އަލްޙާފިޡް އައްޛަހަބީ ރަޙިމަހުﷲ
ބޮޑެތިފާފަތައް ޖަމާކުރައްވައި ލިޔުއްވާފައިވާ “އަލްކަބާއިރު” ގައި
ބޮޑެތިފާފަތަކާބެހޭގޮތުން ވިދާޅުވެފައިވެއެވެ.
“ﷲ އަށާއި، އެއިލާހުގެ
ފޮތްތަކަށާއި، އެއިލާހުގެ ރަސޫލުންނަށާއި، އެއިލާހުގެ މަލާއިކަތުންނަށާއި،
އެއިލާހުގެ ޤަދަރުފުޅަށް އީމާންވުމުގެ (ތަވްފީޤު) ދެއްވިކަމަކަށްޓަކައި
އެއިލާހަށް ޙަމްދުކުރަމެވެ. އަދި އަހަރެމެންގެ މާތްނަބިއްޔާ
މުޙައްމަދުގެފާނަށާއި، އެކަލޭގެފާނުންގެ އާލުންނަށާއި، އަންޞާރުންނަށް ﷲ
ޞަލަވާތް ލައްވާށިއެވެ. އެޞަލަވާތަކީ ދާއިމަށް ދެމިގެންވާ
ޞަލަވާތެއްކަމުގައި ލައްވައި، އެކަލޭގެފާނުގެ އަރިހުގައި ދެމިތިބެނިވި
ގޯތީގައި އުޅުމުގެ ނަޞީބު ދެއްވާށިއެވެ!