Wednesday, October 31, 2012

ބަނގުރަލާއި އޫރުމަސް ރާއްޖެ އެތެރެކުރުން މަނާކުރުމަކީ ހައްދުފަހަނައަޅައި ދިއުން ހެއްޔެވެ؟


އޮކްޓޯބަރ 24، 2012 ވަނަ ދުވަހު ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގައި ތުޅާދޫ ދާއިރާގެ މެންބަރު ނާޒިމް ރަޝާދު ވަނީ ޤާނޫނު ނަންބަރު 75/4 (ދިވެހިރާއްޖެއަށް ގެނައުން މަނާ ތަކެތީގެ ޤާނޫނު) އަށް އިޞްލާޙު ގެނައުމަށް ބިލެއް ހުށަހަޅުއްވާފަ އެވެ. އެއީ ބަނގުރަލުގެ ބާވަތްތަކާއި އޫރުމަހާއި އޫރު މަހުން އުފައްދާ ތަކެތި ރާއްޖެ އެތެރެކުރުން މަނާކުރުމަށް ހުށަހެޅުއްވި އިޞްލާޙެކެވެ.

Tuesday, October 30, 2012

” އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހޯދަން ހެއްޔެވެ؟“ މިއާޔަތުގެ ތަފްސީރު

امام ابن كثير (رحمه الله)
”أَفَحُكْمَ الْجَاهِلِيَّةِ يَبْغُونَ وَمَنْ أَحْسَنُ مِنَ اللَّهِ حُكْمًا لِقَوْمٍ يُوقِنُونَ“ ”އެމީހުން އެދެނީ ޖާހިލިއްޔަ ޒަމާނުގެ ޙުކުމް ހެއްޔެވެ؟ ޔަޤީންކުރާ ބަޔަކަށް ﷲ އަށްވުރެ ޙުކުމްކުރެއްވުމަށް މޮޅީ ފަހެ ކޮންފަރާތެއް ހެއްޔެވެ؟“ (ސޫރަތުލް މާއިދާ:50)

Sunday, October 28, 2012

އާޔަތުލް ކުރުސީގެ މަތިވެރިކަން

އެވަގުތަކީ ދުވާލުގެ އަލިކަން ފިލާ ރޭގަނޑުގެ އަނދިރިކަން ވެރިވަމުން ދިޔަ ވަގުތުކަމުން، މިމުސްލިމު އަންހެން ކުއްޖާ ކޮލެޖް ނިމިގެން އަވަސްއަވަހަށް ގެއަށް ދިއުމަށްޓަކައި ހަލުވި ފިޔަވަޅުތަކުގައި ހިނގާފައި ދިޔައެވެ. ދަރިފުޅު ގެއިން ބޭރުގައި އެކަނި ލަސްވުމުގެ ފިކުރުގައި މަންމަ ކަންބޮޑުވެފައި އިންނާނެތީއެވެ.

Friday, October 26, 2012

ޢީދުލް އަޟްޙާ


   ޢީދުލް އަޟްޙާއަކީ ދުނިޔޭގެ އެންމެހައި މުސްލިމުން އުފާފާޅުކޮށް އެކަކު އަނެކަކަށް އެހޮއެދުމާއި ތަހުނިޔާކިޔުމުގެ ދުވަހެވެ. މިއަދަކީ ދުނިޔޭގެ ހުރިހާ މުސްލިމުން އެބައިމީހުންގެ ވެރި އިލާހުގެ މަތިވެރި ނިޢުމަތްކަމަށްވާ މާތްވެގެންވާ އިސްލާމްދީނުގެ ހިދާޔަތަށްޓަކައި ﷲ ތަބާރަކަ ވަތަޢާލާއަށް ޙަމްދުކޮށް ތަކުބީރުކިޔާދުވަހެވެ. ޢަދާވާތްތެރިންކަމުގައިވަނިކޮށް އިސްލާމްދީނު ނިޢުމަތުގެ ސަބަބުން އަޅުގަނޑުމެންވަނީ އަޚުންކަމުގައި ލައްވާފައެވެ. އަޅުގަނޑުމެންގެ ހިތްތަކަށް މިދީނުގެ ސަބަބުން އޯގާތެރިކަމާއި ލޯބިވަނީ މާތް ﷲ ލައްވާފައެވެ.

Wednesday, October 24, 2012

އުޟްޙިޔާ ކަތިލުން


الْحَمْدُ لِلَّهِ رَبِّ الْعَالَمِيْنَ. وَالصَّلَاةُ وَالسَّلَامُ عَلَى أَشْرَفِ الْأَنْبِيَاءِ وَالْمُرْسَلِيْنَ. نَبِيِّنَا وَحَبِيْبِنَا وَقُدْوَتِنَا مُحَمَّدٍ   وَعَلَى آلِهِ  وَأَصْحَابِهِ  وَمَنْ تَبِعَهُمْ بِإِحْسَانٍ إِلَى يَوْمِ الِّدْينِ. أَمَّا بَعْدُ
އުޟްޙިޔާއަކީ ކޮބާ؟

Monday, October 22, 2012

ޢަރަފާތް ދުވަހުގެ ރޯދަ ހިފުމަށް ވަޞިއްޔަތްކުރައްވާ!

  މާތްކަމާއި ބަރަކާތުން ފުރިގެންވާ ދުވަސްތަކެއް އަޅުގަނޑުމެންނާއި ކުރިމަތިލައިފިއެވެ. އަޅުގަނޑުމެން މިހާރު އުޅެމުން މި ގެންދަނީ އެ ދުވަސްތަކުގެ ތެރޭގައެވެ. ޙައްޖުމަހުގެ ފުރަތަމަ 10 ދުވަހެވެ. މި ދުވަސް ވަރު، އެތައްހާސް  މުސްލިމުން ވަނީ ޙައްޖުގެ އަޅުކަން އަދާކުރުމަށް މައްކާއަށް ޖަމާވެފައެވެ. ޙައްޖު ދުވަސް، ނުވަތަ ޢަރަފާތްދުވަހަކީ، ޙައްޖުމަހުގެ 9 ވަނަ ދުވަހެވެ. 

Saturday, October 20, 2012

ޢަރަފާތް ދުވަހުގެ މާތްކަން

ޢަރަފާތް ދުވަހުގެ މާތްކަމާއި ބެހޭ ގޮތުން އައިސްފައިވެއެވެ.
 
1. އެދުވަހަކީ ނިޢްމަތްތައް ފުރިހަމަ ކުރައްވާ އަދި ދީންވެސް ފުރިހަމަ ކުރެއްވި ދުވަސް ކަމަށް ވުން.

عَنْ طَارِقِ بْنِ شِهَابٍ قَالَ جَاءَ رَجُلٌ مِنْ الْيَهُودِ إِلَى عُمَرَ بْنِ الْخَطَّابِ فَقَالَ يَا أَمِيرَ الْمُؤْمِنِينَ آيَةٌ فِي كِتَابِكُمْ تَقْرَءُونَهَا لَوْ عَلَيْنَا مَعْشَرَ الْيَهُودِ نَزَلَتْ لَاتَّخَذْنَا ذَلِكَ الْيَوْمَ عِيدًا قَالَ أَيُّ آيَةٍ قَالَ { الْيَوْمَ أَكْمَلْتُ لَكُمْ دِينَكُمْ وَأَتْمَمْتُ عَلَيْكُمْ نِعْمَتِي وَرَضِيتُ لَكُمْ الْإِسْلَامَ دِينًا }
فَقَالَ عُمَرُ إِنِّي لَأَعْلَمُ الْمَكَانَ الَّذِي نَزَلَتْ فِيهِ وَالْيَوْمَ الَّذِي نَزَلَتْ فِيهِ نَزَلَتْ عَلَى رَسُولِ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ فِي عَرَفَاتٍ فِي يَوْمِ جُمُعَةٍ


Friday, October 19, 2012

ރަމަޟާންމަހު ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ އެ މައްސަރުގެ މާތްކަމަށްޓަކަ އެވެ. އަދި އެ މައްސަރުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ވެސްމެ އެވެ."



"އަޅުގެ ވެރިރަސްކަލާކޮ!

މިއަޅާއާއި އެމީހުންގެ ފާފަތައް ފުއްސަވައިފާނދޭވެ!"


"ރަމަޟާންމަހު ތިމަންނާ ލަވައެއް ނުކިޔަމެވެ. އެއީ އެ މައްސަރުގެ މާތްކަމަށްޓަކަ އެވެ. އަދި އެ މައްސަރުގައި މާތް ﷲ ގެ ޙަޟުރަތަށް ކުއްތަންވުމަށްޓަކައި ވެސްމެ އެވެ."



Thursday, October 18, 2012

އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ގަން އެއާޕޯޓަށް ޖެއްސި މައްސަލައިގަ ޑރ.ޝަމްހީދު ކޮމިޓީއަށް


އިޒްރޭލުގެ ފްލައިޓްތައް ރާއްޖެ އަށް ދަތުރުތައް ފެށުމަށް އެއްވެސް ހުއްދައެއް ނުދިނުމަށް ދިވެހި ސަރުކާރަށް އަންގައި މަޖިލީހުން ގަރާރެއް ފާސްކޮށްފައިވަނިކޮށް މި އަހަރުގެ މޭ މަހު އިޒްރޭލްގެ ޕްރައިވެޓް ޖެޓެއް ގަމަށް ޖެއްސި މައްސަލައިގައި ޓްރާންސްޕޯޓް މިނިސްޓަރު ޑރ. އަހްމަދު ޝަމްހީދާއި ގަން އެއާޕޯޓް ހިންގާ އައްޑޫ އިންޓަނޭޝަނަލް އެއާޕޯޓް ކޮމްޕެނީން )އޭއައިއޭސީ( އިސް ބޭފުޅަކު ރައްޔިތުންގެ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީ އަށް ހާޒިރުކުރަން މިއަދު ނިންމައިފި އެވެ.

Wednesday, October 17, 2012

އިއްޒަތްތެރި ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! މަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟


ސުވާލަކީ: ބައެއް (އިއްޒަތްތެރި) ބޭފުޅުން ވިދާޅުވޭ، ޤިޞާޞް ހިފީމާ ކިހިނެއްހޭ ވާނީ، ދެން ތިމަންނަމެން ކަތިވަޅި ހިފައިގެން ދުވަންވީހޭ، އަނެއް ބޭފުޅުން ވިދާޅުވަނީ ޤިޞާޞް ހިފާނެ ގޮތެއް ނެތޭ ކަނޑައެޅިފައެއް! ޙުކުމް ކުރީމަ އެތަންފީޛު ކުރެވޭނެ ގޮތެއް ނެތޭ، އެމަރާނީ ރޮދިފަށަކުންތޯ ކަންވާރަކުންތޯ؟ އެކަމު އަރުވާލަންވީމަ ޤާނޫނަކު ނޯވޭ މަތިންދާ ބޯޓަކުތޯ؟ ދޯންޏަކުންތޯ ހެލްކޮޕްޓަރުންތޯ ފޮނުވާލާނީ، އެކަމަކު މިހިސާބަށް [ޤިޞާޞް ހިފުމާއި ހަމައަށް] ދިޔައިމާ މަރާނެ ގޮތެއް ނެތިގެން އުޅެނީ. މަރާލާނީ ކިހިނެއް ކޮންގޮތަކަށްތޯ ސުވާލަކީ؟

Tuesday, October 16, 2012

އެންމެހެޔޮ އަންހެނާ


عن أبي هريرة رضي الله عنه عن النبي صلى الله عليه وسلم قال: ” تُنْكَحُ الْمَرْأَةُ لِأَرْبَعٍ: لِمَالِهَا، وَلِحَسَبِهَا، وَجَمَالِهَا، وَلِدِيْنِهَا، فَاظْفَرْ بِذَاتِ الدِّيْنِ تَرِبَتْ يَدَاكَ”. (رواه البخاري  ومسلم )

ޙަދީޘުގެ މާނަ; ﷲ ތަޢާލާ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެންވެއެވެ. ރަސޫލާ ޞައްލަﷲ ޢަލައިހިވަސައްލަމަ ޙަދީޘްކުރެއްވިއެވެ. “ހަތަރުކަމަކަށްޓަކައި އަންހެނުންނާއި ކައިވެނި ކުރެވެއެވެ. އޭނާގެ މުދަލަށްޓަކައެވެ. އޭނާގެ ޙަސަބުގެ މަތިވެރިކަމަށްޓަކައެވެ. އޭނާގެ ރީތިކަމަށްޓަކައެވެ. އަދި އޭނާގެ ދީންވެރިކަމަށްޓަކައެވެ. ފަހެ ދީންވެރިޔާ އިޚްތިޔާރުކުރާށެވެ. އެހެންނޫނީ ތިބާގެ ދިރިއުޅުން ވެއްޔާ މޮޑެވިދާހުއްޓެވެ.”

Sunday, October 14, 2012

މުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތް

މުސްލިމް އުޚްތުންނަށް އޮތް 50 ނަސޭޚަތް

Friday, October 12, 2012

ގާތިލަށް މައާފް ދިނުމަކީ ހާކިމާއަށް އޮތް ހައްގެއްނޫން: ޝައިޚު ޝަހީމު


ހައްގަކާ ނުލައި މީހުން މަރައި މީހުންނަށް އިސްލާމްދީނުގައި ކަނޑައަޅުއްވާފައިވާ މަރުގެ އަދަބަކީ ހާކިމާ (ވެރިކަމުގައި ހުންނަ މީހާ) އަށް މައާފް ކުރެވޭނެ އަދަބެއް ނޫން ކަމަށް އިސްލާމިކް މިނިސްޓަރު އައް ޝެއިޚު މުހައްމަދު ޝަހީމު އަލީ ސައީދު ވިދާޅުވެއްޖެ އެވެ.

ރިޒުޤް ގެ ޤާނޫން ތައް

ދުނިޔޭގައި އިންސާނާ ގެ ދިރިއުޅުން ވޭތު ކުރަމުން ދާއިރު  އޭނާ ބޭނުން ކުރަމުން ދަނީ ﷲގެ ރިޒްޤެވެ.  ނަމަވެސް ރިޒްޤު ދެއްވާތީ އެ ދެއްވާ ފަރާތަށް ޝުކުރުވެރިވެވޭތޯ އާއި އެރިޒްޤު އޭނާ ހޯދަނީ ޙަލާލް ގޮތުގައި ތޯ ނުވަތަ ނޫންތޯ އަމިއްލަ ނަފްސާ ސުވާލު ކޮށްލަނީ ކިތައްމީހުންބާވައެވެ.

Wednesday, October 10, 2012

مؤمن އެއްގެ ކިބާގައި ހުންނަންވީ ސިފަތަކުގެތެރެއިން 10ސިފަ:

مؤمن އެއްގެ ކިބާގައި ހުންނަންވީ ސިފަތަކުގެތެރެއިން 10ސިފަ:

Monday, October 8, 2012

ނަބަވީ ހިދާޔަތުގެ ތެރެއިން

عَنِ ابْنِ عَبَّاسٍ، رَضِيَ اللَّهُ عَنْهُمَا، قَالَ: "كُنْتُ خَلْفَ النَّبِيِّ صلى الله عليه وسلم  يَوْمًا فَقَالَ: "يَا غُلاَمُ إِنِّي أُعَلِّمُكَ كَلِمَاتٍ: "احْفَظِ اللَّهَ يَحْفَظْكَ  احْفَظِ اللَّهَ تَجِدْهُ تُجَاهَكَ، إِذَا سَأَلْتَ فَاسْأَلِ اللَّهَ، وَإِذَا اسْتَعَنْتَ فَاسْتَعِنْ بِاللَّهِ، وَاعْلَمْ: أَنَّ الأُمَّةَ لَوِ اجْتَمَعَتْ عَلَى أَنْ يَنْفَعُوكَ بِشَيْءٍ، لَـمْ يَنْفَعُوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ لَكَ، وَإِنِ اجْتَمَعُوا عَلَى أَنْ يَضُرُّوكَ بِشَيْءٍ، لَـمْ يَضُرُّوكَ إِلاَّ بِشَيْءٍ قَدْ كَتَبَهُ اللَّهُ عَلَيْكَ، رُفِعَتِ الأَقْلاَمُ، وَجَفَّتِ الصُّحُفُ". (رَوَاهُ التِّرْمِذِيُّ وَقَالَ: حَدِيثٌ حَسَنٌ صَحِيحٌ) 

 

Sunday, October 7, 2012

އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން ތަމްރީނުތަކެއް ފަށައިފި




އެމެރިކާ ސިފައިންނާއި ދިވެހި ސިފައިން ގުޅިގެން އަސްކަރީ ތަމްރީނުތަކެއް ފަށައިފި އެވެ. 


އެމެރިކާ އެމްބަސީން ބުނީ "ކޮކްނަޓް ގްރޯވް 2012"ގެ ނަމުގައި އައްޑޫ ސިޓީގެ ގަމުގައި އިއްޔެ ފެށި ތަމްރީނުތައް މިމަހުގެ 14 ވަނަ ދުވަހާ ހަމައަށް ކުރިއަށް ދާނެ ކަމަށެވެ.

Saturday, October 6, 2012

އޭނާ ތެދު ބުނެފިއެވެ. އެކަމަކު އޭނާއަކީ ބޮޑު ދޮގުވެރިއެކެވެ.


 މާތްﷲ އެކަލޭގެފާނަށް ރުއްސުންލެއްވި އަބޫހުރައިރާގެ އަރިހުން ރިވާވެގެން ވެއެވެ. އެކަލޭގެފާނު ވިދާޅުވިއެވެ.

Thursday, October 4, 2012

މާލޭގެ ގޭންގްތަކާ ބެހޭ ހައިރާންކުރުވަނިވި، ބިރުވެރި ރިޕޯޓެއް


މާލެ އާއި ރާއްޖޭގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވާ ގޭންގުތަކުގެ ނުރައްކާތެރިކަމުގެ ވާހަކަ އަށް އިތުރު ތަފްސީލެއް ބޭނުމެއް ނުވާނެ އެވެ. ގޭންގު ހަރަކާތްތައް ލޯމަތިން ދަނީ ފެންނަމުންނެވެ. އެކަމަކު އެ ގޭންގުތަކުގެ ހަގީގަތް އެހާ ރަނގަޅަކަށް ނޭނގެ އެވެ. އެކަމަކު އެ މީހުންނާ މެދު ތުންތުންމަތިން ދެކެވޭ ވާހަކަތައް ގިނަ އެވެ. އެ ވާހަކަތަކުގައި ހަގީގަތެއް ވެސް އެކުލެވިގެންވާ ކަމަށް ދިރާސާއަކުން ވަނީ ދައްކައިފަ އެވެ.

ދެވަނަ އަންބެއްގެ މުހިންމުކަން އަނބިމީހާއަށް ވިސްނައިދޭނެ ގޮތެއް ވިދާޅުވެދެއްވަފާނަންތޯ؟

ސުވާލު:

އަޅުގަނޑުގެ ކައިވެންޏަށް މިހާރު 8 އަހަރު ވެއްޖެއެވެ. އަޅުގަނޑު ބޭނުންވަނީ ދެވަނަ އަންބެން ހޯދާށެވެ. އެގޮތުން ލޯބިވާ މީހަކުވެސް އެބަހުއްޓެވެ. ނަމަވެސް އަޅުގަނޑުގެ އަނބިމީހާ ދެވަނަ މީހަކާ އިންނާކަށް ގަބޫލެއްނޫނެވެ. އަޅުގަނޑުގެ އަނބިމީހާއަށް ވިސްނަދޭނެ ގޮތެއް ވިދާޅުވެދެއްވަ ފާނަންތޯއެވެ؟

Wednesday, October 3, 2012

ފާޠިމީންނަކީ ކޮންބައެއް؟

ފާޠިމީން ނުވަތަ ޢުބައިދީ ޚިލާފަތޭ ކިޔައިގެން އުޅުނު މީހުންނަށް އިސްލާމްދީނުގެ މަތިވެރި ހިޔާވަހިކަން ލިބުން ޙައްޤު ނުވާކަން ފާހަގަކުރަމުން ފަށަމެވެ.އަޞްލު މިމީހުންނަށް ފާޠިމީން ކިޔުމަށްވުރެ ކިޔުން ރަނގަޅީ ޢުބައިދީންނެވެ. އެއީ އެމީހުންގެ ފުރަތަމަ ވެރިޔާ ނުވަތަ ޒަޢީމްގެ ނަމަށް ނިސްބަތްކޮށެވެ. ފާޠިމީންނޭ ކިޔައިގެން މިމީހުން އުޅުނީ މުސްލިމުންނަށް އޮޅުވާލާ މުސްލިމުންގެ ރުހުން ހޯދާށެވެ.

Monday, October 1, 2012

އައްޒުބައިރު ބްނުލް ޢައްވާމް


އައްޒުބައިރު ބްނުލް ޢައްވާމް (الزبير بن العوام) އަކީ، އަސަދު ގެ ފުތް، ޚުވައިލަދުގެ ފުތް އައްޒުބައިރު ބްނުލް ޢައްވާމް އެވެ. އެކަލޭގެފާނު ދުނިޔޭގެ އަލިކަން ދެކެވަޑައިގަތީ، ކީރިތި ރަސޫލާ ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ހިޖުރައަށް ވަޑައިގެންނެވުމުގެ ތިރީހަކަށް އަހަރު ކުރިންނެވެ. އެކަލޭގެފާނު އިސްލާމްވެވަޑައިގަތީ، ޢުމުރުފުޅުން 15 އަހަރުގަ އެވެ.

 
Design by Free WordPress Themes | Bloggerized by Lasantha - Premium Blogger Themes | Macys Printable Coupons