الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
ދަރިންނަކީ ﷲ ތަޢާލާ ދެއްވާ
ނިޢުމަތެކެވެ. އެއީ ކައިވެނީގެ މޭވާއެވެ. އަދި އެއީ މައިންބަފައިންގެ
ލޮލުގެ ނޫރެވެ. ދަރިންނަކީ މައިންބަފައިންނާއި ހަވާލުވެފައިވާ
މަސްއޫލިއްޔަތެކެވެ. އެހެންކަމުން އެކުދިން ހެޔޮގޮތުގައި
ތަރުބިއްޔަތުކުރުމަކީ ބެލެނިވެރިންގެ މައްޗަށް އޮތް ވާޖިބެކެވެ.