ޒައިތޫނިއަކީ ބަރަކާތްތެރި ގަހެއްގައި އަޅާ އެއްޗެކެވެ. ﷲ މިކަން
ޤުރުއާންގައި ހަތްފަހަރު ބަޔާން ކުރައްވަވާފައިއެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَالتِّينِ وَالزَّيْتُونِ “ [ތީން އާއި ޒައިތޫނި ގަންދެއްވަމެވެ.] (ސޫރަތުއްތީން: 1)
މިއާޔަތް ޝަރަޙަ ކުރައްވަމުން ޝައިޚް ޢަބްދުއްރަޙްމާން އައްސަޢްދީ \ ވިދާޅުވިއެވެ. [ﷲ މިދެގަސް ގަންދެއްވަވާ (ހުވާކުރައްވާ) ފައިވެއެވެ. އެއީ މިދެގަހުގަޔާއި މިދެގަހުގެ މޭވާގައިވާ މަތިވެރި ފައިދާތަކުގެ ސަބަބުންނެވެ.]
އިމާމް އައްޝައުކާނީ \ އެކަލޭގެފާނުގެ ތަފްސީރް ‘ފަތްޙުލް ޤަދީރް’ ގައި
ބަޔާން ކުރައްވާފައިވެއެވެ. ޒައިތޫނި ތެޔޮ އައިސްފައިވަނީ ބަރަކާތްތެރި
ގަހަކުންނެވެ. މިކަން އެންގެވީ ﷲ ތަޢާލާ އަންގަވާފައިވާ ފަދައިންނެވެ. އަދި
އައިސްފައިވަނީ ބަރަކާތްތެރި ވެގެންވާ ބިމަކުންނެވެ.
އަދިވެސް ވިދާޅުވެފައިވަނީ، ޢަރަބިން ބޮލުގައިލުމަށް މިތެޔޮ ބޭނުން ކުރިކަމަށެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَالتِّينِ وَالزَّيْتُونِ “ [ތީން އާއި ޒައިތޫނި ގަންދެއްވަމެވެ.] (ސޫރަތުއްތީން: 1)
މިއާޔަތް ޝަރަޙަ ކުރައްވަމުން ޝައިޚް ޢަބްދުއްރަޙްމާން އައްސަޢްދީ \ ވިދާޅުވިއެވެ. [ﷲ މިދެގަސް ގަންދެއްވަވާ (ހުވާކުރައްވާ) ފައިވެއެވެ. އެއީ މިދެގަހުގަޔާއި މިދެގަހުގެ މޭވާގައިވާ މަތިވެރި ފައިދާތަކުގެ ސަބަބުންނެވެ.]
”اللَّهُ نُورُ السَّمَاوَاتِ وَالأرْضِ مَثَلُ نُورِهِ
كَمِشْكَاةٍ فِيهَا مِصْبَاحٌ الْمِصْبَاحُ فِي زُجَاجَةٍ الزُّجَاجَةُ
كَأَنَّهَا كَوْكَبٌ دُرِّيٌّ يُوقَدُ مِنْ شَجَرَةٍ مُبَارَكَةٍ
زَيْتُونَةٍ لا شَرْقِيَّةٍ وَلا غَرْبِيَّةٍ يَكَادُ زَيْتُهَا يُضِيءُ
وَلَوْ لَمْ تَمْسَسْهُ نَارٌ نُورٌ عَلَى نُورٍ يَهْدِي اللَّهُ لِنُورِهِ
مَنْ يَشَاءُ وَيَضْرِبُ اللَّهُ الأمْثَالَ لِلنَّاسِ وَاللَّهُ بِكُلِّ
شَيْءٍ عَلِيمٌ “
[ﷲ އީ އުޑުތަކާއި ބިމުގެ ނޫރެވެ. އެކަލާނގެ ނޫރުފުޅުގެ
މިޘާލަކީ އާނގެއްގެ މިޘާލެވެ. އޭގެ ތެރޭގައި ބައްތިއެއްވެއެވެ.
އެބައްތިވަނީ ބިއްލޫރިގަނޑެއްގެ ތެރޭގައެވެ. އެބިއްލޫރިގަނޑު ރަންމުތުގެ
ތަރިއެއްފަދައެވެ. އެބައްތި ދިއްލެނީ ބަރަކާތްތެރި ޒައިތޫނި ގަހަކުންނެވެ.
އިރުމަތީގެ ގަހެއް ނޫނެވެ. ހުޅަނގުގެ ގަހެއްވެސް ނުމެނޫންމެއެވެ. އެގަހުގެ
ތެޔޮ އޭގައި އަލިފާން ނުބީހުނު ކަމުގައިވިޔަސް އަލިކުރާން
ގާތްވެފައިވެއެވެ. އަލިކަމުގެ މައްޗަށްވާ އަލިކަމެކެވެ. އަދި ﷲ އެއިލާހު
އިރާދަ ކުރެއްވި އަޅަކަށް އެއިލާހުގެ ނޫރުފުޅަށް މަގުދައްކަވައެވެ. އަދި ﷲ
މީސްތަކުންނަށް މިޘާލު ޖައްސަވާދެއްވައެވެ. އަދި ﷲ އީ ހުރިހާކަމެއް މޮޅަށް
ދެނެވޮޑިގެންވާ އިލާހެވެ.](ސޫރަތުއްނޫރް: 35)
އަދިވެސް ވިދާޅުވެފައިވަނީ، ޢަރަބިން ބޮލުގައިލުމަށް މިތެޔޮ ބޭނުން ކުރިކަމަށެވެ.
ﷲ ވަޙީކުރައްވާފައިވެއެވެ.
”وَلَئِنْ أَذَقْنَاهُ نَعْمَاءَ بَعْدَ ضَرَّاءَ
مَسَّتْهُ لَيَقُولَنَّ ذَهَبَ السَّيِّئَاتُ عَنِّي إِنَّهُ لَفَرِحٌ
فَخُورٌ (*) إِلا الَّذِينَ صَبَرُوا وَعَمِلُوا الصَّالِحَاتِ أُولَئِكَ
لَهُمْ مَغْفِرَةٌ وَأَجْرٌ كَبِيرٌ “
[ތިޔަބައިމީހުންނައްޓަކައި އުޑުން ފެން ވެއްސެވީ
އެކަލާނގެއެވެ. އެފެނުން (ތިޔަބައިމީހުންނަށް) ބުއިމެއް ވެއެވެ. އަދި
ތިޔަބައިމީހުންގެ، ޖަނަވާރުތައް އެއިން ހުއިހައްޕާ ގަސްތަކާއި ވިނަތައް
އެފެނުގެ ސަބަބުން ހެދެއެވެ. އެކަލާނގެ އެފެނުގެ ސަބަބުން ގޮވާމާއި،
ޒައިތޫނި ގަހާއި، ކަދުރު ރުކާއި، މޭބިސްކަދުރާއި، އެންމެހާ މޭވާ ގަސްތައް
ތިޔަބައިމީހުންނަށްޓަކައި ފަޅުއްވައެވެ. ހަމަކަށަވަރުން ފިކުރުކުރާ
މީހުންނަށް އެކަމުގައި ހެކިތަކެއް ވެއެވެ.](ސޫރަތުއްނަޙްލް: 10-11)
0 comments:
Post a Comment