Saturday, October 20, 2012

ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަމާއި ބެހޭ ގޮތުން އައިސްފައިވެއެވެ.
 
1. އެދުވަހަކީ ނިޢްމަތްތައް ފުރިހަމަ ކުރައްވާ އަދި ދީންވެސް ފުރިހަމަ ކުރެއްވި ދުވަސް ކަމަށް ވުން.

عَنْ طَارِقِ بْنِ شِهَابٍ قَالَ جَاءَ رَجُلٌ مِنْ الْيَهُودِ إِلَى عُمَرَ بْنِ الْخَطَّابِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ { الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا }
فَقَالَ عُمَرُ إِنِّي لَأَعْلَمُ الْمَكَانَ الَّذِي نَزَلَتْ فِيهِ وَالْيَوْمَ الَّذِي نَزَلَتْ فِيهِ نَزَلَتْ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي عَرَفَاتٍ فِي يَوْمِ جُمُعَةٍ



 މާނައަކީ: ޠާރިގް ބިން ޝިހާބުގެ ކިބައިން ރިވާވެގެން ވެއެވެ. ޔަހޫދީންގެ މީހަކު ޢުމަރު ބިން އަލްޚައްޠާބިގެ އަރިހަށް އައިސް ދެއްނެވިއެވެ. "އޭ މުއިމިނުންގެ އަމީރެވެ. ކަލޭމެންގެ ފޮތުގައިވާ އާޔަތެކެވެ. ކަލޭމެން ކިޔަވާ އުޅޭ އާޔަތެކެވެ. އަހަރުމެން ޔަހޫދީންގެ މައްޗަށް ބާވާލެއްވުނު އާޔަތެއްނަމަ، އެއާޔަތް ބާވާލެއްވުނު ދުވަހަކީ ޢީދު ދުވަހެއް ކަމުގައި ހެދީމުހެވެ." 

ޢުމަރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "ކޮން އާޔަތެއް ހެއްޔެވެ؟" އެމީހާ ދެންނެވިއެވެ. { الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا } މިއާޔަތެވެ. ޢުމަރު- ރަޟިޔަﷲ ޢަންހު- ވިދާޅުވިއެވެ. "މިއާޔަތް ބާވާލެއްވުނު ތަނާއި، ދުވަސް ތިމަންކަލޭގެފާނަށް ރަގަޅަށް އެނގި ވަޑައިގަންނަވައެވެ. މިއާޔަތް ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މައްޗަށް ބާވާލެއްވުނީ ހުކުރުވީ ޢަރަފާތް ދުވަހުއެވެ."

2. ޢަރަފާތް ބިމުގައި ތިބޭ މީހުންނަށް ޢީދު ދުވަހަކަށް ވުން.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ.  إِنَّ يَوْمَ عَرَفَةَ وَيَوْمَ النَّحْرِ وَأَيَّامَ التَّشْرِيقِ عِيدُنَا أَهْلَ الْإِسْلَامِ وَهِيَ أَيَّامُ أَكْلٍ وَشُرْبٍ މާނައަކީ: "ހަމަކަށަވަރުން ޢަރަފާތް ދުވަހަކީ އަދި ޢީދު ދުވަހަކީ އަދި އައްޔާމުއް ތަޝްރީގް ދުވަސްތަކަކީ އަހަރުމެން މުސްލިމުންގެ ޢީދު ދުވަސްތަކެވެ. އެއީ ކައި ބޮއި ހެދުމުގެ ދުވަސްތަކެކެވެ."

3. ޢަރަފާތް ދުވަސް ގަންދެއްވާ ހުވާ ވަޙީ ކުރައްވާފައިވާކަން.
عَن أَبِي هُرَيْرَةَ قَالَ قَالَ رَسُولُ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ الْيَوْمُ الْمَوْعُودُ يَوْمُ الْقِيَامَةِ وَالْيَوْمُ الْمَشْهُودُ يَوْمُ عَرَفَةَ وَالشَّاهِدُ يَوْمُ الْجُمُعَةِ މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާ ގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "އަލްޔައުމުލް މައުޢޫދަކީ ގިޔާމަތް ދުވަހެވެ. އަލްޔައުމުލް މަޝްހޫދަކީ ޢަރަފާތް ދުވަހެވެ. އައްޝާހިދަކީ ހުކުރު ދުވަހެވެ."
4. ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ ދެއަހަރުގެ ފާފަ ފޮހެވޭ ސަބަބަކަށް ވުން.

عَنْ أَبِي قَتَادَةَ قَالَ صِيَامُ عَرَفَةَ يُكَفِّرُ السَّنَةَ وَالَّتِي تَلِيهَا މާނައަކީ: އަބޫ ގަތާދާ-ރަޟިޔަﷲ ޢަންހު- ގެ ކިބައިން ރިވާވެގެން ވެއެވެ. "ޢަރަފާތް ދުވަހު ރޯދަ ހިފުމަކީ މިއަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފޮހެވޭ ކަމެކެވެ." ނަމަވެސް މިދުވަހުގައި ރޯދަ ހިފުން ސުންނަތް ވެގެންވަނީ ހަމައެކަނި ޢަރަފާތު ބިމަށް ނުދެވޭ މީހުންނެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢަރަފާތް ބިމުގައި ހުންނެވި ދުވަހު ރޯދަ ވިއްލެވިއެވެ. އަދި ޢަރަފާތުގައި ތިބޭ މީހުން ރޯދަ ހިފުން މަނާ ކުރެއްވިއެވެ.

5. ޢަރަފާތް ދުވަހަކީ ފާފަތައް ފުއްސަވާ، ނަރަކައިން މުއްތި ކުރައްވާ، ޢަރަފާތް ބިމުގައި ތިބޭ މީހުންގެ ވާހަކައިން ﷲ ތަޢާލާ ފަޚުރުވެރި ވެލައްވާ ދުވަހެވެ.

عَنْ عَائِشَةَ أَنَّ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ مَا مِنْ يَوْمٍ أَكْثَرَ مِنْ أَنْ يُعْتِقَ اللَّهُ عَزَّ وَجَلَّ فِيهِ عَبْدًا أَوْ أَمَةً مِنْ النَّارِ مِنْ يَوْمِ عَرَفَةَ وَإِنَّهُ لَيَدْنُو ثُمَّ يُبَاهِي بِهِمْ الْمَلَائِكَةَ وَيَقُولُ مَا أَرَادَ هَؤُلَاءِ

  މާނައަކީ: މާތް ﷲ ރުއްސުންލެއްވި ޢާއިޝާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. "ޢަރަފާތް ދުވަހަށް ވުރެ ގިނައިން ﷲ ތަޢާލާ މީސްތަކުން ނަރަކައިން މުއްތި ކުރައްވާ ދުވަހެއް ނުވެއެވެ. އެދުވަހުގައި މާތް ﷲ މަލާއިކަތް ބޭކަލުންނަށް އަންގަވާނެއެވެ. "މިބައިމީހުން ބޭނުން ވަނީ ކޮން ކަމެއްތޯއެވެ؟"

މާތް ﷲ ރުއްސުންލެއްވި އިބްނު ޢުމަރުގެ ކިބައިން ރިވާވެގެން ވެއެވެ. ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " إِنَّ اللهَ تَعَالَى يُبَاهِيْ مَلَائِكَتَهُ عَشِيَّةَ عَرَفَةَ بِأَهْلِ عَرَفَةَ ، فَيَقُوْلُ : اُنْظُرُوْا إِلَى عِبَادِيْ أَتَوْنِيْ شَعْثًا غُبَراً " رواه أحمد ،

 މާނައަކީ: "ޢަރަފާތް ދުވަހު ޢަރަފާތުގައި ތިބޭ މީހުންނާމެދު މާތް ﷲ މަލާއިކަތް ބޭކަލުންގެ އަރިހުގައި ފަޚުރުވެރިވެ ވަޑައިގެން ވަޙީ ކުރައްވާނެއެވެ. "ތިމަން ﷲ ގެ އަޅުތަކުންނަށް ބަލާބަލާށެވެ. 

އެބައިމީހުން ހިރަފުހުން ތަތްތެޅިގެން، ބޯހޭވިފައި އެތިބީ ތިމަން ﷲ ގެ ދަރުބާރަށް އައިހެވެ."


   ދުނިޔޭގެ އެދުވަސްތަކެއްގެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތައް އަޅުގަނޑުމެންނާއި މިއަދު ބައްދަލުކޮށްފިއެވެއެއީ ހައްޖު މަހުގެ ފުރަތަމަ ދިހަ ދުވަހެވެ.. އެދުވަސްތަކުން އަޅުގަނޑުމެންނަށް ހެޔޮކަމެއް ލިބިގަނެވެން އޮތީ ކިހިނަކުންތޯ ބަލައި އެހެޔޮކަން ލިބިގަތުމަށް މަސައްކަތްކުރާ މީހުންގެ ތެރޭގައި ވޭތޯ ގަދައަޅައި މަސައްކަތްކުރަން އެބަޖެހެއެވެ

އެހެނީ އަޅުގަނޑުމެންގެ ތެރެއިން ފެންނަ މަންޒަރަކީ މިމާތް ދިހަ ދުވަހަކީ ކުޅިވަރަށް ތައްޔާރުވާ ދުވަސްތަކެއްކަމުގައި ހަދާފައެވެއެހެނީ ޢިލްމުވެރިން ބަޔާންކުރައްވާ ގޮތުގައި މިއީ އަހަރުތެރޭގައި އަންނަ އެންމެ މާތް ދިހަދުވަހެވެރޯދަމަހުގެ ފަހު ދިހަ ދުވަހަށްވުރެވެސް މިދުވަސްތައް މާތްވެގެންވާ ކަމަށް ޢިލްމުވެރިން ބަޔާންކުރައްވައެވެ.
ނަމަވެސް ހިތާމަޔާއެކުގައި އަޅުގަނޑުމެންގެ ޢަމަލުތައް ހުންނަނީ މިމާތް ދުވަސްތަކުގެ ހުންނަން ޖެހޭނެ ގޮތަށްނޫންކަމާއި މެދުގައި އިޤުރާރުވާންޖެހެއެވެހެޔޮކަމުގެ ބަދަލުގައި އަޅުގަނޑުމެންނަށް ކުރެވޭ ކަމަކީ ބޮޑުއީދަށް ލަނގިރި ޖަހަން ތައްޔާރުވުމާއި ސުޓޭޖުތައްޔާރު ކުރުމާއި ނަށާ މިޔުޒިކް ގުރޫޕުތައް ހޯދައި ހިރަފުސް އަރާފައިވާ މިޔުޒިކު ސާމާނުތަކުން ހިރަފުސް ފިލުވުމެވެ.

 ރޯދަމަސް ފަދައިން ޝައިތާނާ ދުނިޔެ މައްޗަށް އިރުއަރާ އެންމެ މާތް ދުވަސްތަކުން އަޅުގަނޑުމެން މަހުރޫމުކޮށްލަން ކުރަމުންދާ މަސައްކަތްކަތުގެ މަޅީގައި ޖެހޭ މީހުން ކަމުގައި އަޅުގަނޑުމެން ނުލައްވާށިއެވެ.
އަޅުގަނޑުމެން މިވަނީ ﷲ ސުބުޙާނަހޫ ވަތަޢާލާގެ ހެޔޮރަޙުމަތަށް އަބަދާއި އަބަދު ބޭނުންވެފައެވެވީމާ އެއިލާހު އަޅުގަނޑުމެންގެ މައްޗަށް ކަނޑައަޅުއްވާފައިވާ މާތްދުވަސްތަކުގެ މާތްކަމުން މާތްކަން ލިބިގަންނަ މީހުންގެ ތެރެއިން އަޅުގަނޑުމެން ވަމާތޯއެވެ.

ހﷲ ސުބުޙާނަހޫ ވަތަޢާލާ ވަހީކުރައްވާފައިވެއެވެ.
وَالْفَجْرِ‌ ﴿١﴾ وَلَيَالٍ عَشْرٍ‌ ﴿٢
މާނައިގެ ތަރުޖަމާޢީއަދި ފަޖުރުވަޤުތު ގަންދެއްވަމެވެ  (1).
އަދި ދިހަ ރޭ  ގަންދެއްވަމެވެ. (2)
ތަފުސީރު އިބުނު ކަޘީރުގައި އިމާމު އިބުނު ކަޘީރު ރަޙިމަހުﷲ ބަޔާންކުރައްވައެވެފަޖުރުގެ މުރާދަކީ ނަޙުރުގެ (އީދު) ދުވަސް ޚާއްޞަކޮށެވެއެއީ ޛުލްހިއްޖާމަހުގެ( ފުރަތަމަދިހަ ދުވަސް ނިމޭ ދުވަހެވެއަދި އެއީ އެދުވަހުގެ އެވަޤުތުގައި ކުރެވޭ ނަމާދުކަމަށްވެސް އިކުރިމާ ރިވާކުރައްވާ ފަދައިން ބުނެވެއެވެ
  އަދި ދިހަރޭގެ މުރާދަކީ ކޮބައިކަން ބަޔާންކޮށްދެއްވަމުން އިބުނު ޢައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވެފައިވަނީ އެއީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަސްކަމުގައެވެ.
ﷲ ސުބުހާނަހޫ ވަތަޢާލާ އެއެއްޗެއްގެ ގަންދެއްވައި ވަޙީކުރައްވާފައިއެވަނީ އެވަޤުތުތަކުގެ މާތްކަމުގެ ސަބަބުންނެވެމިކަން އެނގިގެންދަނީ ނަބިއްޔާ ޞައްލަﷲޢަލައިހި ވަސައްލަމަގެ ތިރީގައިވާ ނޫނުގައިވާ އަންނަނިވި ހަދީޘްބަސްފުޅުންނެވެ.
ށﷲ ސުބުހާނަހޫ ވަތަޢާލާ ޙައްޖުސޫރަތުގެ 28 ވަނަ އާޔަތުގައި ވަހީކުރައްވާފައިވެއެވެ.
وَيَذْكُرُ‌وا اسْمَ اللَّـهِ فِي أَيَّامٍ مَّعْلُومَاتٍ
މާނައިގެ ތަރުޖަމާއީއަދި ކަނޑައެޅި ބަޔާންވެގެންވާ ދުވަސްތަކުގައި އެބައިމީހުން ﷲ އިސްމުފުޅުގެ މަތިން ހަނދުމަކުޅައުމަށްޓަކައެވެ.
މިއާޔަތުގެ ތަފުސީރުގައި އިބުނު އައްބާސް ރަޟިޔަﷲ ޢަންހު ވިދާޅުވަނީ އެދުވަސްތަކަކީ ތަކަކީ ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަދުވަހެވެބައްލަވާ ފަތުޙުލް ބާރީ ނ.ގައިވާ ޙަދީޘްގެ ޝަރަޙަ އަދި ތަފުސީރު އިބުނު ކަޘީރުވީމާ އަޅުގަނޑުމެން މިދުވަސްތަކުގައި ﷲ ސުބުހާނަހޫ ވަތަޢާލާ މަތިން ހަނދުމަކޮށް ޛިކުރުކޮށް ތަކުބީރު ތަޙުލީލު ކިޔާ އުޅެން ޖެހެއެވެ.
ށމާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވެއެވެ.
عَنْ ابْنِ عَبَّاسٍ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ ، أَنَّهُ قَالَ : ” مَا الْعَمَلُ فِي أَيَّامٍ الْعَشْرِ أَفْضَلَ مِنْهَا فِي هَذِهِ ، قَالُوا :وَلَا الْجِهَادُ ، قَالَ وَلَا الْجِهَادُ ، إِلَّا رَجُلٌ خَرَجَ يُخَاطِرُ بِنَفْسِهِ وَمَالِهِ فَلَمْ يَرْجِعْ بِشَيْءٍ 
ތަރުޖަމާޢީދުވަސްތަކުގެ ތެރެއިން އެއްވެސް ދުވަހެއްގައި މި ދިހަ ދުވަހުގައި(ޙައްޖުމަހުގެ ފުރަތަމަ ދިހަދުވަސްކުރެވޭ ޢަމަލުތަކަށްވުރެ މާތްވެގެންވާ ޢަމަލުތަކެއް ﷲ ޙަޟްރަތުގައި ނުވެއެވެދެން ޞަހާބީ ބޭކަލުން ދެންނެވިއެވެ.
 އޭ ﷲގެ ރަސޫލާއެވެﷲގެ މަގުގައި ޖިޙާދުކުރުންވެސް ތޯއެވެ؟ ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރެއްވިއެވެ. : ( ޖިޙާދުކުރުންވެސް މެއެވެއެއީ އެމީހެއްގެ ނަފުސާއި މުދަލާއި އެކު ޖިޙާދަށް ނުކުމެ އޭގެން އެއްވެސް އެއްޗަކާއިގެން އެނބުރި ނައިމީހާ ފިޔަވައެވެ)
މިޙަދީޘްގެ ޝަރަހައިގައި ފަތުޚުލްބާރީގައި އިމާމު އިބުނު ޙަޖަރު ރަޙިމަހުﷲ ވިދާޅުވެފައިވެއެވެ. (ޛުލްޙިއްޖާމަހުގެ ފުރަތަމަ ދިހަ ދުވަހު އެހާ މަތިވެރިވުމުގެ ސަބަބެއް ފާޅުވަނީ އެމަހެއްގައި އެންމެ ބޮޑެތި އަޅުކަންތައްތައް ޖަމާވާ ދުވަސްތައްކަމުގައި ވާތީއެވެއެއީ ނަމާދާއި ރޯދައާއި ޞަދަޤާތްކުރުމާއި އަދި ޙައްޖެވެ.އެނޫން އެހެން ދުވަސްތަކެއްގައި މިއަޅުކަންތައް ޖަމާނުވެއެވެ. )
އަދިވެސް ތަބަރާނީއާއި އަދި މުސްނަދު އިމާމު އަޙުމަދުގައި އައިސްފައިވާ ހަދީޘެއްގައިވެއެވެ. .
عَنِ ابْنِ عُمَرَ ، عَنِ النَّبِيِّ صَلَّى اللَّهُ عَلَيْهِ وَسَلَّمَ قَالَ ” مَا مِنْ أَيَّامٍ أَعْظَمُ عِنْدَ اللَّهِ ، وَلَا أَحَبُّ إِلَيْهِ مِنَ الْعَمَلِ فِيهِنَّ ، مِنْ هَذِهِ الْأَيَّامِ الْعَشْرِ ، فَأَكْثِرُوا فِيهِنَّ مِنَ التَّهْلِيلِ وَالتَّكْبِيرِ وَالتَّحْمِيدِ ” . . أخرجه احمد7/224 وصحّح إسناده أحمد شاكر .
ޢަބްދުﷲ ބިން ޢުމަރު ރަޟިޔަﷲ ޢަންހުމާ މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ ކިބައިން ރިވާކުރައްވައެވެ
  މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރެއްވިއެވެއެދުވަސްތަކަކަށްވުރެ ﷲގެ ޙަޟްރަތުގައި މާތްވެގެންވާ އަދި އެދުވަސްތަކުގައި ކުރާ ޢަމަލުތަކަށްވުރެ އެއިލާހުގެ ޙަޟްރަތުގައި މާތްވެގެންވާ އެހެން ދުވަސްތަކެއް މި ދިހަ ދުވަހުގައި މެނުވީ ނުވެއެވެފަހެ އެދުވަސްތަކުގައި ތިޔަބައިމީހުން ތަހުލީލާ(لا إله إلا اللهތަކުބީރާ އަދި ތަޙްމީދު(ޙަމްދުކުރުންގިނަކުރާށެވެ.
މިޙަދީޘްތަކުން ލިބޭ ފައިދާތައް
ހﷲގެ ހަޟްރަތުގައި އެންމެ މާތް ދުވަސްތަކަކީ ޛުލްހިއްޖާމަހުގެ ފުރަތަމަ ދިހަދުވަސްކަމާއި އަދި ﷲގެ ޙަޟްރަތުގައި އެންމެ ލޮބުވެތިކަން ބޮޑުވެގެންވަނީ މިދުވަސްތަކުގައި ކުރާ ހެޔޮކަންތައްތައްކަން
ށމިދުވަސްތަކުގައި ކުރާ ހެޔޮޢަމަލުތައް އެންމެ މާތް އެއްކަންތައްކަމަށްވާ ޖިޙާދުކުރުމަށް ވުރެވެސް މޮޅު އިތުރުވެގެންވާކަން
ނ.ޖިޙާދު ކުރުމުގެ މާތްކަން.
ރއަދި ތަހުލީލާ ތަކުބީރު ކިޔުމާއި އަދި ﷲއަށް ހަމްދުކުރުން ގިނަކުރުންފަހެ މިހުރިހާ ކަމަކީ ﷲގެ މަތިން ހަނދުމަކުރުމުގެ ތެރޭން ހިމެނޭ ކަންކަމެވެ.
އެދުވަސްތަކުގައި ކުރެވިދާނެ ޢަމަލުތައް
ހއަރަފާތް ދުވަހުގެ ރޯދަ ހިފުން
ފަހެ ޢަރަފާތް ދުވަހަކީ ޙައްޖުވެރިން ޢަރަފާތުގައި ތިބޭ ދުވަހެވެއެއީ ޛުލްހިއްޖާ މަހުގެ ވަނަ ދުވަހެވެމިދުވަހު ޙައްޖު ނުކުރާ މީސްތަކުންނަށް ރޯދަ ހިިފުން ސުންނަތްވެގެންވެއެވެއަދި ހައްޖުކުރާ މީސްތަކުންނަށް ރޯދަހިފުމެއް ނުވެއެވެއަދި މިދުވަހުގެ ރޯދައާއި ބެހޭ ގޮތުން މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ހަދީޘްކުރައްވާފައިވެއެވެ:” صيام يوم عرفه أحتسب على الله أنه يكفر السنة التي قبله والسنة التي بعده ” [رواه مسلم ]
ތަރުޖަމާޢީޢަރަފާތް ދުވަހުގެ ރޯދައަކީ އަންނަން އޮތް އަހަރާއި އަދި އޭގެ ކުރިން އޮތް އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް ﷲއަށް ތިމަންކަލޭގެފާނު އުއްމީދުކުރައްވަމެވެ
އަދި އެހެން ޙަދީޘްފޮތްތަކުގައި ސީދާ ކުރީއަހަރާއި ފާއިތުވީ އަހަރުގެ ފާފަ ފުއްސަވާނެ ރޯދައެއްކަމަށް އައިސްފައިވެއެވެ.

ށތަހުލީލާ ތަކުބީރާއި ތަހްމީދުން ﷲ މަތިން ޛިކުރު ކުރުން
އަންނަނިވި ޢިބާރާތްތަކުން ތަކުބީރު ކިޔިދާނެއެވެ.
ހاللّهُ أَكْبَرُ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ كَبِيرَا.
ށاللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لا إله إلا الله ، وَاللّهُ أَكْبَرُ ، واللّهُ أَكْبَرُ ،وَلِلّهِ الْحَمْدُ
ނ.اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، اللّهُ أَكْبَرُ ، لاَ إِلَهَ إِلاَّ اللّه ،وَاللّهُ أَكْبَرُ ،اللّهُ أَكْبَرُ ، وَلِلّهِ الْحَمْدُ
ނރޯދަހިފައި ޤުރުއާން ކިޔެވުން
މިދުވަސްތަކުގައި ރޯދަހިފައި ޤުރުއާން ކިޔެވުން އިތުރުކޮށް ސަދަޤާތްދީ އުޅުން ގިނަކުރުން
قال صلى الله عليه وسلم : ” ما من عبد يصوم يوماً في سبيل الله إلا باعد الله بذلك اليوم عن وجهه النار سبعين خريفاً ” [ متفق عليه ]
މާތްނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅުގެ މާނަިއގައިވެއެވެ.
ފަހެ ﷲއަށްޓަކައި ރޯދައެއް ހިފައިފި އަޅަކަށް އޭނާގެ މޫނު އެދުވަހެއްގައި ހަތްދިހަ ހާސް އަހަރުގެ ރާސްތާއަށް ނަރަކައިން ދުރުކުރައްވާނެއެވެ.
އަދި އެހެންހަދީޘެއްގައި އައިސްފައިވަނީ ޤިޔާމަތްދުވަހުން އެހެން އެއްވެސް ހިޔަލެއްނުވާ ދުވަހު ހިޔާދެއްވޭ މީހުންގެ ތެރޭގައި އެއްއަތުންދޭ ސަދަޤާތް އަނެއްއަތަށް ނޭންގި ކުރާ މީހާ ހިމެނެއެވެވީމާ ޞަދަޤާތްދިނުމަކީވެސް ނުހަނު ހެޔޮވެގެންވާ ކަމެކެވެ.
ރސުންނަތް ނަމާދުތައް ގިނަކުރުން
މިދުވަސްތަކުގައި ފަރުޟު ނަމާދުގެ އިތުރުން ސުންނަތް ނަމާދު ވީހާވެސް ގިނައިން ކޮށް ރޭގަނޑުވެސް ދަމުނަމާދު ވީވަރަކުން ކުރެވޭތޯ ބެލުން .
ފަހެސުންނަތް ކަންގަދަވެގެންވާ ރަވާތިބު ނަމާދުތަކާއި ބެހޭގޮތުން މާތް ނަބިއްޔާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘްކުރައްވާފައިވާ ބަސްފުޅެއްގެ މާނައިގައިވެއެވެ.
ރެޔަކާއި ދުވާލު ބާރަ ރަކުޢަތް ސުންނަތްކަން ގަދަވެގެންވާކޮށްފިމީހާގެ މައްޗަށް އެއަމަލުގެ ސަބަބުން އޭނާއަށް ސުވަރުގޭގައި ގެޔެއް ބިނާކޮށްދެވޭނެއެވެ.
ބއަދި ވީވަރަކުން އެންމެހާ ހެޔޮ ޢަމަލުތަކުގެ މަތީގައި ފައިތިލަ ސާބިތުކުރެވޭތޯ ބެލުން.
އެއީ އެންމެ ކުޑަމިނުން މަޤުމަތިން އެއްޗެއް އެއްފަރާތްކޮށްލުމާއި އަދި މިސްކިތުން ނެރޭ ކުޑަކުނިކޮޅެއްނަމަވެސް މެއެވެ.
ރ. އުޟްޙިޔާ ކަތިލުން
އެއީ ޢީދު ދުވަހު ގެރި ބަކަރި ޖަމަލު މިފަދަ ޤުރުުބާނެއް ﷲ ސުބުޙާނަހޫ ވަތަޢާލާއަށް ކުރުމެވެ.
އަދި ޢީދު ދުވަހު ރޯދަހިފުމަކީ ހަރާމްވެގެންވާ ކަމެކެވެ.
ނިންމުން
ވީމާ ދުޢާއަކީ އަޅުގަނޑުމެން އެންމެނަށް މި ހެޔޮ ޢަމަލުތައް ކުރުމުގެ ތަޢުފީޤު ދެއްވައި މިމަތިވެރި ދުވަސްތަކުގެ ހެޔޮކަމުން ހެޔޮކަން ލިބިގަންނަ މީހުންކަމުގައި ލެއްވުމެވެއަދި ﷲ ޙަރާމްކުރެއްވި މިޔުޒިކުފަދަ ފާޙިޝްކަންކަމުން ސަލާމަތްކުރައްވައި ﷲގެ އަދުއްވުން އެކުވެރިން ކަމުގައި ނުނަގާ ބަޔެއްކަމުގައި ލެއްވުމެވެއަދި އެބައިމީހުންނަށް ތާއީދުކުރާ މީހުންކަމުގައިވެސް ނުލެއްވުމެވެއަދި ޙައްޖަށް ގޮސްފައި ތިބި ހުރިހާ މުސްލިމުންގެ ފާފަ ފުއްސަވައި އެބައިމީހުންނަށް މަބުރޫރު ހައްޖެއް ދެއްވުމެވެއަދި އިސްލާމްދީނަށްޓަކައި ޖިޙާދުކުރަމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި ކާފަރުން ބަލިކުރައްވައި ނިކަމެތިކުރެވުމުންދާ މުސްލިމުންނަށް ނަޞްރުދެއްވައި މުސްލިމުން ބާރުވެރިކުރެއްވުމެވެ.
آمين
و الله أعلم، وسلام على المرسلين.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons