Tuesday, March 31, 2015

ލޮބުވެތި ބެލެނިވެރިންނޭވެ! ދަރިންނަށް އިސްލާމީ ރިވެތި ތަރުބިއްޔަތެއް ދެއްވާށެވެ!

dad_sonކުޑަ ކުދިންނަކީ ކޮންމެ ބައެއްގެ ތެރޭގައިވެސް ވަރަށް މުހިއްމު ޙިއްސާއެއް ލިބިގެންވާ ބަޔެކެވެ. އެހެނީ ކޮންމެ ޤައުމެއް ނުވަތަ މުޖުތަމަޢެއްގެ ކުރިމަގު ބިނާވެފައި ވަނީ ކުޑަކުދިންގެ ތަރުބިއްޔަތުގެ މައްޗަށެވެ.

މާތް ވެގެންވާ އިސްލާމްދީނުގައި ކުޑަކުދިންގެ ތަރުބިއްޔަތަށް ދެއްވާފައިވާ އަހައްމިއްޔަތަކީ ދުނިޔޭގެ އެހެން އެއްވެސް ދީނެއްގައި ދީފައިނުވާ ފަދަ ބޮޑު އަހައްމިއްޔަތެކެވެ.

Sunday, March 29, 2015

އިސްލާމް މަންމައެއްގެ ވާޖިބު

މަންމައެއްގެ ޝަރަފުވެރިކަން، ލިބިލައްވާއިރަށް ތިޔައިން ކޮންމެ ބޭކަބަލަކުމެވާނީ އެބޭކަބަލަކުގައި ހުރިއްޔާ ހުރި ނުބައި، ހުތުރު ޚަޞީލަތްތަކުން ދުރުހެލިވެ އެއްކިބާތަށް އަރުއްވާށެވެ.

އަލުން އިތުރު ޙިލްމުވެރިކަމާއި މުރޫއަތް ތެރިކަމެއް ގެންނަވައިގެން ހުރިހާ ރިވެތި އަޚްލާޤަކުން ކުއްޖާއަށް ނަމޫނާ ދައްކަވައި،މާތް ސަޙިއްޔާތަކަށް އޭނާގެ ޠަބީޢަތް ލަންބުވާލައްވާށެވެ.

Friday, March 27, 2015

މާތްﷲގެ އޯގާވަންތަކަން

527919_204163923046459_1835947208_nތުއްތު ކުދިންނަކީ އެހެންމީހުން އެކުދިންނަށް ބަލާލުމުން ހިތްހަމަޖެހޭ، ހިތަށް އުފާވެރިކަން ލިއްބައިދޭ ބައެކެއެވެ. ނުހަނު މައުސޫމު ބައެކެއެވެ. މީހުންގެ ހިތްތަކުގައި ތުއްތު ކުދީންނާއި މެދު ލޯބި އޮންނަނީ ކީއްވެ ބާއެވެ؟ އެކުދިންގެ ފަރާތުން އެހެންމީހުންނަށް ލިބޭނީ ކޮން ފައިދާ އެއް ބާއެވެ؟

Wednesday, March 25, 2015

ތިބާގެ ފާފަކުރާ އަޚާއާ ގުޅުން ކަނޑާލުން

309871_270546436317612_200307360008187_739178_64477391_nތިބާގެ އަޚާއާއި ގުޅުން ކަނޑާލުން ބެހިގެންވަނީ 2 ބަޔަކަށެވެ. އެއީ ދީނަށްޓަކައިގުޅުން ކަނޑާލުމާއި ދުނިޔެއަށްޓަކައި ގުޅުން ކަނޑާލުމެވެ. ތިބާ ތިބާގެ އަޚާއަށް ނަޞޭޙަތްދީ، ﷲގެ މަތިން ހަނދުމަކޮށްދީ ހެދުމުންވެސް އޭނާ ނަމާދު ނުކުރާނަމަ، އަދި ނުބައި ބަސްބުނެ، އަދި ފާޙިޝް އަމަލުތައް ނޫނީ ފާފަތަކަށް އަރައިގަނެ އަދި ތިބާގެ ނަޞޭޙަތް ޤަބޫލުނުކުރުމުން ތިބާ ﷲއަށްޓަކައި އޭނާ އާއި ގުޅުން ކަނޑާލައިފިނަމަ އޭގެ ސަބަބުން ތިބާއަށް ޡަވާބު ލިބޭނެއެވެ.

Monday, March 23, 2015

މަންމަ އާއި ބައްޕައަށް ކުރާނެ ރަނގަޅު ދުޢާއެއް

اَلْحَمْد لِلهِ رَبّ الْعاَلَمِيْن اللهُمَّ صَلِّ عَلَى مُحَمَّدً وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْن

91201526599
اللهُمَّ ياَ حَنَّانُ ياَمَنَّانُ ياَواسِعَ الْغُفْرَان. اِغْفِرْ لِي وَلِوَالِدَيَّ وَلِلْمُؤْمِنِيْنَ يَوْمَ يَقُومُ الْحِسَابُ. ياَرَحْمَنُ ياَرَحِيْمُ اِرْحَمْ وَالِدَيَّ كَمَا رَبَّيَانِي صَغِيراً.” رَبِّ أَوْزِعْنِي أَنْ أَشْكُرَ نِعْمَتَكَ الَّتِي أَنْعَمْتَ عَلَيِّ وَعَلَى وَالِدَيَّ وَأَنْ أَعْمَلَ صَا لِحًا تَرْضَاهُ وَأَصْلِحْ لِي فِي ذُرِّيَّتِي إِنِّي تُبْتُ إِلَيْكَ وَإِنِّي مِنَ الْمُسْلِمِينَ” اللهُمَّ أطِلْ عُمْرَوالِدَىَّ فِى طَا عَتِكَ وَمَعْرِفَتِكَ وَامْلأ قَلْبَهُمَا مِنَ الْيَقِيْن وَهُوِّنْ عَلَيْهِمَا سَكَرَات الْمَوْتِ وَاخْتِمْ لَهُمَا بِا لْحُسْنَى وَارْزُقْهُمَا بِمُرَافَقَة النَّبِىِّ سَيِّدِنَا مُحَمَّد صلى الله عَلَيْهِ وَسَلَمَّ فِى أَعْلَى جَنَّةِ الْخُلْدِ وَنَعِّمْنِى بِكَمَالِ لَذَّةِ النَّظَرِ اِلَى وَجْهِكَ الْكَرِيْم. اللهُمَّ نَقِّهِمَا مِنَ الْخَطَايَا كَمَا يُنَقَّى الثَّوْبُ الْأَبْيَضُ مِنَ الدَّنَسِ. اللهُمَّ اَدْخِلْهُمَا الْجَنَّةَوَاَعِذْهُمَا مِنْ عَذَابِ الْقَبْرِوَمِنْ عَذَابِ الْبَرْزَخِ وَمِنْ عَذَابِ الَّنارِ اللهُمَّ اَجْزِهِمَا عَنِ الْإِحْسَانِ اِحْسَانًا وَعَنِ الْإسَاءَةِ عَفْوًاوَغُفْرانًا. اللهُمَّ اجْعَلِ الْقُرْآنَ الْعَظِيْمَ رَبِيْعَ قُلُوْبِهِمَا وَشِفَاءَ صُدُوْرِهِمَا وَنُوْر أَبْصَارِهِمَا اللهُمَّ اجْعَلْهُمَا مِنْ حَرَسِ الدِّيْنِ، وَمِنَ الذَّاكِرِيْنَ الله كَثِيْرًا، وَالْطُفْ بِهِمَا يَا كَرِيْم. رَبَّنَا آتِنَا فِى الدُّنْيَا حَسَنّةً وَفِى الآخِرَةِ حَسَنَةًوَقِنَا عَذَابَ النَّارِ، وَأَدْخِلْنَاالْجَنَّةَ مَعَ الْأَبْرَارِيَا عَزِيْزُ يَا غَفَّارُ، وَصَلَّى الله عَلَى نَبِيِّنَا مُحَمَّدٍ وَعَلَى آلِهِ وَصَحْبِهِ أَجْمَعِيْنْ. وَالْحَمْد للهِ رَبِّ الْعاَلَمِيْن

Saturday, March 21, 2015

ރަނގަޅު ބެލެނިވެރިއަކަށް ވުމަށް ކުރުން މުހިންމު ކަންކަން

380555_308440215858826_297338646968983_789723_680365226_nކުޑަކުދިން ރަނގަޅު ގޮތުގައި ތަރުބިއްޔަތުކޮށް ބޮޑެތި ކުރުމަކީ އެންމެ ބުރަ މަސައްކަތުގެ ތެރޭގައި ހިމެނޭ އަދި އެންމެ ހިތްހަމަޖެހުން ގެނެސްދޭ އެއްކަމެވެ. އެއީ އެކަމަށް ތައްޔާރުވެވޭތޯ މަސައްކަތް ކުރިއަސް އެކަށީގެންވާ ވަރަށް ތައްޔާރުވެވިފައި ނުވާކަމުގެ އިޙްސާސް ގެނުވާ މަސައްކަތެކެވެ. ކަންބޮޑުވާންޖޭހޭ ފަހަރާއި ހާސްވާންޖެހޭ ފަހަރު އަދި ހަދާނެ ގޮތް ހުސްވީއޭ ހީވާ ފަހަރުވެސް އަންނާނެއެވެ. މި ދަންނަވާލަނީ ދަރިން ބަލާ ބޮޑު ކުރުމުގައި އެޅިދާނެ ބައެއް މުހިއްމު ފިޔަވަޅު ތަކެވެ. 

Sunday, March 15, 2015

ހަމަޖެހޭ މުޖްތަމަޢެއް ބިނާ ކުރުމަށް ދަރިން ތަރުބިއްޔަތު ކުރުން

ishaއަމިއްލަގެދޮރާއި، މުދާލާއި ވަޒަން ދޫކޮށް ދަރީންނަށް ކިޔަވައިދިނުގެ މަތިވެރި މަޤްޞަދުގައި މާލެއައިސް ލިބޭ އާމްދަނީ އެކުގައި ނުވަތަ ލިބޭ އެއްޗަކުން ދެކޮޅު ނުޖެއްސޭ ހާލުގައި “ބޮޑު އަގުގައި” މާލެއިން ތަންތަން ހިފައިގެން އަމިއްލަ ރަށާއި، އުޅެން ހަދާފައިވާ ބޮޑެތި ގެދޮރު ދޫކޮށް ދަރިންނަށް ހެޔޮ މުސްތަޤްބަލެއް ހޯދައިދިނުމަށްޓަކައި ޤުރުބާން ވަމުންދާ އަޅުގަނޑުގެ އަޚުންނާއި އުޚްތުންނޭވެ! ތިޔަބޭފުޅުންގެ ބެލުމުގެ ދަށުގައިވާ ދަރިން އުޅޭނޫޅޭގޮތް ކިހާވަރަކަށް ބެއްލެވޭތޯއެވެ؟

Friday, March 13, 2015

އަންހެނާގެ އަޢުރައަކީ މުޅިހަށިގަނޑު ނުވަތަ މޫނާއި ދެއަތްތިލަފިޔަވައި އެހެން ހުރިހާ ތަނެއްތޯއެވެ؟

803cd1a01d6141fbcc0e75be0a3a4527_lއަންހެނާގެ އައުރަ އަކީ މޫނާއި ދެއަތްތިލަ ފިޔައި އެހެންހުރިހާ ތަނެއްތޯއެވެ؟ ނުވަތަ އަންހެނާގެ މުޅި ހަށިގަޑު ތޯއެވެ؟ މިސުވާލަކީ އަޅުގަޑުމެންގެ މުޖުތަމައުގައި ވަރަށް ބޮޑަށް ކުރެވޭ ސުވާލެކެވެ. ވަރަށް ބޮޑަށް އޮޅުން އަރާފައިވާ ސުވާލެކެވެ.

 މިކަމުގައި އެކި އިލްމްވެރިން ވިދާޅުވަނީ އެކި ގޮތަށެވެ. އަޅުގަޑުގެ އަސްލު ހަޤީޤީ ސުވާލަކީ މިސާލަކަށް އަޅުގަޑުގެ މަންމައަކީ ނުވަތަ ދައްތައަކީ މޫނާއި ދެއަތްތިލަ ނޫން ހުރިހާތަނެއް ނިވާކޮށްގެން އަދި ހަށިގަޑުގެ ވަނާތައް ފާޅުނުވާހެން ދޫކޮށް އަދި ނުފެންނާނެ ކަހަލަ ފޮތިން ހެދުން ލައިގެން އުޅޭބައެވެ.

Wednesday, March 11, 2015

ފުރަތަމަ ތިމާ އިޞްލާޙުވާށެވެ

252703_2111991358782_1215582122_32590498_8079632_nއަހަރެން ކުޑައިރު، ޚިޔާލާއި ފިކުރު އެއްވެސްކަހަލަ ހިފެހެއްޓުމެއްނެތި ދޫކޮށްލެވިފައި އޮތްއިރު، ދުނިޔެ އިޞްލާޙުކުރުމުގެ ހުވަފެން އަހަރެން ދުށީމެވެ. 

ނަމަވެސް އަހަރެންގެ އުމުރުން ދޮށިވެ ވިސްނުން ތަރައްޤީވަމުން ދިޔަދިޔަހެން އަހަރެންނަށް ވިސްނުނީ ދުނިޔެއަކީ ބަދަލުވާނެތަނެއް ނޫންކަމެވެ. އެހެންކަމުން އަހަރެންގެ ޤައުމު އިޞްލާޙުކުރުމަށް އަހަރެން ޢަޒުމު ކަނޑައެޅީމެވެ.

Tuesday, March 10, 2015

ޒައިތޫންޏާއި ޒައިތޫނި ތެޔޮ

hl_230410_01ޒައިތޫނިއަކީ ބަރަކާތްތެރި ގަހެއްގައި އަޅާ އެއްޗެކެވެ. ﷲ މިކަން ޤުރުއާންގައި ހަތްފަހަރު ބަޔާން ކުރައްވަވާފައިއެވެ.

ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَالتِّينِ وَالزَّيْتُونِ “ [ތީން އާއި ޒައިތޫނި ގަންދެއްވަމެވެ.] (ސޫރަތުއްތީން: 1)

 މިއާޔަތް ޝަރަޙަ ކުރައްވަމުން ޝައިޚް ޢަބްދުއްރަޙްމާން އައްސަޢްދީ \ ވިދާޅުވިއެވެ. [ﷲ މިދެގަސް ގަންދެއްވަވާ (ހުވާކުރައްވާ) ފައިވެއެވެ. އެއީ މިދެގަހުގަޔާއި މިދެގަހުގެ މޭވާގައިވާ މަތިވެރި ފައިދާތަކުގެ ސަބަބުންނެވެ.]

Monday, March 9, 2015

ޙަޤީޤީ އުފާވެރިކަމާއި ހިތްހަމަ ޖެހުމަކީ ކޮބައިތޯ؟

thathuma inna
ޝައްކެއްނެތްގޮތުގައި ﷲ ތަޢާލާއަށް ފުރިހަމައަށް އީމާންވެގެންވާ މުއުމިނަކަށް ޙަޤީޤީ ހިތްހަމަޖެހުމެއް ލިއްބައިދޭނީ އެމީހަކު ﷲއަށް ކިޔަމަންތެރިކަން އަދާކުރުމުންނެވެ. ﷲ އެންގެވިގޮތަށް ޢަމަލުތަށް ބިނާކުރުމުންނެވެ. ﷲ އާއި އެކަލާންގެ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ އަށް ލޯބިކުރުމުންނެވެ.

Saturday, March 7, 2015

ޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކައިން ލިބޭ ޢިބްރަތްތައް

yusuffޔޫސުފް ޢަލައިހިއްސަލާމްގެ ވާހަކަ އަކީ ނުހަނު ގިނަ ޢިބްރަތްތަކަކުން ފުރިގެންވާ ވާހަކައެކެވެ. ކުޑަކުދިންނާއި، ﷲ ގެ މަގުގައި ދަޢްވަތުގެ މައިދާނުގައި މަސައްކަތް ކުރާ މީހުންނާއި، ވަޡީފާގައި އުޅޭމީހުންނާއި، އަނިޔާ ލިބިފައިވާ މީހުންނާއި، ރިވެތި އަޚްލާގު ގެ ވެރިންނަށް ނުހަނު ގިނަ ޢިބްރަތްތަކެއް މިވާހަކައިގައި ހިމެނިގެންވެއެވެ. މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ.

Thursday, March 5, 2015

އަންހެނުން ބުމަ ހެދުން

901061194ﷲ ވަޙީކުރައްވާފައިވެއެވެ.(( إِن يَدْعُونَ مِن دُونِهِ إِلاَّ إِنَاثًا وَإِن يَدْعُونَ إِلاَّ شَيْطَانًا مَّرِيدًا . لَّعَنَهُ اللّهُ وَقَالَ لَأَتَّخِذَنَّ مِنْ عِبَادِكَ نَصِيبًا مَّفْرُوضًا . وَلأُضِلَّنَّهُمْ وَلأُمَنِّيَنَّهُمْ وَلآمُرَنَّهُمْ فَلَيُبَتِّكُنَّ آذَانَ الأَنْعَامِ وَلآمُرَنَّهُمْ فَلَيُغَيِّرُنَّ خَلْقَ اللّهِ وَمَن يَتَّخِذِ الشَّيْطَانَ وَلِيًّا مِّن دُونِ اللّهِ فَقَدْ خَسِرَ خُسْرَانًا مُّبِينًا )) { النساء : 117 – 119}


Sunday, March 1, 2015

ޞާލިޙް އެކުވެރިން އިޚްތިޔާރު ކުރާށެވެ.

51b0cfc833d8154056ހައްގުގޮތުގައި ދެމިހުރެ، ސީދާވެގެންވާ ތެދުމަގަށް އިންސާނާ ގެންގޮސް ދިނުމުގައި އެންމެ ބޮޑު އެހީތެރިޔަކަށްވަނީ ހެޔޮލަފާ ޞާލިޙް އެކުވެރިންނެވެ.

 އަދި ނުބައި ނުލަފާ މީހުންނާ ދުރުހެލިވުމެވެ. ސަބަބަކީ އިންސާނާއަކީ އޭނާއާއި އެންމެ އެކުގައި އުޅޭ މީހެއްގެ ގޮތް ކޮޕީކުރާ މީހެކެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons