Sunday, April 15, 2012

މުސްލިމުންނޭވެ! ވިސްނާ ފިކުރުކުރާށެވެ!

إِنَّ الْحَمْدَ للهِ نَحْمَدُهُ وَنَسْتَعِينُهُ وَنَسْتَغْفِرُهُ وَنَعُوذُ بِاللهِ مِنْ شُرُوْرِ أَنْفُسِنَا وَمِنْ سَيِّئَاتِ أَعْمَالِنَا. مَنْ يَهْدِهِ اللهُ فَلاَ مُضِلَّ لَهُ. وَمَنْ يُضْلِلْ فَلاَ هَادِيَ لَهُ. وَ أَشْهَدُ أَن لاَّ إِلهَ إِلاَّ اللهُ وَحْدَهُ لاَ شَرِيْكَ لَهُ. وَأَشْهَدُ أَن مُحَمدًا عَبْدُهُ وَرَسُوْلُهُ.

أَعُوذُ بِاللهِ مِنَ الشَّيْطَانِ الرَّجِيْمِ. ﴿يَآ أَيُّهَا الَّذِينَ ءَامَنُواْ اتَّقُواْ اللّهَ حَقَّ تُقَاتِهِ وَلاَ تَمُوتُنَّ إِلاَّ وَأَنتُم مُّسْلِمُونَ﴾ (آل عمران 102) ﴿يَآ أَيُّهَا النَّاسُ اتَّقُواْ رَبَّكُمُ الَّذِي خَلَقَكُم مِّن نَّفْسٍ وَاحِدَةٍ وَخَلَقَ مِنْهَا زَوْجَهَا وَبَثَّ مِنْهُمَا رِجَالاً كَثِيراً وَنِسَاءً وَاتَّقُواْ اللّهَ الَّذِي تَسَآءَلُونَ بِهِ وَالأَرْحَامَ إِنَّ اللّهَ كَانَ عَلَيْكُمْ رَقِيبًا﴾ (النساء 1) ﴿يَآ أَيُّهَا الَّذِينَ ءَامَنُوا اتَّقُوا اللَّهَ وَقُولُوا قَوْلاً سَدِيدًا﴾ ﴿يُصْلِحْ لَكُمْ أَعْمَالَكُمْ وَيَغْفِرْ لَكُمْ ذُنُوبَكُمْ وَمَن يُطِعِ اللَّهَ وَرَسُولَهُ فَقَدْ فَازَ فَوْزًا عَظِيمًا﴾ (الأحزاب 70 71)
أَمَّا بَعْدُ! فَإِنَّ خَيْرَ الْحَدِيْثِ كِتَابُ اللهِ وَخَيْرَ الْهَدْيِ هَدْيُ مُحَمَّدٍ صلّى الله عليه وسلّم وَشَرَّ الأُمُوْرِ مُحْدَثَاتُهَا وَكُلَّ مُحْدَثَةٍ بِدْعَة، وَكُلَّ بِدْعَةٍ ضَلاَلَة، وَكُلَّ ضَلاَلَةٍ فِى النَّار.

އެންމެހައި حمد ثنا އެއްވަނީ ﷲ (سبحا نه وتعالى) އަށެވެ. އަޅަމެން ﷲ އަށް حمد ކުރަމެވެ. އަދި އެ إلـهގެ حضرة ން ވާގިއެދެމެވެ. އަދި ފާފަފުއްސެވުން އެދި دعاء ކުރަނީ އެ إلـهގެ حضرة ށެވެ. އަޅަމެންގެ نفس ގެ ނުބައިކަމުންނާއި އަޅަމެންގެ ނުބައި عملތަކުގެ ނުބައިކަމުން ރައްކާތެރިކަން އެދެނީ ﷲ ގެ حضرةންނެވެ. ﷲ އެމީހަކަށް ތެދުމަގު ދައްކައިވައިފި އަޅަކު މަގުފުރެއްދޭނޭ މީހަކު ނުވެއެވެ.


 އަދި ﷲ މަގުފުރައްދަވައިފި އަޅަކަށް ތެދުމަގު ދެއްކޭނޭ މީހަކު ނުވެއެވެ. ﷲ މެނުވީ حقّ ވެގެން އަޅުކަން ވެވޭ އެހެން އެއްވެސް ފަރާތެއް ނުވާ ކަމަށް އަހުރެން ހެކިވަމެވެ. ﷲ އީ އެއްކައުވަންތަ إلـه އެވެ. އެ إلـه ހަށް އެއްވެސް ބައިވެރިއަކު ނުވެއެވެ. އަދި مُحَمَّدُ (‘) އީ، ﷲ ގެ އަޅާކަމަށާއި ރަސޫލާކަމަށް އަހުރެން ހެކިވަމެވެ. صلواتއާއި سلام ލެއްވުންއެދި دعاء ކުރަނީ رسول الله (‘) އަށެވެ. އަދި މި دعاء ގައި ރަސޫލާ (‘) ގެ آلންނާއި أصحابންނާއި تابعىން ޝާމިލުކުރަމެވެ.

އޭ ލޮބުވެތި އަޙުންނޭ! اﷲ سُبْحَانَهُ وتعالى حضرة އަށް ތަޤުވާވެރިވެ ބިރުވެތިވުމަށް އަހަރެންގެ އަމިއްލަ ނަފްސަށް ގޮވާލާޙާލު ތިޔަ ހުރިހާ އަޙުންނަށްވެސް اﷲ سُبْحَانَهُ وتعالى އަށް ބިރުވެތިވުން އެންމެ ޙައްޤުގޮތުގައި ބިރުވެތިވުމަށް ނަސޭހަތްތެރިވެ ވަޞިއްޔަތް ކުރަމެވެ. އަދި ތިމާގެއަމިއްލަ ހަވާނަފްސުގެ ނުބައި އެދުންތަކުންނާއި شيطانا ގެ ވަސްވާހުން ސަލާމަތް ވުމަށް ގަދަައަޅާ މަސައްކަތް ކުރުމަށް ގޮވާލަން.


މުސްލިމް އަޙުންނޭ! އެއްވެސް ޝައްކެއްނެތް ގޮތުގައި مُحَمَّدُ (صلّى الله عليه وسلّم) ގެ رسالة ނުވަތަ شريعة އަކީ އެހެން ހުރުހައި سماوي شريعة ތަށް މަންޞޫޚް ކުރަނިވި شريعة ކަމުގައި ﷲ سُبْحَانَهُ وتعالى ވަނީ ހަމަޖައްސަވާ ނިންމަވާފައެވެ. އަދި އެ شريعة ވަނީ އެންމެފަހުގެ شريعة ކަމުގައި ކަނޑައަޅުއްވާ ނިންމަވާފައެވެ.


 އަދި ﷲ سُبْحَانَهُ وتعالى މި شريعة ލައްވަވާފައިވަނީ އެންމެ ފުރިހަމަ صراط المستقيم ކަމުގައެވެ. އަދި مُحَمَّدُ (صلّى الله عليه وسلّم) ގެންނެވި شريعة އަށް تبع ވާ މީހުންނަކީ ދެދުނިޔޭގެ ބާއްޖަވެރިން ކަމުގައި ﷲ سُبْحَانَهُ وتعالى ލެއްވިއެވެ. އަދި އެބައިމީހުންނަން ނަންދެއްވާފައިވަނީ (أولياء ألله وحزبه) މިފަދައިންނެވެ. އަދި މި شريعة ން މޫނު އަނބުރާލައިފައި އިދިކޮޅުހަދާ ކޮންމެ މީހަކީ ނިކަމެތިވެގެންވާ މީހެއްކަމުގައި ﷲ سُبْحَانَهُ وتعالى ލެއްވިއެވެ. އަދި އެބައިމީހުންނަށް ނަންދެއްވާފާ ވަނީ (أولياء الشيطان وجنده) މިފަދައިންނެވެ.

އެހެންކަމުން އަހަރެމެން ކޮންމެ مسلم އެއްގެ މައްޗައް واجب ވެގެންވަނީ ފުރިހަމަ ގޮތުގައި ﷲ سُبْحَانَهُ وتعالى އަށާއި ﷲގެ ރަސޫލާއަށް ކިޔަމަންތެރިކަން އަދާކުރުމެވެ. އަދި ﷲ ތަޢާލާގެ އެއްކައުވަންތަކަން ފުރިހަމައަށް ޤަބޫލްކޮށް ﷲގެ ރަސޫލު مُحَمَّدُ (صلّى الله عليه وسلّم) އަށް ކިޔަމަންތެރިވެ شرك އާއި شرك ގެ އަޙުލުވެރިންގެ ކިބައިން ބަރީއަވެ ﷲގެ ބިމުގައި ﷲގެ شريعة ތަންފީޒުކުރުމެވެ.

ލޮބުވެތި އަޙުންނޭ! توحيد ގެ އަސާސް އަކީ މިއީއެވެ. މިކަންތައްތަކާ ނުލާ މި ޙަޔާތުގެ އެއްވެސް މާނައެއް ނެތެވެ.
ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ.
﴿وَمَا خَلَقْتُ الْجِنَّ وَالإِنسَ إِلاَّ لِيَعْبُدُونِ﴾
(ސޫރަތުލް ޒާރިޔާތު: 56)
މާނައީ: "އަދި ތިމަން ﷲ ޖިންނީންނާއި އިންސީން ތިމަން ﷲއަށް އަޅުކަން ކުރަން މެނުވީ ނުހައްދަވަމެވެ."
މީގެ މާނައަކީ ﷲ تعالى ޖިންނީންނާއި އިންސާނުން ހެއްދެވީ ހަމައެކަނި ﷲ تعالى އެއްކައުވަންތަ ކުރުމަށެވެ.

ވީމާ، އިސްލާމްދީނުގެ އަސްލަކީ توحيد އެވެ. އަދި އެންމެހާ އިންސާނުންނަށް ﷲ تعالى ފޮނުއްވި رسالة ކީވެސް توحيد އެވެ.

އަދިވެސް ﷲ تعالى ވަޙީ ކުރައްވާފައިވެއެވެ.
﴿وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللَّهَ وَاجْتَنِبُواْ الْطَّـغُوتَ﴾ (ސޫރަތުލް ނަޙުލް: 36)
މާނައީ: "ހަމަކަށަވަރުން ތިމަން ﷲ ކޮންމެ أُمَّة ކަށްވެސް رَسُولُ އަކު ފޮނުއްވީމެވެ. އެއީ ހަމައެކަނި ތިމަން ﷲއަށް އަޅުކަން ކުރުމަށާއި طاغوت ންެގެ ކިބައިން ދުރުވުމަށެވެ."

ފަހެ حقيقى އަޅުކަމަކީ ﷲ އާއި ﷲގެ رَسُولُ مُحَمَّدُ (صلّى الله عليه وسلّم) ގެނެސްދެއްވި އެންމެހާ ކަންތައްތަކަށް ކިޔަމަންތެރިވެ، مُحَمَّدُ (صلّى الله عليه وسلّم) ގެންނެވި شريعة ތަށް ފުރިހަމައަށް تبع ވުމެވެ. ﷲގެ އެއްކައުވަންތަ ކަމަށާއި إيمان ކަމަށް دعوي ކުރާމީހަކު ﷲގެ رَسُولُ مُحَمَّدُ (صلّى الله عليه وسلّم) ގެންނެވި ޝަރީޢަތް ފިޔަވައި އެހެން شريعة ކަށް تبع ވާކަމުގައި ވާނަމަ އެއްވެސް ޝައްކެއްނެތް ގޮތުގައި އޭނާއަކީ އެ دعوي ގައި ދޮގުވެރި އަދި އެ دعوي ބާޠިލް ކުރާމީހެކެވެ. އަދި އޭނައަކީ شيطانا އަށް ތަބަޢަވެގެންވާ އޭނާގެ ވާގިވެރިއެކެވެ.
ﷲ تعالى ވަޙީ ކުރައްވަނީ
﴿قُلْ إِن كُنتُمْ تُحِبُّونَ اللَّهَ فَاتَّبِعُونِى يُحْبِبْكُمُ اللَّهُ﴾
(آل عمران: 31)
މާނައީ: "ކަލޭގެފާނު ވިދާޅުވާށެވެ. ތިޔަބައިމީހުން ﷲއަށް ލޯބިވާކަމުގައި ވާނަމަ ތިޔަބައިމީހުން ތިމަންކަލޭގެފާނަށް ތަބަޢަވާށެވެ."

ވީމާ އަހަރެމެންނަކީ ﷲ سُبْحَانَهُ وتعالى އަށް ލޯބިވާ އަދި إِسلام ވެގެންވާ ބައެއްކަމުގައި ވަނީނަމަ އަހަރެމެންނަށް ހަމައެކަނި އޮތް ގޮތަކީ ﷲ سُبْحَانَهُ وتعالى عالم ތަކަށް ރަޙުމަތެއް ކަމުގައި ފޮނުއްވި مُحَمَّدُ (صلّى الله عليه وسلّم) އަށް ފުރިހަމަ ގޮތުގައި تبع ވެ، އެކަލޭގެފާނު (صلّى الله عليه وسلّم) ގެންނެވި شريعة ފުރިހަމަ އަށް تبع ވުމެވެ. އަދި އަހަރެމެންގެ ދުސްތޫރަކީ ކީރިތި قُران ކަމުގައި ހެދުމެވެ. އަދި އެންމެހާ މައްސަލަތަކުގެ ހައްލަކީ إِسلامي شريعة ކަމުގައި ހެދުމެވެ. އަދި މިނޫން ކޮންމެ قانون އަކީ باطل ޤާނޫނުތަކެއްކަން قبول ކޮށް އެތަކެތީން ދުރުވެ ބަރީއަ ވެގަތުމެވެ.

އެއްވެސް ޝައްކެއްނެތް ގޮތުގައި إِسلام ންގެ ދުޝްތޫރު އަކީ ކީރިތި قُرآن އެވެ. އަދި އަހަރެމެން مُسْلِمُ ންގެ قانون އަކީ އަދި شريعة އަކީ ވެސް ކީރިތި قُران އެވެ. އަދި އަހަރެމެން حُكمْ ކުރަންވީގޮތް އަންގަވާފައިވާ قانون އަކީވެސް ކީރިތި قُران އެވެ. އެ قُران އާ ބެހޭ ގޮތުން ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿لاَّ يَأْتِيهِ الْبَـطِلُ مِن بَيْنِ يَدَيْهِ وَلاَ مِنْ خَلْفِهِ تَنزِيلٌ مِّنْ حَكِيمٍ حَمِيدٍ﴾ (فُصَّلَت: 43)
މާނައީ: "މީގެ ކުރިންވެސް އަދި މީގެފަހުންވެސް މިއާއެއްފަދަ ނުވަތަ މިއާ ވާދަކުރެވޭ ވަރުގެ باطل އެއްޗެއް ނާންނާނެއެވެ. އެހެނީ މިފޮތް ބާވާލެއްވިގެންވަނީ حَمْدُ ލިބިވޮޑިގެންވާ حكمة ވަންތަ ﷲގެ حضرة ންނެވެ."

އަދިވެސް ﷲ ތަޢާލާ މި قُران ގައި އެއްވެސް އެއްޗެއް ދޫކޮށް ލައްވާފައި ނުވާނެކަން ބަޔާންކުރައްވާ ވަޙީ ކުރެއްވާފައިވެއެވެ.
﴿مَّا فَرَّطْنَا فِى الكِتَـبِ مِن شَىْءٍ﴾ (الأنعام: 38)
މާނައީ: "ތިމަންﷲ މިފޮތުގައި އެއްވެސް އެއްޗެއް (ބަޔާން ނުކޮށްދީ) ދޫކޮށްނުލައްވަމެވެ."

އަދިވެސް އެފޮތަކީ ހުރިހާކަމެއް ބަޔާންކޮށްދެއްވާފައިވާ ފޮތެއްކަން بيان ކުރައްވާ ﷲ تعالى ވަޙީ ކުރައްވަނީ
﴿وَنَزَّلْنَا عَلَيْكَ الْكِتَـبَ تِبْيَانًا لِّكُلِّ شَىْءٍ﴾ (النحل: 89)
މާނައީ: "އަދި ތިމަން ﷲ ކަލޭގެފާނަށް ފޮތް(قُران) ބާވާލެއްވީމެވެ. އެފޮތުގައި ހުރިހާ އެއްޗެއް ބަޔާން ވާނޭ ފަދައިންނެވެ."
އަދި އެފޮތަކީ ﷲ تعالى ބާވާލެއްވި އެހެން ހުރިހާ ފޮތްތަކެއް ތެދުކުރާޙާލު އެހުރިހާ ފޮތްތަކެއްގެ މައްޗަށް ބާރު ހިނގާ ފޮތެއް ކަންވެސް ބަޔާން ކުރައްވާ ﷲ سُبْحَانَهُ وتعالى ވަޙީ ކުރައްވާފައިވެއެވެ.
﴿وَأَنزَلْنَآ إِلَيْكَ الْكِتَـبَ بِالْحَقِّ مُصَدِّقاً لِّمَا بَيْنَ يَدَيْهِ مِنَ الْكِتَـبِ وَمُهَيْمِناً عَلَيْهِ﴾ (المائدة: 48)
މާނައީ: "ތިމަން ﷲ ކަލޭގެފާނަށް حَقُّ ގޮތުގައި ފޮތް (قُران) ބާވާލެއްވީމެވެ. ފޮތްތަކުގެ ތެރެއިން ކުރިން ބާވާލެއްވި ފޮތްތަކަށް ގަދަކަންދީ ތެދުކުރަނިވި ގޮތުގައެވެ. އަދި އެފޮތްތަކުގެ މައްޗަށް ބާރު ހިންގަނިވި ފޮތެއް ކަމުގައެވެ."

އާދެ ކޮންމެއަކަސް ﷲ سُبْحَانَهُ وتعالى އަހަރެމެން އެންމެހާ مسلمންގެ މައްޗަށް ބާވާލައްވާފައި މިވާ قانون އަކީ އެންމެ ފުރިހަމަ އަދި އޭގައި އެއްވެސް އުނިކަމެއްނުވާ އަދި އިތުރަށް إِصلاح ކުރަންނުޖެހޭ قانون އެކެވެ. މި قانون ނުވަތަ شريعة އަހަރެމެންނާ ހަމައަށް ފޯރުކޮށްދިނުމަށްޓަކައި ﷲ سُبْحَانَهُ وتعالى عالم ތަކަށް رحمة ކަމުގައި ފޮނުއްވި މާތް ނަބިއްޔާ مُحَمَّدُ (صلّى الله عليه وسلّم) އާއި رسول ކަން حوال ކުރެއްވުމަށްފަހު ޚުދު އެކަލޭގެފާނަށްވެސް އެންގެވީ މިޝަރީޢަތަށް تبع ވުމަށެވެ. އެކަން بيان ކުރައްވާ ﷲ سُبْحَانَهُ وتعالى ވަޙީ ކުރައްވާފައިވެއެވެ.
﴿ثُمَّ جَعَلْنَـكَ عَلَى شَرِيعَةٍ مِّنَ الاٌّمْرِ فَاتَّبِعْهَا وَلاَ تَتَّبِعْ أَهْوَآءَ الَّذِينَ لاَ يَعْلَمُونَ ﴾ (الحاثية: 18)
މާނައީ: "ދެން އެއަށްފަހު ދީނުގެ شريعة އަތެއްގެ މައްޗަށް ތިމަން ﷲ ކަލޭގެފާނު ފޮނުއްވީމެވެ. ފަހެ ކަލޭގެފާނު އެއަށް تَبَع ވެ ވަޑައިގަންނަވާށެވެ. އަދި އެއްވެސް އެއްޗެއް ނޭގޭ ބައެއްގެ هواى نفس އާއި تَبَع ވެވަޑައި ނުގަންނަވާށެވެ."

އަދި އެއަށްފަހު ﷲ تعالى އެ إِلهُ ގެ ނަބިއްޔާއަށް އެންގެވީ މީސްތަކުންމެދުގައި ﷲ ތަޢާލާ ބާވާލެއްވި ގޮތަށް حُكمْ ކުރުމަށެވެ. އަދި އެކަމުގައި މީސްތަކުންގެ هواى نفس އަށް تَبَع ވެވަޑައި ނުގެންނެވުމަށެވެ.
އެކަން بيان ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿فَاحْكُم بَيْنَهُم بِمَآ أَنزَلَ اللَّهُ وَلاَ تَتَّبِعْ أَهْوَآءَهُمْ عَمَّا جَآءَكَ مِنَ الْحَقِّ﴾ (المائدة: 48)
މާނައީ: "ފަހެ ﷲ ތަޢާލާ ބާވާލެއްވި ގޮތަށް ކަލޭގެފާނު އެމީހުންގެ މެދުގައި حُكمْ ކުރައްވާށެވެ. އަދި حَقّ ތެރެއިން ކަލޭގެފާނަށް ލިބިވަޑައިގެންފައިވާގޮތް ދޫކޮށްލާ އެބައިމީހުންގެ هواى نفس އާއި تَبَع ވެވަޑައިނުގަންނަވާށެވެ."

މިޢާޔަތުގައި ﷲ ތަޢާލާ އަންގަވަނީ ﷲ ތަޢާލަ ބާވާލެއްވި ގޮތަށް މީސްތަކުންގެ މެދުގައި حُكمْ قائم ކުރުމަށެވެ. އަދި މީސްތަކުންގެ هواى نفس ގެ އެދުންތަކަށް تَبَع ނުވުމަށެވެ. އެހެނީ حَقّ އާއި هداية އާއި ކާމިޔާބުވަނީ ﷲ ހަޞްރަތުންނެވެ. އަދި މީސްތަކުންގެ نفس ގެ އެދުންތަކަކީ باطل އާއި فتن فساد އެވެ. އެކަން ބަޔާންކުރައްވާ ﷲ تعالى ވަޙީކުރައްވާފައިވެއެވެ.
﴿وَلَوِ اتَّبَعَ الْحَقُّ أَهْوَآءهُمْ لَفَسَدَتِ السَّمَـوتُ وَالاْرْضُ وَمَن فِيهِنَّ﴾
(އަލް މުއުމިނޫން: 71)
މާނައީ: "އަދި حَقّ އެއީ އެބައިމީހުންގެ ހަވާނަފްސަށް تبع ވެގެންވާ އެއްޗެއް ކަމުގައި ވަނީނަމަ އުޑުތަކާއި ބިމާއި އެތަންތަނުގައި ވާހައި އެއްޗެއް ފަސާދަ ވެއްޖައީސްކަން ކަށަވަރެވެ."

ވީމާ ﷲ سُبْحَانَهُ وتعالى مُحَمَّدُ (صلّى الله عليه وسلّم) އަށް ވެސް އަދި އަހަރެމެންނަށްވެސް އަންގަވަނީ ﷲ ބާވާލެއްވި ގޮތަށް މީސްތަކުންގެ ތެރޭގައި حُكمْ ކުރުމަށެވެ. އަދި سُبْحَانَهُ وتعالى قرآن ބާވާލެއްވީވެސް މީސްތަކުންގެ ތެރޭގައި އެގޮތަށް حُكمْ ކުރެއްވުމަށްކަން ބަޔާން ކުރައްވާ ވަޙީ ކުރެއްވިއެވެ.
﴿إِنَّآ أَنزَلْنَا إِلَيْكَ الْكِتَـبَ بِالْحَقِّ لِتَحْكُمَ بَيْنَ النَّاسِ بِمَآ أَرَاكَ اللَّهُ وَلاَ تَكُنْ لِّلْخَآئِنِينَ خَصِيماً﴾ (النساء: 105)
މާނައީ: "ހަމަކަށަވަރުން حَقّ ގޮތުގައި ތިމަން ﷲ ކަލޭގެފާނަށް ފޮތް (قرآن) ބާވާލެއްވީމެވެ. އެއީ ކަލޭގެފާނަށް ދައްކަވައި ދެއްވާފައިވާ ގޮތުގެ މަތިން މީސްތަކުންގެ މެދުގައި حُكمْ ކުރެއްވުމަށްޓަކައެވެ."

ފަހެ خيانة ތެރިންނަށްޓަކައި އެއްފަރާތުން ވާހަކަ ދައްކަވާ ބޭކަލަކު ކަމުގައި ކަލޭގެފާނު ނުވާށެވެ. އަދި حُكمْ ވަނީ ހަމައެކަނި ﷲގެ ހަޞްރަތުންކަން ބަޔާން ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿إِنِ الْحُكْمُ إِلاَّ للَّهِ أَمَرَ أَلاَّ تَعْبُدُواْ إِلاَّ إِيَّاهُ ذلِكَ الدِّينُ الْقَيِّمُ وَلَـكِنَّ أَكْثَرَ النَّاسِ لاَ يَعْلَمُونَ ﴾ (ސޫރަތުލް ޔޫސުފް: 40)
މާނައީ: " حُكمْ ވަނީ ހަމައެކަނި ﷲ އަށެވެ. ﷲ އަމުރު ކުރައްވަނީ ﷲ ފިޔަވައި އެހެން އެއްވެސް ފަރާތަކަށް އަޅުކަން ނުކުރުމަށެވެ. އަދި ސީދާވެގެންވާ ދީނަކީ އެއީއެވެ. އެކަމަކު މީސްތަކުންގެ ތެރެއިން ގިނަމީހުންނަކަށް އެކަމެއް ނޭގެއެވެ."

ކޮންމެ އަކަސް ﷲ ތަޢާލާ ވަނީ ކީރިތި قرآن ގެ އެތައް آية އްގައި ﷲ ތަޢާލާ ބާވާލެއްވި ގޮތަށް މީސްތަކުންގެ މެދުގައި حُكمْ ކުރުމަށް އަންގަވާ އަމުރު ކުރައްވާފައިވެއެވެ. ވީމާ ވެރިމީހާއަށް واجب ވެގެންވަނީ ﷲ تعالى شريعة އަށް حُكمْ ކުރުމެވެ. އަދި ކޮންމެ مُسْلِمْ އެއްގެ މައްޗައްވެސް ވަނީ ﷲ تعالى ބާވާލެއްވި شريعة އަށް حُكمْ ކުރުމަށް ރުހި އެއާއި تبع ވުމެވެ. މިނޫން އެއްވެސް وضعى قانون އަކަށް تبع ވުމެއްނެތެވެ. އަދި ރުހިގެންވެސް ނުވާނެއެވެ. އެހެނީ ﷲ ތަޢާލާ ވަޙީ ކުރައްވަނީ
﴿أَفَحُكْمَ الْجَـهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْماً لِّقَوْمٍ يُوقِنُونَ ﴾ (މާއިދާ: 50)
މާނައީ: "ފަހެ އެބައިމީހުން އެދެނީ (ގޮތެއްފޮތެއް ނެތް) جاهلية ޒަމާނުގެ حُكُمْ ހެއްޔެވެ؟ އަދި (އީމާންވެ) يقين ކުރާބަޔަކަށް މާތް ﷲ އަށް ވުރެ حُكُمْ ކުރެއްވުމުގައި މޮޅީ ކާކު ހެއްޔެވެ؟"


އޭ ލޮބުވެތު އަޙުންނޭ! ﷲ سُبْحَانَهُ وتعالى مُحَمَّدُ (صلّى الله عليه وسلّم)ގެ މައްޗަށް ބާވައިލައްވާފައިވާ ޝަރީޢަތް ފިޔަވައި އެހެން ޤާނޫނަކަށް ޙުކުމްކުރުމަކީ ކަނޑައެޅިގެން އެމީހެއްގެ ކިބައިން ތައުޙީދު ނަފީވެ އިސްލާމްދީނުން ބޭރުވެގެންދާނެ ކަމެކެވެ. އެހެނީ ﷲ ތަޢާލާ ބާވައިލެއްވި ގޮތާ ޚިލާފަށް ޙުކުމްކުރާ މީހަކީ ކަނޑައެޅިގެންހުރި طاغوت އެކެވެ. އެކަން ބަޔާންކުރައްވައި ﷲ ތަޢާލާ ވަޙީ ކުރައްވަނީ
﴿يُرِيدُونَ أَن يَتَحَاكَمُواْ إِلَى الطَّـغُوتِ وَقَدْ أُمِرُواْ أَن يَكْفُرُواْ بِهِ﴾ ނިސާ-60
މާނައީ: "އެބައިމީހުން ބޭނުންވަނީ ޙުކުމްކުރުމުގައި طاغوت ކައިރިއަށް ދިޔުމަށެވެ. އަދި ހަމަކަށަވަރުން އެބައިމީހުންނަށް އަމުރުވެވިގެންވަނީ طاغوت އަށް ކާފިރުވުމަށެވެ."

ﷲ ގެ އަޅުތަކުންނޭވެ! ހޭއަރާ ވިސްނާކަށް ނުވޭތޯއެވެ؟ ﷲގެ ޝަރީޢަތާ ޚިލާފަށް ޙުކުމްކުރާ މީހުންނަކީ طاغوت ކަމުގައި ﷲ މިވަނީ ކަނޑައަޅުއްވާފައެވެ. ފަހެ طاغوت ންނަކީ އެބައިމީހުންނަށް އަހަރެމެން ކާފިރުވުމަށް ﷲ ތަޢާލާ އަމުރުކުރައްވާފައިވާ ބައެކެވެ. އަދި އެބައިމީހުންނަށް ކާފިރުވެގެންނޫނީ އަހަރެެމެންގެ އިސްލާމްކަން ޞައްޙައެއް ނުވާނެއެވެ. އެކަން ބަޔާންކުރައްވާ ﷲ ތަޢާލާ ވަޙީކުރެއްވިއެވެ.
﴿فَمَنْ يَكْفُرْ بِالطَّـغُوتِ وَيُؤْمِن بِاللَّهِ فَقَدِ اسْتَمْسَكَ بِالْعُرْوَةِ الْوُثْقَى لاَ انفِصَامَ لَهَا وَاللَّهُ سَمِيعٌ عَلِيمٌ﴾ ބަޤަރާ:256
މާނައީ: "ފަހެ طاغوت ށް ކާފިރުވެ އަދި ﷲއަށް އީމާންވެއްޖެ މީހާ ދަންނާށެވެ. ފަހެ އެމީހަކު ނެއްޓިގެންނުދާނޭ ވަރުގަދަ އުޅަކެއްގައި ހިފަހައްޓައިފިއެވެ.(އެބަހީ (لاإله الاَلله) އެވެ.) އަދި ﷲ ތަޢާލާ އީ އައްސަވާ ވޮޑިގެންވާ ދެނެވޮޑިގެންވާ އިލާހެވެ."

އަދި ހަމަ އެހެންމެ ﷲ ތަޢާލާ އެންމެހާ ރަސޫލު ބޭކަލުން ފޮނުއްވުމުގެ ޙިކުމަތަކީވެސް ހަމަ މިހުރިހާ طاغوت ކިބައިން މީސްތަކުން ސަލާމަތްކޮށް ހަމައެކަނި ﷲ އަށް އަޅުކަން ޙާލިސް ކުރުވުމަށެވެ. އަދި ބިންމަތީ ﷲގެ ދީން شريعة قائم ކުރުމަށެވެ. އެކަމަށް އިޝާރަތް ކުރައްވާ ﷲތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿وَلَقَدْ بَعَثْنَا فِى كُلِّ أُمَّةٍ رَّسُولاً أَنِ اعْبُدُواْ اللَّهَ وَاجْتَنِبُواْ الْطَّـغُوتَ﴾
މާނައީ: "އަދި ހަމަކަށަވަރުން ކޮންމެ އުންމަތަކަށް ތިމަން (ﷲ) ރަސޫލަކު ފޮނުއްވީމެވެ. އެއީ ހަމައެކަނި ތިމަން ﷲއަށް އަޅުކަން ކުރުމަށާއި طاغوت ކިބައިން މީސްތަކުން ދުރުކުރުމަށެވެ."

އާދޭހެވެ. ﷲ ތަޢާލާ އެންމެހާ ރަސޫލު ބޭކަލުން ފޮނުއްވުމުގެ ޙިކުމަތަކީ طاغوت ކިބައިން މީސްތަކުން ސަލާމަތް ކުރުމެވެ. އަދި މި طاغوت ނަށް ކާފިރުވެގެން ނޫނީ އަހަރެމެންގެ އިސްލާމްކަން ސައްޙަ ނުވާއިރު މިފަދަ طاغوت ންނަކީ މުސްލިމުން ކަމުގައި ބުނާ ބަޔަކީ ފަހެ އިސްލާމުން ބާވައެވެ. ތެދެކެވެ. ﷲ ތަޢާލާ އެބައެއްގެ ހިތުގައި ސިއްކަ ޖައްސަވާ ބަންދު ކުރައްވާފައިވާ ބަޔަކަށް ހުރިހާ އާޔަތް ތަކެއް ފެނުނު ކަމުގައި ވިޔަސް އީމާނެއް ނުވާނެއެވެ. އަދި ޤަބޫލް އެއްވެސް ނުކުރެވޭނެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿وَإِن يَرَوْاْ كُلَّ ءَايَةٍ لاَّ يُؤْمِنُواْ بِهَا ﴾ (އަލް އަންއާމް: 25)
މާނައީ: "އަދި އެބައިމީހުންނަށް ހުރިހާ އާޔަތެއް (ހެއްކެއް) ފެނުނުކަމުގައިވިޔަސް އެއަށް އީމާނެއް ނުވާނެއެވެ."

އަދި ހަމަ އެއާއި އެކު ﷲ ތަޢާލާ ބާވާލެއްވި ގޮތާއި ހިލާފަށް ޙުކުން ކުރާމީހުންނަކީ ހަމަ ސީދާ ކާފަރުންކަން ﷲ ވަނީ ކީރިތި ޤުރުޢާންގެ ޞަރީހަ ނައްސުން ބަޔާން ކުރައްވާފައެވެ. ﷲ ތަޢާލާ ވަޙީ ކުރައްވަނީ
﴿وَمَن لَّمْ يَحْكُم بِمَآ أَنزَلَ اللَّهُ فَأُوْلَـئِكَ هُمُ الْكَـفِرُونَ﴾ (މާއިދާ: 44)
މާނައީ: "ﷲތަޢާލާ ބާވާލެއްވި ގޮތަށް ޙުކުން ނުކުރާ މީހުންނަކީ ހަމަ ކާފަރުންނެވެ."

ވީމާ މިއާޔަތުގައި ﷲ ތަޢާލާ މި އަންގަވަނީ ﷲ ތަޢާލާ ޝަރީއަތާ ހިލާފަށް ޙުކުމް ކުރާ ކޮންމެ މީހަކީ ކަނޑައެޅިގެން اسلام ދީނުން ބޭރުވެފައިވާ މުރުތައްދު ކާފިރެއް ކަމުގައެވެ. އަދި الحافظ ابن كثير (رحمه الله) البداية والنّهاية ކިޔުނު ފޮތުގައި 13/119 ﷲ ތަޢާލާ محمّد (صلّى الله عليه وسلّم) މައްޗަށް ބާވާލެއްވި ސަރީއަތް ފިޔަވާ މަންސޫޙު ވެފައިވާ ޝަރީއަތަކަށް ޙުކުމް ކުރި ކަމުގައި ވިޔަސް އެމީހަކު ކާފިރުވާނޭ ކަމުގައި އެންމެހާ مسلم ގެ إجماع ނަޤުލު ކުރައްވާފައި ވެއެވެ.

އަދި އެފަދަ މީހުންނަކީ އަނިޔާވެރިން ކަމުގައި ﷲ ތަޢާލާ ވަޙީ ކުރައްވާފައިވެއެވެ.
﴿وَمَن لَّمْ يَحْكُم بِمَآ أَنزَلَ اللَّهُ فَأُوْلَـئِكَ هُمُ الظَّـلِمُونَ﴾ (މައިދާ 45)
މާނައީ: "ﷲތަޢާލާ ބާވާލެއްވިގޮތަށް ޙުކުންނުކުރާ މީހުންނަކީ ހަމަ އަނިޔާވެރިންނެއެވެ."

މި އާޔަތުގައި އެވާ އަނިޔާވެރިންކީ ހަމަ ސީދާ ކާފަރުންނެވެ. އެކަން އެގެނީ ކުރީގައި އެވާ އާޔަތުންނެވެ. އެހެނީ ކީރިތި قران އަށް އަނިޔާވެރިކަން ކުފުރުގެ މާނައިގައިވެސް ގެނެސްފައި ވެއެވެ. އަދި ފާފައިގެ މާނައިގައިވެސް ގެނެސްފައިވެއެވެ. އެހެންނަމަވެސް މިކަމުގައި (އެބަހީ: ﷲގެ ޝަރީޢަތް ފިޔަވާ އެހެން ޝަރީއަތް ތަކުން ޙުކުމް ކުރުމުގައި) އެއީ ކާފިރުން ކަމުގައި ﷲވަނީ ކުރިން ބަޔާން ކުރައްވާފައެވެ. އެހެންވީމާ މިއާޔަތްތަށް ވަންނާނީ މީގެ ދަށަށެވެ. އަދި ކުރީގެ އާޔަތަށް ދޭ އިތުރު ބާރަކާއި ތައުކީލެއް ކަމުގައެވެ. އެހެނީ އަނިޔާވެރިކަމަކީ ކުފުރުކަމުގައިވެސް ޤުރުއާން ސިފަ ކޮށްފައި ވެއެވެ. ﷲ ތަޢާލާ ވަޙީ ކުރައްވފައި ވެއެވެ.
﴿وَالْكَـفِرُونَ هُمُ الظَّـلِمُونَ﴾ (ބަޤަރާ: 254)
މާނައީ: "އަދި ކާފިރުންނަކީ ހަމަ އަނިޔާވެރިންނެވެ."

އަދިވެސް ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿إِنَّ الشِّرْكَ لَظُلْمٌ عَظِيمٌ﴾ (އަލް ލުޤުމާން 13)
މާނައީ: "ހަމަކަށަވަރުން ޝިރުކު ކުުރުމަކީ ބޮޑުވެގެންވާ އަނިޔާއެކެވެ."

ވީމާ ކޮންމެ ކާފިރަކީ އަނިޔާވެރިއެކެވެ. އެކަމަކު ކޮންމެ އަނިޔާވެރި އަކީ ކާފިރެއް ނޫނެވެ. އެހެންވެ ﷲ ތަޢާލާ މިބައިމީހުންނަކީ ކާފިރުންކަމުގައި އެންމެ ފުރަތަމަވެސް އެންގެވީއެވެ. އެއަށްފަހު އެއާޔަތަށް ގަދަކަންދީ އެއީ ހަމަ އަނިޔާވެރިންކަމުގައި ކަނޑައަޅުއްވާ އަދި އެއީ ފާސިޤުން ކަމުގައިވެސް ބަޔާން ކުރެއްވީއެވެ. ޝުބުހާނަﷲ މިފަދަ މީހުންގެ ކުފުރުގެ ބޮޑުކަމާއެވެ! އަދިވެސް މަތިމައްޗައް ތައުކީދު ގެންނަވާ ﷲ ތަޢާލާ ވަޙީ ކުރައްވަނީ
﴿وَمَن لَّمْ يَحْكُم بِمَآ أَنزَلَ اللَّهُ فَأُوْلَـئِكَ هُمُ الْفَـسِقُونَ﴾ (މާއިދާ: 48)
މާނައީ: "ﷲ ތަޢާލާ ބާވާލެއްވި ގޮތާއި ޚިލާފަށް ޙުކުމް ނުކުރާ މީހުންނަކީ ހަމަ ފާސިޤުންނެވެ."


ދަންނާށެވެ! ފާސިޤުކަމަކީ ވެސް ﷲ ތަޢާލާ ކުފުރަށް ގެންނަވާފައިވާ ނަމެކެވެ. އެކަން ބަޔާން ކުރައްވާ ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿وَمَن كَفَرَ بَعْدَ ذلِكَ فَأُوْلَـئِكَ هُمُ الْفَـسِقُونَ﴾
(އައް ނޫރު: 55)
މާނައީ:"އަދި އެއަށްފަހު ކާފިރުވެއްޖެ މީހާ ދަންނާށެވެ! ފަހެ އެބައިމީހުންނަކީ ހަމަ ފާސިޤުންނެވެ."

އޭ ލޮބުވެތި މުސްލިމް ޢަހުންނާއި ޢުހުތުންނޭވެ! ހަވާނަފުސް ނުބައިކަމުން ދުރުވެހުރެ މިއާޔަތް ތަކަށް ވިސްނާލައިފި ކަމުގައިވާނަމަ އެމީހަކަށް އިރުގެ އަލިކަންފާޅުވެ އެނގޭ ފަދައިން އިނގިގެންދާނީ ﷲ ތަޢާލާގެ ޝަރީއަތް ފިޔަވާ އެހެން ޝަރީއަތް ތަކަށް ހުކުން ކުރާ މީހަކީ ކަނޑައެޅިގެން ކާފަރެއްކަމުގައެވެ. އަދި ﷲ ތަޢާލާ އެކަމަށް އިންޒާރު ކުރައްވާފައި ވާލެއް ވަރުގަދަ ކަމުން މިކަމުގައި އެމީހުން ކޮންމެ ގޮތަކަށް އިޢުތިޤާދު ކުރިކަމުގައި ވިޔަސް މެއެވެ. ހުއްދަ ކުރިޔަސް ހުއްދަ ނުކުރިކަމުގައިވިޔަސް މެއެވެ.

މިފަހަކަށް އައިސް أهل السنّة ولجماعة ގެ عقيدة އާއި ޙިލާފައް މުރުޖިޔާއިންނާއި ޖަހުނީންދަނީ އެމީހުންގެ އަޤީދާ މުސްލިމުންގެ ތެރޭ ވަރަށް ބާރަށް ފަތުރަމުންނެވެ. އެމީހުންގެ އަޤީދާ އަކީ ކޮންމެ ކަމެއްކުރިޔަސް ޝިރުކު ކުރިޔަސް އެކަން ހިތުން ހަލާލް ނުކުރާކަމުގައި ވާނަމަ އެމީހަކު ކާފަރެއް ނުވާނެއެވެ. އެހެނީ އެމީހުން ދެކޭގޮތުގައި އީމާންކަންވަނީ ހަމައެކަނި ހިތުގައެވެ. އެހެން ނަމަވެސް أهل السنّة ولجماعة ގެ عقيدة އަކީ އީމާންކަން ވަނީ ހިތާއި، ދުލާއި، އަމަލުގައެވެ. ހިތް ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް ދުލުން ބުނެލާ ބަހަކުންވެސް މީހާ އިސްލާމް ދީނުން ބޭރުވެދާނެއެވެ. ﷲ ތަޢާލާ ވަޙީ ކުރެއްވިއެވެ.
﴿وَلَقَدْ قَالُواْ كَلِمَةَ الْكُفْرِ وَكَفَرُواْ بَعْدَ إِسْلَـمِهِمْ﴾
(ތަޢުބާ: 74)
މާނައީ: "އަދި އެބައިމީހުން ކުފުރުގެ ކަލިމަ ބުނުމުގެ ސަބަބުން އިސްލާމް ވުމަށް ފަހު ކާފިރުވިއެވެ."

އަދި ހިތް ކޮންމެ ގޮތަކަށް އޮތްކަމުގައިވިޔަސް އެމީހުން ﷲ ތަޢާލާއާއި شريك ކޮށްފިނަމަވެސް އިސްލާމް ދީނުން ބޭރުވާނެއެވެ. އަދި ގަސްތުގައި ނަމާދެއް އެޅިޔަސްމެއެވެ. رسول الله (صلّى الله عليه وسلّم) ހަދީޘް ފުޅު ކުރައްވަނީ
((من ترك اصلاة متعمدا فقد كفرأوأشرك))
މާނައީ: "ގަސްތުގައި ނަމާދު އަޅައިފި މީހާ ކާފިރު ވެއްޖެއެވެ. ނުވަތަ شرك ކޮށްފިއެވެ."

أهل السنّة ولجماعة ގެ عقيدة އަކީ މިއީ އެވެ. މިއާއި ޚިލާފަަށް މުރުޖިއާއިން ދެކޭ ގޮތުގައި ހުރިހާ ކަމެއްވެސް ވަނީ ހަމައެކަނި ހިތުގައެވެ. އިސްލާމީ ޝަރީއަތް ޤާއިމް ނުކުރިޔަސް އޭނާގެ ހިތް އޮތްގޮތެއް ނޭގޭނެއެވެ. އެވަގުތުވެސް އޭނާގެ ހިތް އީމާންކަމުން ފުރިފަވެސް އޮވެދާނެޔޯލައެވެ. އަދި އަބަދާއި އަބަދު އަމިއްލަ ޤާނޫނެއް ހަދައިގެން ކީރިތި قران އެއީ އޮތް އެއްޗެއް ކަމުގައިވެސް ހީނުވެ ދުނިޔެ އުމުރު އެގާނޫނު އަސާސީ އިސްލާހު ކޮއްލަ ކޮއްލާ ހުންނަމީހާގެވެސް ހިތް ރަގަޅަށް އޮވެދާނެޔޯލައެވެ. ފަހެ މިފަދަ މީހުންނަށް ހަލާކު ހުއްޓެވެ. މި عقيدة އަކީ ކީރިތި ޤުރުއާނާއި މޫރިތި ސުންނަތުންނާއި ބުއްދީގެ ހެކިތަކުންވެސް باطل މުޑުދާރު عقيدة އެކެވެ. މިފަދަ ނުބައި عقيدة ތަކުން އެންމެހާ މުސްލިމުން ސަލާމަތް ކުރައްވާށިއެވެ. آمين

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons