ސުވާލު:
ޖަމާޢަތުގެ ފަރާތުން ނަރުހެއްގެ ހައިޘިއްޔަތުން އުމްރާއަށް ދާއިރު، މަޙްރަމަކާނުލައި ދިއުން ހުއްދަވާނެތޯ؟
ޖަވާބު:
الحمد لله، والصلاة والسلام على نبينا محمد وعلى آله وصحبه وسلم وبعد:
ފަޟީލަތުއްޝައިޚް މުޙައްމަދު ޞާލިޙުލް މުންޖިދުގެ ބެއްލެވުމުގެ ދަށުން ހިންގަވާ ވެސްބައިޓެއް ކަމުގައިވާ އިސްލާމް ސުވާލު ވަޖަވާބަށް ބޭފުޅަކު ފޮނުވާފައިވާ ސުވާލެއްގައިވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގެން ފަހުން އެކަލޭގެފާނުގެ އަނބިއަނބި ކަނބަލުން ތަފާތު ފަހަރުތަކުގައި ޙައްޖު ކުރައްވާފައި ހުރި ކަމަށް ޘާބިތުވެއެވެ. އަންހެނަކު މަޙްރަމެއް ނެތްނަމަ، އިތުބާރު ކުރެވޭ އަންހެން ޖަމާޢަތެއްގައި ޙައްޖަށް ދެވިދާނެކަމަށް މިޙާދިޘާ ތަކުން ދަލީލު ލިބިދާނެތޯއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ.
މި މައްސަލާގައި ޢިލްމުވެރިންގެ ރައުޔުތަކުގެ ތެރެއިން އެންމެ ރަގަޅު ރައުޔަކީ ޙަނަފީ އަދި ޙަންބަލީ މަޛްހަބުގެ ރައުޔެވެ. އެބޭފުޅުން ވިދާޅުވާ ގޮތުގައި ޙައްޖަށްވެސް އަދި އެނޫން ދަތުރަކަށްވެސް އަންހެނަކު މަޙްރަމަކާ ނުލާ ދަތުރު ކުރުމަކީ ޙަރާމް ކަމެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. ޙަދީޘް ކުރައްވާފައިވެއެވެ. (لا تسافر امرأة إلا مع ذي محرم) رواه البخاري ( 1862 ) ومسلم ( 1341) މާނައަކީ: “މަޙްރަމަކާ އެކު މެނުވީ އަންހެނަކު ދަތުރު ނުކުރާ ހުށި ކަމެވެ”.
އެހެންނަމަވެސް ޝާފިޢީ އަދި މާލިކީ މަޛްހަބުގެ ރައުޔަކީ އިތުބާރު ހިފޭވަރުގެ ޖަމާޢަތަކާއި އެކުގައިނަމަ އަންހެނަކު މަޙްރަމަކާ ނުލާވެސް ދަތުރު ކުރެވިދާނެ ކަމަށެވެ. އެބޭކަލުންގެ ދަލީލަކީ ސުވާލުގައިވެސް ވާފަދައިން ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ސުވަރުގެ ވަޑައިގަތުމަށްފަހު އެކަލޭގެފާނުގެ އަނބިއަނބި ކަބަލުން މަޙްރަމަކާ ނުލާ ޙައްޖަށް ވަޑައިގެންނެވި ޙާދިޘާ އެވެ. އިމާމް ބުޚާރީ ރަޙިމަހުﷲ ރިވާ ކުރައްވައެވެ.
(أَن عمر بن الخطاب رضي الله عنه أذِن لأزواج النبي صلى الله عليه وسلم في آخر حجة حجها ، فبعث معهن عثمان بن عفان ، وعبد الرحمن بن عوف) މާނައަކީ: “ޢުމަރު ރަޟިޔަﷲ ޢަންހު- ކުރެއްވި އެންމެ ފަހު ޙައްޖުގައި ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބި އަނބި ކަބަލުންނަށް ބައިވެރި ވުމުގެ އިޛްނަ ދެއްވިއެވެ. އަދި އެކަނބަލުންނާއި އެކުގައި ޢުޘްމާން ބިން ޢައްފާނާއި ޢަބްދުއްރަޙްމާން ބިން ޢައުފު ފޮނުއްވިއެވެ.”
ނަމަވެސް ޙަނަފީންނާއި ޙަންބަލީން މިދަލީލަށް ތަފާތު ޖަވާބު ތަކެއް ވަނީ ދެއްވާފައެވެ. އޭގެ ތެރޭގައި:
1. އެކަނބަލުން ދަތުރު ކުރެއްވީ މަޙްރަމަކާ ނުލާ ކަން ޙަދީޘިން ދޭހައެއް ނުވެއެވެ. ޙައްޖު ގާފިލާގައި އެކަނބަލުންގެ މަޙްރަމުން ތިއްބެވުންވެސް އެކަށީގެންވެއެވެ. ޢުޘްމާން ބިން ޢައްފާނާއި ޢަބްދުއްރަޙްމާން ބިން ޢައުފް ފޮނުއްވުމުގެ ބޭނުމަކީ އިތުރަށް ހިތްހަމަޖެހުން ލިބި، ޔަގީންކަން އިތުރު ކުރުމެވެ.
ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަޞްޙާބަކު އެކަލޭގެފާނުގެ އަމުރުފުޅާއި ޚިލާފަށް އަންހެނުންތަކެއް މަޙްރަމަކާ ނުލާ ދަތުރު ކުރުމުގެ ހުއްދަ އެއް ނުދެއްވާނެއެވެ. ބައެއް ރިވާޔަތްތަކުގައި އެކަނބަލުން ވަޑައިގަތީ މަޙްރަމުންނާއި އެކުގައި ކަމަށްވެސް އައިސްފައިވެއެވެ. އެހެންނަމަވެސް އެރިވާޔަތް ތަކުގެ ސަނަދު އެހާ ވަރުގަދަ އެއް ނޫނެވެ.
އިބްނުލް ޖައުޒީ ރަޙިމަހުﷲ އެކަލޭގެފާނުގެ “އަލްމުންތަޡަމް” އޭ ކިޔުނު ފޮތުގައި ހިޖްރައިން 23 ވަނަ އަހަރުގެ ޙާދިޘާތައް ބަޔާން ކުރައްވާ ލިޔުއްވާފައިވެއެވެ. އަބޫޢުޘްމާނާއި އަބޫ ޙާރިޘާ އަދި ރަބީޢު އެބޭކަލުންގެ ސަނަދުން ރިވާ ކުރައްވާފައިވެއެވެ.
“ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަނބި އަނބި ކަބަލުންނާއި އެކުގައި ޢުމަރު ރަޟިޔަﷲ ޢަންހު ޙައްޖު ކުރެއްވިއެވެ. އެކަނބަލުންގެ އަރިހުގައި އެކަނބަލުން ޙިޖާބުވެ ވަޑައިގަންނަވަން ނުޖެހޭ ވަރުގެ މަޙްރަމުން ތިއްބެވިއެވެ. އެކަނބަލުންގެ ގާފިލާގެ އެންމެ ކުރީގައި ޢަބްދުއްރަޙްމާން ބިން ޢައުފު ލެއްވިއެވެ. އަދި ގާފިލާގެ އެންމެ ފަހަތުގައި ޢުޘްމާން ބިން ޢައްފާން ލެއްވިއެވެ.”
އަނެއް ކަމަކީ، އެކަނބަލުންގެ މަޙްރަމަކާ ނުލާ ދަތުރު ކުރެއްވުން އެއީ ވަރަށް ދުރު ކަމެކެވެ. އެދުވަސް ވަރު މަދީނާ އިން ޙައްޖަށް ދާ މީހުންގެ ޢަދަދު ވަރަށް ގިނައެވެ. އެހެންކަމުން ކައިވެނި ޙަރާމްވާ ވަރުގެ ކޮންމެ ވެސް މީހަކު ގާފިލާގައި ހުންނާނެކަން ޔަގީނެވެ. ނޫންނަމަ އެއްކިރު ވުމުގެ ގޮތުން އަޚުންވެސް ތިބޭނެއެވެ. ޚާއްޞަގޮތެއްގައި އެދުވަސް ވަރަކީ ކިރު ދިނުން ވަރަށް ޢާއްމުވެފައިވާ ދުވަސްވަރެކެވެ.
2. އެކަނބަލުންގެ އަރިހުގައި މަޙްރަމަކު ނެތް ކަމުގައިވީނަމަވެސް، އެއީ އެކަނބަލުންގެ އިޖްތިހާދެކެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ ނައްޞަކާ ޞަޙާބީ އެއްގެ އިޖްތިހާދު ފުށުއަރައިފިނަމަ ނައްޞަށް އިސްކަން ދެވޭނެއެވެ.
އިމާމް ޞަންޢާނީ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
“މިޙާދިޘާ އިން އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުމަށް ޙުއްޖަތެއް ނުލިބެއެވެ. ސަބަބަކީ އެއީ އިޖްމާޢެއް ނޫނެވެ.” (ސުބުލުއްސަލާމް 2/930).
3. ބައެއް ޢީލްމުވެރިން ވިދާޅުވާ ގޮތުގައި މިއީ ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަބަލުންނަށް ޚާއްޞަ ކަމެކެވެ. ސަބަބަކީ އެކަނބަލުންނަކީ މުއިމިނުންގެ މަންމައިންނެވެ. އެހެންކަމުން، ހުރިހާ މުއިމިނުންނަކީ އެކަނބަލުންނަށް މަޙާރިމުންނެވެ.
އިމާމް އަބޫ ޙަނީފާ- ރަޙިމަހުﷲ- ވިދާޅުވެފައިވެއެވެ.
“ހުރިހާ މީސްތަކުންނަކީ ޢާއިޝާ އަށް މަޙްރަމުންނެވެ. އެއިން ކޮންމެ މީހަކާ އެކު ދަތުރު ކުރެއްވިނަމަވެސް އެދަތުރު ކުރެއްވެނީ މަޙްރަމަކާ އެކުގައެވެ. ނަމަވެސް، އެހެން އަންހެނުން ތަކުންނަކަށް އެގޮތެއް ނުވާނެއެވެ.” (ޢުމްދަތުލް ގާރީ 10/220).
އިމާމް އަބޫ ޙަނީފާގެ މިރައުޔަށް ރައްދު ދެއްވާ ޢީލްމުވެރިން ވިދާޅުވެފައިވެއެވެ. “ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ގެ އަނބިއަނބި ކަބަލުންނަކީ ކައިވެނި ޙަރާމް ވުމުގެ ގޮތުން މުއިމިނުންގެ މަންމައިންނެވެ. ނަމަވެސް އެއީ މަޙްރަމުންނެއް ނޫނެވެ.
މަޙްރަމުން ކަމުގައިވީނަމަ އެކަނބަލުން މީސްތަކުންގެ ކުރިމަތީގައި ޙިޖާބު ނުވެ ތިއްބެވުމާއި، ފިރިހެނުންނާއި އެކަހެރިވުންވެސް ހުއްދަވީހެވެ. ނަމަވެސް އެއީ އެއްވެސް ޢިލްމުވެރިޔަކު ވިދާޅުވެފައި ނުވާ ބަސްފުޅެކެވެ.”
އިބްނު ތައިމިއްޔާ ރަޙިމަހުﷲ އެކަލޭގެފާނުގެ “މިންހާޖުއްސުންނާ”ގެ 4/207 ގައި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ އަނބިއަނބި ކަބަލުންނާއި ބެހޭ ގޮތުން ވިދާޅުވެފައިވެއެވެ. “އެކަނބަލުންނަކީ ކައިވެނި ޙަރާމް ވުމުގެ ގޮތުން މަޙްރަމުންނެވެ. އެނޫން ގޮތަކުން ނޫނެވެ.”
ފަޟީލަތުއްޝައިޚް ޢަބްދުﷲ ބިން ބާޒް- ރަޙިމަހުﷲ- އާއި ސުވާލު ކުރެވުނެވެ. މީހުން ބުނެއުޅެއެވެ. ޢާއިޝާ ރަޟިޔަﷲ ޢަންހާ މަޙްރަމަކާ ނުލާ ޢުޘްމާން ރަޟިޔަﷲ ޢަންހުގެ އަރިހުގައި ޙައްޖު ކުރެއްވިއެވެ؟
ޖަވާބުގައި ވިދާޅުވެފައިވެއެވެ. “މިކަމުގައި ދަލީލެއް ބޭނުންވެއެވެ. އެކަމަނާ ޙައްޖު ކުރެއްވީ މަޙްރަމަކާ ނުލަޔޭ ދަލީލެއް ނެތި ނުބުނެވޭނެއެވެ.
އެކަމަނާ އާއި އެކު ކޮންމެވެސް މަޙްރަމެއް ވާނެކަން ޔަގީނެވެ. އެކަމަނާގެ އަޚުންގެ ދަރިންނާއި، އެކަމަނާގެ އަޚް ޢަބްދުއްރަޙްމާނާއި، އެކަމަނާގެ އުޚްތު އަސްމާގެ ދަރިންނާއި، މި އެންމެން ތިބޭނެއެވެ. އެކަމަނާ ޙައްޖު ކުރެއްވީ މަޙްރަމަކާ ނުލަޔޭ ދަލީލެއް ނެތި ބުނެފި ކޮންމެ މީހަކު އެހަދަނީ ދޮގެކެވެ. އެކަމަނާ ޙައްޖު ކުރެއްވީ މަޙްރަމަކާ ނުލާ ކަމުގައި ބެލިނަމަވެސް، އެކަމަނާ އަކީ މަޢްޞޫމް ބޭކަނބަލެއް ނޫނެވެ.
އެއްވެސް ޞަޙާބީ އަކީ މަޢްޞޫމް ބަޔެއް ނޫނެވެ. ޙުއްޖަތް ނެގޭނީ ގުރްއާނުންނާއި ސުންނަތުންނެވެ. މިއާއި ޚިލާފަށް އެއްވެސް މީހަކު ބުނާ ބަހަކީ ޙުއްޖަތަކަށް ނުވާނެއެވެ. މިއީ ހުރިހާ ޢިލްމުވެރިން އިޖްމާޢުވެލައްވާ މައްސަލަ އެކެވެ.” والله أعلم
އަދިވެސް އިސްލާމް ސުވާލު ވަޖަވާބުގައި އައިސްފައިވެއެވެ.
އަންހެނަކު އޭނާ އާއި އެކު ދާނެ މަޙްރަމަކު ނެތްނަމަ އަންހެން ޖަމާޢަތަކާއި އެކު ޙައްޖަށް ނުވަތަ ޢުމްރާ އަށް ދިޔުމުގެ ޙުކުމަކީ ކޮބައިތޯ؟

މިމައްސަލާގައި ޢިލްމުވެރިންގެ ތެރޭގައި ޒަމާނުއްސުރެއް އޮންނަ ޚިލާފެއް ވެއެވެ. ބައެއް ޢިލްމުވެރިންގެ ރައުޔުގައި މަގު އަމާންވެފައި އިތުބާރު ހިފޭ އަންހެން ޖަމާޢަތެއް އޮވެއްޖެނަމަ މަޙްރަމަކާ ނުލާ އަންހެނަކަށް ޙައްޖަށް ނުވަތަ ޢުމްރާ އަށް ދެވިދާނެއެވެ.
އެހެންބައެއް ޢިލްމުވެރިން ވިދާޅުވާ ގޮތުގައި އަންހެން ޖަމާޢަތެއް އޮތް ނަމަވެސް މަޙްރަމަކާ އެކު މެނުވީ އަންހެނަކަށް ދަތުރެއް ނުކުރެވޭނެއެވެ. މިއީ އަބޫ ޙަނީފާ އަދި އަޙްމަދުގެ ރައުޔެވެ.
އެބޭކަލުންގެ ދަލީލަކީ:
1. عن ابن عباس رضي الله عنهما قال : قال النبي صلى الله عليه وسلم : ( لا تسافر المرأة إلا مع ذي محرم ، ولا يدخل عليها رجل إلا ومعها محرم ، فقال رجل : يا رسول الله ، إني أريد أن أخرج في جيش كذا وكذا وامرأتي تريد الحج ، فقال : اخرج معها ) رواه البخاري ( 1763 ) ومسلم ( 1341 ) .
މާތް ﷲ ރުއްސުންލެއްވި ޢިބްނު ޢައްބާސްގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “މަޙްރަމަކާ އެކު މެނުވީ އަންހެނުން ދަތުރު ނުކުރާ ހުށި ކަމެވެ. އަދި އަންހެނަކާ އެކު މަޙްރަމެއް ނެތް ޙާލުގައި ފިރިހެނަކާ އެކަހެރި ނުވާ ހުށިކަމެވެ. މީހަކު ދެންނެވިއެވެ. އޭ ﷲ ގެ ރަސޫލާ އެވެ. އަހަރެން މިއުޅެނީ ހަނގުރާމަ އަށް ލަޝްކަރެއްގައި ދާށެވެ. އަހަރެންގެ އަންހެނުން އުޅެނީ ޙައްޖަށް ދާށެވެ. ޙަދީޘް ކުރެއްވިއެވެ. “ކަލޭގެ އަންހެނުންނާއި އެކު ދާށެވެ.”
2. عن أبي هريرة رضي الله عنه قال : قال النبي صلى الله عليه وسلم ( لا يحل لامرأة تؤمن بالله واليوم الآخر أن تسافر مسيرة يوم وليلة إلا مع ذي محرم عليها ) رواه البخاري (1038) ومسلم (133) .
މާތް ﷲ ރުއްސުންލެއްވި އަބޫ ހުރައިރާގެ ކިބައިން ރިވާވެގެން ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރެއްވިއެވެ. “ﷲ އާއި އާޚިރަތް ދުވަހަށް އީމާންވާ އަންހެނާ ރޭވާ ދަތުރެއްގައި މަޙްރަމަކާ އެކު މެނުވީ ދަތުރު ކުރުން ހުއްދަ ވެގެން ނުވެއެވެ.” وعند البخاري (1139) ومسلم (827) من حديث أبي سعيد : ( مسيرة يومين ) . ބުޚާރީ އާއި މުސްލިމް އަބޫ ސަޢީދުގެ ކިބައިން ރިވާ ކުރެއްވިއެވެ. “ދެރޭވާ ދަތުރެކެވެ.”
އަންހެނުން ދަތުރު ކުރުމުގައި މަޙްރަމެއް ބޭނުން ނުވާނެ ކަމުގައި ވިދާޅުވާ ޢިލްމުވެރިންގެ ދަލީލު ތަކަކީ:
1. އިމާމް ބުޚާރީ ރިވާ ކުރެއްވި ޙަދީޘެއްގައި ވެއެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޢުދައްޔު ބިން ޙާތިމް އާއި މުޚާޠަބު ކުރައްވާ ޙަދީޘް ކުރެއްވިއެވެ.
(فإن طالت بك حياة لترين الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف أحدا إلا الله ، قال عدي : فرأيت الظعينة ترتحل من الحيرة حتى تطوف بالكعبة لا تخاف إلا الله ) رواه البخاري ( 3400)
މާނައަކީ: “ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުގަތުމެއްނެތި، އަންހެނުން ޙީރާ އިން ދަތުރުކޮށްފައި ގޮސް ކަޢްބާގައި ޠަވާފް ކުރާތަން ކަލޭގެފާނު ދުނިޔޭގައި ހުންނަވައިފިނަމަ ފެންނާނެއެވެ. ޢުދައްޔު ވިދާޅުވިއެވެ. “ﷲ ފިޔަވާ އެހެން ފަރާތެއް ދެކެ ބިރުގަތުމެއް ނެތި އަންހެނުން ޙިރާ އިން ދަތުރުކޮށްފައި ގޮސް ކަޢްބާގައި ޠަވާފު ކުރާ މަންޡަރު ތިމަންނާ ދުށީމެވެ.”
މިދަލީލަށް ޖަވާބު ދެއްވާ ޢިލްމުވެރިން ވިދާޅުވެފައިވެއެވެ.
މީގައި މިވަނީ ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ކަން ހިނގާނެ ގޮތުގެ ޚަބަރު ދެއްވާފައެވެ. ކަމެއް ހިނގާނެ ކަމުގެ ޚަބަރު ދެއްވުމަކީ އެކަމެއް ހުއްދަވުމެއް ނޫނެވެ. ފަހަރުގައި އެއީ ހުއްދަ ކަމަކަށްވެސް ވެދާނެއެވެ. ފަހަރުގައި އެއީ ޙަރާމް ކަމަކަށް ވެސް ވެދާނެއެވެ. ފަހު ޒަމާނަށް އައިސް ބަޔަކު ރާބުއިމާއި، ޒިނޭ ކުރުމާއި، މީހުން މެރުން ޢާއްމުވާނެ ކަމުގެ ޚަބަރު ކީރިތި ރަސޫލާ ޞައްލަﷲ ޢަލައިހި ވަސައްލަމަ ޚަބަރު ދެއްވާފައިވެއެވެ. އެއީ ބޮޑެތި ފާފަތަކެވެ.
އެހެންކަމުން، ޙަދީޘްގެ މަގްޞަދަކީ އަމާންކަން ފެތުރިގެން ގޮސް، އަންހެނުންނަށް އިތުރު މަޙްރަމެއް ނެތި ދަތުރު ކުރެވޭނެހާ ވަރަށް މަގުތައް އަމާން ވެގެން ދާނެކަން އެންގެވުމެވެ. ޙަދީޘްގެ މަގްޞަދަކީ އަންހެނުން މަޙްރަމަކާ ނުލާ ދަތުރު ކުރުން ހުއްދަކަން އެންގެވުމެއް ނޫނެވެ.
މިކަމުގައި ދަންނަން ޖެހޭ އަނެއް މައްސަލަ އަކީ: ޙައްޖަށް ދިޔުމުގައި އަންހެނުންނަށް މަޙްރަމަކު ބޭނުން ވުމާއި ނުވުމުގައި ޢިލްމުވެރިން އިޚްތިލާފު އުފެދިފައިވަނީ ހަމައެކަނި ފަރްޟު ޙައްޖު ވުމުގައެވެ. ނަމަވެސް ސުންނަތް ޙައްޖުވުމުގައި އަންހެނަކު އޭނާގެ ފިރިމީހާ ނުވަތަ މަޙްރަމަކާ ނުލާ ދަތުރު ނުކުރެވޭނެކަމާއި މެދު، ހުރިހާ ޢިލްމުވެރިން އިއްތިފާގްވެލައްވައެވެ. (އަލްމައުސޫޢަތުލް ފިގްހިއްޔާ 17/36).
ސަޢޫދީގެ ފަތްވާ ކޮމިޓީގެ ބޭފުޅުން ވިދާޅުވެފައިވެއެވެ. “މަޙްރަމަކު ނެތިއްޖެ އަންހެނާގެ މައްޗަށް ޙައްޖު ވާޖިބު ވެގެން ނުވެއެވެ. ސަބަބަކީ މަޙްރަމަކީ ޙައްޖުގެ މަގު ފަސޭހަވުމުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މަގު ފަސޭހަ ވުމަކީ ޙައްޖު ވާޖިބު ވުމުގެ ޝަރްޠުތަކުގެ ތެރޭގައި ހިމެނޭ ކަމެކެވެ.
ސޫރަތު އާލުޢިމްރާންގެ 97 ވަނަ އާޔަތުގައި މާތް ﷲ ވަޙީ ކުރައްވާފައިވެއެވެ. (وَلِلَّـهِ عَلَى النَّاسِ حِجُّ الْبَيْتِ مَنِ اسْتَطَاعَ إِلَيْهِ سَبِيلًا) މާނައަކީ: “އެކަމަށް މަގެއްފެނި ކުޅަދާނަވެއްޖެ މީހާ، އެ ގެފުޅަށް قصد ކޮށްގެންދިއުމީ، (އެބަހީ: حج ވުމަކީ) اللَّه އަށްޓަކައި މީސްތަކުންގެ މައްޗަށްއޮތް واجب އެކެވެ.”
އެހެންކަމުން، ޙައްޖަށް ނުވަތަ އެހެން ކަމަކުވެސް ފިރިމީހާ ނުވަތަ މަޙްރަމަކާ ނުލާ އަންހެނަކު ދަތުރު ކުރުމަކީ ހުއްދަ ކަމެއް ނޫނެވެ. މިއީ ޙަސަނުލްބަޞްރީ، ނަޚަޢީ، އަޙްމަދު، އިސްޙާގް، އިބްނުލް މުންޛިރު އަދި ޙަނަފީންގެ ރައުޔެވެ. އަދި މިއީ އެންމެ ޞައްޙަ ގޮތެވެ. އިސްވެދިޔަ އާޔަތުންނާއި، އަންހެނަކު މަޙްރަމަކާ ނުލާ ދަތުރު ކުރުން މަނާ ކުރައްވާފައިވާ ޙަދީޘުން ދޭހަވަނީ މިގޮތެވެ. މިކަމާ ދެކޮޅު ހައްދަވަނީ މާލިކު، ޝާފިޢީ އަދި އަލްއައުޒާޢީ އެވެ. ނަމަވެސް އެބޭފުޅުންނަކަށް އެއްވެސް ދަލީލެއް ނެތެވެ.” (ފަތާވާ އައްލަޖްނަތުއް ދާއިމާ 11/90-91).
އަދިވެސް އެބޭފުޅުން ވިދާޅުވެފައިވެއެވެ.
“އަންހެން ކަބަލުން އެކަބަލުންގެ ފިރިން ނުވަތަ މަޙްރަމަކު ނުލާ ޙައްޖަށްވެސް އަދި އެހެންކަމަކުވެސް ދަތުރު ނުކުރެވޭނެ ކަމަށް ބުނާ ބުނުން އެއީ އެންމެ ރަގަޅު ގޮތެވެ. އިތުރބާރު ހިފޭ އަންހެން ޖަމާޢަތަކާއި އެކުގައި ދަތުރު ކުރެވޭނެ ކަމަށް ބުނާ ބުނުމަކީ ރަގަޅު ބުނުމެއް ނޫނެވެ. އެކަނބަލުންނާއި އެކު ދަތުރު ކުރާނެ ފިރިޔަކު ނުވަތަ މަޙްރަމަކު ނެތްނަމަ އެކަނބަލުންގެ މައްޗަށް ޙައްޖު ވާޖިބު ވެގެން ނުވެއެވެ.”(ފަތާވާ އައްލަޖްނަތުއް ދާއިމާ 11/92).والله أعلم
ޖަވާބު ދެއްވީ:
އައްޝައިޚް މުޙައްމަދު ޢިޔާޟު ޢަބްދުއްލަތީފް

0 comments:
Post a Comment