ދުނިޔޭގައި މިއަދު ކުރެވެމުން މިދަނީ އިސްލާމްދީނާއި ކާފަރު ކަމާއި މެދު ހިނގަމުންދާހާ ކަންކަމެވެ. ބަލާލި ކޮންމެ ދިމާލަކުން ފެންނަމުންދާނީ މި މަންޒަރެވެ. އެމީހެއްގެ ތައުޙީދުގެ ޢިލްމު ލިބިފައިވާ މިންވަރަކުން މީގެ ތިލަ ފުންމިން ވިސްނޭނެއެވެ. އެހެންކަމުން މި ދެންނެވި އިސްލާމް ކާފަރު ހަނގުރާމައިގަ ކާފަރުންގެ ބައިވަރު ލަނޑު ދަނޑިތަކެއް އެބަހުއްޓެވެ. އަދި އެކަން އިސްލާމުންނަށް ފިސާރި ރަނގަޅަށް އެނގެއެވެ. އެމީހުން އެތިބީ ހޭލައެވެ. އެމީހުން ދުލެއް ނުކުރާނެއެވެ.
މިއަދު މިރާއްޖެއަށް ބަލައިލަމާތޯއެވެ؟ އެތަކެއް ޒަމާން ވަންދެން ކާފަރުން އެކަމެއްގެ އިންތިޒާރުގައި ބާފޮތި އަޅައިގެން އެކަމެއް ފުރިހަމަ ކުރުމަށް ފޫގަޅައިގެން އެކިއެކި ނަންނަމުގައި ޕްރޮޕެގެންޑާ ހިންގަމުން އެދަނީ ﷲ ގެ ޙައްޤުތައް ޤާނޫނޫގައި ހިމެނުނަ ނުދޭށެވެ. މިއީ އެމީހުން ސީދާ ބޭނުންވާގޮތެވެ. ވާނީވެސް އެހެން ނޫންތޯއެވެ؟ ޑިމޮކްރަސީއޭ ކިޔައިގެން އެޖަހާ ލަވައަކީ އެއީ ﷲ ގެ ޙައްޤުތަކާއި ޙައްދުތައް އުވައިލުމެވެ.
އެކިއެކި ކޮމެޓީ ހަދައިގެން ޤާނޫނު ހަދާ މަޖިލީހުގައި ތިބެގެން މިއީ ފިޤުހީ އެއްޗެކޭ ކިޔައިގެން ވާހަކަ ދައްކަމުން ބަޔެއް މީހުން ދާއިރު ފިޤްހުގެ ލަފްޒްގެ މާނަވެސް ރަނގަޅަށް ނޭގެއެވެ. މިތާގައި ނުކުތާއަކީ ކޮމެޓީގައި ތިބި މީހުންނެއް ނޫނެވެ. އަދި އެމީހުން ﷲ އަށް އީމާން ނުވެތިބެ އެ ދައްކާ ވާހަކަ ތަކެއްވެސް ނޫނެވެ. ނަމަވެސް މިތާގައި މުހިއްމީ އެ ޤާނޫނުތައް އެ ކަރުދާސްތަކުގައި ރަސްމީކޮށް ހިމެނިގެން ދިވެހި އިސްލާމުންގެ މައްޗަށް ތަންފީޒު ވާނީ ކިހިނެއް ހެދިއްޔާތޯއެވެ؟
ދިވެހިރާއްޖެއަށްވެސް އެކިއެކި ޤައުމުތަކުން އެކިއެކި ނަންނަމުގައި ޢިލްމުވެރިން އައިސް ދީން ބުނެދިނުމާއި ކިޔަވައިދިނުމުގެ މަސައްކަތްދަނީ ކުރަމުންނެވެ. އަދި ޑިމޮކްރަސީގެ މަކަރާއި ޔަހޫދީންގެ ރޭވުންތަކުގެ ވާހަކަ އެމީހުން އެދަނީ މީސްތަކުންނަށް ކިޔައިދެމުންނެވެ. އަދި މިދެންނެވި އިލްމުވެރިން އެކަމެއްގެ ދިފާޢުގައި ނިކުމެ ވާހަކަ ދައްކާ މީސްތަކުންނައިގެން ނިކުންނާނޭ ވަގުތެއްގެ އިންތިޒާރުގައި ތިއްބާ މިއަދު އެމީހުންނަށް މިއޮތީ އެ ފުރުސަތު ލިބިފައެވެ. ޔަޤީނުންވެސް އެމީހުން މި ފުރުސަތު ދުލެއް ނުކުރާނެއެވެ.
މި ދެކެވެނީ ﷲ ގެ ޙައްޤުތަކުގެ ވާހަކައެވެ. ﷲ ގެ ހައްދުގެ ވާހަކައެވެ. އެކަންކަން ތަންފީޒު ކުރުމުން މުޖްތަމަޢު އަމާން އޮމާންވެގެންދާނޭ އިސްލާމުންނާއި އަދި އިސްލާމުންގެ ތެރޭގައި އުޅޭ އެންމެހާ ކާފަރުތަކުންގެވެސް މަސްލަޙަތުތައް ސަލާމަތް ކުރޭވޭނެ ހަމަ އެކަނި މަގެވެ. އެހެންކަމުން ދިވެހި ދީބުގެ ޢިލްމުވެރިންގެ އިންތިޒާރުގައި ރާއްޖޭގައިވާ އިސްލާމްދީނުގެ ހިއްސާ އޮތީ ރޮއިރޮއި އިންތިޒާރުގައެވެ. އެމީހުންނަށްޓަކައި ޤިޔާމަތް ދުވަހުގައި ހެކިވާނެ ފުރުސަތެއް ޢިލްމުވެރިން ދެއްވާތޯ އިންތިޒާރުގައެވެ. އިސްލާމްދީން ބުނާ ކަހަލައެވެ. މިއަދު މިއޮތީ ދައުވާ ސާބިތު ކުރަން ރަނުގެ ފުރުސަތެކެވެ. އަވަހަށް ﷲ އާއި އެކަނލާގެ ރަސޫލާ صلى الله عليه وسلم އަށް ނަޞްރުވެރިވާށެވެ.
އެންމެހާ ލޮބުވެތި މުސްލިމުންނޭވެ! ކާފަރު ޤައުމުތަކުގައި އެމީހުން އެދަނީ އެއްޖިއްސުން ގުޅުން ހިންގުމާއި ކައިވެނި ކުރުން ދުވަހެއް ދުވަހަކަށް ތަޢާރަފްކޮށް ފަހަރަކު ޤައުމަކުގެ ޤާނޫނުގައި ލިޔަމުންނެވެ. މިރާއްޖެއަކީވެސް އެމީހުންގެ ތަރުތީބުގައިވާ ޤައުމެކެވެ.
އެމީހުންގެ އަތުން ދުނިޔެ ނައްޓައިގެންގޮސް މުޅި ޔޫރަޕްގައި އާދަޔާއި ޚިލާފަށް މީހުން އިސްލާމް ވަމުންދާތީ އެޅެންއޮތް އެންމެ ފަހު ބޮނޑި އެދަނީ އަޅަމުންނެވެ. އެހެންކަމުން މިކަން ދަނެ އެމީހުންގެ ބާރު ކެނޑިގެންދާކަން ޔަޤީންކޮށް އަހަރެމެން އިސްލާމުންގެ ތާރީޚުގެ މަތިން ހަނދުމަކޮށް ދީން ދިފާޢު ކުރުމަށް އަތުކުރި އޮޅައިލަމާ ހެއްޔެވެ؟ އަހަރެމެން އިސްލާމުންނަކީ ރޯމަނުން ބަލި ކުރި ނަސްލުގެ މީހުންނެވެ. ފާރިސްކަރަ ފަތަޙަ ކުރީވެސް ހަމަ އަހަރެމެންގެ ކާބަފައިންނެވެ. އިންޑިޔާ ހިފައި މުޅި އެފްރިކާ ބައްރުގައި ދީން ޤާއިމް ކުރީވެސް އިސްލާމުންނެވެ.
މުސްލިމުންނޭވެ! ޑިމޮކްރަސީއާއި ޔަހޫދީންގެ ރޭވުންތަކަށް ސަމާލުވާށެވެ.
0 comments:
Post a Comment