Sunday, August 30, 2015
Wednesday, August 26, 2015
Monday, August 24, 2015
ކުރުކޮށް ފޮނިކޮށް : އަރަފާތު ދުވަހުގެ ރޯދައިގެ މަތިވެރިކަން
މިފަހަރު ޙައްޖުވެރިން އަރަފާތުގައި ތިބޭނީ ނޮވެމަބަރު 15 ވަނަ ވާ ދުވަހުއެވެ. އެއީ ހިޖުރީގޮތުން ޛުލްހިއްޖާ މަހުގެ 9 ވަނަ ދުވަހެއެވެ. މި ދުވަހަށް ކިޔަނީ ހައްޖު ދުވަހެވެ. ރަސޫލުﷲ ސައްލަﷲ އަލައިހި ވަސައްލަމަ މިދުވަހާއި ބެހޭގޮތުން ޙަދީޘް ކުރައްވަނީ " ހައްޖަކީ އަރަފާތެވެ" އެހެނީ އަރަފާތު ބިމުގައި ހުރުމުގެ ނަސީބު އެދުވަހު ނުލިބުނު މީހަކީ ޙައްޖު ލިބޭނެ މީހެއްނޫނެވެ. އަދިވެސް ރަސޫލުﷲ ޞައްލަﷲ އަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. " އެންމެ ފުރިހަމަގޮތުގައި ކުރެވޭ ހައްޖަކަށް ޖަޒާއަކަށް ސުވަރުގެ މެނުވީ ނުވެއެވެ"Saturday, August 22, 2015
އަމާޒު
މަޝްހޫރު ޢަރަބި ޅެންވެރިއެއްކަމުގައިވާ އީލިޔާ އަބީ މާޟީ ވިދާޅުވެފައިވެއެވެ. "އަހަރެން އަތުވެއްޖައިމެއެވެ. އެކަމަކު އަހަރެންއައީ ކޮންތާކުންކަމެއް އަހަރެންނަކަށް ނޭނގެ އެވެ. ނަމަވެސް އަހަރެން މިހިރީ އައިހެވެ. އަހަރެންނަށް ކުރިމަތިން މަގެއްފެނުމުން އެމަގުން ހިގައިގަތީމެވެ. ރުހުނަސް ނުރުހުނަސް އެމަގުން ހިގުންނޫން އެހެން ގޮތެއް އަހަންނަކަށް ނެތެވެ. އަހަރެން އައީ ކިހިނެއް ކީއްކުރަން ހެއްޔެވެ؟ މިސުވާލުގެ ޖަވާބެއް ވެސް އަހަންނަކަށް ނޭނގެ އެވެThursday, August 20, 2015
Sunday, August 16, 2015
ޛުލްޤަރުނައިނިއަކީ ކޮންބޭކަލެއް؟
ޛުލްޤަރުނުއަކީ މާތްﷲ އަށް އީމާންވެގެންހުންނެވި ހެޔޮލަފާ ޞާލިޙު ރަސްކަލެކެވެ. ނަމަވެސް ގިނަ ޢިލްމުވެރިން ދެކިލައްވާ އެންމެ ޞައްޙަ ގޮތަކީ އެކަލޭގެފާނަކީ ނަބީބޭކަލެއްނޫންކަމެވެ. އެކަލޭގެފާނަށް ޛުލްޤަރުނައިނި މިނަމުން ނަންދެވިފައިވަނީ އެކަލޭގެފާނު ހުޅަނގާއި އަދި އިރުމަތީގައިވާ ރަށްތަކަށް ދަތުރުކުރައްވާފައިވުމުގު ސަބަބުންނެވެ. ރިވާވެފައިވާ ގޮތުގައި އެއީ ޝައިތާނާގެ ދެދަޅު އަރާ އަދި ގެއްލޭތަނެވެ.Wednesday, August 12, 2015
ޒުވާނުން ހަރުދަނާ ބަޔަކަށްވުން މުހިއްމު

ވޭތުވެދިޔަ ދިގު ޒަމާނުގައި ދިވެހިންގެ ދިރިއުޅުމަށް ބޮޑެތި ބަދަލުތަކެއް އައިސްފައި ވާކަން މިއީ އަޅުގަނޑުމެން ކޮންމެ މީހަކަށްވެސް އެގޭ ޙަގީގަތެކެވެ. ދިރިއުޅުމަށް މިއައި ބަދަލާއި އެކު ޒުވާނުންނަށްވެސް ބޮޑެތި ބަދަލުތަކެއް އައިސްފައިވާ ވާހަކަ ވަރަށް ގިނައިން އިވެއެވެ. ޒުވާނުންނަށް އައިސްގެން މިއުޅޭ ބަދަލުތަކާއި ބެހޭ ގޮތުން ވާހަކަ ދައްކާލުމަކީ މިވަގުތު ކޮންމެހެންވެސް ކުރަންޖެހިފައިވާ ކަމެކެވެ. ޒުވާނުންނަށް އައިސްގެން މިއުޅެނީ ކޮންކަހަލަ ކުރިއެރުންތަކެއްތޯ ބަލާލުމަކީ ހަމަ މުހިންމުކަމެކެވެ.
Monday, August 10, 2015
Saturday, August 8, 2015
Thursday, August 6, 2015
ހަމަ އެންމެ ރާތައްޓެއް........
ފުރަތަމަ ރާފޮދެއް ބޯލީ ހަމަ މަޖަލަކަށެވެ. ރާބޯކަށެއް ނޫނެވެ. ދެން ހަމަ ރަހަ ބަލާލާ ހިތުންނެވެ. ދެން އެވީ ގޮތްގޮތުގެ ވާހަކަ ދައްކާ ހިތެއް ނެތެވެ. އެހައިވެސް ހިތްގައިމުވެފައި ކޫލެވެ. ގެ ރާނަންވެގެން ގޭ ބިއްދޮށުގައި ތަޅާފައިހުރި ގާފުނިވެސް ފެންނަނީ ޕާރކެއްގެ ސިފައިގައެވެ. އަނެއްބައިފަހަރަށް ސްވިމިންގްޕޫލެއް ހެންވެސް ހީވެއެވެ. މަޑުމަޑުން ގެއިން ނުކުމެގެން ގޮސް ސްވިމިންގްޕޫލަށް ފުންމާލީމެވެ.
12:00 AM







