ކޮންމެ މަސައްކަތެއްގެ މައިދާނެއްގައި ވެސް ވަރަށް ގިނަ ކަންތައްތައް ދަސްވާނެއެވެ. ނަމަވެސް އެއީ ފަށައިގަންނަ ދުވަސްކޮޅަށް ވުމުން ފުދޭވަރެއްގެ މުސާރައެއް ނުލިބޭނެއެވެ. ތިބާ ކުރާކަމަކީ ކުރާހިތުން ކުރާކަމަކަށް ވާނަމަ “ދައްކަން ނުޖެހޭ ދަރަނިތަކެއް ދެއްކުން” އެއީ އަގުހުރި ކަމަކަށް ވާނެއެވެ. ނަމަވެސް، ތިބާ ކުރާކަމަކީ ފޫހިކަމަކަށްވެ އެކަމާ ގަޔާނުވާ ނަމަ، އެ ހޭދަކުރާ ވަޤުތާއި މަސައްކަތަކީ އެއްކޮށް ބޭކާރު ކަމަކަށް ވާނެއެވެ. އެއީ އެކަން ކާމިޔާބުވީ ނަމަވެސް މެއެވެ. އެކަމާމެދު ހިތްހަމަނުޖެހި އެހެންކަމެއް ކުރުމަށް ބާރުއަޅާނެއެވެ.
ވިޔަފާރިއެއް ނުފެށުން
އަދުގެ ވިޔަފާރީގެ ދުނިޔޭގައި ވަޒީފާގެ ރައްކާތެރިކަމަކީ ޖޯކެކެވެ. ގިނަ މީހުންނަކީ އަމިއްލަ ވިޔަފާރި ތަކުގައި މަސައްކަތްކުރާ މީހުންނެވެ. ތިބާ ވިޔަފާރިއެއް ފަށަން މަސައްކަތް ނުކުރާނަމަ، ތިބާއަށް އަބަދުވެސް ވިސްނޭނީ މުވައްޒަފެއްގެ ހައިސިއްޔަތުންނެވެ. ވިޔަފާރިވެރިއެއްގެ ހައިސިއްޔަތަކުން ނޫނެވެ. ކޮންމެވެސްކަހަލަ (ކުޑަ ނަމަވެސް) ފިޔަފާރިއެއް ފެށުމުގެ ސަބަބުން ފައިސާހޯދުމަށް އޮތްގޮތަކީ ވަޒީފާ އަދާކުރުން ނޫންކަން ގަބޫލުކުރެވޭނެއެވެ. މިކަމަކީ އަގުހުރި ތަޖުރިބާއެކެވެ.
ފަހަށް ފައިސާ ރައްކާނުކުރުން
މިހާރުގެ ހާލަތަށް ބަލައި، މިގަރުނުގެ މީހުން ވަޒީފާއިން މުސްކުޅިވާއިރު، %1. މީހުންގެ އިޖުތިމާއީ ރައްކާތެރިކަމާއި، ބޭސްފަރުވާ އަދި ސަރުކާރުގެ އެހެނިހެން ޕުރޮގުރާމްތަކުން އާދައިގެ ދިރިއުޅުމެއް އުޅޭ މީހުންނަށް ލިބޭ ފައިދާއަށް ވުރެ ބޮޑަށް ތަނަވަސްކަމުގައި ދިރިއުޅުމެއް އުޅޭ މީހުންނަށް ލިބޭ ފައިދާ ބޮޑެވެ. އެހެންވުމުން، ތަނަވަސް އާއިލާއަކަށް އުފަންނުވާނަމަ މީހާރުއްސުރެއް ފަހަށް ފައިސާ ރައްކާކުރަން ފަށަންވާނެއެވެ.
އެއްޗެހި އެއްކޮށްފައި ބެހެއްޓުން
ކުޑައިރުއްސުރެއް އަހަރެމެން ހުންނަނީ އެއްޗެހި ގަންނަން ހޭނިފައެވެ. ނަމަވެސް، އެއްޗެހި ގަތުމުގެ ސިފަ ނުހުއްޓިއްޖެނަމަ، ގޭގައި ބޭކާރު އެއްޗެހި ގިނަވުމަށް މެދުވެރިވާނެއެވެ. އަދި ބޭކާރު ހަރަދުތައް ގިނަވާނެއެވެ. މި ގޮތުގައި ދެމިހުންނާށެވެ. “ލިބޭ ކޮންމެ އެއްޗަކާއި އެއްވަރުގެ އެއްޗެއް ނައްތާލާށެވެ. ނުވަތަ އިއާދަކުރާށެވެ.”
އެއްޗެއް/ކަމެއް ވިއްކަން ދަސްނުކުރުން
ފިޔަފާރިއެއްގައި ނުވަތަ ފަންނުވެރިކަމުގައި ކާމިޔާބުލިބުން ބިނާވެފައިވަނީ ތިބާގެ ވިސްނުމާއި/ހިޔާލު އަދި މަސައްކަތުގެ އަގު ވިއްކުމުގެ ނުވަތަ ހުށަހެޅުމުގެ ކުޅަދާނަކަމަށެވެ. ވިއްކަން ދަސްނުކުރާނަމަ، ގިނައިން ލާރި ހޯދޭނެގޮތަކީ އެއްކޮށް ވިއްކާ ހުސްކޮށްގެންނެވެ. (އެހެން މީހެއްކަމަށް ދެއްކިގެންނެވެ.) ހިތާމައަކީ، ގިނަ ކޮލެޖުތަކުން އެކަންކަން ދަސްކޮށްނުދިނުމެވެ. މިހެންވުންމުން އެ ހުނަރު ދަސްކުރަންޖެހެނީ އަމިއްލައަށެވެ.
އަހަރުގެ ތެރޭގައި ލިބޭ ޗުއްޓީގައި ދަތުރު ނުކުރުން
ދަތުރުފަތުރު ކުރުމަކީ (ހާއްސަކޮށް ހެޔޮއަގުގައި) ތިބާއަށް ތިބާއަކީ ކާކުކަން އެނގި ދުނިޔޭގެ ދިރިއުޅުމަށް ހޭނުމަށްޓަކައި އެންމެ ރަނގަޅުގޮތެވެ. މިހެންވުމުން، މާލީގޮތުން ފުދޭނަމަ ކޮލެޖް ނިންމާލާފައި ވަޒީފާއަކަށް ވަނުމުގެ ކުރިން ލިބޭ ދުވަސްކޮޅުގައި ދަތުރުފަތުރުކޮށްލުން ރަނގަޅުވާނެއެވެ.
0 comments:
Post a Comment