Wednesday, April 18, 2012

ދީނަށްނަސްރުދިނުމަށްނުކުތް އިއްތިހާދުގެ ބަހެއް މިކަމުގައި ނުލިބޭތޯއެވެ؟

ވީ ޓީވީ އިން މި މަހު ބޭއްވުމަށް އިންތިޒާމު ކުރާ "ވީޓީވީ ސްކޫލް އައިކަން" ލަވަ މުބާރާތް ހުއްޓާލުމަށް އަދާލަތު ޕާޓީ އިން އިލްތިމާސް ކުރި ނަމަވެސް ކުރިއްސުރެ ހަމަޖެހިފައިވާ އުސޫލުން ބުރާސްފަތި ދުވަހު ލަވަ މުބާރާތް އޮންނާނެ ކަމަށް ވީ ޓީވީގެ މެނޭޖުމަންޓުން ބުނެފި އެވެ.

ވީޓީވީ ހިންގާ އައިލެންޑް ބްރޯޑް ކާސްޓިން ކޮމިޝަނުގެ ސީއީއޯ އިބްރާހިމް ހަލީލް  ވިދާޅުވީ ލަވަ މުބާރާތް ނުބޭއްވުމަށް އެދި ވީ ޓީވީ އަށް އަދާލަތު ޕާޓީން ފޮނުވާފައިވާ ސިޓީ އަށް އިހުތިރާމް ކުރައްވާ ކަމަށާއި ނަމަވެސް ލަވަ މުބާރާތް ކެންސަލް ކުރެވެން ނެތް ކަމަށެވެ.


އަދި އޭނާ ވިދާޅުވީ ރާއްޖޭގެ ގާނޫނު އަސާސީ އިން މަނާ ކުރާކަމެއްގައި ނުވަތަ ދީނީ ގޮތުން މަނާކުރާ ކަމެއް ނަމަ އެކަމުގައި އަމަލުކުރާ އުސޫލެއް ވާން ޖެހޭނީ ތަފާތު ކުރުމެއް ނެތި އެންމެންނަށް ހަމަހަމަ އުސޫލެއް ކަމަށެވެ.


"މި ދައުލަތުގައި ހުރިހާ މުސްލިމުންގެ މައްޗަށް އަމަލުރުކުރާ ގާނޫނީ ކަމެއް ނުވަތަ ދީނީ ކަމެއްގައި ނަމަ އެ އުސޫލު ވާން ޖެހޭނީ އެންމެންނަށް ހަމަހަމަ އުސޫލަކަށް. މިދެންނެވީ ހުރިހާ މީޑިޔާއެއްގައި. ވަކި ޓީވީ މޯލްޑިވްސްއެއް ވަކި ވީޓީވީއެއް ނޫން. އޭގެ ތެރޭގައި ހުރިހާ މިޔުޒިކް ރޭޑިއޯ ސްޓޭޝަންތަކާއި ނޫސްތަކާއި ޓީވީތަކާއި ހުރިހާ ތަނަކަށް އޮންނަން ޖެހޭނީ އެއް އުސޫލެއް ނޫންތޯ،" އައިކަން ޝޯ ހުއްޓާލަން ނުޖެހޭ ސަބަބު ބަޔާން ކުރައްވަމުން ހަލީލު ވިދާޅުވި އެވެ.


ހަލީލު ވިދާޅުވީ ވިޓީވީގެ ލަވަ މުބާރާތް ހުއްޓާލުމަށް އަދާލަތު ޕާޓީން އިލްތިމާސް ކުރި އިރު، އެ ޕާޓީގެ ގިނަ އަދަދެއްގެ އިލްމުވެރިން ތަމްސީލު ކުރާ އިސްލާމިކް މިނިސްޓްރީ އިން އެކަމާ ބެހޭ ގޮތުން އެއްވެސް އެއްޗެއް ބުނެފައި ނުވާ ކަމަށެވެ.


"ދީނާ ބެހޭ މިނިސްޓްރީއެއް އެބައޮތް. ފިގުހު އެކަޑަމީއެއް އެބައޮތް. މަދަރުސަކާ ބެހޭ ގާނޫނީ މިނިސްޓްރީއެއް އެބައޮތް. މިނިސްޓްރީ އޮފް އެޑިއުކޭޝަން އެބަ އޮތް. އަދި ދިވެހި ރާއްޖޭގައި އަދާލު ޕާޓީ ކަންނޭނގެ ތަމްސީލް ކުރަނީ ދީނީ މިނިސްޓްރީ [އިސްލާމިކް މިނިސްޓްރީ] ވެސް. ގާނޫނީ ގޮތުން އުފެދިފައި އޮތް މިކަހަލަ އެއްވެސް މުއައްސަސާއަކުން، އެއްވެސް މިނިސްޓްރީއަކުން ނެތް އެއްވެސް ކަހަލަ އިޝާރާތެއް އެއްވެސް ސިޓީއެއް ބަދަލުކޮށްފައެއް." އޭނާ ވިދާޅުވި އެވެ.


ލަވައަކީ ހަރާމް އެއްޗެއް ކަމަށް ބުނެ ސްކޫލް ކުދިނަށް އަމާޒުކޮށްގެން ބޭއްވުމަށް ހަމަޖައްސާފައިވާ ލަވަ މުބާރާތް ނުބޭއްވުމަށް ވީ ޓީވީ އަށާއި ޓީވީއެމް އަދި އެޑިއުކޭޝަން މިނިސްޓްރީ އަށް އަދާލަތުން ވަނީ އިލްތިމާސްކޮށްފަ އެވެ.


  
އަދާލަތުން  އިލްތިމާސްކުރިއަސް އެކަމަށް ބެލުމެއްނެތި  ވީޓީވީގެ އައިކަން ލަވަ މުބާރާތް މި މަހުގެ 19 ވަނަ ދުވަހު ބޭއްވުމަށް ހަމަޖައްސާފައިވާ އިރު ޓީވީއެމް އިން އިންތިޒާމް ކޮށްގެން އިންޓަސްކޫލް ލަވަ މުބަރާތްތެއް ވެސް މި އަހަރުގެ ތެރޭގައި ބޭއްވުމަށް އިސްތިހާރުތައްދަނީ ދައްކަމުންނެވެ. އަދި ގައުމީ ޓީވީގެ ލަވަމުބާރާތްވެސް ބާއްވާގޮތަށް ހަމަޖެހިފައިވާ ކަމަށް ވަނީ އެނގިފަ އެވެ.
   ފަލަސްތީންގެ ރައީސް މަހުމޫދު އައްބާސް ރާއްޖެ ވަޑައިގަތުމުންވެސް އެމަނިކުފާނަށް ދިވެހި ކުޑަކުދިންގެ ފަރި ޙަރަކާތްތަކާއިއެކު ލަވަޔާއި، މިޔުޒިކަށް ޑާންސް ކުރުމުގެ މަރުޙަބާއެއް ވަނީ ކިޔައިފައެވެ.
    ފަލަސްތީންގެ ރައީސް މަހުމޫދު އައްބާސް   ރާއްޖެ ވަޑައިގަތުމުން އެމަނިކުފާނަށް މަރުހަބާ ވިދާޅުވަނީ ރައީސް މުހައްމަދު ވަހީދު އެވެ. އަދި މީގެ އިތުުރުން ވެރިކަމުން އިސްތިއުފާދިން އެމްޑީޕީ ސަރުކާރުގެ ދީނީ ސިޔާސަތު ކަމުނުދާކަމަށް ބުނެ އިސްލާމް ދީން ޙިމާޔަތް ކުރުމަށް ނުކުތް ބޭބޭފުޅުންގެ އިތުރުން މިހާރުގެ މިނިސްޓަރުންވެސް ޙާއްސަކޮށް މިއުޒިކާ ލަވަ ހަރާމްކަމަށް ވިދާޅުވެ ސިޓީފޮނުއްވާ އަދާލަތު ޕާރޓީގެ އިސްލާމިކް މިނިސްޓަރ އިސްވެ ހުންނެވި މި އިވެންޓްގައި ލަވަޔާއި ބޮޑުބެރާއި މިޔުޒިކުގެ އިތުރުން ސްކޫލް ކުދިންގެ ކަޕްލް ޑާންސް ފެނިގެން ގޮސްފައިވެއެވެ.



    ލާދީނީ ކަންތައް ފަތުރަންމަސައްކަތްކުރާތީ ގިނަ އިލްމުވެރިންނާ ޕާޓީތަކާ ޖަމްއިއްޔާތައް އެކުވެގެން މަގުމަައްޗަށްނުކުމެ ސަރުކާރުބަދަލުކޮށްލީ އިހަށްދުވަހަކުއެވެ. އެދުވަހު އިލްމުވެރިންގެ އަތުގަހިފާގެން ދީނޭކިޔާފަ ދީނަށްނަސްރުދިނުމަށް ނުކުތްއެބައިގެ ބޮޑަކަށްހުރި އެއްފަރާތުން ހިންގާ ވިލާޓީވީއިންނާއި، ދީނީސަރުކާރެއްގެ ގައުމީޓީވީއިން، ހަމަ މި އިލްމުވެރިން ދަލީލާ ހުއްޖަތް ދައްކަދައްކާއޮއްވާ މިހާއަވަހަށް  ގުރުއާނާ ސުންނަތްބޮލާލާޖަހާފަމިކަމުގައިމިފަހަރުމިއިހްތިޔާރުކުރީކޮންދީނެއްގެބައެއްބާއެވެ؟
    ދީނަށްނަސްރުދިނުމަށްނުކުތް ހަމައެބައިމީހުންގެތެރެއިން ފާޅުވަމުންދާ މިފަދަ ބައެއް ކަންކަމުން އަމަލާ ބަހާދިމާނުވެ އާންމުންނަށް ހަގީގީއިސްލާމްދީނުގެ ރަގަޅުގޮތް ވަރަށްބޮޑަށް އޮޅެމުންދާ މިދަނޑިވަޅުގައި، އެއްކަލަ  ދީނަށްނަސްރުދިނުމަށްނުކުތް އިއްތިހާދުގެ ބަހެއް މިކަމުގައި ނުލިބޭތޯއެވެ؟

    ދީނީގޮތުން ބަލާއިރުު އިސްލާމުންކަމަށް ވަންޏާ މިބައިމީހުންގެ މިބުނުންތަކަކީ ކިހާބިރުވެރި ބުނުންތަކެއްބާއެވެ؟ ނެތުމުގެ ތެރެއިން ތިބާއުފެއްދެވި ރައްބުލް ކާއިނާތު މާތްސުބުޙާނަހޫ ވަތަޢާލާ އާއި، މާތްނަބިއްޔާގެ ދުވާލުގެ އިރުފަދަ ސާފުބަސްފުޅުން ދަލީލާ ހުއްޖަތް އިލްމުވެރިން ދެއްކުމުންވެސް މިބުނަނީ ތިއަށް އިހްތިރާމްކުރަމޭ އެކަމަކު ތިއަކަށް އަމަލެއްނުކުރާނަމޭ ތިބަސްފުޅުތަކަށްވުރެ އަހަރުމެންގެ ގާނޫނުއަސާސީ މާމޮޅޭ އެގާނޫނު އަސާސީގައި ތިކަމަށް ގޮތެއް ކަޑަނާޅަނީސް ނުވަތަ އެގާނޫނުގައި ތިކަން ނެތިއްޔާ ތިމަންމެން ތިއަކަށް އަމަލެއްނުކުރާނަމޭ ނޫންހެއްޔެވެ؟

عن عمران بن حصين رضي الله عنه أن رسول الله صلى الله عليه وسلم قال: (في هذه الأمة خسف ومسخ وقذف، قال رجل من المسلمين: يا رسول الله، ومتى ذلك؟ قال: إذا ظهرت القينات والمعازف وشربت الخمر) رواه الترمذي وصححه الألباني މާނައީ: عمران بن حصين رضي الله عنه ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރެއްވިއެވެ. "މިއުންމަތުގެ ތެރެއިން ބަޔަކު ޤަޛުފްކުރެވި، ސިފަބަދަލުވެ، ބިމަށް ގަންބަވައި ގަނެވޭނެއެވެ. އެހިނދު މުސްލިމުންގެތެރެއިން މީހަކު ދެންނެވިއެވެ. އޭ ﷲގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމް އެވެ. އެއީ ކޮން އިރަކުން ތޯއެވެ؟ އެހިނދު ޙަދީޘްފުޅުކުރެއްވިއެވެ. ރާބުއިމާއި މިޔުޒިކުސާމާނާއި ލަވަކިޔާ އަޅުއަންހެނުން ޢާއްމުވުމުންނެވެ." 

عن أبي مالك الأشعري رضي الله عنه أنه سمع رسول الله صلى الله عليه وسلم يقول: (ليشربن ناس من أمتي الخمر يسمونها بغير اسمها، وتضرب على رؤوسهم المعازف والمغنيات، يخسف الله بهم الأرض، ويجعل منهم القردة والخنازير ) (صححه الألباني في غاية المرام)
މާނައީ: أبي مالك الأشعري رضي الله عنه ވިދާޅުވިއެވެ. رسول الله صلى الله عليه وسلم ޙަދީޘް ކުރައްވަނިކޮށް ތިމަންކަލޭގެފާނު އަޑުއެހީމެވެ. " ހަމަކަށަވަރުން ތިމަންކަލޭގެފާނުގެ އުންމަތުގެ މީހުންގެ ތެރެއިން ބަޔަކު ބަނގުރާ ބޯނެއެވެ. އެބައިމީހުން އޭގެ ނަން ނޫން އެހެން ނަމެއް އެއަށް ކިޔާނެއެވެ. އެބައިމީހުން ތިބޭ ތަންތަނުގައި މިއުޒިކް ސާމާނުތަކުން މިޔުޒިކު ކުޅެ، ލަވަކިޔާ އަންހެނުން ލަވަކިޔާނެއެވެ. ﷲ އެބައިމީހުން ބިމުގެ އަޑިއަށް ގަންބަވާނެތެވެ. އަދި އެބައިމީހުން ރާމާމަކުނާއި އޫރުތަކަށް ބަދަލު ކުރައްވާނެއެވެ."

  
           ގާނޫނުގެ ވާހަކަދައްކަވާއިރު،  إسْلَاَم دِيْن އަކީ އިންސާނާގެ މުޅި حَيَاةُ ގެ ސަލާމަތާއި مَصْلَحَة ގެވެރި ދީނެވެ. އެދީނުގެقَوَاعِد އަށްވުރެ صُلْحَ ވެރި قَوَاعِد އެއް  قَانُوْنُ އެއް   އިންސާނުންނަށް އޮވެގެން ނުވާނެއެވެ. އެއަށްވުރެ ހެޔޮ ރަނގަޅު ޤާނޫނެއް މުޅި ޢުމުރުގާވެސް ނުހެދޭނެއެވެ.
       މާތްކަނޑައެޅުއްވި قَانُوْنُ އަށް ބޯނުލަބާހާ ހިނދަކު އިސްލާމަކަށް ވާނެ ގޮތެއްނޯންނާނެއެވެ. އަލިފުދާލުގެ قَانُوْنُ އެއް  ކަމަކު ޔުނިސެފުގެ قَانُوْنُ އެއް  ކަމަކު އަދި ނުވަތަ ޔޫރަޕްގެ إتِّحَادُ ގެ قَانُوْنُ އެއް ނުވަތަ ޕާޓީ ޖަމިއްޔާގެ ޤާނޫނެއް ކަމަކު ކަނޑައެޅުއްވި قَانُوْنُ އާއި خِلاَف ވާ قَانُوْنُ އަކަށް ކިޔަމަން ވެގެން އިސްލާމަކަށް ވާނެ ގޮތެއްނޯންނާނެއެވެއަދި ހަމަ އެޔާއެކު ގެ حُكُم އަށް އެކަލާނގެ އަޅުތަކުން حُكُم ކުރުމަކީ އެކަލާނގެއަށް އެކަލާނގެ އަޅުތަކުން އަދާކުރަންޖެހޭ مُقَدَّس އަޅުކަމެކެވެ. އަދިއެއީ  އެއިލާހު އެއްކައުވަންތަ ކުރުމުގެ ތެރެއިން ވާކަމެކެވެ.  . ﷲގެ حُكُم އާއި خِلاَف އަށްވާ އެހެން އެއްވެސް ފަރާތެއްގެ حُكُم އަށްحُكُم ކުރުމަކީ އެ حُكُم ހެދިފަރާތަކަށް އަޅުކަންކުރުމެވެ.
        އެހުކުމްތަކުގެ މައްޗަށް މީސްތަކުންނަށް ފެންނަގޮތް ގޮތަށް ވަޟުޢީ ޤާނޫން ތައް ހަދަ ހަދާއިގެން އެއަށް ޙުކުމުރުމާއި އަދި އެއަކަށް ދަލީލެއް ނުވާ އިޖްތިހާދުތަކަށް ޙުކުމް ކުރުން ހިމެނިގެން ވަނީ ޝިރުކު ތެރެއިންނެވެ. އެއީ ކިޔަމަންގަތުމުގައި ކުރެވޭ ޝިރުކެވެ. މިކަމަށް އިޝާރާތް ކުރައްވައި أهل الكتاب އާއި ބެހޭގޮތުން الله ވަޙީކުރެއްވިއެވެ. (اتَّخَذُوا أَحْبَارَهُمْ وَرُهْبَانَهُمْ أَرْبَاباً مِنْ دُونِ اللَّهِ) [سورة التوبة: 31] މާނައި:އެބައިމީހުންގެ ޢިލްމުވެރިންނާއި،ފާދިރީން ﷲ ފިޔަވައި އިލާހުން ކަމުގައި އެބައިމީހުން ހެދީއެވެ. މިއާޔަތާއި ބެހޭ ގޮތުން عدي بن حاتم ސުވާލު ކުރެއްވިއެވެ. އޭ الله ގެ ރަސޫލާއެވެ. އަހަރަމެން އެމީހުންނަށް (އެބަހީ: ރާހިބުންނާއި ހިބުރުންނަށް) އަޅުކަމެއް ނުކުރަމުއެވެ.
         ރަސޫލާ - صلى الله عليه وسلم - ހަދީޘް ކުރެއްވިއެވެ. "أليسوا يحلون ما حرم الله فتحلونه ويحرمون ما أحل الله فتحرمونه "الله ޙަރާމް ކުރެއްވި ތަކެތި އެބައިމީހުން ޙަލާލު ނުކުރޭތޯއެވެ. ދެން ތިޔަބައިމީހުން އެތަކެތި ޙާލު ނުކުރަމު ހެއްޔެވެ؟ އަދި الله ޙަލާލު ކުރެއްވި ތަކެތި އެބައިމީހުން ޙަރާމް ނުކުރޭތޯ އެވެ. ދެން ތިޔަބައިމީހުން އެތަކެތި ޙަރާމް ކަމުގައި ނުދެކުމުތޯއެވެ. عدي ޖަވާބު ދެއްވިއެވެ. އާދޭހެވެ! (މާނައަކީ: އަހަރަމެން އެގޮތައް ކަންތައްކުރަމެވެ.) ދެން ރަސޫލާ - صلى الله عليه وسلم - ހަދީޘް ކުރެއްވިއެވެ. އެއީ (الله ފިޔަވައި) އެމީހުނަށް ކުރެވޭ އަޅުކަމެއެވެ.
        އަހަރަމެންގެ ހުރިހާ ކަމެއްގައި އިސްލާމީ ޝަރީޢަތް ޤާއިމްކޮށްގެން މެނުވީ ޢަދުލުވެރިކަން ޤާއިމް ނުވާނެއެވެ. އެއީ އަހަރަމެންގެ ޢަޤީދާ އާއި ލިޔެކިޔުމާއި، ދެކޭގޮތާއި، އަހަރަމެން ދަޢުވަތު ދޭ އުސްލޫބާއި، އަޚްލާޤާއި ސުލޫކުގައި ވެސް، އަދި އަހަރަމެންގެ އެތެރެފުށާއި ބޭރު ފުށް ވެސް އިސްލާމީ ޝަރީޢަތާއި އެއްގޮތް ކުރެވިގެން ނޫނީ ޢަދުލުވެރިކަން ޤާއިމްނުކުރެވޭނެތީއެވެ. އަހަރަމެންގެ ތެރޭގައިވާ ދެބަސްވުންތަކާއި ހަމަނުޖެހުމާއި ކުރެވޭ ޒުވާބުތައް ވެސް ރައްދުކުރެވެން ޖެހެނީ އިސްލާމީ ޝަރީޢަތާއި އެއްގޮތަށެވެ.
 الله ވަޙީކުރެއްވިއެވެ. (وَمَا اخْتَلَفْتُمْ فِيهِ مِنْ شَيْءٍ فَحُكْمُهُ إِلَى اللَّهِ)[سورة الشورى: 10] މާނައީ: އަދި ތިޔަބައިމީހުން އެކަމަކާ މެދުގައި ޚިލާފް ވާ ކޮންމެ ކަމެއްގެ ޙުކުމް ކުރެއްވުންވަނީ، ﷲ އަށެވެ.އަދިވެސް ވަޙީކުރެއްވިއެވެ. (فَإِنْ تَنَازَعْتُمْ فِي شَيْءٍ فَرُدُّوهُ إِلَى اللَّهِ وَالرَّسُولِ إِنْ كُنتُمْ تُؤْمِنُونَ بِاللَّهِ وَالْيَوْمِ الآخِرِ ذَلِكَ خَيْرٌ وَأَحْسَنُ تَأْوِيلاً) [سورة النساء: 59] މާނައީ: ފަހެ، ކަމަކާމެދު ތިޔަބައިމީހުން ދެބަސްވެއްޖެނަމަ،ﷲ އަށާއި،ރަސޫލާ އަށް ހުށަހަޅާށެވެ.(އެބަހީ:އެކަމާމެދު ﷲއާއި،އެކަލާނގެ ރަސޫލާގެ ހުކުމްއޮތްގޮތެއް ބަލައިއެގޮތަށް ޢަމަލުކުރާށެވެ.) ތިޔަބައިމީހުންއަށާއި،އާޚިރަތް ދުވަހަށްއީމާންވާ ކަމުގައިވާނަމަ އެވެ.އެގޮތް ތިޔަބައިމީހުންނަށް ހެޔޮކަންބޮޑެވެ.އަދި،ނިމުމެއްގެ ގޮތުންރީތިކަންވެސް ބޮޑުމެއެވެ.


     ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ؛
﴿ أَفَتُؤْمِنُونَ بِبَعْضِ الْكِتَابِ وَتَكْفُرُونَ بِبَعْضٍ فَمَا جَزَاءُ مَنْ يَفْعَلُ ذَلِكَ مِنْكُمْ إِلَّا خِزْيٌ فِي الْحَيَاةِ الدُّنْيَا وَيَوْمَ الْقِيَامَةِ يُرَدُّونَ إِلَى أَشَدِّ الْعَذَابِ وَمَا اللَّهُ بِغَافِلٍ عَمَّا تَعْمَلُونَ ﴾ (سورة البقرة: 85) މާނައީ: " ފަހެ، ފޮތުން ބަޔަކަށް ތިޔަބައިމީހުން އީމާންވެ އަނެއްބަޔަށް ކާފިރުވަނީ ހެއްޔެވެ؟ ފަހެ، ތިޔަބައިމީހުންގެ ތެރެއިން އެކަންތައްކުރާ މީހުންގެ ޖަޒާއަކީ، ދުނިޔޭގެ ޙަޔާތުގައި ދެރަކަމާއި ނިކަމެތިކަން ލިބުން ކަމުގައި މެނުވީ ނުވެއެވެ. އަދި ޤިޔާމަތްދުވަހުން ގަދަފަދަ ޢަޒާބުގެ ތެރެއަށް އެއުރެން ފޮނުއްވާ ހުށްޓެވެ. އަދި ހަމަކަށަވަރުން، ތިޔަބައިމީހުންކުރާ ޢަމަލުތަކާއިމެދު ޢާފިލުވެ ވޮޑިގެންވާ ކަލަކު ކަމުގައި ﷲ ނުވެއެވެ."

                   ﷲ ސުބުޙާނަހޫ ވަތަޢާލާ ވަޙީ ކުރައްވާފައިވަނީ ﴿ فَلَا وَرَبِّكَ لَا يُؤْمِنُونَ حَتَّى يُحَكِّمُوكَ فِيمَا شَجَرَ بَيْنَهُمْ ثُمَّ لَا يَجِدُوا فِي أَنْفُسِهِمْ حَرَجًا مِمَّا قَضَيْتَ وَيُسَلِّمُوا تَسْلِيمًا﴾ (سورة النساء65) މާނައި: " އެހެންނަކުން ނޫނެވެ! ފެހެ، ކަލޭގެފާނު ހައްދަވާ ގެންގުޅުއްވާ އިލާހު ގަންދެއްވައި ވަޙީ ކުރައްވަމެވެ. އެއުރެންގެ މެދުގައި އުފެދިފައިވާ ދެކޮޅުވެރިކަމުގައި، ކަލޭގެފާނު އެމީހުންގެ މެދުގައި ޙުކުމްކޮށްފުމަށް ދާންދެން، އެއުރެން އީމާނެއް ނުވާނެތެވެ. އެހިނދު، ކަލޭގެފާނު ނިޔާކުރެއްވި ގޮތާމެދު އެއުރެންގެ ހިތްތަކުގައި، ދަތިކަމެއް ވާކަމުގައި އެއުރެން ނުދެކޭނެތެވެ. އަދި އެއުރެން (އެ ނިޔާއަށް) ފުރިހަމަ ވެގެންވާ ކިޔަމަންވުމަކުން ކިޔަމަންވާނެތެވެ."

         ޙަޝްރު ސޫރަތުގެ 7 ވަނަ އާޔަތުގައި މާތް ﷲ ވަޙީކުރެއްވިއެވެ. "وَمَا آَتَاكُمُ الرَّسُولُ فَخُذُوهُ وَمَا نَهَاكُمْ عَنْهُ فَانْتَهُوا" (الحشر 7) މާނައީ: އަދި ރަސޫލާ (ޞައްލަﷲ ޢަލައިހި ވަސައްލަމަ) ތިޔަބައިމީހުންނަށް ގެނެސްދެއްވި ކޮންމެ ކަމެއްގައި ފަހެ ތިޔަބައިމީހުން ހިފަހައްޓާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ނަހީކުރެއްވި ކޮންމެ ކަމަކުން ފަހެ ތިޔަބައިމީހުން ދުރުހެލިވާށެވެ." 

            މިކަމާބެހޭގޮތުން އަލްޢައްލާމާ އިބްނު ކަޘީރު ވިދާޅުވިއެވެ. "އެބަހީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ތިޔަބައިމީހުންނަށް ކޮންމެފަދަ އަމުރެއް ކުރެއްވިޔަސް އެކަމެއް ތިޔަބައިމީހުން ކުރާށެވެ. އަދި އެކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކުން ދުރުހެލިވުމަށް އަންގަފައިފިނަމަ އެއީ ކޮންމެފަދަ ކަމެއްކަމުގައި ވިޔަސް ފަހެ އެކަމަކުން އަވަހަށް ދުރުހެލިވާށެވެ. އެހެނީ އެކަލޭގެފާނު އަބަދުވެސް އަމުރުކުރައްވަނީ ރަނގަޅު ކަންތައްތަކަށެވެ. އަދި މަނާކުރައްވަނީ ނުބައިކަންތައްތަކެވެ."
 ﷲ ސުބުޙާނަހޫ ވަތަޢާލާގެ ވަޙީބަސްފުޅުންވެސް އެކަން އެގެއެވެ.
           ނޫރު ސޫރަތުގެ 51 ވަނަ އާޔަތުގައި އެކަލާނގެ ވަޙީ ކުރެއްވިއެވެ. "إِنَّمَاكَانَ قَوْلَ الْمُؤْمِنِينَ إِذَا دُعُوا إِلَى اللَّهِ وَرَسُولِهِ لِيَحْكُمَ بَيْنَهُمْ أَنْ يَقُولُوا سَمِعْنَا وَأَطَعْنَا وَأُوْلَئِكَ هُمْ الْمُفْلِحُونَ" (النور 51 ) މާނައީ "އެބައިމީހުންގެ މެދުގައި ޙުކުމް ކުރެއްވުމަށް ﷲ އާއި އެކަލާނގެ ރަސޫލާގެ އަރިހަށް އައުމަށް އެބައިމީހުންނަށް ގޮވާލެވިއްޖެ ހިނދަކު މުއުމިނުންގެ ބަހެއް ކަމުގައި ވާކަން ކަށަވަރީ ތިމަންމެން އަހައިފީމުއޭ އަދި ކިޔަމަން ވެއްޖައީމުއޭ އެބައިމީހުން ބުނުމެވެ. އަދި ދިންނަވާނޭ މީހުންނަކީ ހަމަ އެބައިމީހުންނެވެ."


ލަވަޔާމިޔުޒިކާބެހޭގޮތުން ގުރުއާނާހަދީސުން ހުއްޖަތްދައްކާ އަދާލަތުޕާރޓީން ފޮނުވި،ލިޔުމުގެލިންކް.
 http://adhaalath.org.mv/wp-content/uploads/2012/04/Ruling-on-Music.pdf

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons