Tuesday, March 15, 2016

އަހަރެންނަށް އުފާވެރިކަމުގެ ޚަބަރު ތިޔަގެނެސްދެނީ މުސްލިމެއްގެ މަރުގެ ޚަބަރުން ހެއްޔެވެ!

al_270315_ibntaymiya_ufaaverikhabar
ޝައިޚުލް އިސްލާމް އަޙްމަދު ބުނު ޢަބްދުލްޙަލީމް ބުނު ތައިމިއްޔާ \ ގެ އިސް ދަރިވަރު، އިމާމް އިބްނުލް ޤައްޔިމް \ ވިދާޅުވިއެވެ.
އިބްނު ތައިމިއްޔާގެ ޒަމާނުގެ ޢިލްމުވެރިންގެ ތެރެއިން އިބްނު ތައިމިއްޔާ އާއި ޢަދާވާތްތެރިވެ އުޅުނު މީހަކު މަރުވުމުން އެއުފާވެރި ޚަބަރު ގެނެސް ދިނުމަށް އަހަރެން އިބްނު ތައިމިއްޔާގެ އަރިހަށް ދިޔައީމެވެ. އެޢިލްމުވެރިއާގެ ޙަޔާތުގައި އޭނާވަނީ އިބްނު ތައިމިއްޔާ ޤަތުލު ކުރުމަށް ފަތުވާ ނެރެފައެވެ. 

Sunday, March 13, 2016

މިގަރުނުގެ މީހުންގެ ހަޔާތުގައި ފަހުން ދެރަވެ މާޔޫސްވާނެ ކަންކަން



Friday, March 11, 2016

އަންހެން ބޭކަނބަލުން ދީނީ ޢިލްމު އުނގެނުން

Monday, March 7, 2016

ދެ ޖިންސުގެ މީހުން މަސްހުނިވުން

girls n boys

الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.

ދެ ޖިންސުގެ މީހުން މިނިވަންކަމާއެކު މަސްހުނިވެ އުޅުމުގެ ސަބަބުން ލިބޭ ގެއްލުންތަކަކީ މުސްލިމް އަންހެނާއަށް އެނގޭކަމެކެވެ. އަދި ވަރަށް ފުޅާކޮށް ދެ ޖިންސު މަސްހުނިވެ އުޅޭ ހުޅަނގުގެ މީހުންނަށް ވެސް މިހާރު ވަނީ މިކަން އޮޅުންފިލަން ފަށާފައެވެ.

Saturday, March 5, 2016

“إن شاء الله” މިކަލިމައިގެ ސަބަބުން އިސްލާމްވި ޚާދިމާ!

inshaallah2
الحمد لله والصلاة والسلام على رسول الله وعلى آله وصحبه أجمعين.
މިއީ ޙަޤީޤީ ޙާދިޘާއެކެވެ. ޢަރަބި ޤައުމަކަށް ޚާދިމާއެއްގެ ގޮތުގައި މަސައްކަތް ކުރަން ދިޔަ އަންހެނެއްގެ ވާހަކައެވެ. ޚާދިމާއެއްގެ ގޮތުގައި މިބުނާ ޢަރަބި ޤައުމަށް ދިޔުމުގެ ކުރިން އޭނާ ވަނީ ތަފާތު ފަސް ދީނެއް ތަޖުރިބާކޮށްފައެވެ.

Thursday, March 3, 2016

އަޅުންގެ އަޅުވެތިކަމުން ﷲ ގެ އަޅުވެތިކަމަށް އަޅުތަކުން ނެރުން

blackflagހިޖުރައިން 15 ވަނަ އަހަރު ހިނގާދިޔަ ޤާދިސިއްޔާ ހަނގުރާމައިގައި ޢިރާޤަށް ވެރިވެގެން ތިބި ފާރިސީންގެ 80000 ހަނގުރާމަވެރިންނާ މުސްލިމުންގެ ލަޝްކަރު ކުރިމަތިލި ހިނދު ، ކާފިރުންގެ ލަޝްކަރުގެ ވެރިއެއްގެ ގޮތުގައި ހުރި ރުސްތުމް، ސުވާލުކޮށް އޮޅުން ފިލުވަން ބޭނުންވެފައިވާ ކަންކަން ސާފުކޮށްދެވޭވަރުގެ ވިސްނުންތޫނު ޤާބިލު ފަހުލަވާނަކު މުސްލިމުންގެ ލަޝްކަރުގެ ތެރެއިން ފޮނުވައިދެއްވުމަށް އެވަގުތު މުސްލިމުންގެ ލަޝްކަރުގެ ވެރިޔާ، ﷲ ރުއްސުންލެއްވި މާތް ޞަޙާބީ، ސަޢްދު ބްނި އަބީ ޥައްޤާޞްގެ އަރިހުން އެދުނެވެ.

Tuesday, March 1, 2016

ޒައިތޫންޏާއި ޒައިތޫނި ތެޔޮ

hl_230410_01ޒައިތޫނިއަކީ ބަރަކާތްތެރި ގަހެއްގައި އަޅާ އެއްޗެކެވެ. ﷲ މިކަން ޤުރުއާންގައި ހަތްފަހަރު ބަޔާން ކުރައްވަވާފައިއެވެ. ﷲ ވަޙީ ކުރައްވާފައިވެއެވެ. ”وَالتِّينِ وَالزَّيْتُونِ “ [ތީން އާއި ޒައިތޫނި ގަންދެއްވަމެވެ.] (ސޫރަތުއްތީން: 1)

Monday, February 1, 2016

ބަދަވީއެއްގެ ފިޤުހު



ބަދަވީންނަކީ ޢަރަބި ޤައުމުތަކުގައި ސިޓީތަކާއި ދުރުގައި ސަހަރާތެރޭގައި 

އުޅޭމީހުންނަށް ކިޔާނަމެކެވެ.

އެއްދުވަހަކު ބަދަވީންގެ މީހަކު ބުންޏެވެ. ތިމަންނާ މަންމައަށް ވަރަށް އޯގާތެރިކޮށް ހިތަމެވެ. 

ﷲ ތަބާރަކަ ވަތަޢާލާ އެންގެވި ގޮތަށް މަންމައާއި މެދު ޢަމަލުކުރަމެވެ.

އެހެން މީހަކު ބުންޏެވެ: އެއީ ކިހިނެއްހެއްޔެވެ؟

Thursday, January 7, 2016

ހަމައެކަނި ޤުރުއާން ޤަބޫލުކުރާކަމަށްބުނާ މީހުންގެ ޝައިޠާނީ ވިސްނުން.


ރަޝާދު ޚަލީފާއަކީ މިޞްރުގެ ރައްޔިތެކެވެ. އުފަންވީ 19 ނޮވެމްބަރު 1953 ގައި މިޞްރުގައެވެ. އަދި ފަހުން އެމެރިކާއަށް ހިޖުރަކޮށް އެމެރިކާގެ ރައްޔިތަކަށްވެފައިވެއެވެ. މަރުވެފައިވަނީ 31 ޖެނުއަރީ 1990 ގައި އިސްލާމްދީނަށް ލޯބިހުރި އެމެރިކާގެ މުސްލިމު ބަޠަލަކު ދިން ވަޅީގެ ޙަމަލާއަކުންނެވެ. 

Tuesday, January 5, 2016

އީމާންކަން


އީމާންކަމުގެ މާނަ:
އީމާންގެ ލުޣަވީ ތަޢުރީފް: "الإيمان" މިލަފްޒަކީ " آمن " މިލަފްޒުގެ މަޞްދަރެވެ. 


Sunday, January 3, 2016

ބޯ ބޭލުމުގެ ޙުކުމް

الحمد لله
ޢިލްމުވެރީންގެ ވާހަކަތަކުން ދޭހަވާގޮތުގައި ބޯބޭލުން ހުރީ ހަ ގިންތީއަކަށެވެ.

އެއްވަނައީ: 

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons