ނޫރު މިސްކިތުގައި މުންނާރުގެ ބައެއް އަރި އަޅައިލައިފި އެވެ.
ހެންވޭރު އާޓިފިޝަލް ބީޗް ސަރަހައްދުގައި ހުންނަ މިސްކިތުގެ މުންނާރުން އަރި އަޅާލައިފައި ވަނީ މުނާރުގެ ކޮޅުން ބައެކެވެ. އެބައި ނެގޭތޯ ސިފައިން މިސްކިތް ކައިރީގައި ދަނީ ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.އިސްލާމިކް މިނިސްޓްރީގެ އެސިސްޓެންޓް ޑިރެކްޓަރު އަހުމަދުﷲ ޖަމީލު ވިދާޅުވީ ނޫރު މިސްކިތުގެ މުންނާރުގެ އެންމެ މަތީގައި އިންނަ ކުޑަ ގުއްބާއެކު ބައެއް އަރި އަޅައިލީ މިއަދު ހަވީރު އައީ ބާރުގަދަ ކޮޅިގަނޑެއްގައި ކަމަށާއި އެ މިސްކިތް ބެލެއްޓުމާ ހަވާލުވެފައިވާ ފަރާތުން މުންނާރުގެ އެބައި ނެގުމަށް ކެރޭނެއްގެ އެހީގައި ކުރަން ފަށާފައިވާ ކަމަށެވެ.
މަންޒަރު ދުށް ބައެއް މީހުން ބުނާ ގޮތުގައި މިސްކިތުގެ މުނާރުން ބޮޑުބައެއް އަރި އަޅައިލި އިރު ކޮޅިގަނޑުގައި އެސަރަހައްދުގެ ބައެއް ގޭގެ ފުރާޅުގެ ޓިނުތައް ވެސް އުކައިލި އެވެ. އަދި ބައެއް ގަސްގަހުގެ ގޮފިތައް ބިންދައިގެން ގޮސްފައި ވެސް ވެއެވެ.
ހަވީރު އައި ކޮޅިގަނޑުގައި ގަޑިއަކު 53 މޭލު ބާރު މިނުގައި ވައި ޖެހުނު ކަމަށް މޫސުމާ ބެހޭ އިދާރާއިން ވަނީ ބުނެފަ އެވެ،
ދުއިސައްތަ ސަތާރަ މީހުންގެ ޖާގަ އޮއްވާ ނޫރު މިސްކިތް ތަޅައިލާ 1000 މީހުންގެ ޖާގައިގެ ބޮޑު މިސްކިތެއް އަޅާ ގޮތަށް ހަމަޖެއްސީ 2003ގަ އެވެ. ނޫރު މިސްކިތް ތަޅައިލުމަށް ފަހު އަމިއްލަ ފަރާތެއް ކަމަށްވާ ގަދަގޭ ސަލީމްގެ ހަރަދުގައި ހަދާ އަލުން ހުޅުވާފައި ވަނީ 2004 ވަނަ އަހަރު އެވެ. އެމިސްކިތް ހަދަން އޭރު ސަރުކާރުން ހަވާލު ކުރީ އެލިޔާ އާއެވެ.
0 comments:
Post a Comment