Thursday, November 29, 2012
ކީރިތި ރަސޫލާގެ އެންމެފަހު ޚުތުބާ
Tuesday, November 27, 2012
Sunday, November 25, 2012
ރަވާތިބު ސުންނަތުގެ މާތްކަން
Friday, November 23, 2012
މިހިރަ ކަންތައްތައް ކުރުމަށް ޚާއްޞަ ސަމާލުކަމެއް ދޭށެވެ
- ﷲ ސުބުޙާނަހޫ ވަތަޢާލާ އާ އޮންނަ ގުޅުން ބަދަހިކުރާށެވެ. ޢަޤީދާ ހަރުދަނާކުރާށެވެ. އީމާންކަން ވަރުގަދަ ކުރާށެވެ. ހަރުދަނާ އީމާންކަން ފުނޑުފުނޑު ކޮށްލެވޭ ފަދަ ހަތިޔާރެއް، ނިއުކްލިއަރ ހަތިޔާރު އުފައްދާފައިވާ މިދުނިޔޭގައިވެސް، އުފެއްދިފައިނުވެއެވެ. އެ އީމާންކަމުގެ ފުރިހަމަ ލައްޒަތު ލިބިގެން އެތައްއެތައް މުސްލިމުންނެއްވަނީ ސުވަރުގެއިން ޖާގަހޯދާފައެވެ. އެއީ އިސްލާމީ ތާރީޚު ހެކިދޭކަމެކެވެ.
Wednesday, November 21, 2012
اتق الله حيثما كنت...!! "ތިބާ ވީ ކޮންމެ ތާކުމެ މާތްﷲ ސުބުޙާނަޙޫ ވަތަޢާލާއަށް ބިރުވެތިވާށެވެ."
Monday, November 19, 2012
Saturday, November 17, 2012
ދެން ކާކުބާ؟
ހެނދުނުގެ
ވަގުތެކެވެ. ކުޑަކޮށް ނިދި ޖެހިލާފައި އޮއްވާ އައީ ފޯނެކެވެ. ދިން
ޚަބަރުން ދެ ލޯ މަރައިލެވުނެވެ. އޭގެ ދެތިން ހަތަރު ދުވަސް ފަހެވެ.
ހަވީރުގެ ހިތްގައިމު ވަގުތެވެ. އައީ ފޯނުކޯލެކެވެ. ލިބުނު ޚަބަރުން ލޮލުން
ކަރުނަ ހިލިގެން ދިޔައެވެ. އާދެ! އެ ޚަބަރަކީ ތޯއެވެ. އެ ޚަބަރަކީ
އިންސާނެއްގެ ދުނިޔޭގެ ދިރިއުޅުމަށް އަލްވަދާޢު ކިޔާ، ނިމުމެއް ނެތް
ޙަޔާތުގެ ގޮވައްޗަށް ދަތުރުކުރުމުގެ ފުރަތަމަ މަރުޙަލާ ފެށި ވާހަކައެވެ.
އެއްވެސް އިންސާނަކު އެ ކަމަކުން އެއްކިބާ ނުވެވޭ މަރާ ބަޔަކު ކުރިމަތިލީ
ވާހަކައެވެ.Thursday, November 15, 2012
ބިރުވެރި ޤިޔާމަތްދުވަސް އައުމުގެ ޢަލާމާތްތަކުގެ ތެރެއިން މޮޔައިންގެ ވެރިކަން
ޑރ.މުޙައްމަދު ޢަރީފީ.
މީސްތަކުންވަނީ
އެމީހުންގެ ވެރިންފަދައިން ކޮރަޕްޓުވެފައެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި
ވަސައްލަމަ ޚަބަރުދެއްވާފައިވާ ގޮތުގައި ޤިޔާމާތްދުވަހުގެ ޢަލާމާތްތަކުގެ
ތެރެއިން އެއްއަލާމާތަކީ މީސްތަކުންގެ ކަންތައްތައް މޮޔަ ޖާހިލުވެރިންގެ
އަތްމައްޗަށް ދިޔުމެވެ. އެބައިމީހުންނަކީ ކީރިތި ޤުރުއާނާއި އަދި
ސުންނަތުން އެއްވެސް އެއްޗަކަށް އަމަލުނުކުރާ އަދި ނަޞީހަތެއް ދެވުނަސް
އެނަޞީޙަތަކަސް ބީރުކަންފަތެއްދޭ މީހުންނެވެ.Tuesday, November 13, 2012
ސުންނަތެއްނަމަ އޭގައި ހިފާށެވެ! މުޖްތަމަޢުއަށް ފައިދާވުމާއި ނުވުން އެއީ އަދި އެހެންކަމެކެވެ.
Sunday, November 11, 2012
މުސްލިމުންގެ ފިރުޤާތައް
1. ޤާދިޔާނީން
ތަޢާރުފުޤާދިޔާނީންނަށް "އަޙުމަދީން" ނެވެ، ވެސް ކިޔަ އެވެ. އެއީ، މީލާދީ ސަނަތުން 19 ވަނަ ޤަރުނުގެ ފަހުކޮޅުގައި އުފެދުނު ފިރުޤާއެކެވެ. އެ ފިރުޤާ އުފެދުނީ، އިންޑިއާގެ ޕަންޖާބުގެ "ޤާދިޔާން" ނަމަކަށް ކިއުނު ރަށުގަ އެވެ. މިހާރު ދުނިޔޭގައިވާ ޤާދިޔާނީންގެ ޢަދަދު، ދުއިސައްތަ މިލިއަނަށް އަރާކަމަށް ބުނެވެ އެވެ.
Friday, November 9, 2012
ކީރިތިރަސޫލާގެ ސުންނަތާއި ބުޅަލާއި ޒަމާނީ ޢިލްމު
ބުޅަލަކީ ޠާހިރު އެއްޗެއް |
| ކީރިތިރަސޫލާގެ
ވަރަށްގިނަ ޙަދީޘްފުޅުތައް ބުނާގޮތުގައި ބުޅަލަކީ ޠާހިރުއެއްޗެކެވެ.
އެކަލޭގެފާނު ސިފަކުރައްވާގޮތުގައި އެއީ ގޭގެއަށް ގިނަގިނައިންގޮސް
އުޅޭއެއްޗެކެވެ. އެހެންވެ އެކަލޭގެފާނު ބުޅަލަށް " ޠައްވާފު " ގެ ނަން
ދެއްވި އެވެ.
އޭތި ބޮއިފާ ހުންނަފެނުން، އެކަލޭގެފާނު ވުޟޫކުރައްވާފައިވެ އެވެ. ސުވާލަކީ
ބުޅަކީ ޠާހިރުއެއްޗެއްކަން އަދި އޭތި ނަޖިސްނުވާނެކަން ރަސޫލުﷲގެފާނަށް
އެނގިވަޑައިގަތީ ކިހިނަކުންބާވަ އެވެ؟ އެކަލޭގެފާނަކީ ޑަކްޓެރެއްހެއްޔެވެ؟
ނުވަތަ ލެބޯޓަރީގައި ތަޙްލީލުތައްކުރައްވާ އޭގެ ސާފުކަމާއި ގޮނޑުކަން
ދިރާސާކުރެއްވި ބޭކަލެއްހެއްޔެވެ؟ |
Wednesday, November 7, 2012
އުންމަތުގެ ފަޚުރު: އަންހެން ސާހިބުން (އިސްތަށިގަނޑު ދިން އަންހެން ސާހިބާ)
ނަޞާރާއިންގެ ބައިބޯ ލަޝްކަރެއް
އުދަރެސް ބައްދާލާފަ މުސޮލިމުން މި ބިމުން ފޮހެލުމަށް ޓަކައި ނިކުތެވެ.
އެވަގުތު އަމީރަކަށް ހުންނެވި އަބޫ ޤުދާމަ އައް ޝާމީ ގެފާނުން ހަލުވި
ކަމާއެކު މިމްބަރަށް ވަޑައިގެން ވަރަށް އަސަރުން ފުރިގެން ވާ ވަރުގަދަ
ޚުތުބާ އެއް ﷲ ގެ މަގުގައި ޖިހާދު ކުރުމާއި ބެހޭ ގޮތުން ދެއްވެވި އެވެ. Monday, November 5, 2012
Sunday, November 4, 2012
އިބުނު ޤައްޔިމު ލިޔުއްވާފައިވާ ” ﷲ ގެ ލޯބި”
ފެށުމުގެ ކުރިންއިބުނު ޤައްޔިމު ރަޙިމަޙުﷲ އަކީ ކާކު؟
އިބުނު ޤައްޔިމު ރަޙިމަހުﷲ ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ ހިޖުރީ ސަނަތުން 691 ވަނަ އަހަރު ދިމިސްޤުގައެވެ. އެކަލޭގެފާނަކީ ދީނީ ޢިލްމުގެ އިތުރުން ބޭސްވެރިކަމާއި އެސްޓުރޮނޮމީ އާއި އަދިނަފުސާނީ ޢިލްމުގައިވެސް ކުޅަދާނަ ބޭފުޅެކެވެ. އަދި އެކަލޭގެފާނު ޝައިޙުލް އިސްލާމް އިބުނު ތައިމިއްޔާ ރަޙިމަހުﷲ ގެ އަރިހުގައި ، އިބުނު ތައިމިއްޔާ އަވަހާރަވަންދެން އެކަލޭގެފާނާއިއެކު 16 އަހަރުވަންދެން ކިޔަވާ ވިދާޅުވެފައިވެއެވެ. އިބުނު ކަޘީރު ރަހިމަހުﷲ ތަޢާލާ މިކަން ސިފަކުރައްވަމުން ބަޔާންކުރައްވަނީ އިބުނު ޤައްޔިމަކީ އެދުވަސްވަރު ވަރަށް ގިނަ އިލްމުތަކެއްގެ ކުރިބޯށިކަމަށެވެ. އެކަލޭގެފާނު އަވަހާރަވީ ހިޖުރީ ސަނަތުން 751 ގައި އުމުރުފުޅުން 60 އަހަރުގައެވެ.
Saturday, November 3, 2012
Thursday, November 1, 2012
ލޮބުވެތި އަޚާއެވެ. ތިބާގެ މޫނުމަތިން އެއްޗެއް މަދުކަން ތިބާއަށް އިޙްސާސްކުރެވޭ ހެއްޔެވެ؟
ލޮބުވެތި
އަޚާއެވެ! މިކާއިނާތަށް ތިބާ ޚަލްޤު ކުރެއްވި ގަދަކީރިތިވަންތަ ރައްބުގެ
އަމުރަށް ނުކިޔަމަންތެރިވާޙާލު، ރެޔާއި ދުވާލު ތުނބުޅިބޭލުމުގެ
ފާފައިގެމަތީގައި ހުރުމަށް ބިރެއް ނުގަނޭހެއްޔެވެ؟ އެއިލާހުގެ
އަމުރުފުޅުތަކަށް އިންކާރުކުރުމުން ތިބާއަށް ކުރިމަތިވެދާނެ ޢަޒާބަކަށް
ބިރެއް ނުގަނޭހެއްޔެވެ؟! ތުނބުޅި ދިގުކުރުމަށް ރަސޫލުﷲ ޞައްލަﷲ
ޢަލައިހިވަސައްލަމަގެ އެތައް ޞައްޙަ ޙަދީޘްފުޅުތަކެއްގައި މުއުމިން
ފިރިހެނުންނަށް އަމުރު ކުރައްވާފައިވެއެވެ. އިބްނު ޢުމަރު ރަޟިޔަﷲ
ޢަންހުމާގެ އަރިހުން ރިވާވެފައިވާ ޙަދީޘްފުޅެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ
ޢަލައިހި ވަސައްލަމަގެ ޙަދީޘްކުރެއްވިއެވެ.
12:00 AM

