީ ތުރުކީއައި އިޓަލީގައެވެ. އަދި ފަހުން މިގަސް އޭޝީއާއަށް ގެނެސް އިންޑީޔާގައި ހައްދަން ފެށުނެވެ. ކަޅު ދިރި އަކީ ކަޅުކުލައިގެ، ތިނެސްކަން ބައްޓަމެއްގައި އިންނަ އޮށެކެވެ. ކަޅުދިރީގައި ތޫނު ވަހެއް އެކުލެވިގެން ވުމާއެކު ގިނަ އަދަދަކަށް ތެޔޮ އެކުލެވިގެން ވެއެވެ.

އަދުގެ ޙާލަތު، ކީރިތި ނަބިއްޔާގެ ބަސްފުޅުން...؟



މީސްތަކުން ހާސްވެ ކަންބޮޑުވެގެން، ވާނުވާ ނޭނގި އުޅެނީއެވެ. މުޅި ދުނިޔެ ހުއްޓުމަކަށް އަންނަން އުޅޭ ކަހަލައެވެ. ނުވަތަ ބޮޑު ތަދުމަޑު ކަމެއް ފެތުރިދާނޭހެން ހީވާ ކަހަލައެވެ. ކަމުގެ މާހިރުންވެސް ވަނީ ވާނުވާ ނޭނގި ހާސްކަމެއްގެ ތެރޭގައެވެ. ހަމަ ނޭނގި ތިއްބާ ފާޑުފާޑުގެ ގޮތްނޭނގޭ އެތައް ބަލިތަކެއް ފެތުރިގެން ދަނީއެވެ. ތަކެތީގެ އަގުބޮޑުވެ އަތްނުފޯރާ ފަށަށް އަގުތައް އުފުލި ދަނީއެވެ.

Saturday, July 30, 2011

ރައްޔިތުންނަށް ދަތިނުވާވަރަށް އަދުލުވެރި ގޮތެއްގައި ޓެކްސް ނެގުމަކީ މައްސަލައެއް ނޫން: ޑރ. މަޖީދު

  

ރައްޔިތުންނަށް ދަތިނުވާވަރަށް އަދުލުވެރި ގޮތެއްގައި ޓެކްސް ނެގުމަކީ މައްސަލައެއް ނޫން: ޑރ. މަޖީދު


 ސަންއޮންލައިން

ކިތާބުއް ތައުޙީދު

މިފޮތަކީ މީހަކު މީހަކަށް އެއްޗެއް އުގަންނައިދޭނަމަ އެންމެފުރަތަމަ  އުގަންނައިދޭންޖެހޭ ނުވަތަ ކޮންމެ މުސްލިމް ބައްޕައަކާ މަންމައަކު ދަރިފުޅަށް އެންމެފުރަތަމަ  އުގަންނައިދިނުން ވާޖިބުވެގެންވާ އިލްމްކަމުގައިވާ ތައުހީދުގެ ބައިތައް ބަޔާންކޮށްދީފައިވާ ފޮތެކެވެ.

މަތިވެރި މާތް އަރުސީގެ ހިޔާވަހިކަންލިބެނިވި ފަރާތް

 الحمد الله والصلاة والسلام على نبينا وبعد: ފަހެ، ޤިޔާމަތް ދުވަހަކީ، ހުރިހާ ޚަލްޤުތައް، މާތް ﷲ ގެ ޙަޟްރަތަށް ޖަމާކުރެވޭނެ ދުވަހެވެ.

ﷲ ގެ ޙަޟްރަތުން ބަދަލުލިބެއެވެ.

  މާތް ﷲ، ކަލެއަށް ދެއްވާފައިވާ އެއްޗެއް ގެންދަވައިފިއްޔާ، އެއައްވުރެ ރަނގަޅު ހެޔޮ ބަދަލެއް ކަލެއަށް ދެއްވާނެއެވެ.

Thursday, July 28, 2011

ރިވެތިގޮތުގައި ދެވޭ ދައުވަތު

  ކޮންމެ ހުކުރު ދުވަހެއްގެ ހުކުރު ނަމާދަށްފަހު، އެރަށުގެ މައި މިސްކިތުގެ އިމާމް މީހާއާއި އޭނާގެ 11 އަހަރުގެ ދަރިފުޅު ރަށުތެރެއަށް ނުކުމެ، "ޖަންނަތަށް ދެވޭނެ މަގު" ކިޔާ ލީފްލެޓް ތަކަކާއި އިތުރު ދީނީ ލިޔުންތައްވެސް އެރަށުގެ މީސްތަކުންނަށް ބަހައެވެ.

ވިސްނާ ފިކުރު ކުރާށެވެ. އަދި ޝުކުރުވެރިވާށެވެ.

     ތިބާ އަށް ﷲ ދެއްވާ ނިޢުމަތްތަކުގެ މަތިން ހަނދާން ކުރާށެވެ. އަދި ތިބާގެ ވަށައިގެންނާއި މަތިންނާއި ތިރިން އަންނަ ނިޢުމަތްތައް މަތިން ހަނދާން ކުރާށެވެ.

ހިސްނުލް މުސްލިމް

ހިސްނުލް މުސްލިމް، މި ފޮތަކީ ....



އޭ ޒުވާނާ އެވެ.

 
   އޭ އެކުވެރިންނޭވެ. މާތް އަހަރުމެންނަށް ދެއްވަނީ ގާތްގަނޑަކަށް 60 އަހަރުކަމަށް ވަނީނަމަ، އެވާނީ 22000 ދުވަހަށެވެ. މިހުރިހާ ދުވަހެއް ދެއްވަނީ އެއްދުވަހެއްގެ ސުވާލުކުރެއްވުމަކަށެވެ.

އެދުވަހު އަހަރެމެންނާއި އެކަލާނގެ ސުވާލުކުރެއްވުމުން އެދެވޭ ޖަވާބެއް ހުށަހަޅަން ޖެހޭނެއެވެ. އެކަލާނގެ ރަޙުމަތްފުޅުން އަހަރުމެންނަށް ކުރެވޭނެ ސުވާލުތައް ޤުރުއާނާއި ސުންނަތުން ވަނީ އަންގަވައިފައެވެ. ދެން ވިސްނާށެވެ. އަހަރުމެން ދުނިޔެ މަތީގައި ޓެސްޓެއް، ހަދަންޖެހިފައިވާ ޙާލަތެއް ޚިޔާލަށް ގެންނަވާށެވެ. އަހަރުމެން ސުވާލު ކަރުދާސް ބަލާއިރު އެއްފުށުގައި އެވަނީ ސުވާލުތަކެވެ. އަދި ސުވާލުކަރުދާހުގެ އަނެއްފަރާތުގައިވަނީ  ޖަވާބުތަކެވެ. މިފަދަ ޓެސްޓަކުން ފާސްނުވެއްޖެނަމަ، އަހަރުމެން ވާނީ މޮޔަ ބަޔަކަށްށެވެ. އަހަރުމެންނަށް ސުވާލާއި ޖަވާބު ލިޔެވިފައި އޮތްއިރު ދެރަ މާރކުހެއް ލިބިއްޖެނަމަ، ދެރައިގެ ކޮޅެއްކޮބައިތޯއެވެ؟

އޭ ޒުވާނާއެވެ. ޒުވާން ދުވަސްވަރަކީ ދިރިއުޅުމުގެ އެންމެ ބާރުހުރި ދުވަސްވަރެވެ. މިދުސްވަރަކީ ބޮޑެތި ކަންތައްތަކާއި މެދު ގޮތެއް ނިންމަންޖެހޭ ދުވަސްވަރެވެ. މިޘާލަކަށް ދިރިއުޅުމަށް ޓަކައި ކުރާނީ ކޮން މަސައްކަތެއްކަން ނިންމަންވީ މިދުވަސްވަރުއެވެ. މިދުވަސްވަރުކުރާ ހުރިހާ ކަންތައްތަކުން ޙަޔާތުގައި ބާކީވާ ދުވަހަށް އަސަރުކުރާނެއެވެ. އެހެންވެ، ތިބާގެ ދިރިއުޅުމަށް އިސްލާމްކަމުގެ ރޫޙު ވައްދަންވީ ދުވަސްވަރަކީ މިއެވެ. ބައެއްމީހުން ހީކޮށްގެން އުޅެނީ އިސްލާމީ އުސޫލުތަކަށް އުޅެން ފަށާނީ  ޢުމުރުން ދުވަސް ވެލުމުން ކަމަށެވެ. އަހުރެންނާއި ތިބާގެ ޤަޞްދަކީވެސް މިއީ ކަމުގައި ވެދާނެއެވެ. އެކަމަކު މިކަމާ ދޭތެރޭ މިގޮތަށް ވިސްނާލާށެވެ. ތިބާ ރަނގަޅު ފުޓްބޯޅަ ކުޅުންތެރިއަކަށްވާން ބޭނުންނަމަ، ކުޅެން ފަށާނީ މިއަދުއެވެ. ދެން ޕްރެކްޓިސް ލިބުނުވަރަކަށް އަދި ޢުމުރުން ދުވަސްވި ވަރަކަށް ވަރަކަށް ތިބާގެ ކުޅުމުގެ ފެންވަރު ދާނީ ރަނގަޅު ވަމުންނެވެ. އެކަމަކު ތިބާގެ ޢުމުރުން ދުވަސްވުމުން، ފުޓުބޯޅަ ކުޅުމުގެ ޚިޔާކުކުރާނަމަ، މޮޅު ކުޅުންތެރިއަކަށްވުމުގެ ޗާންސު ސުމެކެވެ. މިއީ ޙަޤީޤަތެކެވެ. އަހަރުމެން މުސްކުޅިވުމުން، ތެދުވެ ނަމާދުކުރާން ހުންނާނެހާ ބާރެއްވެސް ހަށިގަނޑަކު ނުހުންނާނެއެވެ.

ޒުވާންކަމަކީ ޙަޔާތުގެ އެންމެ ބާރުވެރި ދުވަސްވަރަށްވާތީ، އެކަލާނގެ ޙަޟްރަތުގައި އެދުވަސްވަރުވަނީ އެންމެ މުހިއްމު ދުވަސްވަރަށެވެ. ޒުވާން ޢުމުރުގައި އަޅުކަންކޮށްއުޅޭ މީހުންނަށް އެކަލާނގެ ޤިޔާމަތް ދުވަހުގައި ހިޔަލެއް ދެއްވާނެއެވެ. އެދުވަހު، އެކަލާނގެ ކިބަފުޅަށް ނޫނީ އެއްވެސް ހިޔަލެއް ނުލިބޭނެއެވެ. އޭ ޒުވާނާއެވެ. އަވިގަދަ ދުވަހަކު ދެތިން ގަޑިއިރު އަވީގައި ހުންނަން ޖެހުން  ޚިޔާލަށް ގެންނަވާށެވެ. ހިޔަލަކަށް އެދޭނޭ ދަހިވެތިކަން ފިކުރުކުރާށެވެ. އެދުވަހު އިރު ގާތްވެގެންވެއެވެ. އަވީގެ ތޫނުކަން ބޮޑުވެގެންވެއެވެ. ހިޔަލެއް ބޭނުމެއްނޫން ހެއްޔެވެ؟

ތިބާއަށައި އަހުރެންނަށް އެކަލާނގެ އެންގެވި ގޮތައް އުޅުމުގައިވަނީ ފަރުވާ ކުޑަކުރެވިފައިއެވެ. އެކަން އެކަލާނގެ ދެނެވޮޑިގެންވެއެވެ. އެކަލާނގެ އަންގަވައިފައިވަނީ ހެޔޮގޮތަށް އުޅުމަށް މަސައްކަތް ކުރުމަށެވެ. ވިސްނާށެވެ. ކުޑަކުއްޖަކު ހިގަން ދަސްކުރާއިރު އޭނަ ވެއްޓެއެވެ. ނަމަވެސް ތެދުވެ، އަނެއްކާ ހިނގަން ފަށައެވެ. ވެއްޓުމުން ނުތެދުވެ ނީންދެއެވެ. ދެން ފަހުން އޭނާ ނުވެއްޓި ހިނގައެވެ. ހަމަ މިގޮތައް، ރަނގަޅަށް އުޅުމުގައި އަހަރެމެން ނާއުއްމީދުވެ ޢަޒުމް ނަގައިލައިގެން ނުވާނެއެވެ. އިރާދަ ކުރެއްވިއްޔާ އެއްދުވަހަކުން އެކަލާނގެ އެންގެވި ހުރިހާ ގޮތަކަށް އުޅުމަށް އަހަރުމެންނަށް ކާމިޔާބު ހޯދޭނެއެވެ. އެ ޒުވާނާއެވެ. މިއަދު ޢަޒުމެއް ކަނޑައަޅަމާ ހިނގާށެވެ. މިދުނިޔެއަށް އަހަރުމެން ފޮނުއްވެވި ކަންތައްތައް ކުރުމަށް ފަށަމާ ހިނގާށެވެ. އެހެންނޫނީ އަހަރުމެން ވާނީ ޖަވާބާއިއެކު އޮތް ސުވާލު ކަރުދާސް ލިބި ޓެސްޓުން ފޭލުވި ހިތާމަކުރާ މޮޔަ ބައެކެވެ.  

Wednesday, July 27, 2011

ދުނިޔޭގެ ތަސައްވުރު އިބްރަތްތެރީންނަށް


 އަހަރުމެންގެ ބައްޕައާއި މަންމަ، އާދަމް އާއި ޙައްވާ (عليهما السلام) ޖަންނަތުން ބޭރުކޮށްލެވުމުން، އެބައިމީހުންގެ ފުރަތަމަ ގެދޮރުމަތިން ހަނދާންކޮށް އެބައިމީހުންގެ ހިތްތައް ހިތާމަކުރުމުގައި ދެމިގެންވިއެވެ.
ޒުވާނުންތަކެއް ކޭމްޕު ގޮސް އުޅޭއިރު ވާގޮތް ތިބާއަށް އިނގޭނޫން ހެއްޔެވެ. ރެއަކަށްފަހު ރެއެއް އެބައިމީހުންގެ ރަށްމަތިން ހަނދާންވެ ރޯންފަށައެވެ.

އަޅުގަނޑުމެންގެ ދުޢާ އިޖާބަނުވަނީ ކީއްވެތޯއެވެ؟

              الإمام أحمد بن حنبل ގެ ނަން ގަނެލުމުން އެއީ ކިހާފެންވަރެއްގެ ކާކުކަން އެނގިވަޑައިނުގަންނަވާނެ ބޭފުޅަކު ހަމަ މަދުވާނެކަމީ ޔަޤީން ކަމެކެވެ.

Tuesday, July 26, 2011

2018 ގެ ރިޔާސީ އިންތިހާބުގައި ދިވެހިންވޯޓްދޭނެ ލަފާދާރު ވެރިޔަކު ސަލަފުޖަމްއިއްޔާއިން ދައްކާދޭނެކަމަށް ސަލަފުން ނެރެފައިވާ ބަޔާން


               
   މީސްތަކުންގެ މުދަލާއި، ލެއާއި، ގޮވަތި ގެދޮރާއި، އަބުރުގެ ޙުރުމަތް ކެނޑެމުން، ދުވަހެއް ދުވަހަކަށް މި ދިވެހިރާއްޖޭގެ  
އަމާންކަމާއި މަސަލަސްކަން ގެއްލެމުން، ފާޙިޝް ކަންތައްތައް އިޝްތިހާރު ކުރެވި، ތަޢުލީމާއި ތަރުބިއްޔަތު ބައްޓަން ކުރުމުގައި މުސްލިމުންނާއި 
އިސްލާމްދީނުގެ ޢަދާޥާތްތެރީންގެ ލަފާމައްޗަށް އިތުބާރުދީ، ފަސާދައާއި ކުލަކުލައިގެ ޖަރީމާތައް ދިވެހި މުޖްތަމަޢު ތެރޭގައި ޙައްދުންބޭރުވާން 
ފަށައިފި ހިނދު، އަދި ޕާޓީސިސްޓަމާއި ޑިމޮކްރަސީގެ ފަސާދަވެރިނިޒާމުގެ ތެރެއިން، ދިވެހި ހަމަހިމޭން ދީބަށް ޚިޔާނަތާއި، މަކަރާއި،
ރިޝްވަތާއި، އޮޅުވައިލުމާއި، ދުނިޔޭގެ އެދުންތަކުގެ ފަހަތުން ދީނާއި ޤަޥުމު ޤުރުބާން ކުރަމުންދާތަން ފެންނަމުންދާ ހިނދު، އަދި ދިވެހިރާއްޖޭގެ 
ދީނަކީ އިސްލާމް ކަމަށްވެފައިމެ، ދީނުގެ އެއްވެސް ތަޢުލީމެއް ނުލިބިތިބެ، ދީނުގެ ޢަދާވާތްތެރީންގެ އުނގުގައި ބޮޑެތިވެ، އެއުރެންގެ 
ކަންވާރުތަކުން ފެންބޮއިގެން އަޚްލާޤާއި ސުލޫކު ފަސާދަވެ، އުޅޭނޭ ޝަރީޢަތެއްނެތި ބަރުބާދުވެފައިވާ ޖާހިލީ އަނދިރި މުޖުތަމަޢުތަކުގެ 
ފެނަށްދިރިގެން ރާއްޖެއައިސް، ދުނިޔެވީ ގޮތުންވެސް އެއްވެސް އުޞޫލެއްނެތި، އިސްލާމް ދީނުގެ ޙުކުމްތަކަށް ފުރައްސާރަކ ޮށް، މާތް ﷲ 
ބާވައިލައްވާފައިވާ ޝަރީޢަތަށް ގ ޮންޖަހައި، އިސްލާމް ދީނަށް މަލާމާތްކޮށް، މުސްލިމުންނަށް ހަޖޫޖަހަމުން، މި ޤަޥުމުގެ އިސްލާމީ ޖައްވު 
ނުޠާހިރުކ ޮށް، ރާއްޖޭގެ އިސްލާމީ ވެށި ކިލަނބުކޮށް، ދިވެހިބިމުގައި އިސްލާމްދީން ފިޔަވައި އެހެން ދީންތަކުގެ ގޮވާން ހައްދަމުން، ބަނގުރަލާއި،
ޒިނޭއާއި އެއްޖިންސުގެ ނާދީތަކާއި، ޖުވާޚާނާތައް އުފެއްދުމުގެ  މިނިވަންކަމަށް ގޮވައި، ކާފިރުން ރުހޭނޭހައި ގޮތްތަކަށް ވަކާލާތުކޮށްދިނުމަށް  މި 
ޤަޥުމުގައި ތިބެމެ، އެކަމަކު ޔަހޫދީންނާއި ނަޞާރާއިންގެ އަޅުންކަމުގައި ވެގެންތިބިޙާލު؛ ދިވެހިރާއްޖޭގެ ދީނާއި ސިޔާސަތާއި އިސްލާމީ 
ތަޞައްޥުރު ފޭރިގަނެ، ކުރިއަށް އޮތްދުވަސްތަކުގައި ޤާނޫނުގައިހުރި އިސްލާމީ ތަރަޙަތައް ބަދަލުކުރުމަށްފަހު ޤަޥުމު ސުންނާފަތިކ ޮ ށްލުމަށް 
ބަޔަކު މީހުން ގަދައަޅައި މަސައްކަތްކުރަމުންދާކަން ހާމަވެ ފާޅުވަމުން ދާއިރުވެސް، އެފަދަމީހުންނަށް މި މުސްލިމް ޤަޥުމުގައި އެހެނިހެން ހުރިހާ 
ރައްޔިތުންނަށް ވުރެ ބޮޑު ޙިމާޔަތެއް ލިބިފައިތިބި ބަޔެއްގެގޮތުގައި ފެނުމަކީ ޖަމްޢިއްޔަތުއްސަލަފާއި މުސްލިމް ދިވެހި އެންމެހާ ރައްޔިތުން 
އެއްވެސް ޙާލެއްގައި ބަރުދާސް ތު ކުރާނޭކަމެއް ނޫންކަމުގައި ރާއްޖޭގެ އެންމެހާ ރައްޔިތުންނަށާއި ދިވެހި ރާއްޖޭގައި ދިރިއުޅެމުންދާ އެންމެހާ 
މީސްތަކުންނަށް އިޢުލާންކ ޮށް އަންގަމެވެ
ދަންނާށެވެ! ދުނިޔޭގެ ހުރިހާ ޥަ ޞީ ލަތެއް ތަނަވަސްވެ، މީސްތަކުންގެ ޙިމާޔަތާއި އެކު، ތިމާމެންގެ ބާރުގެ މައްޗަށް ކިތަންމެ 
ފަޚްރުވެރިވެގެން ތިބިއެއްކަމަކު؛ ގަދަ ކީރިތިވަންތަ ﷲ  ފަހަނަޅައި ދެވޭނޭ ހަމަ އެއްވެސް މީހަކު ނުހުންނާނެކަން ދަންނަންޖެހެއެވެ. އެއީ 
ޢާލަމްތަކުގެ ވެރި ރައްބެވެ. އެކަލާނގެ ފިޔަވައި ދެންތިބޭނީ ހައްތާވެސް އެކަލާނގެ އުފައްދަވައިފާ މަޚްލޫޤުންނެވެ. ޚާލިޤު ގެ މުޤާބަލާ 
މަޚްލޫޤަކު ކުރާނީވެސް ކ ޮންފަދަޔަކުން ހެއްޔެވެ؟ ދެންފަހެ ދިވެހި ޤަޥުމުގެ ޙާލަތު މިފަދަޔަކުން ވެފައިވާ ދަނޑިވަޅެއްގައި އިޤްތިޞާދީ 
ގޮތުންވެސް އަޑިނޭނގޭ ވަޅުގަނޑަކަށް ވެއްޓެމުންދާތަން ފެންނަމުން، ސިޔާސީޕާޓީތަކުން ރައްޔިތުންނަށްޓަކައި ވެފައިވާ ޥަޢުދުތަކަކީ ހަމައެކަނި 
އިންތިޚާބުތަކާއި ކެމްޕޭނުތަކުގެ ފަރިހިތަކެއް ކަމުގައިވެ، ޤަޥުމުގެ ހުންގާނު އަމާންކަމުގެ އައްސޭރިއަކަށް މިޞްރާބުކުރަން ސިޔާސީ އެންމެހާ 
ފަރާތްތަކާއި ޑިމޮކްރަސީއާއި، ލާދީނީ އެންމެހާ ނިޒާމެއް މިއަދު ނުކުޅެދިފައިވާކަން ރައްޔިތުންގެ ލޯމައްޗަށް ހާމަވެ، ޖަމްޢިއްޔަތުއްސަލަފަ ށް 
މުޅީން ކަށަވަރު ވެފައިވުމުން؛  ދިވެހިރާއްޖޭގެ ނިކަމެތި ރައްޔިތުންގެ ހިތްތަކަށް ވެރިވެފައިވާ ނުތަނަވަސްކަމާއި، މާޔޫސްކަމުގެ ވަރުބަލިކަމުގެ 
މައްޗަށް ހަމްދަރްދީވެ، މުސްލިމް ދިވެހި އުއްމަތް ހަލާކުވެގެން ދިއުމުގެ ކުރީން އެއުރެން ސަލާމަތުގެ ސާޙިލަށް ޥާޞިލް ވެވޭނޭ 
މަގުދައްކައިދިނުމީ ދީނީ ، މަދަނީ އަދި އިޖްތިމާޢީ ޖަމްޢިއްޔާއެއްގެ ޙައިޘިއްޔަތުން ޖަމްޢިއްޔަތުއްސަލަފްގެ މައްޗަށް ލާޒިމްކަމެއްކަމުގައި 
ވެއްޖެހިނދު؛ ދިވެހިރާއްޖޭގެ އެންމެހާ ލޮބުވެތި ރައްޔިތުންނަށް މި އިލްތިމާސް ކުރަން މަޖްބޫރުވެއްޖެއެވެ.
      އާދެ! ދިވެހިރާއްޖޭގެ ރައީސަކު ޢައްޔަން ކުރުމަށް ކޮންމެ ފަސް އަހަރަކުން އަންނަ ޤާނޫނީ އިންތިޚާބުގެ ދަށުން 8102މ.  
) ދެހާސް އަށާރަ( ވަނަ އަހަރުގެ އިންތިޚާބަށްޓަކައި އިސްލާމްދީނަށާއި ދިވެހި އުއްމަތަށް ޥަފާތެރި، ދިވެހިރާއްޖޭގެ އިސްލާމީ ޝަޚްޞިއްޔަތާއި 
ކަރާމާތް ހިފަހައްޓާން ކެރޭ، ލަފާދާރު، ޤާބިލް، ތެދުވެރި ދިވެހި ދަރިއަކު - މާތް ﷲ  ތަޥްފީޤާއި އެކު- ހުރިތާކުން ހޯދައި، ރައްޔިތުންގެ 
ކުރިމައްޗަށް –މާތް ﷲ  ގެ ވާގިފުޅާއިއެކު-ހާމަކޮށް، ދައްކައިދިނުމުގެ ވިސްނުމުގައި؛ ދީނީ، އަދި އިޖްތިމާޢީ ރޮނގުތަކުގައި ޙަރަކާތްތެރިވާ 
މަދަނީޖަމްޢިއްޔާއެއްގެ ޙައިޘިއްޔަތުން ޖަމްޢިއްޔަތުއްސަލަފުން މަސައްކަތްކުރުމަށް ޤަ ޞް ދުކ ޮށް ؛ އެކަން މިއަދުން ފެށިގެން މުޅިރާއްޖެއަށް އިޢުލާން 
ކުރާޙާލު، ކެއްތެރިކަމާއިއެކު ތިބުމަށް ރާއްޖޭގެ އެންމެހާ ލޮބުވެތިރައްޔިތުންނަށް އިލްތިމާސްކުރަމެވެ. އެހެންކަމުން ކުރިއަށް އޮތް 8102 )ދެހާސް 
ތޭރަ( ވަނަ އަހަރަށް ރައީސްކަމަށް ކުރިމަތިލައްވައިފާނެކަމުގައި ބެލެވޭ ޝަޚްޝުންނާއި އަދި އެންމެހާ ސިޔާސީޕާޓީ ތަކުން ރިޔާސީ 
ކެންޑިޑޭޓުންގެ ގޮތުގައި ނެރުމަށް ވިސްނަވަމުންދާ ބޭބޭފުޅުންގެ ނަންތައްވެސް ޖަމްޢިއްޔަތުއްސަލަފްގެ ފަރާތުން ޕާޓީތަކަށް ރަސްމީކޮށް ލިޔެ 
ހޯދައި ދިރާސާކޮށް ބެލުމާއި، އަދިވެސް ޤަޥުމުގައި ތިއްބެވި ހެޔ ޮލަފާ ޤާބިލު ފަރާތްތަކާއިއެކު ޤަޥުމުގެ ޙާލަތާއި މެދު މަޝްޥަރާކ ޮށް؛ ރިޔާސީ 
ލަގަނުގައި ހިއްޕެވޭނެފަދަ ދިވެހިދަރީ ން ދެނެގަނެ،  އެ ޥަޤުތަކަށް ޤަޥުމުގެ ޙާލަތާއި މަޞްލަޙަތު ނިޔާކުރާގ ޮތެއްގެ މައްޗަށް ބަލައި އެފަދަމީހުން 
ރައްޔިތުންނަށް އެނގި ފެންނާނެހެން ނެރެ ދެއްކުމުގެ ޙައްސާސް މަސައްކަތްކުރަން ފަށާވާހަކަ ޖަމްޢިއްޔަތުއްސަލަފުން މިއަދު އިޢުލާން 
ކުރަމެވެ.
         ދަންނައެ، ކަންކަމުގެ ނިމުން އޮތީ ﷲ  އަށެވެ. އަދި އެންމެ ހެޔ ޮ ނިމުން ހުރީ ތަޤްޥާވެރީންނަށެވެ. އެންމެހާ ދިވެހި 
ައްޔިތުން މާތް ﷲ އަށް ބިރުވެތިވެ ، އެކަލާނގެ ޙައްޤުތައް އަދާކުރުމަށް އިސްކަންދިނުމަށް ޖަމްޢިއްޔަތުއްސަލަފު ން ނަޞޭޙަތްތެރި ވަމެވެ.
         ޖޫން  2011


ނޫރު މިސްކިތުގެ މުންނާރުގެ ބައެއް އަރިއަޅާލައިފި

ނޫރު މިސްކިތުގައި މުންނާރުގެ ބައެއް އަރި އަޅައިލައިފި އެވެ.

Monday, July 25, 2011

މުދަލުން ޓެކްސް ނެގުމާއި އެކަމަށް ގާނޫނު ހެދުމަކީ ހަރާމް ކަމެއް: ސަލަފް

މުސްލިމުންގެ މުދަލުން ޓެކްސް ނެގުމާއި އެކަމަށް ޤާނޫނު ހެދުމަކީ ޙަރާމް ކަމެއް ކަމަށް ސަލަފު ޖަމިއްޔާ އިން ބުނެފި އެވެ. 

Sunday, July 24, 2011

ޒަމްޒަމް ފެނުގައި ބަރަކާތާ، ސިފާއާއި މާތްކަންވެއެވެ.

     އިމާމް އިބުނުލް ޤައްޔިމް (رحمه الله) ވިދާޅުވިއެވެ. "ޒަމްޒަމް ފެނަކީ އެންމެ ބަރާބަރު އަދި އެންމެހާ ފެންތަކުގެ ތެރެއިން އެންމެ މާތްވެގެންވާ، އަދި ދަރަޖައިގެ ގޮތުން މަތިވެރިވެގެންވާ، މީސްތަކުންނަށް އެންމެ ލޮބުވެތިވެގެންވާ އެނެމެ މާތް އަގުހުރި ފެނެވެ.

އަހަރެމެން ހުރަސްކޮށްދާ 30 ހެޔޮ ކަންތައް

     އަބޫ ޙުރައިރާ (رضي الله عنه) ރިވާކުރެއްވެވިއެވެ. ރަސޫލާ (صلى الله عليه وسلم) މަޖިލީހެއްގައި އިންނަވަނިކޮށް މީހަކު އެކަލޭގެފާނު ފަސްދެއްވައި ވިދާޅުވިއެވެ

Saturday, July 23, 2011

ރިޝްވަތު ހިފުމާއި ޙަރާމްގޮތުގައި މުދާހޯދަމުންދާއިރު ވިސްނާލެވިންތޯއެވެ.

       އިސްލާމްދީނުގައި އެންމެ ބޮޑަށް ޙަރާމް ކުރެއްވި ތަކެތީގެ ތެރޭގައި ރިޝްވަތުހިމެނެއެވެ.

سَعِيْد إبْن جُبَيْر

   ސަޢީދު އިބްނު ޖުބައިރަކީ ވަރަށް ބޮޑު ދަންނަބޭކަލެކެވެ. އަދި ފިޤުހުވެރި އުޅުވެރި ތަޤްވާވެރި ބޭކަލެކެވެ.

إبْنُ جَحْش އާއި سَعْد އެއްބޭކަލަކު އަނެއް ބޭކަލަށް ދުޢާކުރުން




   އުޙުދު ހަނގުރާމާގެ ކުރީކޮޅުގައި، ޢަބްދުއިބްނު ޖަޙްޝު، ސަޢުދު އިބްނު ވައްޤާޞްއަށް ވިދާޅުވިއެވެ.
   "އޭ ސަޢުދެވެ! އަހަރުމެން ދެމީހުން ދުޢާކުރަން އަންނާށެވެ.

Sunday, July 10, 2011

ރިބާއަކީ ކޮބައިތޯ ؟


21-05-2011 - ޑރ. މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

ސުވާލު:
ރިބާ ޙަރާމެވެ. އެކަން ހަމަ ޔަގީނެވެ. ސުވާލަކީ ރިބާ އަކީ ކޮބައިތޯ އެވެ.

ތިބާގެ ހަށިގަނޑު އެހެންމީހުން އުފުލާމަންޒަރު ހުދުތިބާދެކޭނެ ނަމަ.........؟


      ދާދި އަވަހަށް ތިބާގެ ހަށިގަނޑުވެސް ގެންދާތަން މީހުންބަލަން ތިބޭނެކަން ހަނދާނަށް ގެނައުން ހުއްޓެވެ

އަނިޔާވެރި ވެރިޔަކަށް އިމާމު އައުޒާޢީ ވިދާޅުވި ހައްޤުގެ ބަސްފުޅު

 - ”... فَاللَّهُ خَيْرٌ حَافِظًا وَهُوَ أَرْحَمُ الرَّاحِمِينَ “ ”ފަހެ ﷲ އީ، ރައްކާތެރި ކުރައްވާ، އެންމެ ހެޔޮ ރަސްކަލާނގެއެވެ. އަދި އެކަލާނގެ އީ އެންމެ ރަޙްމަތް ލައްވާ، އެންމެ ރަޙުމަތްވަންތަ ރަސްކަލާނގެއެވެ.“ [ސޫރަތުލް ޔޫސުފް 64]
ޢަބްދުﷲ އިބްނު ޢަލީ އަލްޢައްބާސީ ދިމިޝްކަށް އަރައިގެން އިރު، އޭނާ، އެއްވަގުތެއްގައި ތިރީސްހާސް މުސްލިމުން ޤަތުލު ކުރިއެވެ. ދެން އޭނާ އޭނާގެ އަސްތައް އުމައްޔިދު މިސްކިތައް ވެއްދިއެވެ. މީސްތަކުންނާ އެކު އިށީންދެ އޭނާގެ މިނިސްޓަރުންނަށް ބުންޏެވެ. ”އަހަންނާ ދެކޮޅުވެރިވާނޭ މީހަކު އަދިވެސް އެބަހުރި ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ނޫނެކެވެ.“ އޭނާ ބުންޏެވެ. ”އަހަރެންނާ ދެކޮޅުވެރިވާނެ މީހަކު، ކައިރި މުސްތަޤުބަލެއްގައި ވެދާނެ ހެއްޔެވެ؟“ އެމީހުން ބުންޏެވެ. ”ދުވަހަކުވެސް އެފަދަ މީހަކު ވާނެ ނަމަ އެއީ އަލްއައުޒާޢީ އެވެ. – އިމާމް އައުޒާޢީ އަކީ ހަދީޘް ޢިލްމުވެރިއެކެވެ. ވަނަންފުޅަކީ އަބޫ ޢަމްރު އެވެ. އެކަލޭގެފާނަކީ ޞޯލިޙް އަޅުވެރި ބޭކަލެކެވެ. އަދި އެބޭކަލެއްގެ ފަރާތުން އަލްބުޚާރީ އަދި މުސްލިމް ހަދީޘް ރިވާކުރެއްވި ބޭފުޅެކެވެ.“
އޭނާ (އިބްނު ޢަލީ) ބުންޏެވެ. ”އޭނާ ގެންނާށެވެ.“ އެހެންކަމުން އޭނާގެ ސިފައިން އިމާމް އައުޒާޢީ ހުންނެވި ތަނަށް ދިޔައެވެ. އެހެނަސް އިމާމް އައުޒާޢި އެކަލޭގެފާނު ހުންނެވިތަނުން ދިއުމަށް އެއްބަސް ވެވަޑައެއް ނުގެންނެވިއެވެ. އެމީހުން ބުންޏެވެ. ”ޢަބްދުﷲ އިބްނު ޢަލީ، ކަލޭގެފާނު އޭނާ ކައިރިއަށް ވަޑައިގަތުމަށް ބޭނުންވެއެވެ.“ އެކަލޭގެފާނު ވިދާޅުވިއެވެ. ”حسبنا الله ونعم الوكيل (އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ.) އިރުކޮޅަކު މަޑުކޮށްލާށެވެ.“
އެކަލޭގެފާނު ހިނައިގަތުމަށް ބޭނުންވެލެއްވިއެވެ. ހިނައިގަތުމަށްފަހު ހެދުމުގެ ދަށުން ކަފުން އެޅުއްވިއެވެ. އެހެނީ މިގެންދެވެނީ އެކަލޭގެފާނު ގަތުލުކޮށްލެވެންކަން އެކަލޭގެފާނަށް ވިސްނިވަޑައިގަންނަވައެވެ. އެކަލޭގެފާނު އަމިއްލަ ނަފްސު ފުޅަށް ވިދާޅުވިއެވެ. ”އޭ އައުޒާޢީ އެވެ. ކަލާގެފާނު ހައްޤު ބަސްފުޅު ވިދާޅުވާންވީ ވަގުތު އަތުވެއްޖެއެވެ. ﷲ ގެ މަގުގައި، މަލާމާތް ކުރާ މީހުންގެ މަލާމާތައް ބިރުނުގަންނާށެވެ.“ ދެން އެކަލޭގެފާނު އެއަނިޔާވެރި ވެރިޔާ ގާތަށް ވަޑައިގަތެވެ.
ދެން ކަންތައް ވެގެން ދިޔަގޮތް ޚުދު އިމާމް އައުޒާޢީ އަމިއްލަފުޅަށް ރިވާކުރެއްވިއެވެ.
’ތިމަން ކަލޭގެފާނު އޭނާ ހުރިތަނަށް ވެންނެވީމެވެ. ތިމަންކަލޭގެފާނު ދެފަރާތައް ބައްލަވަމުން ގެންދެވީމެވެ. ސިފައިންގެ އިސްވެރިންތައް ދެސަފަކަށް އެތުރިގެން ތިއްބެވެ. އެބައިމީހުންގެ ކަނޑިތައް އުރަތަކުން ދަމައިގަނެވިފައިވެއެވެ. އެނާޔާ ހަމަޔަށް ދެވެންދެން ތިމަންކަލޭގެފާނު އެކަޑިތަކުގެ ދަށުން ވަޑައިގަތީމެވެ. އޭނާ އިށީންދެގެން އިނީ ސިލްކުގެ މަތީގައެވެ. އޭނާގެ އަތުގައި އޮނުގަނޑެއް އޮތެވެ. އޭނާގެ ނިއްކުރިވަނީ ރުޅިވެރިކަމުން ގޮސް ރޫޖެހި ގޮއްޖެހި ފުރިފައެވެ. އެއިލާހު ފިޔަވާ ހައްޤުވެގެން އަޅުކަން ވެވޭ އެހެން ފަރާތެއް ނުވާ ﷲ ގަންދެއްވާ ވިދާޅުވަމެވެ. ތިމަން ކަލޭގެފާނަށް އޭނާ ފެނިވަޑައިގެން ހިނދު، އޭނާއަކީ މެއްސެއް ފަދައިން ނޫނީ އިހުސާސެއް ނުކުރެއްވެއެވެ. އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ. ތިމަންކަލޭގެފާނަށް އެއްވެސް އެހެން ފަރާތަކާ މެދު ނުވިސެނެއެވެ. ތިމަން ކަލޭގެފާނުގެ ޢާއިލާއެއް ނޫނެވެ. މުދަލެއް ނޫނެވެ. އަދި ކިއެއްތަ ތިމަންކަލޭގެފާނު އަނބިކަނބަލުންނާއި މެދުގައެއް ވެސް ނޫނެވެ. ހަމައެކަނީ އެމަތިވެރި، ރަޙްމާން ވަންތަ އިލާހުގެ މަތިވެރިވެގެންވާ އަރުށީގެ މަތިންނެވެ. މީސްތަކުން ހިސާބު ބެއްލެވޭ، މަހުޝަރުގެ މައިދާނުގައި މީސްތަކުންގެ ލޯތަކަށް އެއަރުށިކޮޅު ފާޅުވާ ހިނދެވެ.
އޭނާ ތިމަންކަލޭގެފާނަށް ބުންޏެވެ. ”އޭ އައުޒާޢީ އެވެ. އަހަރުމެން އޮހޮރުވި (މުސްލިމުންގެ) ލެޔާ މެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟“
ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ”އިބްނު މަސްއޫގެ ކިބައިން ރިވާވެގެންވާ ހަދީޘެއް، މިވެނި އެވެނި މީހަކު ތިމަން ކަލޭގެފާނަށް ރިވާކޮށްދެއްވިއެވެ. ﷲ ގެ ރަސޫލާ (صلى الله عليه وسلم) ހަދީޘް ކުރެއްވިއެވެ. ﷲ ފިޔަވާ ހައްޤުވެގެން އަޅޫކަން ވެވޭ އިލާހަކުނުވާކަމަށާއި ތިމަން ކަލޭގެފާނަކީ އެއިލާހުގެ ރަސޫލާކަމަށް ހެކިވެގެންވާ މީހާގެ ލޭއޮހޮރުވުން ހުއްދަވެގެން ނުވެއެވެ. އެއީ ތިން ޙާލަތެއްގައި މެނުވީއެވެ. ކައިވެނި ކޮށްގެން ހުރި ޙާލު ޒިނޭކުރާ މީހާ އާއި، ހައްޤަކާ ނުލާ މީހަކު މަރާފައިވާ މީހާއާއި ދީނުން މުރުތައްދުވެ ޖަމާއަތުން ވަކިވެގަންނަ މީހާއެވެ.“[އަލް ބުޚާރީ އަދި މުސްލިމް]
އެހެންކަމުން އެބައިމީހުން ޤަތުލު ކުރެވިފައިވަނީ ބުނެވިދިޔަ ސަބަބުތަކުގެ ތެރެއިން ސަބަބަކާއި ހުރެ ކަމުގައިވާނަމަ ކަލޭ ރަގަޅެވެ. އެހެނަސް އެބައިމީހުންނަކީ އެފަދަ ބައެއް ނޫންނަމަ އެމީހުންގެ ލޭގެ ޒިންމާ ވަނީ ކަލޭގެ ބޮލުގައެވެ.
އޭނާ (ރުޅި އައިސްގެންގޮސް) އޭނާގެ އަތުގައިވާ އޮނުގަނޑު ބިންދާލިއެވެ. އެހެންކަމުން ތިމަންކަލޭގެފާނު ތިމަންކަލޭގެފާނުގެ ބޮލުގައި އަޅާފައިވާ އިމާމާ (ފަގުޑި) ނެންގެވީމެވެ. ކަނޑިތަކުގެ އެތިފަހަރުތައް ތިމަންކަލޭގެފާނުގެ ބޮލަށް އަރާނެކަމުގެ އިންތިޒާރުގައެވެ. އޭނާގެ މިނިސްޓަރުންތައް، ބިންމަތީގައި ހެދިފައިވާ ލޭކޯރުތަކުގައި ޖެހިފައިވާ އެބައިމީހުން ލައިގެން ތިބި ހެދުންތައް ހިއްލާ ރަނގަޅު ކުރާތި ތިމަން ކަލޭގެފާނު ދެކެވަޑައިގަތީމެވެ. އޭނާ (އިބްނު ޢަލީ) ބުންޏެވެ. ”އަދި އަހަރެން ހޯދައިގަތް މުދަލާމެދު ކަލޭގެފާނު ވިދާޅުވަނީ ކީކޭ ހެއްޔެވެ؟“ ތިމަންކަލޭގެފާނު ވިދާޅުވީމެވެ. ”އެއީ ހަލާލު މުދާ ކަމުގައިވަނީ ނަމަ އެތަކެއްޗާއި މެދު ސުވާލު ކުރެވޭނެކަމާމެދު ބިރުވެތި ވާށެވެ. އަދި އެއީ ޙަރާމް މުދާ ކަމުގައިވަނީ ނަމަ (ﷲ ގެ) ޢަޛާބަށް ބިރުވެތި ވާށެވެ.“
އޭނާ ބުންޏެވެ. ”(ރަނުން ފުރިފައިވާ) މި ކޮތަޅު ހިފާށެވެ.“ ތިމަންކަލޭގެފާނު ވިދާޅުވީމެވެ.”ތިމަންކަލޭގެފާނު މުދަލެއް ބޭނުމެއް ނޫނެވެ.“ އޭނާގެ މިނިސްޓަރުންގެ ތެރެއިން މީހަކު، އެކޮތަޅު ނެގުމަށް ތިމަންކަލޭގެފާނަށް އިޝާރާތުން ބުންޏެވެ. އެހެނީ އޭނާ ދިޔައީ ތިމަންކަޅޭގެފާނު ގަތުލުކޮށްލުމަށް ކުޑަވެސް އުޒުރެއް ލިބޭތޯ ބަލަމުންނެވެ.
ތިމަން ކަލޭގެފާނު އެކޮތަޅު ނެންގެވީމެވެ. އަދި އޭގައިވާ ރަން އޭނާގެ ސިފައިންނަން (ހުސްވަންދެއް) ބެއްސެވީމެވެ. ދެން އެކޮތަޅު އެއްލާލައްވާފައި ތިމަންކަލޭގެފާނު އެތަނުން ނިކުންނެވުމަށް ހިނގައިގަތީމެވެ. މިފަދައިން ވިދާޅުވަމުންނެވެ. حسبنا الله ونعم الوكيل (އަހަރުމެންނަށް ﷲ ފުދިގެންވެއެވެ. އަދި އެއިލާހީ ރައްކަތެރިކަން ދެއްވުމުގައި އެންމެ ގަދަކީރިތި ވަންތަ އިލާހެވެ.)‘ – އަހަރުމެން ވަން ދުވަހުގައި އެފަދައިން ކީމެވެ. އަދި ނިކުތް ދުވަހުގައިވެސް މެއެވެ.
” فَانْقَلَبُوا بِنِعْمَةٍ مِنَ اللَّهِ وَفَضْلٍ لَمْ يَمْسَسْهُمْ سُوءٌ وَاتَّبَعُوا رِضْوَانَ اللَّهِ وَاللَّهُ ذُو فَضْلٍ عَظِيمٍ “
”ފަހެ، ﷲ ގެ ހަޟްރަތުން ދެއްވި ނިޢުމަތާއި، ފަޟުލުވަންތަވެރި ކަމައިގެން ގެއްލުމެއް ނުލިބި، އެއުރެން އެބުރި އައެވެ. އަދި، އެއުރެން ﷲ ގެ ރުއްސެވުންހުރި މަގަށް ތަބާވިއެވެ. ﷲ އީ، ބޮޑުވެގެންވާ ފަޟުލުވަންތަވެރިކަމުގެ ވެރިރަސްކަލާނގެއެވެ.“
من يتق الله يحمد في عواقبه *** ويكفه شر من عزوا وهانوا
ﷲ އަށް ބިރުވެތިވާ ކޮންމެ މީހަކަށް އާޚިރުގައި އިޙްތިރާމް ލިބިގެންވާނެއެވެ.
ބޮޑާވެގަތް މީހުންނާއި ދަށުފަންތީގެ މީހުންގެ ކިބައިގައިވާ ނުބައިކަމުން އޭނާ ރާއްތެރި ކުރެވިގެން ވާނެއެވެ.
من استجار بغير الله في فزع *** فإن ناصره عجز وخذلان
އަނިޔާލިބޭ ހިނދު ﷲ ފިޔަވާ އެހެންފަރާތެއްގެ ކިބައިން ރައްކާތެރިކަމަށް އެދޭ މީހާ ދަންނާށެވެ.
ދެން އޭނާގެ އެހީތެރިޔާއަކީ އަހީތެރިކަން ދިނުމުގައި ބަލިކަށި އަދި ހިޔާނާތްތެރި މީހެކެވެ.
فالزم يديك بحبل الله معتصما *** فإنه الركن إن خانتك الأركان
އެހެންކަމުން ﷲ އަށް ވަކީލު ކުރުމުގައި ތިޔަބައިމީހުން ސާބިތުވާށެވެ.
އެހެނީ އެއީ އެއްވެސް އެހިތެރިކަމެއް ލިބުންނުވާ ދުވަހުގައިވާ އެހީތެރިކަމެވެ.
كم نطلب الله في خير يحل بنا *** فإن تولت بلايانا نسيناه
ފަސޭހަކަން ދެއްވުން އެދި ﷲ ގެ ހަޟްރަތުން އަހަރުމެން އެދެނީ ކިހާވަރަށް ހެއްޔެވެ.
އަދި އަހަރުމެންނަށް ކުރިމަތިވެފައިވާ މުސީބާތް ފިލާދިއުމުން އަހަރުމެން (އެއިލާހުގެ މަތިން) ހަދާންނެތެއެވެ.
ندعوه في البحر أن ينجي سفينتنا *** فإن رجعنا إلى الشاطئ عصيناه
އަހަރުމެން ކަނޑުތަކުގައި ވާހިނދު އަހަރުމެންގެ އޮޑިފަހަރު ސަލާމަތް ކޮށްދެއްވުން އެދި އެއިލާހަށް ގޮވަމުއެވެ.
އެހެނަސް ހިކިފަސް ތަނަކަށް އާދެވުމުން އަހަރުމެން އެއިލާހަށް ނުކިޔަމަންތެރިވަމުއެވެ.
ونركب الجو في أمن وفي دعة *** فما سقطنا لأن الحافظ الله
ސަލާމާތްތެރިކަމައި އަމާން ކަމާއެކު ވައިގައި އަހަރުމެން ދަތުރު ކުރަމެވެ.
އަދި އަހަރުމެން ނުއެއް ވެއްޓެއެވެ. ﷲ އީ އަހަރުމެން ރައްކާތެރި ފަރާތް ކަމުގައި ވާކަމަށްޓަކައެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons