
ކީރިތި ރަސޫލާ ސައްލަﷲ ޢަލައިހި ވަސައްލަމަ
ޙަދީޘް ކުރެއްވިއެވެ. ” އަބޫބަކުރު ވާހުށީ ސުވަރުގޭގައެވެ. ޢުމަރު ވާހުށީ
ސުވަރުގޭގައެވެ. ޢުޘްމާން ވާހުށީ ސުވަރުގޭގައެވެ. ޢަލީ ވާހުށީ
ސުވަރުގޭގައެވެ. ޠަލްޙާ ވާހުށީ ސުވަރުގޭގައެވެ. އައްޒުބައިރު ވާހުށި
ސުވަރުގޭގައެވެ. ޢަބްދުއްރަޙްމާން ބުން ޢައުފް ވާހުށީ
ސުވަރުގޭގައެވެ.ސަޢުދު(ބުން އަބީ ވައްޤާޞް) ވާހުށީ ސުވަރުގޭގައެވެ. ސަޢީދު
(ބިން ޒައިދު) ވާހުށީ ސުވަރުގޭގައެވެ. އަދި އަބޫ ޢުބައިދާ ބިން
އަލްޖައްރާޙު ވާހުށީ ސުވަރުގޭގައެވެ. [ ތިރްމީޛީ 3680]
މަތީގައި ބަޔާންވެގެންދިޔަ ހަދީޘްފުޅުގައި
ނަންގަނެވިގެންދިޔަ 10 ބޭކަލުންގެ އިތުރުން އެހެން ބައެއް ބޭކަލުންނަށް
ވެސް ސުވަރުގޭގެ އުފާވެރިކަމުގެ ޚަބަރު މިދުނިޔެ މަތީގައި ވަނީ
ލިބިވަޑައިގެންފައެވެ ( ޚަދީޖާ ބިންތު ޚުވައިލަދު ، ޢަބްދުﷲ ބިން ސަލާމް
ފަދަ ބޭކަލުން ). އެހެން ނަމަވެސް އެ 10 ބޭކަލުން ، ” ސުވަރުގޭގެ
އުފާވެރިކަމުގެ ޚަބަރު ދެއްވުނު 10 ބޭކަލުން ” ގެ ގޮތުގައި
މަޝްޙޫރުވެވަޑައިގަތީ އެއް ހަދީޘެއްގައި އެ 10 ބޭކަލުންގެ ނަންގަނެވިގެން
ދިޔުމުގެ ސަބަބުންނެވެ.
0 comments:
Post a Comment