ރަމަޟާންމަހުގެ ރޭއަޅުކަމުގައި ވަރަށްގިނަ އަދަދެއްގެ ބަޔަކު ބައިވެރިވަމުންދެއެވެ. އެއްބަޔަކު ތަރާވީޙް ނަމާދުގައި ބައިވެރިވާއިރުގައި އަނެއްބަޔަކު ދަމުނަމާދުގަޑީގައި ނަމާދުކުރަމުންދެއެވެ. ހާއްސަކޮށް ތަރާވީޙް ނަމާދުގައި ގިނައަދަދެއްގެ ޖަމާއަތެއް ފެންނަނީ އެނަމާދަކީ ގިނަބަޔަކަށް ބައިވެރިވެވޭ ވަގުތެއް ކަމުގައި ވާތީއެވެ. ނަމަވެސް ދަމު ނަމާދުގައިވެސް ފެންނަ ޖަމާޢަތަކީ މަދުބައެކޭ ދެންނެވޭކަށް ނެތެވެ. ރޭގަނޑުގެ ދަންވަރު ގަޑީގައި ކުރާމިނަމާދުގައިވެސް ގިނައަދަދެއްގެ ބަޔަކު ބައިވެރިވަމުންދާ މަންޒަރަކީ އުފާވެރިކަން ހިތަށްގެނުވައިދޭ މަންޒަރެކެވެ.