ރައްޔިތުންނަށް ދަތިނުވާވަރަށް އަދުލުވެރި ގޮތެއްގައި ޓެކްސް ނެގުމަކީ މައްސަލައެއް ނޫން: ޑރ. މަޖީދު
- 29 ޖުލައި 2011 -
ރައްޔިތުންނަށް ފައިދާހުރި ކަންތައްތައް ކުރުމަށް، އަދުލުވެރިގޮތެއްގައި ރައްޔިތުންނަށް ދަތިނުވާ ގޮތަށް ޓެކްސް ނެގުމަކީ ދީނީ ގޮތުން މައްސަލައެއް ނޫން ކަމަށް މިނިސްޓަރް އޮފް އިސްލާމިކް އެފެއާޒް ޑރ. އަބުދުލް މަޖީދު ޢަބުދުލް ބާރީ ވިދާޅުވެއްޖެ އެވެ.
އިސްލާމިކް މިނިސްޓްރީން ކޮންމެ ހުކުރު ދުވަހަކު ނެރޭ ހިދާޔަތުގެ އަލީގެ މިހަފުތާގެ އަދަދުގައި މިނިސްޓަރު ލިއުއްވާފައިވާ މަޒްމޫނުގައި ވިދާޅުވެފައި ގޮތުން ޓެކްސް ނެގުމަކީ މައްސަލައެއް ނޫންކަމަށް އިސްލާމްދީނުގެ އިތުބާރުހުރި އިލްމުވެރިން އެއްބަސްވެވަޑައިގަންނަވަ އެވެ.
" ދައުލަތް ހިންގުމަށް ޓެކްސް ނެގުމަކީ ދީނީ ގޮތުން ކޮންކަހަލަ ކަމެއް ހެއްޔެވެ؟" މިސުރުޚީގެ ދަށުން ޑރ. މަޖީދު ލިއުއްވާފައިވާ މަޒްމޫނުގައި ވިދާޅުވެފައި ވަނީ ރައްޔިތުންގެ އަތުން ނަގާ ޓެކްހަކީ ދައުލަތުގެ ރިކަރެންޓް ހަރަދުތައް )ދުވަހުން ދުވަހަށް، މަހުން މަހަށް ކުރަން ޖެހޭ ހަރަދުތައް( ހަމަޖެއްސުމަށް ނަގާ އެއްޗަކަށް ވެގެން ނުވާނެ ކަމަށެވެ. ޓެކްސްގެ ގޮތުގައި ނަގާ ފައިސާ ހަރަދުކުރަން ވާނީ ސިއްހީ ހިދުމަތާއި ތައުލީމާއި ބޯފެނާއި ނަރުދަމާ އާއި ބޯހިޔާވަހިކަމުގެ ކަންތައްތައް ފަދަ ހިދުމަތްތައް ރަނގަޅު ފެންވަރަކަށް ދިނުމަށް ކަމަށް ވެސް މިނިސްޓަރުގެ މަޒުމޫނުގައި ލިޔުއްވާފައިވެ އެވެ.
"...ޓެކްސް ނަގައިގެން ރަނގަޅު ފެންވަރަކަށް ސިއްހީ ފަރުވާއާއި ތައުލީމާއި ރަނގަޅު ބޯހިޔާވަކަމާއި ސިއްޙީ ގޮތުން ރަނގަޅު ބޯފެނާއި ނަރުދަމާގެ ނިޒާމާއި މިބާވަތުގެ ކޮންމެހެން ބޭނުންވާ އަސާސީ ކަންތައްތައް ފަހިކޮށްދީ އެކަން ކަމަށް ބޭނުންވާނޭ އެންމެހައި ވަސީލަތްތައް ދައުލަތުގެ ފަރާތުން ގާއިމްކޮށްދޭން ވާނެއެވެ. މިގޮތަށް ޓެކްސް ނެގުން ދީނީގޮތުން ބަލާއިރު އެންމެ ރަނގަޅުކަމުގައި ދީނުގެ އިތުބާރުހުރި ޢިލްމުވެރިން ވިދާޅުވެއެވެ،" ޑރ. މަޖީދުގެ މަޒްމޫނުގައި ލިއުއްވާފައި ވެއެވެ.
ޑރ. މަޖީދު ވިދާޅުވެފައި ވަނީ ޓެކްސް ނެގުން ހަރާމް ކަމުގައި ވިދާޅުވާ ބޭފުޅުން ބުރަވެވަޑައިގަންނަވަނީ ރައްޔިތުންގެ މުދަލުގެ ހުރުމަތްތެރި ކަމާ ބެހޭ ގޮތުން ވާރިދުވެފައިވާ އާއްމު ދަލީލަކަށް ކަމަށެވެ.
ޓެކްސް ނެގުމަކީ ހަރާމް ކަމެއް ކަމަށް ބުރަވެވަޑައިގަންނަވާ ބޭފުޅުން ދަލީލެއްގެ ގޮތުގައި ނަންގަވާ ހަދީސާއި އޭގެ މާނަ ލިއުއްވުމަށް ފަހު މަޖީދު ލިއުއްވާފައި ވަނީ ޑރ. ވަހްބަތުއް ޒުހައިލީ ވިދާޅުވެފައި ވަނީ، " އެކަމުގައި ބަލަން ޖެހޭ ހަމައަކީ ޓެކްސް ނެގެވޭ މިންގަނޑުގައި ހުރި އަދުލުވެރިކަން ކަމަށެވެ. އަދި ބަލަން ޖެހޭ އަނެއް ކަމަކީ ޓެސްކް ނަގައިގެން ކުރާ ކަންތައް ކަމަށް" ޑރ. ވަހުބަތު ވިދާޅުވެފައިވާ ކަމަށެވެ.
ޑރ. މަޖީދުގެ މަޒުމޫނުގައި ޓެކްސް ނެގި ކަމަށް ވިޔަސް ޒަކާތް ނަގަން ޖެހޭނެ ކަމަށާއި ، ޒަކާތް ނަގައި އޭގެ ހައްގުވެރި ފަރާތްތަކަށް ދިނުމަކީ އިސްލާމީ ދައުލަތަކުން ކުރަން ޖެހޭނެ ކަމެއް ކަމަށް ލިޔުއްވާފައި ވެއެވެ.
ޑރ. މަޖީދުގެ މަޒުމޫނާ ބެހޭ ގޮތުން އެމްޑީޕީގެ އިސްލާމްދީނުގެ މަޝްވަރާ މަޖިލީހުގެ ކުރީގެ ރައީސް އައްޝައިހު އާދަމް ނަސީމު )ބީއޭ ނަސީމު( ވިދާޅުވީ ޓެކްސް ނެގުމަކީ ދީނީ ގޮތުން ހަރާމް ކަމެއް ކަމުގައި ދެކެވަޑައި ނުގަންނަވާ ކަމަށާއި އަދި އެއީ ހަރާމް ކަމެއް ކަމުގައި އޮތް ދަލީލެއް ވެސް ދެނެވަޑައި ނުގަންނަވާ ކަމަށެވެ.
ޝައިޚު ނަސީމު ވިދާޅުވީ ޓެކްސްގެ މައްސަލައިގައި ހަމަ އެކަނި ބަލަން ޖެހޭނީ ރާއްޖެއަށް ނޫން ކަމަށާއި އިސްލާމީ ގިނަ ގައުމުތަކެއްގައި ސަރުކާރު ހިންގުމަށާއި ރައްޔިތުންނަށް ޚިދުމަތް ދިނުމަށްޓަކައި އެކި އެކި ނަން ނަމުގައި ފައިސާ ނަގާ ކަމަށާއި އެއީ ހުއްދަނޫން ކަމެއް ކަން އެނގިވަޑައިގެންފައި ނުވާ ކަމަށެވެ.
" ސަރުކާރު ހިންގުމާ އަދި ރައްޔިތުންނަށް ހިދުމަތް ދިނުމަށް އެބަ ބޭނުންވޭ ފައިސާ، އެފައިސާ އެކި ގޮތް ގޮތުން އެކި ގައުމުތަކުގައި ހޯދާނީ، ދެން އެއަށް ފަހަރެއްގައި ޓެކްސްއޭ ވެސް ކިޔާފާނެ، އެގޮތުން ނެގޭ އެއްޗެއް އެއީ ހަރާމް އެއްޗެއް ނޫނޭ،" ޝައިޚު ނަސީމު ވިދާޅުވިއެވެ.
ޝައިޚު ވިދާޅުވީ އުފެދޭ ސުވާލަކީ ރާއްޖޭގައި ޓެކްސްގެ ގޮތުގައި ނަގާ އެއްޗެސް ހަރަދުކުރެވޭނީ ރަނގަޅަށްތޯ ނުވަތަ ނޫންތޯ ކަމަށާއި އެއީ ދީނީ ގޮތުން ވާހަކަ ދައްކަން ޖެހޭ ކަމެއް ނޫން ކަމަށެވެ. އެއީ ސިޔާސީ ކަމެއް ކަމަށެވެ. އެހެންވީމާ އެކަމަށް ފަރުވާއެއް ހޯދަން ޖެހޭނީ ސިޔާސީ ގޮތުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
" ނަގާގޮތާއި ހަރަދުކުރާ ގޮތް ޖެހޭ ބަލަން، މިސާލަކަށް މީހުންނަށް ގެއްލުންވާ ވަރަށް ނުވަތަ ނުކުޅަދާނަ ވަރަށް ނެގުން، ބައެއް ގައުމުތަކުގައި އެމައްސަލަ އެބަޖެހޭ، އަނެއްކާ އެ ހަރަދުކުރުމުގައި، އެހަރަދުކުރެވެނީ މީހުންނަށް ފައިދާ ހުރި ގޮތަށްތޯ ނުވަތަ ނޫންތޯ، މީ މައްސަލަ ޖެހޭ ހިސާބަކީ، ޓެކްސް ނެގުން އެއީ އާއްމު ގޮތެއްގައި، ސަރުކާރު ހިންގުމަށް އެއްޗެއް ނެގުން އެއީ ހަރާމް ކަމެއް ކަމަށް އިސްލާމް ދީނުގައި ކަނޑަ އެޅިފައި އޮންނަ ކަމެއް އަޅުގަނޑެއް ނުދަންނަން، އޭގެ ދަލީލެއް ވެސް ނެތް އަޅުގަނޑަށް ފެނިފައެއް،" ޝެއިޚު ނަސީމު ވިދާޅުވިއެވެ.

ޝެއިޚު ވިދާޅުވީ އެހެން އިލްމުވެރިންނަށް ވެސް އެފަދަ ދަލީލެއް ގެންނެވިދާނެ ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށެވެ.
0 comments:
Post a Comment