Tuesday, June 17, 2014

ފަސް މީހަކާއި ރައްޓެހިކަން ނުބާއްވާށެވެ!

  
ޢަލީ ބުނުލް ޙުސައިން، ޒައިނުލް ޢާބިދީން އެކަލޭގެފާނުގެ ދަރިކަލުން މުޙައްމަދަށް ނަޞޭޙަތްތެރިވަމުން ވިދާޅުވިއެވެ. "ފަސް މީހަކާ ރައްޓެހިކަން ނުބާއްވާށެވެ. އަދި އެމީހުންނާއި ވާހަކަނުދައްކާށެވެ. އަދި އެމީހުންނާއި އެކުގައި ނޫޅޭށެވެ."

 އެއީ ކޮން ފަސްމީހުންނެއްތޯ މުޙައްމަދު އެކަލޭގެފާނުގެ ބައްޕާފުޅުގެ އަރިހުން ސުވާލު ދެންނެވިއެވެ. ޢަލީ ބުނުލް ޙުސައިން ވިދާޅުވިއެވެ.

 - ފާސިޤަކާއި ރައްޓެހިކަން ނުބާއްވާށެވެ. ފަހެ އޭނާ ކަލޭ ވަރަށް ހެޔޮ އަގެއްގައި ވިއްކާލާނެއެވެ.

 - އަދި ބަޚީލަކާއި ރައްޓެހިކަން ނުބާއްވާށެވެ. ފަހެ އޭނާ އޭނާގެ މުދަލުން އެތިކޮޅަކަށް ކަލޭ ބޭނުން ޖެހިގެން އުޅޭ ހިނދު އެދިނުމުން މަނާ   ވެގަންނާނެއެވެ.                                     

- އަދި ދޮގުވެރިޔަކާއި ރައްޓެހިކަން ނުބާއްވާށެވެ. ފަހެ އޭނާ ވަނީ އަވާމެންދުރެއް ފަދައިންނެވެ. ކަލެއާއި ކައިރީގައިވާ ކަންތައް ދުރުކޮށް އަދި ދުރުގައިވާ ކަންތައް ކަލެއާއި އޭނާ ކައިރި ކުރާނެ އެވެ.                                    
- އަދި ސޭކަކާއި ރައްޓެހިކަން ނުބާއްވާށެވެ. ފަހެ އޭނާ ކަލެއަށް ފައިދާކޮށް ދޭން ބޭނުން ވާނެއެވެ. އެކަމަކު އޭނާއަށް އަބަދުވެސް ދެވޭނީ ގެއްލުމެވެ.                                                            
- އަދި ރަޙިމުގެ ގުޅުން ކަނޑާ މީހަކާއި ރައްޓެހިކަން ނުބާއްވާށެވެ.
 ފަހެ އެފަދަ މީހުންނަށް ލަޢުނަތް ލެއްވިގެންވާ ކަމަށް ﷲގެ ފޮތުގައި ނުވަތަ ޤުރުއާނުގައި ނުވަތަ 
 ކަލާމްފުޅުގައި ވަނިކޮށް ތިމަންކަލޭގެފާނު ދެކެ ވަޑައިގަތީމެވެ.

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons