އަންދަލުސްގައި މުސްލިމުންގެ ވެރިކަން އޮތް ޒަމާނުގައި ހިނގި ޙާދިޘާއެކެވެ. އޭރުގެ ޚަލީފާ އެކަލޭގެފާނުގެ ދޮށީ ފިރިހެން ދަރިކަލުން ކައިވެނި ކޮށްދެއްވުމަށްޓަކައި އަންހެން ކުއްޖަކު ހޯދަން މަސައްކަތް ކުރެއްވިއެވެ. އެކަލޭގެފާނުގެ ދަރިކަލުންނަށް ޚަލީފާ އެދިވަޑައިގެންނެވީ ރަށުގައި ހުރި އެންމެ މޮޅު ކުދިންގެ ތެރެއިން ކުއްޖަކު ހޯދުމަށެވެ. މިގޮތުން ޤުރުތުބާ ކިޔުނު އެރަށުގައި ރަސްމީ އިޢުލާނެއް ނެރުނެވެ. “އެއްވެސް އާއިލާއެއްގައި ކައިވެނި ކުރާ އުމުރު ފުރައިގެ އަންހެން ކުއްޖަކު ހުރެ އެކުއްޖަކީ ﷲ ގެ ދުސްތޫރު ކަމުގައިވާ ކީރިތި ޤުރުއާން ޙިފްޒު ކޮށްފައިވާ ކުއްޖަކު ކަމުގައިވެ ޚަލީފާގެ ދަރިކަލުންނާއި ކައިވެނިކުރަން އެދޭ ކަމުގައިވާނަމަ އެގޭގެ ކުޑަދޮރު ކައިރީގައި މިރޭ އުއްބައްތިއެއް ދިއްލާފައި ބެހެއްޓުމަށް ޚަލީފާ އަންގަމެވެ.”
ކޮންމެއަކަސް އެރޭ ވީއިރު – ސުބްޙާނަ ﷲ – އެރަށުގެ ކޮންމެ ގެއެއް ކަހަލަ ގޮތަކަށް ވަނީ ކުޑަދޮރު ކައިރީގައި އުއްބައްތި އެއް ދިއްލާފައެވެ.
މުޅި އެރަށް ވަނީ އުއްބައްތީގެ އަލިތަކުން ދިއްލާލާފައެވެ. މި މަންޒަރު ޚަލީފާއަށް ފެނިވަޑައިގަތުމުން އެކަލޭގެފާނު ދެންނެވިއެވެ. “އަހަރެންގެ ދަރިފުޅަކަށް މިހުރިހާ އަންހެންކުދިންނަކާ ކައިވެންޏެއް ނުކުރެވޭނެއެވެ.”
ދެން ޖެހިގެން އައި ރޭ، އާ ޢިއުލާނެއް ނެރުނެވެ. “އެއްވެސް މީހެއްގެ ގެއެއްގައި ކައިވެނި ކުރާ އުމުރުފުރައިގެ އަންހެން ކުއްޖަކު ހުރެ އެކުއްޖަކީ ޤުރުއާން ޙިފްޒުކޮށްފައި އަދި މާލިކީ މަޒުޙަބުގެ ފޮތެއް ޙިފުޒު ކޮށްފައިވާ ކުއްޖަކު ކަމުގައިވާނަމަ އެގޭގެ ކުޑަދޮރު ކައިރީގައި އުއްބައްތި އެއް ދިއްލުމަށް ޚަލީފާ އަންގަމެވެ. އެކުއްޖަކީ ޚަލީފާގެ ދޮށީ ފިރިހެން ކުއްޖާ އާއި ކައިވެނި ކުރަން ބޭނުންވާ ކުއްޖަކު ކަމުގައިވާނަމައެވެ.” މިރޭވެސް ކުޑަދޮރުތައް ކައިރީގައި ތިބި އުއްބައްތި ތަކުގެ ސަބަބުން އެރަށުގެ މަގުތައް އަލިވެފައިވެއެވެ. ކުރިން ރެއަށްވުރެ މަދުވިނަމަވެސް ރަށް އެއްކޮށް ކަހަލަ ގޮތަކަށް ވަނީ އަލިވެފައެވެ.
އަޅުގަނޑުމެންގެ އުންމަތުގެ މިހާރުގެ ޙާލަތަށް ނަޒަރު ހިންގާލަމާތޯއެވެ. މިހާރު އަޅުގަނޑުމެން ޤުރުއާން ހިފްޒު ކޮށްފައި އެހެން އިސްލާމީ ޝަރީޢަތާ ބެހޭ ފޮތެއް ދަސްކޮށްފައިވާ އަންހެން ކުއްޖެއް ހޯދުމަށް އަތްފުނާ އަޅައިފިނަމަ އަތުން ގުނާލެވޭހާ މަދުވާނެއެވެ. މިއީ މިހާރުގެ ޢިއުލާނެއް ނަމަ އަޅުގަނޑުމެންގެ ވަރަށް މަދު ގެއަކުން ނޫނީ ކުޑަދޮރު ކައިރީގައި އުއްބައްތިއެއް ދިއްލާފައެއް ނުހުންނާނެއެވެ. މިކަމުން އަޅުގަނޑުމެންނަށް މިހާރުގެ އުންމަތުގެ ޙާލަތު ދައްކައިދެއެވެ. ފިރިހެން ކުދީން އަބަދުވެސް ޢިލްމު އުނގެނެމުން ދާނެއެވެ. އަޅުގަނޑުމެން އަބަދުވެސް ޢިމާމަކު ބޭނުންވާނެއެވެ. އެކަމަކު އަޅުގަނޑުމެން އުންމަތަށް އަންހެން ކުދީން ޢިލްމު އުނގެނުން ވަރަށް މުހިންމެވެ. މިހާރު ނަމަ އަންހެން ކުއްޖަކީ ކުނިކަހަން ދަސްވެ ސައި ގިރަން އެނގޭ ކުއްޖަކު ނަމަ އަޅުގަނޑުމެންނަށް ފުދޭ ތަން ފެނެއެވެ.
ނޫން! މިއުންމަތުގެ އަންހެން ބޭކަނބަލުން ޢިލްމު އުނގެނިވަޑައިގަތުން ވަރަށް މުހިންމެވެ. މިއުންމަތަށް ބޭނުންޖެހިފައިވަނީ ދީނީ ޢިލްމު ލިބިފައިވާ މަންމައިން ތަކެވެ. މަންމަ އަކީ ޖީލެއް އުފެދުމުގެ އަސްލެވެ. ދަރިން ތަރުބިއްޔަތު ކުރާ މޭސްތިރިއެވެ. މި މަންމައިންނަށް ދީނީ ޢިލްމު ލިބިފައިނުވާނަމަ އަޅުގަނޑުމެންގެ ދަރީންނަށް ދީނީ ޢިލްމު މަންމަގެ ގާތުން ނުލިބޭނެވެ. މިއީ އަޅުގަނޑުމެންގެ އުންމަތް މިޙާ ނިކަމެތި ޙާލަތައް ވެއްޓުމުގެ މައިގަނޑު އެއް ސަބަބެވެ. ދިވެހިން ބުނެ އުޅޭ ފަދައިންނެވެ.”މަންމަގެ އުނގުން ފެށިގެން ކަށްވަޅަށް ދާންދެން ޢިލްމު އުނގެނޭށެވެ.” ދީނީ ޢިލްމު އުނގެނޭށެވެ. ދުޢާ އަކީ އަޅުގަނޑުމެން ފިރިހެން ބޭފުޅުން ޢިލްމު އުނގެނޭ ފަދައިން އަޅުގަނޑުމެންގެ އަންހެން ބޭފުޅުންވެސް ދީނީ ޢިލްމު އުނގެނޭ ބައެއް ކަމުގައި ލެއްވުމެވެ.

0 comments:
Post a Comment