Monday, December 31, 2012
Saturday, December 29, 2012
ކީރިތި ޤުރުއާނާބެހޭ މަޢުލޫމާތު
Thursday, December 27, 2012
Tuesday, December 25, 2012
Sunday, December 23, 2012
Friday, December 21, 2012
ޖިންނީން އިންސާނުންނަށް ގޯނާކުރަނީ ކީއްވެ ؟
Wednesday, December 19, 2012
ދުޢާކުރުމާއި ﷲ އެއްކައުވަންތަކުރުމާ ދެމެދުގައިވާ ގުޅުން
Monday, December 17, 2012
ފުންކޮށް ވިސްނާލައްވާ ބައްލަވާށެވެ
الله
تعالى އަށް ފަށްފަށުން ޙަމްދުކުރަމެވެ. އަޅުގަނޑުމެންގެ މުސްލިމު ދިވެހި
ދަރިންނަކީ އިސްލާމްދީންދެކެ ލޯބިވާ ބައެއްކަމާއި މެދު ޝައްކެއްތެވެ.
ކޮންމެއެކަސް ދިވެހި ޤައުމަކީ އިސްލާމީ ޤައުމެކެވެ. މިހާތަނަށްވެސް
ސައްތައިން ސައްތަ އިސްލާމީ ޤައުމެއްގެ ގޮތުގައި އޮތް މުސްލިމް
ދައުލަތެކެވެ. ދުނިޔެ މަތީގައި އިންސާނާއަށް ލިބޭނެ ބޮޑު ނިޢުމަތްތަކުގެ
ތެރެއިން އެއް ނިއުމަތް ލިބިފައިވާ މީސްތަކުންތަކެއް އުޅެމުންދާ ކުޑަކުޑަ
މުޖުތަމައެކެވެ.Saturday, December 15, 2012
ޖިންނި ސަހަރު ... ތުރުކީވިލާތުގެ ބިމުއަޑީގައި
Thursday, December 13, 2012
Tuesday, December 11, 2012
ލާއިންސާނީ ޙައްޤުތަކުގެ ދިފާޢުގައި..
Sunday, December 9, 2012
ރުޤްޔާހަދާމީހާ ހިލޭ އަންހެނެއްގައިގަ އަތްލުން
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
އިސްލާމްދީނަކީ
ޢިއްފަތްތެރިކަމާއި ކަރާމާތަށް ނުހަނު ބާރުއަޅާދީނެކެވެ. އަދި
އިސްލާމްދީނުގެ އަހުލުވެރިންނަކީ ހުރިހާ ޒަމާނެއްގައިވެސް ރިވެތި
އަޚްލާޤުގެ މަތިވެރި ޞިފަތަކުން ޞިފަލިބިގެން ތިބޭ ބައެކެވެ.
ކަންމިހެންއޮތްއިރު ދެޖިންސުގެ މީހުން މަސްހުނިވެ ގައިގޯޅިވެ އުޅުމުގެ
ހުރިހާ މަގެއް އިސްލާމްދީނުގައި ބަންދުކުރެވިފައިވާކަން މިއީ
މުސްލިމުންނަށް ވަންހަނާވެފައި އޮންނަ ކަމެއްނޫނެވެ.
Friday, December 7, 2012
ޑިމޮކްރަސީގެ ޙަޤީގީ ސޫރަ
Wednesday, December 5, 2012
އަލް އިމާމް އިބުނު ކަޘީރު
ނަމާއި ނަސަބުފުޅު:
އިސްމާޢީލް ބިން ޢުމަރު ބިން ކަޘީރު ބިން ޟައުއު ބިން ޒަރްޢު، އައްޝައިޚް އަލްއިމާމުލް ޢައްލާމާ ޢިމާދުއްދީން އަބުދްފިދާ އިބްނުއްޝައިޚް ޝިހާބުއްދީން އަބީ ޙަފްޞިލް ގުރަޝީ އަލްބަޞްރީ އައްދިމިޝްގީ އައްޝާފިޢީ، މަޝްހޫރުވެ ވަޑައިގެންފައިވަނީ އިބްނު ކަޘީރުގެ ނަންފުޅުންނެވެ.
Monday, December 3, 2012
ޤައުމީ ރޫޙު
Saturday, December 1, 2012
ﷲ ތަޢާލާގެ ނިޢުމަތްތަކަށް އަހަރެން ޝުކުރުވެރިވާނީ ކިހިނެތް؟
ޝުކުރުކުރުންވަނީ ތިބާގެ ހިތުންނާއި ދުލުންނާއި ގުނަވަންތަކުންނެވެ.
ފަހެ
ހިތުން ނިޢުމަތްތަކަށް ޝުކުރުކުރާނީ އެނިޢުމަތްތައް ޚަލްޤުކުރައްވާ،
ދެއްވިފަރާތަށް އެނިޢުމަތްތައް ނިސްބަތްކުރުމުންނެވެ. އެއިލާހު
ވަޙީކުރެއްވިއެވެ. ﴿وَمَا بِكُم مِّن
نِّعْمَةٍ فَمِنَ اللَّـهِ… ﴾ (سورة النحل٥٣) މާނައި: “އަދި
ތިޔަބައިމީހުންގެ ކިބައިގައިވާހާ ނިޢުމަތެއްވަނީ ﷲގެ ޙަޟްރަތުންނެވެ…”
Thursday, November 29, 2012
ކީރިތި ރަސޫލާގެ އެންމެފަހު ޚުތުބާ
Tuesday, November 27, 2012
Sunday, November 25, 2012
ރަވާތިބު ސުންނަތުގެ މާތްކަން
Friday, November 23, 2012
މިހިރަ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ
- ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ.
Wednesday, November 21, 2012
اتق الله حيثما كنت...!! "ތިބާ ވީ ކޮންމެ ތާކުމެ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވާށެވެ."
Monday, November 19, 2012
Saturday, November 17, 2012
ދެން ކާކުބާ؟
ހެނދުނުގެ
ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން
ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން
ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ
އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް
ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ.
އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ
ވާހަކައެވެ.Thursday, November 15, 2012
ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ ޢަލާމާތްތަކުގެ ތެރެއިން މޮޔައިންގެ ވެރިކަން
ޑރ.މުޙައްމަދު ޢަރީފީ.
މީސްތަކުންވަނީ
އެމީހުންގެ ވެރިންފަދައިން ކޮރަޕްޓުވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޚަބަރުދެއްވާފައިވާ ގޮތުގައި ޤިޔާމާތްދުވަހުގެ ޢަލާމާތްތަކުގެ
ތެރެއިން އެއްއަލާމާތަކީ މީސްތަކުންގެ ކަންތައްތައް މޮޔަ ޖާހިލުވެރިންގެ
އަތްމައްޗަށް ދިޔުމެވެ. އެބައިމީހުންނަކީ ކީރިތި ޤުރުއާނާއި އަދި
ސުންނަތުން އެއްވެސް އެއްޗަކަށް އަމަލުނުކުރާ އަދި ނަޞީހަތެއް ދެވުނަސް
އެނަޞީޙަތަކަސް ބީރުކަންފަތެއްދޭ މީހުންނެވެ.Tuesday, November 13, 2012
ސުންނަތެއްނަމަ އޭގައި ހިފާށެވެ! މުޖްތަމަޢުއަށް ފައިދާވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ.
Sunday, November 11, 2012
މުސްލިމުންގެ ފިރުޤާތައް
1. ޤާދިޔާނީން
ތަޢާރުފުޤާދިޔާނީންނަށް "އަޙުމަދީން" ނެވެ، ވެސް ކިޔަ އެވެ. އެއީ، މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އުފެދުނު ފިރުޤާއެކެވެ. އެ ފިރުޤާ އުފެދުނީ، އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގަ އެވެ. މިހާރު ދުނިޔޭގައިވާ ޤާދިޔާނީންގެ ޢަދަދު، ދުއިސައްތަ މިލިއަނަށް އަރާކަމަށް ބުނެވެ އެވެ.
Friday, November 9, 2012
ކީރިތިރަސޫލާގެ ސުންނަތާއި ބުޅަލާއި ޒަމާނީ ޢިލްމު
ބުޅަލަކީ ޠާހިރު އެއްޗެއް |
| ކީރިތިރަސޫލާގެ
ވަރަށްގިނަ ޙަދީޘްފުޅުތައް ބުނާގޮތުގައި ބުޅަލަކީ ޠާހިރުއެއްޗެކެވެ.
އެކަލޭގެފާނު ސިފަކުރައްވާގޮތުގައި އެއީ ގޭގެއަށް ގިނަގިނައިންގޮސް
އުޅޭއެއްޗެކެވެ. އެހެންވެ އެކަލޭގެފާނު ބުޅަލަށް " ޠައްވާފު " ގެ ނަން
ދެއްވި އެވެ.
އޭތި ބޮއިފާ ހުންނަފެނުން، އެކަލޭގެފާނު ވުޟޫކުރައްވާފައިވެ އެވެ. ސުވާލަކީ
ބުޅަކީ ޠާހިރުއެއްޗެއްކަން އަދި އޭތި ނަޖިސްނުވާނެކަން ރަސޫލުﷲގެފާނަށް
އެނގިވަޑައިގަތީ ކިހިނަކުންބާވަ އެވެ؟ އެކަލޭގެފާނަކީ ޑަކްޓެރެއްހެއްޔެވެ؟
ނުވަތަ ލެބޯޓަރީގައި ތަޙްލީލުތައްކުރައްވާ އޭގެ ސާފުކަމާއި ގޮނޑުކަން
ދިރާސާކުރެއްވި ބޭކަލެއްހެއްޔެވެ؟ |
Wednesday, November 7, 2012
އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (އިސްތަށިގަނޑު ދިން އަންހެން ސާހިބާ)
ނަޞާރާއިންގެ ބައިބޯ ލަޝްކަރެއް
އުދަރެސް ބައްދާލާފަ މުސޮލިމުން މި ބިމުން ފޮހެލުމަށް ޓަކައި ނިކުތެވެ.
އެވަގުތު އަމީރަކަށް ހުންނެވި އަބޫ ޤުދާމަ އައް ޝާމީ ގެފާނުން ހަލުވި
ކަމާއެކު މިމްބަރަށް ވަޑައިގެން ވަރަށް އަސަރުން ފުރިގެން ވާ ވަރުގަދަ
ޚުތުބާ އެއް ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ބެހޭ ގޮތުން ދެއްވެވި އެވެ. Monday, November 5, 2012
Sunday, November 4, 2012
އިބުނު ޤައްޔިމު ލިޔުއްވާފައިވާ ” ﷲ ގެ ލޯބި”
ފެށުމުގެ ކުރިންއިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ކާކު؟
އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދިނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.
Saturday, November 3, 2012
Thursday, November 1, 2012
ލޮބުވެތި އަޚާއެވެ. ތިބާގެ މޫނުމަތިން އެއްޗެއް މަދުކަން ތިބާއަށް އިޙްސާސްކުރެވޭ ހެއްޔެވެ؟
ލޮބުވެތި
އަޚާއެވެ! މިކާއިނާތަށް ތިބާ ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ރައްބުގެ
އަމުރަށް ނުކިޔަމަންތެރިވާޙާލު، ރެޔާއި ދުވާލު ތުނބުޅިބޭލުމުގެ
ފާފައިގެމަތީގައި ހުރުމަށް ބިރެއް ނުގަނޭހެއްޔެވެ؟ އެއިލާހުގެ
އަމުރުފުޅުތަކަށް އިންކާރުކުރުމުން ތިބާއަށް ކުރިމަތިވެދާނެ ޢަޒާބަކަށް
ބިރެއް ނުގަނޭހެއްޔެވެ؟! ތުނބުޅި ދިގުކުރުމަށް ރަސޫލުﷲ ޞައްލަﷲ
ޢަލައިހިވަސައްލަމަގެ އެތައް ޞައްޙަ ޙަދީޘްފުޅުތަކެއްގައި މުއުމިން
ފިރިހެނުންނަށް އަމުރު ކުރައްވާފައިވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ
ޢަންހުމާގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިއެވެ.Wednesday, October 31, 2012
ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާކުރުމަކީ ހައްދުފަހަނައަޅައި ދިއުން ހެއްޔެވެ؟
އޮކްޓޯބަރ 24، 2012 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވަނީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެއީ ބަނގުރަލުގެ ބާވަތްތަކާއި އޫރުމަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ހުށަހެޅުއްވި އިޞްލާޙެކެވެ.Tuesday, October 30, 2012
Sunday, October 28, 2012
އާޔަތުލް ކުރުސީގެ މަތިވެރިކަން
Friday, October 26, 2012
ޢީދުލް އަޟްޙާ
ޢީދުލް އަޟްޙާއަކީ
ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް
އެހޮއެދުމާއި ތަހުނިޔާކިޔުމުގެ ދުވަހެވެ. މިއަދަކީ ދުނިޔޭގެ ހުރިހާ
މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތްކަމަށްވާ
މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ ތަބާރަކަ ވަތަޢާލާއަށް
ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ. ޢަދާވާތްތެރިންކަމުގައިވަނިކޮށް
އިސްލާމްދީނު ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެންވަނީ އަޚުންކަމުގައި
ލައްވާފައެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މިދީނުގެ ސަބަބުން
އޯގާތެރިކަމާއި ލޯބިވަނީ މާތް ﷲ ލައްވާފައެވެ. Wednesday, October 24, 2012
އުޟްޙިޔާ ކަތިލުން
الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ
وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا
وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ وَعَلَى آلِهِ وَأَصْحَابِهِ
وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އުޟްޙިޔާއަކީ ކޮބާ؟
Monday, October 22, 2012
ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރައްވާ!
މާތްކަމާއި ބަރަކާތުން ފުރިގެންވާ
ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިލައިފިއެވެ. އަޅުގަނޑުމެން މިހާރު
އުޅެމުން މި ގެންދަނީ އެ ދުވަސްތަކުގެ ތެރޭގައެވެ. ޙައްޖުމަހުގެ ފުރަތަމަ
10 ދުވަހެވެ. މި ދުވަސް ވަރު، އެތައްހާސް މުސްލިމުން
ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ. ޙައްޖު
ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ.
Saturday, October 20, 2012
ޢަރަފާތް ދުވަހުގެ މާތްކަން
ޢަރަފާތް ދުވަހުގެ މާތްކަމާއި ބެހޭ ގޮތުން އައިސްފައިވެއެވެ.
1. އެދުވަހަކީ ނިޢްމަތްތައް ފުރިހަމަ ކުރައްވާ އަދި ދީންވެސް ފުރިހަމަ ކުރެއްވި ދުވަސް ކަމަށް ވުން.
عَنْ طَارِقِ بْنِ شِهَابٍ قَالَ جَاءَ رَجُلٌ مِنْ الْيَهُودِ إِلَى عُمَرَ بْنِ الْخَطَّابِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ { الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا }
فَقَالَ عُمَرُ إِنِّي لَأَعْلَمُ الْمَكَانَ الَّذِي نَزَلَتْ
فِيهِ وَالْيَوْمَ الَّذِي نَزَلَتْ فِيهِ نَزَلَتْ عَلَى رَسُولِ اللَّهِ
صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي عَرَفَاتٍ فِي يَوْمِ جُمُعَةٍ
1. އެދުވަހަކީ ނިޢްމަތްތައް ފުރިހަމަ ކުރައްވާ އަދި ދީންވެސް ފުރިހަމަ ކުރެއްވި ދުވަސް ކަމަށް ވުން.
عَنْ طَارِقِ بْنِ شِهَابٍ قَالَ جَاءَ رَجُلٌ مِنْ الْيَهُودِ إِلَى عُمَرَ بْنِ الْخَطَّابِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ { الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا }
Friday, October 19, 2012
Thursday, October 18, 2012
އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ގަން އެއާޕޯޓަށް ޖެއްސި މައްސަލައިގަ ޑރ.ޝަމްހީދު ކޮމިޓީއަށް
Wednesday, October 17, 2012
އިއްޒަތްތެރި ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! މަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟
ސުވާލަކީ: ބައެއް (އިއްޒަތްތެރި) ބޭފުޅުން ވިދާޅުވޭ، ޤިޞާޞް ހިފީމާ ކިހިނެއްހޭ ވާނީ، ދެން ތިމަންނަމެން ކަތިވަޅި ހިފައިގެން ދުވަންވީހޭ، އަނެއް ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! ޙުކުމް ކުރީމަ އެތަންފީޛު ކުރެވޭނެ ގޮތެއް ނެތޭ، އެމަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ އެކަމު އަރުވާލަންވީމަ ޤާނޫނަކު ނޯވޭ މަތިންދާ ބޯޓަކުތޯ؟ ދޯންޏަކުންތޯ ހެލްކޮޕްޓަރުންތޯ ފޮނުވާލާނީ، އެކަމަކު މިހިސާބަށް [ޤިޞާޞް ހިފުމާއި ހަމައަށް] ދިޔައިމާ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟
Tuesday, October 16, 2012
އެންމެހެޔޮ އަންހެނާ
عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: ”
تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا،
وَجَمَالِهَا، وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ
يَدَاكَ”. (رواه البخاري ومسلم )
Sunday, October 14, 2012
Friday, October 12, 2012
Wednesday, October 10, 2012
Monday, October 8, 2012
ނަބަވީ ހިދާޔަތުގެ ތެރެއިން
عَنِ ابْنِ عَبَّاسٍ، رَضِيَ اللَّهُ عَنْهُمَا، قَالَ: "كُنْتُ خَلْفَ النَّبِيِّ صلى الله عليه وسلم يَوْمًا
فَقَالَ: "يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ: "احْفَظِ اللَّهَ
يَحْفَظْكَ احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ
اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ: أَنَّ
الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَـمْ
يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَإِنِ
اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ، لَـمْ يَضُرُّوكَ إِلاَّ
بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ، وَجَفَّتِ
الصُّحُفُ". (رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ)
Sunday, October 7, 2012
Saturday, October 6, 2012
އޭނާ ތެދު ބުނެފިއެވެ. އެކަމަކު އޭނާއަކީ ބޮޑު ދޮގުވެރިއެކެވެ.
މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.
|
12:00 AM









