Thursday, April 26, 2012

މިއުޒިކްގެ މައްސަލަ އެންމެފަހުން ފިޤުހު އެކަޑަމީއަށްވައްދާފި

މިއުޒިކްގެ މައްސަލައިގައި ފަޠުވާ ހޯދުމަށް ދިވެހިރާއްޖޭގެ އިސްލާމީ ފިޤުހު އެކަޑަމީއަށް ހުށަހަޅާފައިވާ ކަމަށް މިނިސްޓަރ އޮފް އިސްލާމިކް އެފެއާޒް އައްޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދު  ވިދާޅުވެއްޖެއެވެ

.
މިނިސްޓަރ ވިދާޅުވީ މިއުޒިކްގެ މައްސަލައަކީ އެންމެހާ ޢިލްމުވެރިންގެ ހެޔޮލަފާއާއި އިރުޝާދު ބޭނުންވާ ކަމެއް ކަމަށެވެ. އަދި ހަރުކަށި އަމުރުނެރެގެން އެފަދަ ކަންކަން ހުއްޓުވުމަށްވުރެ އެކަންކަމުގައި އޮންނަ ހެޔޮ އިރުޝާދު ދީނީގޮތުން ރައްޔިތުންނަށް ބަޔާންކޮށްދިނުން މުހިންމު ކަމަށެވެ
.
“ފިޤުހު އެކަޑަމީން ދޭ ލަފައާ އެއްގޮތަށް އަޅުގަނޑު އެކަމުގައި ޢަމަލުކުރާނަން އިންޝާ ﷲ. ހެޔޮކަންކަމަށް އަމުރުކޮށް ނުބައި ކަންކަން ނަހީކުރުމަކީ އަޅުގަނޑުމެންގެ އެންމެ ބޮޑު މަޤްޞަދު. އިސްލާމިކް އެފެއާޒް މިނިސްޓްރީން ކަންކަން ކުރިއަށް ގެންދާނީ ވަރަށް ހަރުދަނާ ކަމާއެކީ، މަޝްވަރާގެ މަތިވެރި އުޞޫލުން. އަދި ދަންނަބޭކަލުން ދެއްވާ ހެޔޮލަފާއާއި އިރުޝާދުގެ ދަށުން.” މިނިސްޓަރ ވިދާޅުވިއެވެ
.
މިކަމާ ބެހޭގޮތުން ފިޤުހު އެކަޑަމީގެ ރައީސް ޑރ. ޢަބްދުލް މަޖީދު ޢަބްދުލް ބާރީގެ ބަސްފުޅެއް ހޯދުމަށް މިރޭ ގުޅާލުމުން ފޯނު ނުނަންގަވާތީ ބަސްފުޅެއް ލިބޭގޮތް ވަނީ ނުވެފައެވެ. އަދި އެކަޑަމީގެ ނައިބް ރައީސް އައްޝައިޚް ފައްޔާޟް ޢަލީ މަނިކަށް މިރޭ ގުޅާލިއިރު މަޝްޢޫލުވެ އުޅުއްވާތީ ފައްޔާޟްގެ ބަސްފުޅެއްވެސް ނުލިބުނެވެ
.
މުއުތަބަރު ގޮތެއްގައި މަޢުލޫމާތު ލިބިފައިވާ ގޮތުގައި މިމަހުގެ ތެރޭގައި ހުށަހަޅާފައިވާ މިމައްސަލައަށް މަޝްވަރާކުރުމަށް މިހަފްތާ ތެރޭގައި ވަނީ ބައްދަލުވުމެއް ބާއްވާފައެވެ. އެބައްދަލުވުމަށް އެކަޑަމީގެ ރައީސް ޑރ. ޢަބްދުލް މަޖީދާއި މެންބަރު އައްޝައިޚް ޙުސައިން ރަޝީދު އަޙްމަދު ޙާޟިރުވެފައިނުވާ ކަމަށާއި، ބައްދަލުވުމުގެ ރިޔާސަތު ބެލެހެއްޓެވީ ނައިބް ރައީސް ޝައިޚް ފައްޔާޟް ކަމަށް މަޢުލޫމާތު ލިބިފައިވެއެވެ
.
“އިސްލާމްދީނުގެ ނަޒަރުގައި މިއުޒިކް” މިނަމުގައި 2008 ވަނަ އަހަރު ޖަމްޢިއްޔަތުއްސަލަފުން ނެރެފައިވާ ދަރުސް ސީޑީގައި ރާއްޖޭގެ 24 ޢިލްމުވެރިއަކު މިއުޒިކަކީ ޙަރާމް އެއްޗެއް ކަމުގައި ޤުރުއާނާއި ސުންނަތުގެ އަލީގައި ފަޠުވާދެއްވާފައިވެއެވެ. އޭގެ ތެރޭގައި ފިޤުހު އެކަޑަމީގެ މިހާރުގެ ރައީސް ޑރ. މަޖީދާއި، މެންބަރު އައްޝައިޚް އާދަމް ނަސީމް (ބީއޭ)އާއި، މެންބަރު ޑރ. ޢަބްދުއްސައްތާރު ޢަބްދުއްރަޙްމާން ހިމެނެއެވެ
.
އޭގެ އިތުރުން އެކަޑަމީގެ މެންބަރު އަދި މިހާރުގެ އިސްލާމިކް އެފެއާޒް މިނިސްޓަރ ޝައިޚް މުޙައްމަދު ޝަހީމް ޢަލީ ސަޢީދުއާއި، ޝައިޚް މުޙައްމަދު ޢިޔާޟް ޢަބްދުއްލަޠީފްއާއި އަދި ޝައިޚް އިލްޔާސް ޙުސައިންއާއި ޝައިޚް ޢަލީ ޒާހިރު ބިން ސަޢީދު ޤާސިމްފަދަ ޢިލްމުވެރިންގެ އެކިލިޔުންތަކާއި ދަރުސްތަކުގައި މިއުޒިކަކީ ޙަރާމް އެއްޗެއް ކަމުގައި ފަޠުވާ ދެއްވާފައިވެއެވެ
.
ސްކޫލްތަކުގައި މިއުޒިކް ކިޔަވައިދީ މީޑިއާތަކުން މިއުޒިކާއެކު ނުބައި ފާޙިޝް ލަވަތައް ފޮނުވުމުގެ އިތުރުން ސްކޫލް ކުދިންނަށް މިއުޒިކާއެކު ލަވަ މުބާރާތްތައް ބާއްވައި މިއުޒިކް ޝޯތަކާއި ކޮންސެޓްތައް ބާއްވައި ރާއްޖޭގައި މިއުޒިކް ފަތުރައި ޕްރޮމޯޓްކުރަމުންދާތީ ގިނަ ބަޔަކު ދަނީ އެކަމާ ދެކޮޅަށް ޝުޢޫރުފާޅުކުރަމުންނެވެ
.
ޓީވީއެމްއާއި ވީޓީވީން ސްކޫލް ކުދިންނަށް އަމާޒުކޮށް މިއުޒިކާއެކު މިމަހު ލަވަ މުބާރާތެއް ބާއްވަން އުޅުމުން ޢަދާލަތު ޕާޓީގެ ޢިލްމުވެރިންގެ މަޖިލީހުން ވަނީ އެދެމުއައްސަސާއަށާއި އެޑިއުކޭޝަން މިނިސްޓްރީއަށް އެދެމުބާރާތް ހުއްޓާލުމަށްއެދި ޢިލްމުވެރިން މިއުޒިކާމެދު ކުރައްވާފައިވާ ދިރާސާއަކާއެކު ސިޓީ ފޮނުވާފައެވެ. ނަމަވެސް، ޢިލްމުވެރިންގެ އިރުޝާދުތަކަށް ޢަމަލުނުކޮށް ޓީވީއެމްއިން އެލަވަ މުބާރާތް ބާއްވާފައިވާއިރު، ވީޓީވީންވެސް ބުނެފައިވަނީ މިމަހުގެ ތެރޭގައި ލަވަމުބާރާތް ބާއްވާނެ ކަމަށެވެ
.
އަނެއްކޮޅުން އިލްމުވެރިން ދައްކާ ވާހަކަތަކަށް ބެލުމެއްނެތި ގައުމީޓީވީން ބޭއްވި

މިދިޔަ ބުދަދުވަހު ނިމުނު ސްކޫލު ކުދިންގެ ލަވަ މުބާރާތުގެ ނަތީޖާ އަންނަ ހޮނިހިރު ދުވަހުގެ ރޭ ފާޅުކުރާ ގޮތަށް ހަމަޖައްސައިފި އެވެ
.
ޓީވީއެމްގެ އެގްޒެކްޓިވް ޕްރޮޑިއުސަރު މުއާވިއަތު އަންވަރު ވިދާޅުވީ ހަ އަހަރުގެ މެދުކެނޑުމަކަށް ފަހު ބޭއްވި މުބާރާތުގެ ނަތީޖާ ފާޅުކުރުން އަންނަ ހޮނިހިރު ދުވަހުގެ ރޭ އޮލިމްޕަހުގައި އޮންނާނެ ކަމަށެވެ
.
ކުރީ އަހަރުތަކާ ތަފާތު ގޮތަކަށް ގެނެސްދިން މި މުބާރާތުގެ ވަނަ ހޮވާ ގޮތަށް ވެސް ވަނީ ބަދަލުތަކެއް ގެނެސްފަ އެވެ. އެގޮތުން ފައިސާގެ އިނާމު ދޭން ހަމަޖައްސާފައިވަނީ އުމުރު ފުރާތަކުން އެއްވަނަ އަށް އަންނަ ކުދިންނަށާއި މުޅި މުބާރާތުން ވަނަ ހޯދާ ކުދިންނަށެވެ. އަދި އަމިއްލަ ރާގާއި ޅެންވެރިކަމުން ހޮވާނީ ހަމައެކަނި އެއް ވަނަ ކަމަށް ވެސް މުއާވިޔަތު ވިދާޅުވި އެވެ.
"ކުރީ އަހަރުތަކާ ހިލާފަށް މި އަހަރު ވަނަތަކަށް ހޮވޭ ކުދިންނަށް ހާއްސަ ޓްރޮފީއެއް ދޭނެ. އަދި މުޅި މުބާރާތުން އެއް ވަނަ އަށް ދާ ދަރިވަރަށާއި ސްކޫލަށް ވާދައިގެ ޝީލްޑް ވެސް ދޭނެ،" މުއާވިޔަތު ވިދާޅުވި އެވެ.
މި މުބާރާތަށް އިނާމު ހުށަހަޅާފައިވަނީ އެޑިއުކޭޝަން މިނިސްޓްރީންނާއި ރައީސް އޮފީހާއި ޓީވީއެމުންނެވެ.
ޓީވީއެމުން ބުނީ މި މުބާރާތް އަންނަ އަހަރު ވެސް ބާއްވާނެ ކަމަށެވެ.
މުބާރާތުގެ ޖަޖްކަން މި އަހަރު ކޮށްފައިވަނީ އާދަމް ނަސީރު އިބްރާހިމާއި ދާރީ އަލިމަނިކު އާއި ހުސެން އަލީ އާއި މަރިޔަމް އުނޫޝާ އަދި އަބްދުލް ބާސިތު )ބާޗި( އެވެ
..

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons