ފައިދާ ލިބިގަތުމަށްވުރެ ލިބޭ ގެއްލުމުން ރައްކާތެރިވުން އައުލާވެގެންވެއެވެ.
درء المفاسد أولى من جلب المصالح
وَمَعْ تَسَاوِي ضَرَرٌ وَمَنفَعَةٌ **** يَكُونُ مَمْنُوعًا لِدَرْءِ المَفْسَدَةِކަމެއްގައި ހިމެނޭ ފައިދާއާއި ގެއްލުން އެއްވަރުވެއްޖެނަމަ **** އެކަމެއް މަނާވެގެންވެއެވެ. އެއީ އެއިން ކުރިމަތިވާ ފަސާދަ (ގެއްލުން) ހުއްޓުވުމަށްޓަކައެވެ.
ކަމެއްގައި ގެއްލުމާއި ފައިދާ އެކުލެވިގެންވުމާއެކު، އެކަމަކުން ލިބޭ ފައިދާއާއި ގެއްލުން އެއްވަރުވެއްޖެނަމަ، ޝަރުޢީ ގޮތުން އެކަންވެގެންދާނީ މަނާކުރެއްވިގެންވާ ކަމަކަށެވެ. އެއީ ފަސާދަ ނެތިކޮށްލުމަށްޓަކައެވެ. އެކަމެއްގައި އޮތް ފައިދާ ބޮޑުވެއްޖެނަމަ އެކަން ހުއްދަވެގެންވެއެވެ. އެކަމެއްގައިއޮތް ގެއްލުން ބޮޑުވެއްޖަނަމަ އެކަމުގެ މައްޗަށް އެގެއްލުން ގަދަވެގެންވެއެވެ. އެބަހީ އެކަން މަނާވެގެންވާނެތެވެ.
"މި ޤާޢިދާގެ މައްޗަށްއޮތް އެންމެ ހެޔޮވެގެންވާ ދަލީލަކީ ރާ ޙަރާމްކުރެއްވުމުގެ މަރުޙަލާތަކުގެތެރޭގައި މާތް ﷲ ވަޙީކުރައްވާފައިވާ ބަސްފުޅެވެ. "يَسْأَلُونَكَ عَنِ الْخَمْرِ وَالْمَيْسِرِ قُلْ فِيهِمَا إِثْمٌ كَبِيرٌ وَمَنَافِعُ لِلنَّاسِ وَإِثْمُهُمَا أَكْبَرُ مِن نَّفْعِهِمَا" (البقرة : 219) މާނައީ: "ރާއާއި ޖުވާކުޅުމާމެދު އެއުރެން ކަލޭގެފާނާއި ސުވާލުسؤالކުރެތެވެ. ކަލޭގެފާނު ވިދާޅުވާށެވެ! އެ ދޭތީގައި ބޮޑު ފާފައެއްވެއެވެ. އަދި މީސްތަކުންނަށް ފައިދާވެސްވެއެވެ. ނަމަވެސް އެ ދޭތީގެ މަންފާއަށްވުރެ، އެއިން ލިބޭ ފާފަވެރިކަން މާބޮޑެވެ."
ހަމައެފަދައިން މާތްނަބިއްޔާ މުޙައްމަދު ޞައްލަ ﷲ ޢަލައިހި ވަސައްލަމަ ޙަދީޘް ކުރައްވާފައިވެއެވެ. "دَعُونِي مَا تَرَكْتُكُمْ إِنَّمَا هَلَكَ مَنْ كَانَ قَبْلَكُمْ بِسُؤَالِهِمْ وَاخْتِلَافِهِمْ عَلَى أَنْبِيَائِهِمْ فَإِذَا نَهَيْتُكُمْ عَنْ شَيْءٍ فَاجْتَنِبُوهُ وَإِذَا أَمَرْتُكُمْ بِأَمْرٍ فَأْتُوا مِنْهُ مَا اسْتَطَعْتُمْ" (صحيح البخاري، حديث رقم: 7288) މާނައީ: "އެ އެއްޗަކާއިމެދު ތިމަންކަލޭގެފާނު ތިބަޔަބައިމީހުންނަށް ބަޔާންކޮށް ނުދެއްވައި ދޫކޮށްލައިފިނަމަ އެ އެއްޗަކާމެދު ސުވާލު ނުކުރާހުށިކަމެވެ! ފަހެ، ހަމަކަށަވަރުން ތިޔަބައިމީހުންގެ ކުރީގެ މީސްތަކުން ހަލާކުވެގެންދިޔައީ އެބައިމީހުންގެ ސުވާލުގެ ސަބަބުންނެވެ.
އަދި އެމީހުން، އެމީހުންގެ ނަބީބޭކަލުންނާއި ދެކޮޅުހެދުމުގެ ސަބަބުންނެވެ. ފަހެ ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމެއް މަނާކޮށްފިނަމަ އެކަމަކުން ތިޔަބައިމީހުން ދުރުވާހުށިކަމެވެ! އަދި ތިމަންކަލޭގެފާނު ތިޔަބައިމީހުންނަށް ކަމަކަށް އަމުރުކޮށްފިނަމަ ތިޔަބައިމީހުން ކުޅަދާނަވީ މިންވަރަކުން އެކަމެއް ކުރާހުށިކަމެވެ."
އިސްވެބަޔާންކުރެވުނު އާޔަތާއި ޙަދީޘުންވެސް ދަލީލުކުރާގޮތުގައި ފަސާދައެއް ނައްތައިލުން ނުވަތަ ގެއްލުމަކުން އެއްކިބާވުން ނުވަތަ ނަހީކުރެއްވިގެންވާ ކަމަކުން ދުރުހެލިވުން އެއީ ކޮންމެހެން ކުރަންޖެހޭކަމެކެވެ." -
އައްޝައިޚް ޙަސަން މޫސާ ފިކުރީ
0 comments:
Post a Comment