skip to main |
skip to sidebar
އަލްވަޠަނުލް ޢަރަބީ މަޖައްލާ ((ޢަދަދު 314)) އިން އިސްލާމީ ފަންނުގެ
މާހިރެއް ކަމުގައިވާ ފަރަނަސޭސިވިލާތުގެ ނާދިޔާ އޫބީރިޔައިހް އާއި ކުރި
އިންޓަވިޔުއެއްގައި އޭނާ ބުނެފައިވެއެވެ.
"އަހަރެންނަށް ފެނުނީ ޔޫރަޕުގެ
އަންހެނުންނަށްވުރެ ޢަރަބި (މުސްލިމް) އަންހެނުންނަށް އޭނާގެ ގޭގައިވާ ޙާލު ލިބޭ އިޙްތިރާމާއި
ޤަދަރު ބޮޑުކަމެވެ. އަހަރެން ޤަބޫލުކުރާ ގޮތުގައި، ޢަރަބި އަންހެނުންނާއި މަންމައިން
އުޅޭނީ އަހަރުމެންނަށްވުރެ މާ އުފާވެރިކަމުގައެވެ." ދެން މުސްލިމު އަންހެނުންނަށް
ނަޞޭޙަތްތެރިވަމުން ބުންޏެވެ. "ޔޫރަޕު ޢާއިލާއިން ކަނބުލޭގެ މިސާލު
ނުނަގާށެވެ. އެއީ އަހަރުމެންގެ ޢާއިލާތަކަކީ ފަށާދަ ފެތުރިގެންވާ ހަމަޖެހުމެއްނުވާ
މިސާލެއްގެ ގޮތުގައި ބެލުމަށް އެއްގޮތަކަށްވެސް ކަމުނުދާ ޢާއިލާތަކެކެވެ."
އަދި ޞަދާ އަލްއުސްބޫޢު
މަޖައްލާއިން ބުރާބްނީން މޮރާކް އިފޭންޒް (އިނގިރޭސިވިލާތުގެ އަންހެނެއް.
އިސްލާމްވީ ބަޙުރައިންގައި) އާއި އެކުކުރި އިންޓަރވިއުއެއްގައި އޭނާ ނަޞާރާދީން
ދޫކޮށް އިސްލާމްދީނަށް ވަނިމަށް މެދުވެރިވި ކަންތަކުގެ ތެރެއިން މުސްލިމު
ޢާއިލާއާއި އަންހެނުންގެ މަޤާމާއި ބެހޭގޮތުން ވާހަކަދައްކަމުން ބުނެފައިވެއެވެ.
"މުސްލިމު އަންހެނާއާއި އަބަދުމެ ޙިމާޔަތާއި ރިޢާޔަތްތެރިކަމުގެ ދަށުގައިވާ
މީހެކެވެ. އޭނާވީ ކޮންމެ ތަނެއްގައި އަޅާލާނެ ކަންތައްތައް ބަލަހައްޓައިދޭނެ މީހުން
ތިބެއެވެ. އަދި އޭނާއަކީ އިސްލާމީ މުޖުތަމަޢުގެ ވަރަށް މުހިއްމު ބަޔެކެވެ....
ނަޞާރާ ޢާއިލާތަކުގައި ޢާއިޅި ޖައްވު ގިނައިން އޮންނަނީ ގެއްލިފައެވެ. ބައްޕައާއި
މަންމައެވެ.
ދެން އެމީހުންގެ ކުދީންނެވެ. ދެން ގާތްތިމާގެ މީހުންނެވެ.... މުސްލިމް
ޢާއިލާ ފުޅާވެގެންވާ ބޮޑު
ރަސްކަމެއްފަދައެވެ. ނަމަވެސް ނަޞާރާ ޢާއިލާ ބިނާވެފައި އޮންނަނީ ހަމައެކަނި
ފިރިހެނަކާއި އަންހެނެއްގެ މައްޗަށެވެ.
ދެމީހުންގެ މެދުގައި ހުންނަ ޚިލާފުތައް
އެއްގޮތް ނުކުރެވޭ ދެފަރާތެކެވެ.... ފައްޅީގައި ހުންނަ ފާދިރީ ހުރިހާކަމަކަށް ބާރު
ފޯރުވައެވެ. އަދި ހުރިހާކަމެއްގެ ތެރެއަށް ވަދެގަނެއެވެ.... އެކަމަކު،
އިސްލާމްދީނުގައި ފާދިރީއެއް ނުވެއެވެ. އަދި އިންސާނާއާއި އޭނާގެ ރައްބާއި ދެމެދު
ހުރަހެއް ވަޞީލަތެއްނުވެއެވެ..."
0 comments:
Post a Comment