ބަދަވީންނަކީ ޢަރަބި ޤައުމުތަކުގައި ސިޓީތަކާއި ދުރުގައި ސަހަރާތެރޭގައި
އުޅޭމީހުންނަށް ކިޔާނަމެކެވެ.
އެއްދުވަހަކު ބަދަވީންގެ މީހަކު ބުންޏެވެ. ތިމަންނާ މަންމައަށް ވަރަށް އޯގާތެރިކޮށް ހިތަމެވެ.
ﷲ ތަބާރަކަ ވަތަޢާލާ އެންގެވި ގޮތަށް މަންމައާއި މެދު ޢަމަލުކުރަމެވެ.
އެހެން މީހަކު ބުންޏެވެ: އެއީ ކިހިނެއްހެއްޔެވެ؟
ބަދަވީންގެ މީހާ ބުންޏެވެ: ﷲ ތަބާރަކަ ވަތަޢާލާ ވަޙީކުރައްވަފައިވަނީ މިފަދައިންނެވެ. (فَلَا
تَقُل لَّهُمَا أُفٍّ...)މާނައިގެ ތަރުޖަމާއި: "އަދި އެދެމީހުންނާއި ދިމާއަށް އުއްފުވެސް
ނުބުނާށެވެ."
ވީމާ އަހަރެންވެސް ދުވަހަކުވެސް އުއްފުވެސް ނުބުނަމެވެ. އެކަމަކު އަހަރެން ރުޅިއައީމަ
އަހަރެން ބަކަރިތައް ބަލަން ގެންގުޅޭ އަސައިން ބޮނޑިއެއް އަޅަނީއެވެ.
ނިމުނީ.
މައިންބަފައިންގެ ޙައްޤުތައް
ﷲ ތަބާރަކަ ވަތަޢާލާ އިސްރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.
ނިމުނީ.
މައިންބަފައިންގެ ޙައްޤުތައް
ﷲ ތަބާރަކަ ވަތަޢާލާ އިސްރާ ސޫރަތުގައި ވަޙީކުރައްވާފައިވެއެވެ.
وَقَضَىٰ رَبُّكَ أَلَّا تَعْبُدُوا إِلَّا إِيَّاهُ وَبِالْوَالِدَيْنِ إِحْسَانًا ۚ إِمَّا يَبْلُغَنَّ عِندَكَ الْكِبَرَ أَحَدُهُمَا أَوْ
كِلَاهُمَا فَلَا تَقُل لَّهُمَا أُفٍّ وَلَا تَنْهَرْهُمَا وَقُل لَّهُمَا قَوْلًا كَرِيمًا
އަދި ތިބާގެ ވެރިރައްބު ތިޔަބައިމީހުންގެ މައްޗަށް ކަނޑައަޅުއްވާފައިވަނީ އެއިލާހު ފިޔަވައި
އެހެންފަރާތަކަށް އަޅުކަން ނުކުރުމާއި އަދި މައިންބަފައިންގެ މައްޗަށް
އިޙުސާންތެރިވުމަށެވެ. އެދެމީހުންގެ ތެރެއިން އެކަކު ނުވަތަ ދެމީހުން ތިބާގެ ގާތުގައި ހުރެ
މުސްކުޅިވެއްޖެނަމަ އެދެމީހުންނަށް (އެންމެކުޑަމިނުން އަނިޔާވެރިވުމުގެ ގޮތުން)
އުއްފުވެސް ނުބުނާށެވެ. އަދި އެދެމީހުންނަށް ހަޅޭއްފަޅޭޖަހައި ނުހަދާށެވެ. އަދި
ހިތްހެޔޮކަމުގެ ބަސްތަކުން މެނުވީ މުޚާތަބު ނުކުރާށެވެ.
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
"އަދި އެދެމީހުންނަށްޓަކައި ތިބާގެ އޯގާވެރިކަމުގެ ފިޔަ ތިރިކޮށްލާށެވެ. އަދި ބުނާށެވެ. އޭ
وَاخْفِضْ لَهُمَا جَنَاحَ الذُّلِّ مِنَ الرَّحْمَةِ وَقُل رَّبِّ ارْحَمْهُمَا كَمَا رَبَّيَانِي صَغِيرًا
"އަދި އެދެމީހުންނަށްޓަކައި ތިބާގެ އޯގާވެރިކަމުގެ ފިޔަ ތިރިކޮށްލާށެވެ. އަދި ބުނާށެވެ. އޭ
ރައްބެވެ. އެދެމީހުން އަހަރެން ކުޑައިރު ތަރުބިއްޔަތުކުރިފަދައިން، އެދެމީހުންނަށް ހެޔޮ
ރަޙުމަތްލައްވާށިއެވެ."
މައިންބަފައިންގެ މަޤާމަކީ ވަރަށްވެސް މަތިވެރި މަޤާމެކެވެ. އަދި އެދެމީހުންނަށް ހެޔޮކޮށް
ހިތުމަކީ އަޅުގަނޑުމެން އެންމެންގެ މައްޗަށް ވާޖިބުވެގެންވާ ކަމެކެވެ. އަޅުގަނޑުމެންނަކީ
އަޅުގަނޑުމެންގެ މައިންބަފައިންނަށް ހެޔޮކޮށް ހިތާ ބަޔެއްކަމުގައި ލައްވާށިއެވެ. މިއަދު
އަޅުގަނޑުމެންނަށް މަތީގައިވާ އެވާ ބަދަވީ މީހާފަދައިން ކަންތައްކުރާ ކިތައް ޒުވާނުން އުޅޭ
ބާޔޭ ސުވާލުކޮށްލަން ޖެހެއެވެ. މިއީ އަޅުގަނޑުމެން އެންމެން ވިސްނާލަން ޖެހޭ އަދި
މުޖުތަމައުގައި މުހިންމުކަން ދޭން ޖެހޭ މައްސަލައެކެވެ. ގިނަ ފަހަރަށް މައިންބަފައިން
މުސްކުޅިވީމާ އެބައިމީހުންނަށް އަޅާނުލެވެއެވެ. ނަމަވެސް ދުޢާއަކީ އަޅުގަނޑުމެންނަކީ
އެފަދަ ބަޔެއްކަމުގައި ނުލެއްވުމެވެ.
ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާ ފަދައިން އަޅުގަނޑުމެންނަކީ އެބައިމީހުންގެ މައްޗަށް
ﷲ ސުބުޙާނަހޫ ވަތަޢާލާ އަންގަވާ ފަދައިން އަޅުގަނޑުމެންނަކީ އެބައިމީހުންގެ މައްޗަށް
ހެޔޮދުޢާކޮށް ރަޙުމްކުރާ ބަޔެއްކަމުގައި ލައްވާށިއެވެ. އާމީން.
0 comments:
Post a Comment