.
–މާޗް 8، 2012 ވަނަ ދުވަހުގެރޭ ރައީސް ޑރ. މުޙައްމަދު ވަޙީދު، ށ. ފުނަދޫ
ރައްޔިތުންނާ ބައްދަލުކުރައްވައި އެރަށުގައި ދެއްކެވި ވާހަކަފުޅުގައި
ވިދާޅުވެފައިވަނީ އިސްލާމްދީން ކުރިއެރުވުމަށްޓަކައި ރާއްޖޭގެ ސިޔާސީ
ޕާޓީތަކުން މަސައްކަތްކުރުމަކީ ކަންބޮޑުވާންޖެހޭ ކަމެއްނޫން ކަމަށެވެ.“ދިވެހިރާއްޖެއަކީ އިސްލާމީ ޤައުމެއް. ދިވެހިރާއްޖޭގައި ހުންނާނެ، އިސްލާމްދީން ކުރިއެރުވުމަށްޓަކައި މަސައްކަތްކުރާ ސިޔާސީ ޕާޓީ. އެމެރިކާގައިވެސް ހުރޭ، އެމެރިކާގެ ދީންތައް ކުރިއަރުވާ ޕާޓީ. އިނގިރޭސިވިލާތުގައިވެސް ހުރޭ އަދި އެހެން ޤައުމުތަކުގައިވެސް ހުރޭ. އެހެންވީމާ، ކޮންމެހެން ދިވެހިރާއްޖޭގައި އިސްލާމްދީން ކުރިއެރުވުމަށްޓަކައި، ސިޔާސީ ޕާޓީތަކުން މަސައްކަތް ކުރުމަކީ އެއީ މީހުން ކަންބޮޑުވާންޖެހޭ ކަމެއް ނޫން.” ރައީސް ވަޙީދު ވިދާޅުވެފައިވެއެވެ.
11:22 AM
















