Saturday, December 12, 2015

ފާފަ ފުއްސެވޭ ކަންކަން


* ތެދުވެރިގޮތުގައި ވެވޭ ތަޥްބާ؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ تَابَ قَبْلَ أَنْ تَطْلُعَ الشَّمْسُ مِنْ مَغْرِبهَِا تَابَ اللَّهُ عَلَيْهِ -  رواه مسلم

މާނައީ:"ހުޅަނގުފަރާތުން އިރުއެރުމުގެކުރިން ތަޥްބާވެއްޖެ މީހާއަށް اللَّهُ ތަޥްބާ ލައްވާނެތެވެ."


* ޥުޟޫ ފުރިހަމަކުރުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ تَوَضَّأَ فَأَحْسَنَ الْوُضُوءَ خَرَجَتْ خَطَايَاهُ مِنْ جَسَدِهِ حَتَّى تَخْرُجَ مِنْ تَحْتِ أَظْفَارِهِ - رواه مسلم 

މާނައީ:"ޥުޟޫކުރުމުގައި ފުރިހަމައަށް ޥުޟޫކޮށްފި މީހާގެ، ނިޔަފަތިތަކުގެ ދަށުންނާއިއެކު، މުޅިހަށިގަނޑުން އޭނާގެ ފާފަތައް ނިކުމެގެން ދާނެތެވެ."

* ފަރްޟު ނަމާދުތަކުގެ ފަހުގައި اللَّهُގެ ޛިކްރުކުރުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ سَبَّحَ اللَّهَ فِي‏‏دُبُرِكُلِّ صَلَاةٍ ثَلَاثًا وَثَلَاثِينَ وَحَمِدَ اللَّهَ ثَلَاثًا وَثَلَاثِينَ وَكَبَّرَ اللَّهَ ثَلَاثًا وَثَلَاثِينَ فَتْلِكَ تِسْعَةٌ وَتِسْعُونَ وَقَالَ تَمَامَ الْمِائَةِ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ غُفِرَتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ‏زَبَدِ‏الْبَحْرِ -رواه مسلم

މާނައީ:"މީހަކު ކޮންމެ (ފަރްޟު) ނަމާދެއްގެ ފަހުގައި سبحان الله 33 ފަހަރު، الحمدلله 33 ފަހަރު، ألله أكبر33 ފަހަރު ކިޔައިފިނަމަ، ފަހެ އެވީ 99 އެކެވެ. އެއަށްފަހު ސަތޭކަހަމަކުރުމަށް لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ ކިޔައިފިނަމަ، ކަނޑުގެ ރާޅުތަކުގެ ފޮނުތަކާ އެއްވަރަށް އޭނާގެ ފާފަތައް ހުރިކަމުގައިވިޔަސް އޭނާއަށް ފުއްސަވާ ދެއްވާނެތެވެ."

* اللَّهގެ މަގުގައި ޝަހީދުވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި يَغْفِرُ اللهُ لِلشَّهِيدِ كُلَّ شَيْءٍ ، إِلاَّ الدَّيْن - رواه مسلم

މާނައީ:"ޝަހީދުވާމީހާގެ ދަރަނި ފިޔަވާ އެންމެހާ ފާފައެއް اللَّه ފުއްސަވާނެތެވެ."

* ގިނަގިނައިން ފައިމަގުގައި މިސްކިތަށް ހިނގުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏أَلَا أَدُلُّكُمْ عَلَى مَا ‏يَمْحُو اللَّهُ بِهِ الْخَطَايَا وَيَرْفَعُ بِهِ الدَّرَجَاتِ قَالُوا بَلَى يَا رَسُولَ اللَّهِ قَالَ ‏إِسْبَاغُ ‏ ‏الْوُضُوءِ عَلَى ‏الْمَكَارِهِ ‏وَكَثْرَةُ ‏ ‏الْخُطَا إِلَى الْمَسَاجِدِ وَانْتِظَارُ الصَّلَاةِ بَعْدَ الصَّلَاةِ فَذَلِكُمْ ‏الرِّبَاطُ فَذَلِكُمْ ‏الرِّبَاطُ - رواه مسلم

މާނައީ:"އެކަމެއްގެ ސަބަބުން اللَّه ފާފަތައް ފުއްސަވާނޭ ކަމެއް ތިޔަބައިމީހުނަށް ތިމަންކަލޭގެފާނު ވިދާޅުވެދެއްވަން ތޯއެވެ؟ އެބޭކަލުން ދެންނެވި اللَّهގެ ރަސޫލުއެވެ. އާދޭހެވެ. ޙަދީޘްކުރެއްވި އުނދަގޫ ވަގުތުގައި ޥުޟޫފުރިހަމަ ކުރުން، ގިނަގިނައިން ފައިމަގުގައި މިސްކިތަށް ހިނގުން، އެއްނަމާދަކަށްފަހު އަނެއްނަމާދަށް އިންތިޒާރުކުރުން، ފަހެ އެއީ ތިޔަބައިމީހުނަށް ހުރިމޮޅެވެ. ފަހެ އެއީ ތިޔަބައިމީހުނަށް ހުރިމޮޅެވެ."

* ދަރުމައާއި ޘަޥާބު މިންވަރު ކުރައްވާނޭ ކަމަށް އީމާންވެހުރެ، ރަމަޟާންމަހުގެ ރޯދަހިފުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ صَامَ رَمَضَانَ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ - رواه البخاري ومسلم

މާނައީ:"ދަރުމައާއި ޘަޥާބު މިންވަރު ކުރައްވާނޭ ކަމަށް އީމާންވެހުރެ، ރަމަޟާންމަހުގެ ރޯދަހިފައިފި މީހާއަށް އޭނާގެ އިސްވެގޮސްފައިވާ އެންމެހާ ފާފައެއް ފުއްސަވާނެތެވެ."

* ދަރުމައާއި ޘަޥާބު މިންވަރު ކުރައްވާނޭ ކަމަށް އީމާންވެހުރެ، ލައިލަތުލްޤަދްރިވިލޭރޭ ރޭއަޅުކަންކުރުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَنْ قَامَ لَيْلَةَ الْقَدْرِ إِيمَانًا وَاحْتِسَابًا غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ - رواه البخاري ومسلم

މާނައީ:"ދަރުމައާއި ޘަޥާބު މިންވަރު ކުރައްވާނޭ ކަމަށް އީމާންވެހުރެ، ލައިލަތުލްޤަދްރިވިލޭރޭ ރޭއަޅުކަންކުރި މީހާއަށް އޭނާގެ އިސްވެގޮސްފައިވާ އެންމެހާ ފާފައެއް ފުއްސަވާނެތެވެ."

* ސަތޭކަފަހަރު سُبْحَانَ اللَّهِ وَبِحَمْدِهِ ކިޔުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި مَنْ قَالَ سُبْحَانَ اللَّهِ وَبِحَمْدِهِ فِي يَوْمٍ مِائَةَ مَرَّةٍ حُطَّتْ خَطَايَاهُ وَإِنْ كَانَتْ مِثْلَ زَبَدِ الْبَحْرِ- رواه البخاري ومسلم

މާނައީ:"މީހަކު  سُبْحَانَ اللَّهِ وَبِحَمْدِهِ  ދުވާލަކު ސަތޭކަފަހަރު ކިޔައިފިނަމަ، ކަނޑުގެ ރާޅުތަކުގެ ފޮނުތަކާ އެއްވަރަށް އޭނާގެ ފާފަތައް ހުރިކަމުގައިވިޔަސް އޭނާއަށް ފުއްސަވާ ދެއްވާނެތެވެ."

* ނުބައި ކަމަކާވިއްދާ ހެޔޮކަމެއްކުރުން؛

މާތް اللَّه ޥަޙީކުރެއްވި  إِنَّ الْحَسَنَاتِ يُذْهِبْنَ السَّيِّئَاتِ - هود 114.

މާނައީ:"ހަމަކަށަވަރުން ހެޔޮކަންކަމަކީ ނުބައިކަންކަން ފޮހެލާނޭކަންމެވެ."

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި وَأَتْبِعْ السَّيِّئَةَ الْحَسَنَةَ تَمْحُهَا - رواه أحمد والحاكم

މާނައީ:"އަދި ނުބައިކަމަކާއި ވިއްދައި އޭގެފަހުގައި، އެފޮހެލާނޭ ހެޔޮކަމެއް ކުރާށެވެ."

* ފާފައެއް ކުރެވިއްޖެނަމަ ދެރަކްޢަތުގެ ނަމާދެއް ކުރުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَا مِنْ رَجُلٍ يُذْنِبُ ذَنْبًا ثُمَّ يَقُومُ فَيَتَطَهَّرُ ثُمَّ ‏ ‏يُصَلِّي ثُمَّ يَسْتَغْفِرُ اللَّهَ إِلَّا غَفَرَ اللَّهُ لَهُ - رواه الترمذي

މާނައީ:"މީހަކަށް ފާފައެއް ކުރެވުމުން ދެން ފުރިހަމަ ޠަހާރަތަކަށްފަހު، ދެން ދެރަކްޢަތް ކޮށް، ދެން ފާފަފުއްސެވުން އެދި اللَّه އަށް ދަންނަވައިފިނަމަ، ފާފަ ނުފުއްސެވޭނޭ މީހަކުނުވެއެވެ."

* މަޖްލިސްގެ ކައްފާރާ؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَنْ جَلَسَ فِي مَجْلِسٍ فَكَثُرَ فِيهِ ‏ ‏لَغَطُهُ ‏ ‏فَقَالَ قَبْلَ أَنْ يَقُومَ مِنْ مَجْلِسِهِ ذَلِكَ سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ إِلَّا غُفِرَ لَهُ مَا كَانَ فِي مَجْلِسِهِ ذَلِكَ - رواه داود والترمذي.

މާނައީ:"މަޖްލިހެއްގައި އިނދެ، އޭނާގެ ބޭކާރުކަންކަން ގިނަވެއްޖެ މީހާ ފެހެ، އޭނާގެ އެމަޖްލިހުން ތެދުވުމުގެ ކުރިން سُبْحَانَكَ اللَّهُمَّ وَبِحَمْدِكَ أَشْهَدُ أَنْ لَا إِلَهَ إِلَّا أَنْتَ أَسْتَغْفِرُكَ وَأَتُوبُ إِلَيْكَ (އޭ اللَّه! އިބައިލާހުގެ ހުސްޠާހިރު ވަންތަކަމާއެވެ! އަދި އިބައިލާހަށް ޙަމްދު ހުއްޓެވެ! އިބައިލާހު މެނުވީ ޙައްޤުގޮތުގައި އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށް އަޅު ހެކިވަމެވެ! އިބައިލާހުގެ ފާފަފުއްސެވުމަށާއި ތަޥްބާލެއްވުމަށް މިއަޅާ ދަންނަވަމެވެ.) މިފަދައިން ކިޔައިފިނަމަ، އޭނާގެ އެމަޖްލިހުގައި ވެވުނު އެންމެހާކަމެއް ނުފުއްސެވޭނޭ މީހަކު ނުވެއެވެ."

* ޢުމްރާ ވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏الْعُمْرَةُ إِلَى الْعُمْرَةِ كَفَّارَةٌ لِمَا بَيْنَهُمَا - رواه البخاري ومسلم

މާނައީ:"އެއްޢުރާއިން އަނެއްޢުމްރާއަށް، އެދެމެދުގައިވާ ފާފަތަކުގެ ކައްފާރާއެކެވެ."

* ޙައްޖު ވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَنْ حَجَّ لِلَّهِ فَلَمْ ‏ ‏يَرْفُثْ ‏ ‏وَلَمْ يَفْسُقْ رَجَعَ كَيَوْمِ وَلَدَتْهُ أُمُّهُ - رواه البخاري ومسلم

މާނައީ:"އުރެދުމަކަށް އަރައިގަތުމެއް، ހަޑިހުތުރު އެއްޗެތި ކިޔުމެއްނެތި اللَّه އަށް ޙައްޖުވެއްޖެ މީހާ، އޭނާގެ މަންމަ އޭނާވިހޭ ދުވަސް ފަދައިން (ކުއްފާފަތަކުން ޠޯހިރުވެގެން) އާދެއެވެ."

* ފަރްޟު ނަމާދުތައް؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި الصَّلَاةُ الْخَمْسُ وَالْجُمْعَةُ إِلَى الْجُمْعَةِ كَفَّارَةٌ لِمَا بَيْنَهُنَّ مَا لَمْ تُغْشَ الْكَبَائِرُ - رواه البخاري ومسلم

މާނައީ:"ފަރްޟު ފަސްނަމާދާއި އެއްހުކުރުން އަނެއްހުކުރަށް، އެދެމެދުގައިވާ ފާފަތަކުގެ ކައްފާރާއެކެވެ. އެއީ ބޮޑުފާފައަށް އަރައިގެންފައި ނުވާނަމައެވެ."

* ބަނގި އަޑުއަހާމީހާގެ އިޤްރާރު؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَنْ قَالَ حِينَ يَسْمَعُ الْمُؤَذِّنَ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَنَّ ‏مُحَمَّدًا عَبْدُهُ وَرَسُولُهُ ‏ ‏رَضِيتُ بِاللَّهِ رَبًّا ‏ ‏وَبِمُحَمَّدٍ ‏‏رَسُولًا وَبِالْإِسْلَامِ دِينًا غُفِرَ لَهُ ذَنْبُهُ - رواه مسلم

މާނައީ:"ބަނގި އަޑުއަހާމީހާ أَشْهَدُ أَنْ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ وَأَنَّ ‏‏مُحَمَّدًا عَبْدُهُ وَرَسُولُهُ ‏ ‏رَضِيتُ بِاللَّهِ رَبًّا ‏ ‏وَبِمُحَمَّدٍ ‏رَسُولًا وَبِالْإِسْلَامِ دِينًا (اللَّه މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވާކަމަށާއި އެއިލާހު އެއްކައުވަންތަކަމަށާއި އެއިލާހަށް އެއްވެސް ޝަރީކަކު (ބައިވެރިއަކު) ނުވާކަމަށާއި އަދި މުޙައްމަދުގެފާނީ އެއިލާހުގެ އަޅާ، އަދި އެއިލާހުގެރަސޫލު ކަމަށް އަޅުހެކިވަމެވެ. اللَّه އެއީ ރައްބު ކަމަށާއި، މުޙައްމަދުގެފާނީ ރަސޫލު ކަމަށާއި އަލް-އިސްލާމް އެއީ ދީން ކަމަށް، އަޅު ރުހިއްޖެއީމެވެ.) މިފަދައިން ކިޔައިފިނަމަ، އޭނާގެ ފާފަފުހެވިއްޖެއެވެ."

* ޞަދަޤާތް ކުރުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި وَالصَّدَقَةُ تُطْفِئُ الْخَطِيئَةَ كَمَا يُطْفِئُ الْمَاءُ النَّارَ - رواه الترمذي

މާނައީ:"ފެނުން އަލިފާން ނިވާލާފަދައިން، ޞަދަޤާތުން ފާފަ ފުހެލައެވެ."

* ޢަރަފާތް ދުވަހުގެ ރޯދަ؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި يُكَفِّرُ السَّنَةَ الْمَاضِيَةَ وَالْبَاقِيَةَ - رواه مسلم

މާނައީ:"(ޢަރަފާތް ދުވަހުގެ ރޯދަ) އިސްވެދިޔަ އަހަރާއި ކުރިއަށް އޮތް އަހަރުގެ ފާފަ ފުހެލައެވެ."

* ޢާޝޫރާ ދުވަހުގެ (މުޙައްރަމް 10 ވަނަ ދުހުގެ) ރޯދަ؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި يُكَفِّرُ السَّنَةَ الْمَاضِيَةَ - رواه مسلم

މާނައީ:"(މުޙައްރަމް 10 ވަނަ ދުވަހުގެ ރޯދަ) އިސްވެދިޔަ އަހަރުގެ ފާފަ ފުހެލައެވެ."

* ތަހްލީލު ކިޔުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏مَنْ قَالَ لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ فِي يَوْمٍ مِائَةَ مَرَّةٍ كَانَتْ لَهُ عَدْلَ عَشْرِ رِقَابٍ وَكُتِبَتْ لَهُ مِائَةُ حَسَنَةٍ وَمُحِيَتْ عَنْهُ مِائَةُ سَيِّئَةٍ - رواه البخاري ومسلم

މާނައީ: "ދުވާލަކު ސަތޭކަފަހަރު لَا إِلَهَ إِلَّا اللَّهُ وَحْدَهُ لَا شَرِيكَ لَهُ لَهُ الْمُلْكُ وَلَهُ الْحَمْدُ وَهُوَ عَلَى كُلِّ شَيْءٍ قَدِيرٌ (اللَّه މެނުވީ ޙައްޤުވެގެން އަޅުކަމެއްވެވޭ އިލާހަކު ނުވެއެވެ. އަދި އެއިލާހު އެއްކައުވަންތައެވެ. އެއިލާހަށް އެއްވެސް ޝަރީކަކު (ބައިވެރިއަކު) ނުވެއެވެ. ވެރިކަންވަނީ އެއިލާހަށެވެ. އަދި އެންމެހާ ޙަމްދެއް ހުރީ އެއިލާހަށެވެ. އަދި އެއިލާހީ އެންމެހާ ކަމަކަށް ކުޅަދުންވަންތަ އިލާހެވެ.) މިފަދައިން ކިޔައިފި މީހަކަށް، ދިހައަޅުން މިނިވަން ކުރިފަދަ ދަރުމަ ވެއެވެ. އަދި އޭނާއަށް 100 ހެޔޮކަން ލިޔުއްވޭނެއެވެ. އަދި އޭނާގެ ކިބައިން 100 ފާފަ ފުއްސެވޭނެއެވެ."

* ނަމާދުކުރާމީހާގެ އާމީން، މަލާއިކަތުންގެ އާމިންއާއި އެއްވަގުތަކަށް ވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏إِذَا قَالَ أَحَدُكُمْ آمِينَ وَقَالَتْ الْمَلَائِكَةُ فِي السَّمَاءِ آمِينَ فَوَافَقَتْ إِحْدَاهُمَا الْأُخْرَى غُفِرَ لَهُ مَا تَقَدَّمَ مِنْ ذَنْبِهِ - متفق عليه

މާނައީ:"ތިޔަބައިމީހުން ކުރެ މީހަކު އާމީންކީހިނދު، އުޑުގައިވާ މަލާއިކަތުން އާމީންކިޔުމާއި ދެއާމީން އެކަތިއަނެކައްޗަށް އެކުއެކީގައި ދިމާވެއްޖެނަމަ އޭނާގެ އިސްވެގޮސްފައިވާ އެންމެހާ ފާފައެއް ފުއްސަވާނެތެވެ."

- އަޑުހަރުކޮށް ކިޔަވާ ނަމާދުތަކުގައި އިމާމު އާމީންކިޔާ ވަގުތަކީ މަލާއިކަތުން އާމީންކިޔާ ވަގުތެވެ. ވީމާ އިމާމުގެ އާމީންނާއެކު އާމީންކިޔުމަށް ރައްކާތެރިވުން މުހިއްމެވެ.

* ކެއްތެރިވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏ ‏مَا يُصِيبُ الْمُسْلِمَ مِنْ نَصَبٍ ‏‏وَلَا وَصَبٍ ‏‏وَلَا هَمٍّ وَلَا حُزْنٍ وَلَا أَذًى وَلَا غَمٍّ حَتَّى الشَّوْكَةِ يُشَاكُهَا إِلَّا كَفَّرَ اللَّهُ بِهَا مِنْ خَطَايَاهُ - رواه البخاري

މާނައީ:"އެއްވެސް ވަރުބަލިކަމެއް، އަދި ބަލިކަށިކަމެއް، އަދި ބޮޑުކަމެއް، އަދި ދެރަކަމެއް، އަދި އުނދަގުލެއް، އަދި ހިތާމައެއް، އޭނާގެ ގަޔަށް ކައްޓެއް ހެރުންފަދަ ކަމަކަށް ވިޔަސް، އެކަމެއްގެ ސަބަބުން اللَّه އޭނާގެ ފާފަ ނުފުއްސަވާނޭ ކަމެއް މުސްލިމަކަށް ނުޖެހެއެވެ."

* ޛިކުރުގެ މަޖްލިސް؛

މާތް اللَّه ޥަޙީކުރެއްވިކަމަށް ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏يَقُولُ: فَأُشْهِدُكُمْ أَنِّي قَدْ غَفَرْتُ لَهُمْ - رواه البخاري

މާނައީ:"(ޛިކުރުގެ މަޖްލިސްގެ އަހުލުވެރިންނާއި މެދު) މާތް اللَّه ވާޙީކުރެއްވި: ފަހެ،ތިމަންއިލާހު އެބައިމީހުންގެ ފާފަތައް ފުއްސަވައިފިން ކަމަށް، ތިޔަމައިމީހުން (މަލާއިކަތުން) ހެކިކުރަމެވެ."

* النبي ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޞަލަޥާތް ކިޔެވުން؛

ރަސޫލު ‏صَلَّى اللَّهُ عَلَيْهِ وَسَلَّمَ ‏ ޙަދީޘްކުރެއްވި ‏ ‏مَنْ صَلَّى عَلَيَّ صَلَاةً وَاحِدَةً صَلَّى اللَّهُ عَلَيْهِ عَشْرَ صَلَوَاتٍ ‏ ‏ وَحُطَّتْ ‏ ‏عَنْهُ عَشْرُ خَطِيئَاتٍ وَرُفِعَتْ لَهُ عَشْرُ دَرَجَاتٍ - رواه النسائي

މާނައީ:"ތިމަންކަލޭގެފާނުންގެ މައްޗަށް އެއްފަހަރު ޞަލަވާތް ކިޔަވައިފި މީހާގެ މައްޗަށް اللَّه ދިހަފަހަރު ޞަލަވާތް ލައްވައި، އަދި އޭނާގެ ކިބައިން ދިހަ ފާފަ ފުއްސަވައި، އޭނާއަށް ދިހަދަރަޖަ އުފުއްލަވާނެތެވެ."

0 comments:

Post a Comment

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons