Thursday, June 6, 2013

ތަރުބަވީ ނަފްސާނީ ޢިލްމުގެ އަސާސްތަކުގައި އިސްލާމްދީނާ ހުޅަނގާ ދެމެދު ހުރި ފަރަޤު



1- ތައުޙީދު

2- އިންސާނާގެ އަޞްލަކީ އާދަމް ޢަލައިހިއްސަލާމެވެ. އާދަމް ޢަލައިހިއްސަލާމް އުފެއްދެވުނީ ވެލިންނެވެ.

3- އިންސާނާއަކީ ކަރާމާތްތެރިކުރެވިގެންވާ މަޚްލޫޤެކެވެ. وَلَقَدْ كَرَّمْنَا بَنِي آدَمَ – الإسراء: ٧٠  މާނަ: “ހަމަކަށަވަރުން، ތިމަންއިލާހު، އާދަމުގެދަރިން މާތްކުރެއްވީމެވެ.”

4- އިންސާނުންގެ ވަޒީފާއަކީ އަދި އިންސާނުން ވުޖޫދުކުރެއްވުމުގެ ބޭނުމަކީ ﷲ ސުބްޙާނަހޫ ވަތަޢާލާއަށް އަޅުވެތިކަން އަދާކުރުމާއެކު މި ދުނިޔެ ޢިމާރާތްކުރުމެވެ. وَمَا خَلَقْتُ الْجِنَّ وَالْإِنْسَ إِلَّا لِيَعْبُدُونِ- الذاريات: ٥٦  މާނަ: “އަދި ތިމަންއިލާހު ޖިންނީންނާއި އިންސީން ހަމައެކަނި ތިމަން އިލާހަށް އަޅުކަންކުރުމަށް މެނުވީ ނުހައްދަވަމެވެ.”

5- ޢަމަލު ކުރަންޖެހެނީ ދުނިޔެއާއި އާޚިރަތް ބާއްޖަވެރި ކުރުމަށްޓަކައެވެ.

6- މި ދުނިޔޭގައި ކައުނީ ސުންނަތްތަކާއި ﷲ ގެ ޤުދުރަތްތެރިކަމުގެ ނިންމުންތައް ވެއެވެ. ޤަޟާއާއި ޤަދަރު ވެއެވެ.

7- ކަންތައްތައް މަޢުރިފާކޮށް ދެންގަންނަނީ ޞައްޙަގޮތުގައި ނަޤުލުވެފައިވާ ނަޤުލުކުރުންތަކާއި (ކީރިތި ޤުރުއާނާއި މޫރިތި ސުންނަތާއި) ސަލާމަތްތެރި ބުއްދީގެ ބޭނުންކޮށްގެންނެވެ.

9- ޝަރީޢަތާ ޚިލާފު ނުވާ އާދަކާދަތަކާއި، ތަޤްލީދުކުރުންތަކަށް ރިޢާޔަތްކުރެއެވެ.


ހުޅަނގުގެ ތަރުބަވީ ނަފްސާނީ ޢިލްމުގެ މުހިއްމު އަސާސްތައް



1- އިންސާނާގެ އަޞްލުވަނީ ޖަނަވާރަކުން، ފައްކާވަމުން ފުރޮޅެމުން އައިސްފައެވެ.

2- މުޢާމަލާތްކުރުމުގައި އިސްކަންދެނީ އިންސާނާގެ ހަށިގަނޑަށެވެ. ރޫޙާނީ ބައި ވަނީ ވަރަށް ދުރުކޮށްލާފައެވެ.

3- ނަޖާވުން ބިނާވެފައިވަނީ އިންސާނާ ބޭނުންވާ ބޭނުންވުންތަކާއި އޭނާގެ ކުޅެދުންތެރިކަން ހުންނަ މިންވަރެއްގެ މައްޗަށެވެ. އެއްވެސް ޤަޟާއެއް ޤަދަރެއް ނުވެއެވެ.

4- ކަންތައްތައް މަޢުރިފާކޮށް ދެނެގަންނާނީ ޙިއްސުތަކާއި ބުއްދި ބޭނުންކޮށްގެންނެވެ.

5- ބަރޯސާވަނީ ކުރެވިފައިވާ ތަޖުރިބާތަކެއްގެ މައްޗަށެވެ.

6- ބޭނުމަކީ ހަމައެކަނި ދުނިޔަވީ އުފާވެރިކަން ހޯދުމެވެ.

7- ކަންތައްތައް މިނެކިރާ ތަރާދަކީ ހުޅަނގުގައި ކަންތައްތައް އޮންނަ ގޮތެވެ.

ލިޔުއްވީ: އަލްއަޚް މުޙައްމަދު ޝާފިޢު ބިން ޢަބްދުލްޣަފޫރު

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons