ޖާހިލިއްޔަތަކީ އިސްލާމްދީން އައުމުގެ ކުރިން އެޙާލެއްގެ މަތީގައި ޢަރަބީން ތިބި ޙާލެވެ. އެއީ ﷲއާއި އެކަލާނގެ ރަސޫލުބޭކަލުންނާއި އަދި ދީނުގެ ޝަރުޢު ތަކާއިމެދު އެއްވެސް އެނގުމެއްނެތް ޖާހިލުކަމާއި ނަސަބާއި މެދު ފަޚުރުވެރިވުމާއި ބޮޑާކަމާއި ޖައްބާރުކަމާއި އަދި މިނޫންވެސް މިބާވަތުގެ ކަންކަމެވެ. އެއީ އެއްވެސް ޢިލްމެއް އެނގުމެއް ނެތް ނުވަތަ އެއްވެސް ޢިލްމަކާއި ތަބާވުމެއް ނެތް ޖާހިލުކަން ނިސްބަތްވެގެންވުމެވެ.
ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ވިދާޅުވިއެވެ. ފަހެ ޙައްޤު ނޭނގޭ މީހާއަކީ އާދައިގެ ޖާހިލެކެވެ. އަދި ޙައްޤާއި ޚިލާފަށް އިޢުތިޤާދުކުރާ މީހާއި މުރައްކަބު ޖާހިލެކެވެ. އަދި ޙައްޤުއެނގި ހުރުމާއިއެކު ނުވަތަ ނޭނގިހުރެގަންވެސް ޙައްޤާއި ޙިލާފަށް ބުނާ މީހާއަކީވެސް ހަމައެފަދައިން ޖާހިލެކެވެ. އެގޮތް ބަޔާންވެ އެނގިއްޖިއްޔާ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމުގެ ކުރީން މީސްތަކުން އެތިބީ ޖާހިލުކަމަށް ނިސްބަތްވެގެންވާ ޖާހިލިއްޔަތުގައެވެ.
ފަހެ އެމީހުން އެކަމެއްގެ މަތީގައި އެތިބިކަންތަކާއި ކުރުމުންގެންދިޔަ ޢަމަލުތަކާއި ބުނަމުންގެންދިޔަ ބަސްތަކަކީ ހަމަކަށަވަރުންވެސް ޖާހިލަކު އެމީހުންނަށް އުފައްދައި ދީފައިވާ ޢަމަލުތަކަކާއި ބަސްތަކެކެވެ. އަދި އެކަންކަން ކުރާކަން ކަށަވަރީ ޖާހިލެކެވެ.
އަދި ހަމަ އެފަދައިން ރަސޫލުބޭކަލުން އެގެންނެވި ކަންކަމާއި ޚިލާފުވާޒާތުގެ ކަންތައްތަކީ މިސާލަކަށް: ޔަހޫދިއްޔަ އަދި ނަޞްރާނިއްޔަ މިފަދަ ކަންކަމީ އެއީ ހަމަ މުޅީންވެސް ޖާހިލިއްޔަތެވެ. އެއީ ޢާއްމު ޖާހިލިއްޔަތެވެ. ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމް ނަބީ ކަމާއިގެން ފޮނުއްވުމަށް ފަހުވެސް އެއްބައި ރަށްރަށް ފިޔަވައި އަނެއްބައި ރަށްރަށުގައި ޖާހިލިއްޔަތުވެއެވެ. އަދި އެއްބައި މީހުންފިޔަވައި އަނެއްބައި މީހުންގައިވެސް ޖާހިލިއްޔަތުކަން ހުރެއެވެ. މިސާލަކަށް އިސްލާމް ރަށެއްގައި އުޅޭ ކާފިރުމީހާ ހަމަވަނީ ޖާހިލއްޔަތުގައެވެ. އެކަމަކު މުޙައްމަދު ޞައްލަﷲ ޢަލައިހި ވަސައްލަމް ފޮނުއްވުމަށްފަހު މުޠްލަޤަށް (ހަމައެކީއެކަށް) އޮތް ޖާހިލިއްޔަތެއް ނުވާނެއެވެ.
އެހެނީ އެކަލޭގެފާނުންގެ އުއްމަތުގެ ކޮންމެވެސް ޖަމާޢަތެއްގެ ބަޔަކު ޤިޔާމަތާއި ޖެހެންދެންވެސް ޙައްޤުގެ މަތީގައި އެބަހީ ޙައްޤު ދީން ފާޅުކުރުންމަތީގައި ދެމިތިބޭނެއެވެ. ނަމަވެސް މުސްލިމުންގެ ރަށްތަކުގެ ތެރެއިން ރަށެއްގައިވެސް ޖާހިލިއްޔަތުކަން އޮތްވަކިތަނެއްވެސް އޮވެދާނެއެވެ. އަދި މުސްލިމުންގެ ތެރޭގައިވެސް ހަމަ ވަރަށް ގިނައިން ޖާހިލިއްޔަތުގެ ތެރޭގައި އުޅޭ މީހުން ތިބެދާނެއެވެ. أَرْبَعٌ فِي أُمَّتِي مِنْ أَمْرِ الْجَاهِلِيَّةِ(رواه مسلم)މިފަދަ ޙަދީޘެވެ. ފަހެ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަގެ މިފަދަ ބަސްފުޅުތަކުން އެކަން އެބަ ހާމަވެއެވެ. އެބަހީ މި އުއްމަތުގައިވެސް ޖާހިލިއްޔަތުގެ ކަންތައް ވާކަން ކަށަވަރެވެ.
އިސްވެދިޔަ ބަސްފުޅުގެ މާނައީ: “ތިމަންކަލޭގެފާނުގެ އުއްމަތުގައި ޖާހިލިއްޔަ ޒަމާނުގެ ހަތަރުކަމެއް ވެއެވެ.” މިއެވެ. މި ޙަދީޘަކީ ދިގު ޙަދީޘެކެވެ. މި ޙަދީޘުގެ ނައްޞުގައި (ނައްޞަކީ ޤުރުއާނުގެ ނުވަތަ ޙަދީޘުގެ ނުވަތަ މީހަކު ބުނި ޢިބާރާތުގެ އަޞްލު ތަންކޮޅެވެ. އުނިއިތުރު ޝަރަޙައެއް ނެތިއެވެ.) އެކަންތައްތައްވެސް ބަޔާންކުރައްވާފައިވެއެވެ. ނަމަވެސް މިތާ އެކަންކަން ތަފްޞީލްނުކުރީ ދިގުވާތީއެވެ.
އަދި އަބޫ ޛައްރާ ދިމާއަށްވެސް ޙަދީޘްކުރެއްވިއެވެ.
((إِنَّكَ امْرُءٌ فِيْكَ جَاهِلِيَّة))[رواه البخاري ومسلم]
“ކަލޭއަކީ ޖާހިލިއްޔަތުގެ ކަމެއް ހުރި މީހެކެވެ.”
އަދި މިނޫންވެސް ބައެއް ބަސްފުޅު އައިސްފައިވެއެވެ.
މިހިސާބުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވާހަކަކޮޅު ނިމުނީއެވެ.
އިސްވެދިޔަ ވާހަކަކޮޅުގެ ޚުލާޞާއަކީ ޖާހިލިއްޔަތަކީ ޖާހިލުކަމަށް ނިސްބަތްވެގެންވުމެވެ. އެއީ ޢިލްމު ނެތުމެވެ. އެނގުން ނެތުމެވެ. ނޭނގުމެވެ. އެކަން ދެބަޔަކަށް ބެހިގެންވެއެވެ.
((إِنَّكَ امْرُءٌ فِيْكَ جَاهِلِيَّة))[رواه البخاري ومسلم]
“ކަލޭއަކީ ޖާހިލިއްޔަތުގެ ކަމެއް ހުރި މީހެކެވެ.”
އަދި މިނޫންވެސް ބައެއް ބަސްފުޅު އައިސްފައިވެއެވެ.
މިހިސާބުން ޝައިޚުލް އިސްލާމް އިބްނު ތައިމިއްޔާ ރަޙިމަހުﷲ ގެ ވާހަކަކޮޅު ނިމުނީއެވެ.
އިސްވެދިޔަ ވާހަކަކޮޅުގެ ޚުލާޞާއަކީ ޖާހިލިއްޔަތަކީ ޖާހިލުކަމަށް ނިސްބަތްވެގެންވުމެވެ. އެއީ ޢިލްމު ނެތުމެވެ. އެނގުން ނެތުމެވެ. ނޭނގުމެވެ. އެކަން ދެބަޔަކަށް ބެހިގެންވެއެވެ.
1- އަލްޖާހިއްލަތުލް ޢާއްމަތުއެވެ. އެބަހީ ޢާއްމު ޖާހިލުކަމެވެ. އެއީ ރަސޫލުﷲ ޞައްލަﷲ ޢަލައިހި ވަސައްލަމަ ރަސޫލުކަމައިގެން ފޮނުއްވުމުގެ ކުރިއެވެ. އޭރު ހިނގައިދިޔަ ކަންކަމެވެ. އެކަލޭގެފާނު ފޮނުއްވެވުމުން އެކަންކަން ނިމުނީއެވެ.
2- އަލްޖާހިއްލަތުލް ޚާއްޞަތު އެވެ. އެބަހީ ޚާއްޞަ ޖާހިލިއްޔަތެވެ. އެކަން ހުރީ ބައެއް ދައުލަތް ދައުލަތުގައްޔާއި ބައެއް ރަށްރަށުގައްޔާއި އަދި ބައެއް މީހުންގެ ކިބައިގައެވެ. މިކަންކަން ނުފިލައި ބާކީ އެބައޮވެއެވެ. މިކަންކަން މިހެން އޮތީމައި ޖާހިލިއްޔަތުކަން ޢާއްމުކުރާ މީހުންގެ ބަހުގައި ބުނެވޭ ކުށް ރަނގަޅަށް ހާމަވެއެވެ. ބައެއް މީހުން ބުނެއެވެ. “މި ޤަރުނުގެ ޖާހިލިއްޔަތުކަން” ނުވަތަ ދެންވެސް މިފަދަ ކޮންމެވެސް ޢިބާރާތެއް ބުނެއެވެ. އެއީ ރަނގަޅު ޢިބާރާތެއް ނޫނެކެވެ. ރަނގަޅު ޢިބާރާތަކީ “މި ޤަރުނުގެ ބައެއް މީހުންގެ ޖާހިލިއްޔަތު” ނުވަތަ މި ޤަރުނުގެ ގިނަ މީހުންގެ ޖާހިލިއްޔަތު މިހެން ބުނުމެވެ. މުޅި ޤަރުނު ޢާއްމުވާގޮތަށް ބުނުމީ ޞައްޙަ ގޮތެއްނޫނެކެވެ. އެގޮތަކީ އައްނަބިއްޔު ޞައްލަﷲ ޢަލައިހި ވަސައްލަމަ ފޮނުއްވުމުން ޢާއްމު ޖާހިލިއްޔަތުކަން ނިމުނީއެވެ.
2- އަލްފިސްޤު: (ފާސިޤުކަން) ބަހުގެ އަޞްލަށް ބަލާއިރު އަލްފިސްޤު އަކީ އަލްޚުރޫޖުއެވެ. އެބަހީ ނުކުތުމެވެ. ޝަރީޢަތުގައި އޭގެ މުރާދަކީ ﷲ ގެ ކިޔަމަންތެރިކަމުން ނުކުތުމެވެ. އެކީ އެކަށް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެގޮތަކީ ސީދާ ކާފަރުންނަށްވެސް ފާސިޤުންނޭ ކިޔާ މާނައިގައެވެ. އަދި އެއްބަޔެއް ނުކުތުމުގެ މާނަވެސް އެކުލެވިގެންވެއެވެ. އެހެނީ ބޮޑުފާފަތަކުގެ ތެރެއިން ފާފައަކަށް އަރައިގަންނަ މުއުމިނަކަށްވެސް ފާސިޤު ކިޔާ މާނައިގައެވެ. ވީމާ، މި ލަފުޒު ޝަރީޢަތުގައި އިސްތިޢުމާލުކުރެވެނީ ޝަރީޢަތުން އެކަށް ނުކުތުމުގެ މާނައިގަތްޔާއި ޝަރީޢަތުގެ އެއްބައިން ނުކުތުމުގެ މާނައިގައެވެ.
ފާސިޤުކަން ހުރީ ދެބަޔަކަށެވެ.
ފާސިޤުކަން ހުރީ ދެބަޔަކަށެވެ.
1- ދީނުން އެކަށް ބޭރުކޮށްލާ ބާވަތުގެ ފާސިޤުކަމެވެ. އެއީ ކާފިރުކަމެވެ. ފަހެ ކާފިރުމީހާއަށް ފާސިޤުމީހާއޭ ކިޔައެވެ. ހަމަކަށަވަރުން ﷲ ތަޢާލާ އިބިލީހުގެ ވާހަކަ ބަޔާންކުރައްވަމުން ވަޙީކުރެއްވިއެވެ. فَفَسَقَ عَنْ أَمْرِ رَبِّهِ- الكهف 50މާނައީ: “ފަހެ އިބިލީހުގެ ކިބައިން އެވީ ފާސިޤުކަމަކީ ކާފަރުކަމެކެވެ.” އެ އާޔަތުގެ މާނައިގައި އެވަނީ އެސޮރު އެސޮރުގެ ރައްބުގެ އަމުރުފުޅަށް ފާސިޤުވިއެވެ. (އެބަހީ ކާފަރުވިއެވެ.) މިއެވެ. އަދި ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَأَمَّا الَّذِينَ فَسَقُوا فَمَأْوَاهُمُ النَّارُ- السجدة 20މާނަ: “ފާސިޤުވީ މީސްތަކުން ދަންނައެވެ. ފަހެ އެމީހުންގެ ޖަޒާއަކީ ނަރަކައެވެ.” މިއެވެ.
މިފާސިޤުކަމުން މުރާދުކުރެވެނީ ކާފަރުކަމެވެ. އެކަމަށް ދަލީލުކުރަނީ ﷲ ތަޢާލާގެ މި ބަސްފުޅެވެ. كُلَّمَا أَرَادُوا أَنْ يَخْرُجُوا مِنْهَا أُعِيدُوا فِيهَا وَقِيلَ لَهُمْ ذُوقُوا عَذَابَ النَّارِ الَّذِي كُنْتُمْ بِهِ تُكَذِّبُونَ- السجدة 20 “އެބައިމީހުން އެނަރަކައިން ނުކުތުމަށް އެދޭ ކޮންމެ ހިނދެއްގައި އަލުންވެސް އެމީހުން އެތަނަށް އިޢާދަކުރެވޭނެއެވެ. އަދި އެމީހުންނަށް އެންގެވޭނެއެވެ. ކަލޭމެން ދޮގުކުރާ ކަމުގައިވި ނަރަކައިގެ ޢަޛާބުގެ ރަހަ ލިބިގަންނާށެވެ.” މިއެވެ.
2- ދީނުން އެކަށް ބޭރުނުވާ ފާސިޤުކަމެވެ. އެއީ އުރެދުމުގެ މާނައިގެ ފާސިޤުކަމެވެ. މުސްލިމުންގެ ތެރެއިން އުރެދޭ މީހުންނަށް ފާސިޤުއެވެ ކިޔައެވެ. އޭނާގެ އެ ފާސިޤުކަން ދީނުން ބޭރުނުވެއެވެ. ﷲ ތަޢާލާ ވަޙީކުރެއްވިއެވެ. وَالَّذِينَ يَرْمُونَ الْمُحْصَنَاتِ ثُمَّ لَمْ يَأْتُوا بِأَرْبَعَةِ شُهَدَاءَ فَاجْلِدُوهُمْ ثَمَانِينَ جَلْدَةً وَلَا تَقْبَلُوا لَهُمْ شَهَادَةً أَبَدًا وَأُولَٰئِكَ هُمُ الْفَاسِقُونَ- النور4 މާނައީ: “ޢިއްފަތްތެރި މާތް އަންހެނުންނަށް ފާޙިޝްކަންތައް (ޒިނޭކުރިކަމަށް) ތުހުމަތުކުރާ މީހުން ދެން އެބައިމީހުން އެކަމުގެ މައްޗަށް ހަތަރު ހެކީން ނުގެނައިނަމަ އެމީހުންގެ އެކުރި ކުށުގެ ޙައްދެއްގެ ގޮތުން (އަނގަ ޙައްދު) އަށްޑިހަ އެތިފަހަރު ޖަހާށެވެ. އަދި އެމީހުންގެ ހެކިބަސް ދުވަހަކުވެސް ޤަބޫލުނުކުރާށެވެ. އެމީހުންނަކީ ކަނޑައެޅިގެން ފާސިޤުންނެވެ.” މިއެވެ. (މި ފާސިޤުކަމަކީ ދީނުން ބޭރުނުވާ ފާސިޤުކަމެކެވެ.)
އަދި އެހެން އާޔަތެއްގައި ވަޙީކުރައްވާފައިވެއެވެ. فَمَن فَرَضَ فِيهِنّ الحَجّ فَلاَ رَفَثَ وَلاَ فُسُوق ولا جِدَالَ فِي اْلحَجِ- البقرة 197މާނައީ: “ފަހެ އެމައްސަރުގައި ޙައްޖު ފަރުޟުކޮށްގެންފި މީހާ (އެބަހީ؛ ޙައްޖަށް އިޙްރާމް ބަނދެފި މީހާ) ދަންނައެވެ! ފަހެ އެމީހާގެ ޙައްޖުގެ ތެރޭގައި އަނބިފިރި ކަމުގެ ކަންތައް ހިންގުމެއް ނެތެވެ. އަދި ފާސިޤުވުމެއްވެސް ނެތެވެ. އަދި އަނިޔާކުރުންވެސް ޖަދަލުކުރުމެއްވެސް ނެތެވެ.” މިއެވެ. (އެބަހީ އެކަންކަން ހުއްދައެއް ނޫނެވެ.) ޢިލްމުވެރިން މިތާ ފުސޫޤުގެ (ފާސިޤުކަމުގެ) ތަފްސީރު ކުރައްވަނީ އުރެދުމުގެ މާނައިގައެވެ. (އިބްނު ތައިމިއްޔާގެ ކިތާބުލް އީމާން)
0 comments:
Post a Comment