އޭގެ ކުރިން އެއްވެސް އެއްޗަކަށް އެނަން ކިއިފައިނުވެއެވެ. އެއީ ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ މަޝްހޫރު ނަމެވެ.
އަދި ކީރިތި ޤުރުއާނުގެ ނަންތަކުގެ ތެރެއިން އެންމެ ގިނައިން ކީރިތި ޤުރުއާނުގައި ވާރިދުވެފައިވާ އެއް ނަމެވެ. އަދި ސަލަފުންގެ ދޫފުޅުމަތިންވެސް އެންމެ ގިނައިން ދައުރުވެފައިވަނީ އެ ނަމެވެ. التحرير والتنوير ( 1/ 71)